30 އެޕްރީލް 2017 - 15:44
ވޮޝިންޓަން (އެޕްރީލް 30) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރަށް 100 ދުވަސް ފުރިގެން ދިޔަ އިރު އަނބިކަނބަލުން މެލަނިއާ ޓްރަމްޕް ރަސްމީ އިވެންޓްތަކުން ފެނިފައި ވަނީ ވަރަށް މަދުންނެވެ. ޖެނުއަރީ 20 ވަނަ ދުވަހު އޮތް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު ވައިޓް ހައުސް އަށް ޓްރަމްޕް ބަދަލުވެވަޑައިގެންނެވި ނަމަވެސް އަނބިކނަބަލުން ދިރިއުޅުއްވަމުން ގެންދެވީ ނިއު ޔޯކުގަ އެވެ.
ތަޖްރިބާކާރުން ބުނާ ގޮތުގައި ހަގު ދަރިކަލަނުން 11 އަހަރުގެ ބެރޮންގެ ސްކޫލް އަހަރު ނިމުމުން މެލަނިއާ ވައިޓް ހައުސް އަށް ބަދަލުވެވަޑައިގެންނެވި ނަމަވެސް ފަސްޓް ލޭޑީގެ ދައުރު އެހާ ބޮޑު ކުރައްވާނެ ކަމަކަށް ނުބެލެވެ އެވެ. އުމުރުން 47 އަހަރު މިދިޔަ ހަފުތާގައި ފުރުނު ސްލޮވޭނިއާގެ ކުރީގެ މޮޑެލް އަކީ ސިޔާސީ ކަންތައްތަކަށް އެހާ ޝައުގުވެރި ބޭކަނބަލެއް ނޫން ކަމަށް އޯހަޔޯ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ކެތަރީން ޖެލިސަން ވިދާޅުވި އެވެ.
ޓްރަމްޕުގެ ވެރިކަމުގެ 100 ދުވަހު މެލަނިއާގެ އެންމެ މުހިންމު ފެނިލުމަކީ މާޗު މަހު ފަހުކޮޅު ސްޓޭޓް ޑިޕާޓްމަންޓުގައި އޮތް އިވެންޓެވެ. އެ އިވެންޓުގައި އެކަމަނާ ވަނީ އަންހެނުންގެ ހައްގުތައް ހިމާޔަތް ނުކުރާ ގައުމުތައް އެމެރިކާ އިން މޮނިޓާކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ހިތްވަރުގަދަ 13 އަންހެނަކަށް އިންޓަނޭޝަނަލް ވިމެން އޮފް ކަރޭޖް އިވޯޑް ދިނުމުގެ ހަފުލާގައި މެލަނިއާ ވަނީ 10 މިނިޓުގެ ތަގްރީރެއް ދެއްވައިފަ އެވެ.
ފިރިކަލުންނާ ނުލައި އެހެން ހަފުލާތަކުން ވެސް މެލަނިއާ ފެނިފައިވަނީ ވަރަށް މަދުންނެވެ. ފެބްރުއަރީ މަހު އެކަމަނާ ވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ސަތަންޔާހޫއާ އެކު ވޮޝިންޓަނުގެ ނޭޝަނަލް މިއުޒިމަށް ވަޑައިގެންފަ އެވެ. މާޗު މަހު ކުރީކޮޅު ވަނީ ނިއު ޔޯކުގެ މެޑިކަލް ސެންޓަރެއްގައި ތިބި ކުދިންނާ ބައްދަލު ކުރައްވައިފަ އެވެ.
އެކަމަކު ދާދި ފަހުން މެލަނިއާ ވަނީ ބައެއް އިވެންޓްތަކުގައި ބައިވެރިވެޑައިގެންފަ އެވެ. މިލިޓަރީ ހޮސްޕިޓަލަކަށް ވަޑައިގެން ޒަޚަމްވެފައިވާ ސިފައިންގެ މީހުންނާ ބައްދަލު ކުރައްވާ، ނޭޝަނަލް ޓީޗާ އެވޯޑް ހަފުލާގައި ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް ހަފުތާ ބަންދުގައި ޓްރަމްޕް ޗުއްޓީ އަށް ވަޑައިގަންނަވާ މަރަ ލަގޯ ރިސޯޓަށް މެލަނިއާ އާއްމުކޮށް ވަޑައިގަންނަވާ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގިވްއިން
30 April 2017
އޯއޯއޯ އޯއޯއޯ ޓްރަމްޕް އޯވަލް އޮފީހުގެ 100 ދުވަހަކީ އެއީ އެމެރިކާގެ ރައީސް ކަމުގެ ހަނީމޫން ސްޓޭޖް އޭ. އެގޮތުން ބަލާއިރު ޓްރަމްޕްގެ ހަނީމޫން ސްޓޭޖް އޯވަލް އޮފީހުގައި ދިޔައީ ވަރަށް ޕާރފެކްޓް ކޮށް އޭ. އަދި ޔޫއެސްގެ ފަސްޓް ލޭޑީ ބޭރުތެރެއަށް ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެހާ ގިނައިން ނިކުމެ ނޫޅުން އެއީ އެއްވެސް މައްސަލަ އެއް ނޫނޭ. މިހާރު އެމެރިކާ ގައި ކުރާ ވެރިކަމަކީ އެއީ ފިސާރި ކޮލިޓީ ވެރިކަމެކޭ ޓްރަމްޕްގެ ސިޔާސަތު ތަންފީޒު ކުރެވިއްޖެނަމަ އެމެރިކާ އަށް މެކްސިކޯ ބޯޑަރ ތެރޭން ފްލަޑްވާ ޑްރަގަށް މަޑުޖެހުމެއް އަންނާނެއޭ. އޯއޯއޯ ޓްރައި ޓު އަންޑަރސްޓޭންޑް ދިސް. ޖަސްޓް ސިމްޕްލީ އެގްރީ އޮން ދިސް. ގިވް ޔުއަރ ހޭންޑް ޓު މީ ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ޓު މީ..
ފަޒީ
30 April 2017
ކޮން ޓްރަންޕެއް މެލެނިއާއެއްތަ؟ މި އުލެނީ އަމިއްލަ ގައުމުގައި ކަތިލުންތައް ގިނަވެ އާއްމުން ހަދާނެގޮތް ހުސްވެގެން. އެމެރިކާގަ ވިއްޔާ އަދި ޓްރަންޕް ބޭނުންގޮތެއް ނުހެދޭނު. މުސްލިމުން އެރުން ޓްރަންޕް މަނާ ކުރީމަ ކޯޓުތަކުން އެ އަމުރުތައް ބާތިލު ކުރަނީ. އެއީ މި ކިޔާ ޑިމޮކްރަސީ. ބާރުތަތައް ވަކިވެފަ އޮތުމުގެ މުހިންމުކަން. ރާއްޖޭގަ އެހެންތަ؟ ހުރިހާ ބާރަކީ ރައީސް. ހަދާނެ އެެއްޗެއް ހަދަނީ.
ގުޑްގުޑް
30 April 2017
ޓްރަމްޕްގެ ފުރަތަމަ 100 ދުވަހުގައި ފަސްޓް ލޭޑީގެ ފެނިލުން މަދުވުން އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. އަދި އެހާ ބޮޑަށް ކަންކަމުގައި ތެޅި ގަންނާން ނުޖެހެއެވެ. ޓްރަމްޕްގެ އަންހެނުން މިލޭނާ އަދި ފަރުދާގެ ފުރަގަހަތުން ކުރާ މަސައްކަތް ތައް ވެސް މަދެއް ނޫނެވެ. ދަރިން ބަލާ ރަނގަޅަށް ދަރިން ތަރްބިއްޔަތު ކުރުމަކީ އެއީ ވަރަށް މުހިއްމު ކަމެކެވެ. އޫމް ޔޭއް. ޓްރަމްޕްގެ ފުރަތަމަ 100 ދުވަހު އިވާންކާ ކްއައިޓް ބިޒީ އެޓް ވައިޓް ހައުސް ގައި އޭ މަމެން ބުނަން ނެތީމު އެވެ. ޓްރަމްޕް އޮގަނައިޒޭޝަން ގެ ވިޔަފާރި ވެސް ދަނީ ވަރަށް ރަނގަޅަށެވެ. ރާއްޖޭގެ މާލެ ސަރަހައްދުގައި ޓްރަމްޕް އޮގަނައިޒޭޝަން އިން ދެން އެނބޫދޫ ފަޅުގެ ކުއްޔަށް ނުދީ އޮތް ބައި ހިފައިގެން އެމެން އެތަން ހިއްކަން ފެށުމުން ދެން ރާއްޖޭގެ އިކޮނޮމީ ވެސް އެދިޔައީ އިންޑިއާގެ އިކޮނޮމީ ފަހަނައަޅާފައި ދޯ. އައި ވިލް އޯޕަން އަޕް ދަ ޑޯރ ފޯރ ޔޫ. މޭކް މީ ފީލް ލައިކް އަ ރިޗް ބޯއި..
ހޭމަ / ސޭފް އައިލޭންޑް ، ސްނާމީ ޒޯން
30 April 2017
ގުޑް ގުޑް. ކަލޭ މޮޔަވީތަ ؟؟ ހާދަހާވާ ބޮޑުވެއްޖެ ކަމެކޭ. ކަލޭގެ ސަންދޮކު އެތެރެއާއި ބޭރުގައިވެސް ތިޔަ ރަށްގަނޑެއްގެ ވާހަކަ ލިޔަންވާނެ
ބަރުލަމާނީ
30 April 2017
އަޅެ ކޯޑިނޭޓަރުގެ ހަމަ ބުއްދި އެބަހުރިތަ؟
ފަސްޓް
30 April 2017
އަހަރެމެންނަށްތާ މިހިރީ ފަސްޓް ލޭޑީއެއް ލިބިފަ
ގަބޭ
30 April 2017
މިރައީސްގެ އަނބިކަނބަލުން ހެނެއްނޫން ދޯ!