ޚަބަރު / ރައްޔިތުންގެ މަޖިލިސް

ސަރުކާރު ވަނީ އިހުމާލުވެފައި، ސްވައިން ފްލޫ އަށް ބޮޑު ހައްލެއް ނާދޭ: އިދިކޮޅު މެމްބަރުން

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ރޯގާ އާ ގުޅިގެން އެކުލަވާލި ކޮމެޓީ މެމްބަރުން މިރޭ މަޖިލީހަށް ހާޒިރު ކުރަން ވަނީ ނިންމާފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭގައި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ބޮޑަށް ފެތުރުނީ ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ އިދިކޮޅު މެމްބަރުން ސަރުކާރުން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީގައި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ސްވައިން ފްލޫ ޖެހިގެން ބަޔަކު މަރުވިއިރު، އެކަން ބޮޑު ކަމަކަށް ނުވުމަކީ މައްސަލައެއް ކަމަށެވެ. އަދި މިކަން ހައްލު ކުރަން ތިއްބެވި ބޭފުޅުންނާ މަޝްވަރާ ކުރަމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި ކޮންމެ އަހަރެއްގެ ވަކި ދުވަސްވަރެއްގައި އަރިދަފުސް ރޯގާ އުޅޭ ކަން ކޮންމެ މީހަކަށް ވެސް އެނގެ އެވެ. އަދި ބޭރު ގައުމުތަކުގައި ހުމާއި ރޯގާ ފެތުރޭ ދުވަސްވަރު ފްލޫ ވެކްސިން ގަވައިދުން ދެމުން އަންނަ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ރޮޒެއިނާ ވާހަކަ ދައްކަވަނީ، ސްވައިން ފްލޫ ޖެހިގެން ބަޔަކު މަރުވިއިރު އެކަން ބޮޑު ކަމަކަށް ނުވުމަކީ މައްސަލައެއް ކަމަށް ރޮޒެއިނާ ވިދާޅުވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ރާއްޖޭގައި މިކަހަލަ ސެޓަޕެއް ހެދުމާ ގުޅޭ ގޮތުން ސަރުކާރާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރަން ނުފެންނަ ކަމަށް ބައެއް މެމްބަރުންނަށް ހީވާނަމަ އެއީ މައްސަލައެއް،" ރޮޒެއިނާ ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ ސްވައިން ފްލޫ ކޮންޓްރޯލް ނުވެ، ފެތުރުމުގައި ސަރުކާރުގެ އިހުމާލު ބޮޑު ކަމަށެވެ. އެހެންވެ، ވީހާވެސް އަވަހަކަށް ކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކޮށް މިކަމަށް އޮތް ހައްލަކީ ކޮބައިތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްވައިން ފްލޫގެ މައްސަލާގައި އަޅުގަނޑަށް ދެންނެވޭނީ ރާއްޖެ އަށް އެހާ ބޮޑު ހައްލެއް ނާދެއޭ. ސަރުކާރުން މިކަމުގައި އިހުމާލުވެފައި އޮތް ކަމަށް ގަބޫލު ކުރަން،" އިބްރާހިމް ހަސަން ވިދާޅުވި އެވެ.

އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު ހަސަން ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކު ވެސް ފުރިހަމަ ސިއްހަތެއްގައި، ގަދަވެ ސަލާމަތުން ހުންނަން ބޭނުންވާއިރު، މި މައްސަލަ ސިޔާސީ ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެންމެން ގުޅިގެން މި ބަލި އެއްކޮށް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކީ ސަރުކާރު ޖަވާބުދާރީ ކުރަން ތިބެން ޖެހޭ ބައެއް ކަމަށްވާއިރު، މި މައްސަލަ ގައުމީ ވިސްނުމެއްގައި ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެޗް1އެން1ގެ ކަންކަން ބަލާ ޓާސްކް ފޯސް، ކޮމެޓީ އަށް ކުރިން ހާޒިރު ކުރެވުނުނަމަ، އަވަސް ފިޔަވަޅުތަކެއް އެޅުނީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގޯހުން ގޯހަށް ނުދަނީސް ވީހާވެސް އަވަހަކަށް މިކަން ކުރުމަކީ މެމްބަރުން ކުރަން ޖެހޭ ކަމެއް، މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

މެމްބަރު އިބްރާހިމް ހުސެއިން (ވ) ވާހަކަ ދައްކަވަނީ، އޭނާ ވިދާޅުވި ގޮތުގައި ސްވައިން ފްލޫ ކޮންޓްރޯލް ނުވެ ފެތުރުނީ ސަރުކާރުގެ އިހުމާލު އޮތުމުން. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިދިކޮޅު މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ދާންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު އައްސަދު ވިދާޅުވީ ސްވައިން ފްލޫއަށް ޓެސްޓް ކުރެވޭނެ މެޝިނެއް ބެހެއްޓީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށެވެ. އަދި މިކަމުން ރައްޔިތުންނަށް އަޅާލާ ވަރު އެނގޭ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް އިހުމާލުވެފައި ނުވާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ސަރުކާރު ދިފާއު ކުރައްވައިފަ އެވެ.

"ކޮބާ 30 އަހަރުގެ ވެރިކަން؟ ތިން އަހަރުގެ ވެރިކަން؟ މީގެ މެޝިން ގަނޑެއް ވެސް ނުބެހެއްޓުނު،. މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ޓެސްޓް ކުރެވޭނެ މެޝިން ގަނޑެއް ބެހެއްޓީ،" އައްސަދު ވިދާޅުވި އެވެ.

"މަސައްކަތް މި ކުރަނީ އެކަމުގައި އުޅޭ [ޓާސްކް ފޯސް ކޮމެޓީ މެމްބަރުން] ބޭފުޅުން ހާޒިރުކޮށްގެން ވަގުތުތައް ދުއްވާލަން. އެއްގޮތަކަށް ވެސް ގައުމު ދެކެ، ރައްޔިތުންގެ ދެކެ ލޯބިވެގެނެއް ނޫޅޭ،"

ހުޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ސްވައިން ފްލޫ ކޮންޓްރޯލް ކުރެވިފައިވާ ކަން ކަމާ ބެހޭ ފަރާތްތަކުން އަންގާފައިވާތީ ކޮމެޓީ ބައްދަލުވުން ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެ ފަރާތްތަކުން ރައްޔިތުންނަށް މައުލޫމާތުތައް ހިއްސާ ކުރަމުން އަންނާތީ ޓާސްކް ފޯސް ކޮމެޓީ މެމްބަރުން ހާޒިރު ކުރަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ފެތެރުނު އެޗް1އެން1ގެ ކަންކަން ބަލާ ޓާސްކް ފޯސް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރުވާން އެންގުމުން އެ ކޮމެޓީގެ މެމްބަރުން އެންގެވީ ހާޒިރުވާން ދަތިވާތީ އެހެން ދުވަހަކަށް ބައްދަލުވުން ބާއްވައި ދިނުމަށެވެ.

އެޗް1އެން1 ފެތުރުން ހުއްޓުވަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހޯދަން ކޮމެޓީ އަށް ހުށަހެޅުއްވީ ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ.

ކޮމެޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ، ޓާސްކް ފޯސް ކޮމެޓީގެ މެމްބަރުން ކޮމެޓީ އަށް މިއަދު ހާޒިރު ކުރަން ދައުވަތު ދެއްވާނެ ކަމަށެވެ. އެ ގޮތުން މިރޭ 20:30 ގައި އޮންނަ ބައްދަލުވުމަށް ޓާސްކް ފޯސް ހާޒިރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެޗް1އެން1އަށް ޓެސްޓްކުރި 600 އަށް ވުރެ ގިނަ މީހުންގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަަދަދު 222 އަށް ވަނީ އަރައިފަ އެވެ. އަދި އެޑްމިޓް ކޮށްގެން 20 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެޗް1އެން1 ޖެހިގެން މިހާތަނަށް ހަ މީހަކު ވަނީ މަރުވެފަ އެވެ.

11 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 0%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަލޯގަޔާ

06 April 2017

ތި އަނގަ ތަކުން ގޮވީ ގައިމު ވަޒީރުން ހާޒިރެއް ނުކުރެވެޔޭ ވެސް...

The name is already taken The name is available. Register?

ޣުނި

05 April 2017

މިކަން އެންމެ ވަރުގަދަވި އިރު އިދިކޮޅު ފަރާތް ތަކުންވެސް އުޅުނީ މަޖިލީހުގެ ރައިސް ބޭރުކުރެވޭތޯ.. މިހާރު ތިކަމާ އުޅޭނެ ކަމެއް ނެތް ..

The name is already taken The name is available. Register?

އާދަމް

05 April 2017

ޕީޕީ މެމްބަރު ބަލަނީ ސުވައިން ފުލޫ ކަންތަކަށް ވުރެން ބޮޑަށް ޔާމީނު ފްރޮމޯޓްކުރެވޭތޯ...!!

The name is already taken The name is available. Register?

ވިސްނާ

05 April 2017

ސުވައިން ފުލޫގެ ކޭހެއް ފުރަތަމައިނުން ރާއްޖެއިން ފެނުނީ 2009 ވަނަ އަހަރުގައި. 30 އަހަރު އޭރު ނިމިއްޖެ. ދެން އެމީހަކާ އަޅައިގަނެގެން ތިއުޅެނީ ބަޔަކު ހޭބަލި ވެދާނެނުންތަ؟

The name is already taken The name is available. Register?

އޭނާ

05 April 2017

މީހަކު ޕުރޮމޯޓް ކުރަންވިޔަސް މޮޔަވާހަކަ ދައްކާ މެންބަރުން އިތުރުވުމަކީ ހިތާމަ ހުރިކަމެއް.

The name is already taken The name is available. Register?

ދޮންދޮނާ

06 April 2017

ކޭހެއްގަ 24ތަ ހުންނަނީ...

The name is already taken The name is available. Register?

އަހުމަދު

05 April 2017

ކޮންމެ 100 ން 37 މީހުން ޕޮސިޓިވް. %37 . މިއީ އަދި ކޮންޓްރޯލްވިއެއް ނޫން.

The name is already taken The name is available. Register?

އައްބެ

05 April 2017

30 އަހަރުގައި އަދި 3 އަހަރުގައި ސްވައިންފުލޫ ރާއްޖޭގައި އުޅުނު ކަމުގެ ރިކޯޑެއްނެތް. ދެނޯ.. ހަމަ މެޝިން ގަންނަންވީ.

The name is already taken The name is available. Register?

Sanam

05 April 2017

ސަން ކުއިކް ރާއްޖެ އެތެރެ ކުރަންފެށީ އެޖޫސް އުފައްދަން ފެއްޓުމުން. ޢަދި އެބޯނެ ބަޔަކުވެސް ތިބެގެން.

The name is already taken The name is available. Register?

ފ އަތޮޅު

05 April 2017

އަންނި ގެނައި މެސިން މާލެ ބާލަނިކޮށް މޫދަށް ވެއްޓުނީނު އެކަމަކަށް ކީކުރާނީ އެއީ އަންނިގެ މައްސަލައެއްތަ

The name is already taken The name is available. Register?

ފަރުހާދު

05 April 2017

ގުނޫތު ކިޔުމުގެ ސިލްސިލާ ނިންމާލައިފި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454