18 އެޕްރީލް 2017 - 18:29
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން 2017" އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.
ބީއެމްއެލް އިން ބުނީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ބާއްވާ މި ދުވުމުގައި، މާދަމާ މެންދުރު 12:00 އިން ފެށިގެން ޓީއެފްޓީގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓްރީ ވެވޭނެ ކަމަށެވެ.
ތިން އުމުރު ފުރައަކަށް ބަހާލައިގެން ބާއްވާ މި ދުވުމުގައި، ތިން އަހަރުން ފެށިގެން ނުވަ އަހަރާ ދެމެދުގެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ބައިިވެރިވެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
މިއަހަރުގެ ދުވުމުގައި 600 ކުދިންނަށް ޖާގަ ދޭނެ އެވެ.
ބީއެމްއެލްގެ ހެޑް އޮފީސް ދޮރުމަތިން ހެނދުނު 7:20 ގައި ދުވުން ފަށާއިރު ނިންމާލަން ހަމަޖައްސާފައިވަނީ ރަސްފަންނަށެވެ. އަދި ކިޑްސް ރަން ނިންމުމުގެ ގޮތުން ހާއްސަ ހަފްލާއެއް އެ ސަރަހައްދުގައި ބާއްވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
މިއީ ބީއެމްއެލާއި ޓީއެފްޖީ ގުޅިގެން ކިޑްސް ރަން ބާއްވާ ދެ ވަނަ އަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހުމޫދާ
19 April 2017
ހާދަ ސަޅިއޭ
ވޯލް
19 April 2017
3 އަހަރުގެ ކުދިން ކިހިނެއްތޯ ދުވާނީ. ދުޅަހެޔޮ ދިރިއުޅުމަކަށް އަދި ކަސްރަތައް ކުޑަ ކުދިން އަހުލުވެރިކުރުވުމަކީ ރަގަޅު ކަމެއް. އެހެނަސް، މިއަށްވުރެ ރަގަޅު ކޮންސެޕްޓެއް މިކަންކަމަށް ބޭނުން ކުރުން ރަގަޅުވާނެ.
މަށޭމީ
19 April 2017
ތިޔައީ ވަރަށް ސަކަރާތް ދުވަހެއް ތިކަން ކުރަން. 14 ވަނަ ދުވަހަކީ ސްކޫލްތަކުގެ ޓާރމް ޓެސްޓު ފަށާ ދުވަސް. ބައެއް ސްކޫލްގައި 13 ގައި ވެސް ފަށާ. އެހެންވީމަ 12 ވަނަ ދުވަހު ބޭއްވީމަ ބައިވެރިވާން ދަތިވާނެ ގިނަ ކުދިންނަށް.
މަހުމޫދު
19 April 2017
ސަޅި