ޚަބަރު / ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (މިނިސްޓަރު)

ހައްޖު ގުރޫޕުތަކުގެ ދަށުވެފައިވާ ބަޔަކު އުޅެނީ ކޯޕަރޭޝަން ނައްތާލަން: ޝަހީމް

ދިވެހި ހައްޖުވެރިން މައްކާގައި: މިއަހަރު ހައްޖަށް މީހުންގެ ގެންދާ އުސޫލަށް ވަނީ ބަދަލު ގެނެސްފައި-- މިހާރު ފޮޓޯ

ހައްޖަށް މީހުން ގެންދާ ގުރޫޕުތަކުގެ ނުފޫޒު ދަށުވެފައި ތިބި ފަރާތްތަކުން އަންނަނީ ސަރުކާރުން އުފައްދާފައިވާ ކުންފުނި، ހައްޖު ކޯޕަރޭޝަން ނައްތާލަން މަސައްކަތް ކުރަމުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ރައީސް ވަހީދުގެ ގަރާރަކުން ހައްޖު ކޯޕަރޭޝަން އުފެއްދީ، ހައްޖަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުމުން ވެސް ގްރޫޕްތަކުގެ އިހުމާލުން އެތައް ބަޔަކަށް ހައްޖަށް ނުދެވުމުގެ މައްސަލަ ކުރިމަތިވާން ފެށުމުންނެވެ. ހައްޖު ކޯޕަރޭޝަން އުފެއްދުމުން، ފަސޭހަކަމާއެކު މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތު އޮތް ނަމަވެސް، އިސްލާމިކް މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން އަލަށް އަމަލު ކުރަން ފެށި އާ އުސޫލުގެ ދަށުން، އެ ފުރުސަތުތައް ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

މި ކޯޕަރޭޝަން އުފެއްދި އިރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވި އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޝަހީމް އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ "ހައްޖު ގުރޫޕުތަކުގެ ނުފޫޒާއި މަންފާގެ ދަށުވެފައި ތިބި ފަރާތްތަކުން އެ ކޯޕަރޭޝަން ނައްތާލައި ކޯޓާ މަދު ކުރަން ހިފާފައި"ވާ ކަމަށެވެ.

ޝަހީމް އެންމެ ފުރަތަމަ ފޭސްބުކްގައި ލިޔުއްވީ ހައްޖު ކޯޕަރޭޝަން ނައްތާލަން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އާއި އައުވާނުން ކުރާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށެވެ. އެކަމަކު ފަހުން ވަނީ އެ ޕޯސްޓްތައް ނަންގަވާފަ އެވެ.

ފަހުން "މިހާރު"އާ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ "އޭނާގެ މަގްސަދަކީ ރުޅިވެރިކަން ފެތުރުއްވުން ނޫން ކަމަށާއި މިކަން މީހުންގެ ސަމާލުކަމަށް ގެނައުން" ކަމަށެވެ.

ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަން އުފެއްދީ ވަރަށް މަތިވެރި މަގްސަދެއްގައި ކަމަށާއި އެހެންވެ، އެ ކުންފުންޏަށް ލިބިފައިވާ އިމްތިޔާޒުތައް ބަލިކަށިވެގެން ނުވާނެ ކަމަށެވެ.

ހައްޖަށް މީހުން ގެންދިއުމަށް އެކުލަވައިލި އުސޫލުގައިވާ ގޮތުން އަމިއްލަ ގްރޫޕްތަކެކޭ އެއްގޮތަށް، ހައްޖު ކޯޕަރޭޝަނަށް ވެސް ހައްޖަށް މީހުން ގެންދަން ހުއްދަ ލިބޭނީ ޕްރޮޕޯޒަލް ހުށަހަޅައި އެ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު މިނިސްޓްރީން ހުއްދަ ދީފި ނަމަ އެވެ.

ފަސޭހަކަމާއެކު މީހުން ހައްޖަށް ގެންދިޔުމަށް "ހައްޖު ސްކީމެއް" އެ ކޯޕަރޭޝަނުން އެކުލަވާލައި 33 އިދާރާއަކާ އެކު މިހާރު ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ގިނަ ކުންފުނިތަކެއް ހިމެނެ އެވެ.

މި ސްކީމުގައި މުވައްޒަފަކު ބައިވެރިވުމުން، ލިބޭ މުސާރަ އިން، އެ މީހަކު ކަނޑައަޅާފައިވާ ވަކި މިންވަރެއް ކޮންމެ މަހަކު ވެސް ކޯޕަރޭޝަންގެ ވަކި އެކައުންޓަކަށް ދާނީ ޖަމާވަމުންނެވެ. އަދި ހައްޖަށް ދިޔުމަށް ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަދަދުގެ 75 ޕަސެންޓު ހަމަވުމުން އެ މުވައްޒަފަކަށް ހައްޖަށް ދެވޭނެ އަހަރު ހައްޖު ކޯޕަރޭޝަނުން އަންގައި، އެކަން ހަމަޖައްސައިދޭނެ އެވެ.

އެކަމަކު އާ އުސޫލުގެ ދަށުން، މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނަށް ނުލިބިއްޖެ ނަމަ މި ސްކީމްގެ ދަށުން ވެސް ފުރުސަތު ގެއްލޭނެ އެވެ.

ޝަހީމް ވިދާޅުވީ މި ސްކީމުގެ ދަށުން ދެތިން އަހަރަށް މިހާރު މީހުން ފައިސާ ދައްކާފައިވާ ކަމަށާއި ހައްޖު ކޯޕަރޭޝަނަށް ފުރުސަތު ހަނިވުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

47 ކޮމެންޓް, 87 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 14%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޛަރ

05 May 2017

ޕްރޮޕޯސަލް ހުށަހަޅާއިރު އަމިއްލަ ގްރޫޕްތަކުންް ޗާންސް ހޯދުމަށް ކުޑަ އަގު ހުށަހެޅިޔަސް އެންމެ ފަހަރެއްވެސް ނުދޭ އެތައް ލާރިއެއް ލިޔެކިޔުމަށް ނާރުވާނުނަގާ.. މީތޯ ގްރޫޕްތަކުންނާއި މިނިސްޓްރީން ތިބުނާ ވާދަވެރިކަމަކީ؟ މީ ހަމަ މިނިސްޓްރީ މީހުނާ ގްރޫޕްތަކާ ގުޅިގެން ހިންގާ ބޮޑު ޖަރީމާއެއް!

The name is already taken The name is available. Register?

މުހަންމަދު

05 May 2017

ޑރ ޝަހީމް ވެސް އަމިއްލަ ޖަމާޢަތެއްގެ ވެރިޔަކަށް ވަޑައިގަންނަވާ ވާހަކަ އަޑުއެހިން އެހާ ނުރުހޭ ކަމެއްގައި މަނިކުފާނު އިސްވެ ހައްޖަށް ވަޑައިގަންވަނީތޯ

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

04 May 2017

"ހައްޖު ކޯޕަރޭޝަނަށް ފުރުސަތު ހަނިވުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް" ޝަހީމު، ޝަހީމުއަށް ތިހެން ބުނަން ކެރުނު ކަމަށްޓަކާވެސް ޝުކުރު ހަމަ ސާބަސް، މި ސަރުކާރަކީ އެއްވެސް މިންވަރަކަށް ރައްޔިތު މީހާއަށް ލިބިދާނެ ގެއްލުމަކަށް، އުފުލަންޖެހޭނެ ތަކުލީފަކަށް ވިސްނާ ސަރުކާރެއް ނޫންކަން މާޒީން އޮތީ ވަރަށް ސާފުކޮށް ފެންނަން.

The name is already taken The name is available. Register?

އައިއެފް

04 May 2017

ޑ.ޝަހީމޫ ދެން ވިދާޅުވޭ ޝުކުރިއްޔާ ރ.ޔާމީނު.

The name is already taken The name is available. Register?

ޙަސަނު

04 May 2017

އަސްލުވާގޮތަކީ ޝަހީމު ޖެލެސްވަނީ، މިނިސްޓަރަށް މާތްﷲ ބަރަކާތްލަވަވާ މިކަމުގައި ހިއްވަރު ދެއްވަވާށެވެ. މިފަހަރުގެ ޙައްޖު އުސޫލަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހެދި އެންމެ ރަނގަޅު އުސޫލް، ސަބަކީ މިއުސޫލުގެ ސަބަބުން ދިވެހިރާއްޖެ ރާއްޖޭގެ ރައްޔިތުންނަށް ޙައްޖުކޯޕަރޭޝަންއަށް ވުރެވެސް ހެޔޮއަގެއްގައި ހައްޖަށް ދިޔުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ އިންޝާﷲ. ޝުކުރިއްޔާ މިނިސްޓަރ

The name is already taken The name is available. Register?

އަލީ

04 May 2017

ހައްޖު ގޮރޫޕްތަކުން މަކަރުހަދާ އޮޅުވާނުލާ އެންމެ ދަތުރެއްވެސް މައްކާ އަކަށް ނުކުރޭ ، މިކަން ހައްޖަށް ދާ މީހުންނަށް ރަގަޅަށް އެގޭނެ ، މިދިޔައަހަރުވެސް ހައްޖަށް ދިޔަ އެއްވެސް މީހަކު ކައިރިން އަހާބަލަ ކަނޑައެޅިފައިވާ އަދަދަށްތޯ ފައިސާ ދެއްކީ ، އިތުރަށް 20000 ހާހުން މަތިން ނަގާފައި ވަނީ ، ކޮބާ އިޚްލާސްތެރި ކަމަކީ ، ފާޑެއްގެ ޕެކޭޖެއް ހަދާފައި އިތުރު ފައިސާނެގީ އެކަމަކު ނިދުމާއި ކެއުމާއި ދަތުރުފަތުރާއި އެހެނިހެން ހުރިހާޚިދްމަތެއްވެސް އެންމެނަށް އެއްވަރު އެކަމަކު ޑަބަލްކޮށް ފައިސާނެގި ، މިއީ ގްރޫޕްތަކުގެ މައްސަލައަކީ

The name is already taken The name is available. Register?

ގގ

04 May 2017

ކުރީގެ އުސޫލަށް ވުރެން މިހާރުގެ އުސޫލު ރައްޔިތުންނަށް ފައިދާ ބޮޑުވާނެ ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއިން މިކަން އޮތުންރަގަޅު ގިނަ ކުންފުނި ތަކަށް ޗާންސު ދިނުންރަގަޅު ކޮންމެ ކުންފުންޏަކަށްވެސް 100 މީހުންގެ ކޯޓާއެއް ދެއްވަންފެނޭ އޭރުން ރަގަޅަށް މެނޭޖުކުރެވޭނެ މާގިނަ މީހުން ގެންދިޔައީމަ ރަގަޅަށް އެޤުރޫޕަކަށް މެނޭޖު ނުކުރެވޭ!

The name is already taken The name is available. Register?

ނައިންޓީ

04 May 2017

މި ކޮމެންޓް ޝާއިޢުކޮށްދެއްވާ ޕްލީޒް... ހައްޖަށް ގެންދާ ޢާންމު ގްރޫޕްތައް ފައިސާ ނަގައިގެން މަކަރު ހަދާތީ އެއީ އަސްލުވެސް ވަރަށްބޮޑު މައްސަލައެއް. ގޯހިއްޔާ ހަމަގޯސް.. މަކަރުހަދާ އޮޅުވާލުމަކީ ޢާންމު ކުންފުނިތައް ކުރީމަ ގޯސް ބާރުހުރި މީހަކު އިސްވެ ކުރީމަ ހަމަ ރަނގަޅު ކަމެއްބާ؟! ހައްޖު ޢުމްރާ ގްރޫޕްތައް އެކިނަން ނަމުގަ އުފެދިގެން އެބަހިނގާ.. މިފަހަކުން ކޮންމެ ގުރޫޕަކުންވެސް ބަލަނީ ވީ އެންމް ރަނގަޅަކަށް އިޚލާސްތެރިކަމާއެކު އެޚިދުމަތް ދެވޭތޯ.. ފައިސާގައި ނުޖެހުމަށް އެކަމަށް ބިރުވެތިވާ އެތައް ބަޔަކު ގުރޫޕް އެބަހިންގާ.. ބަޔަކު އެކަމުގައި އޮޅުވާލާ މަކަރުހަދާ ޚިޔާނާތްތެރިވެފައިވީ ވަގުތެއްގައި އެ މަކަރު ހެދިމީހުންގެ މަކު ފޮރުވާފަ އެކަމަށް ސަރުކާރު ބޭނިގަނެގެން އުފެއްދި އެއްޗެއް ޙައްޖު ކޯޕަރޭޝަނަކީ.. ފައިސާދެއްކި މީހުނަށް ހެޔޮ ގޮތެއް. ނަމަވެސް އެ ޚިޔާނާތްތެރި ވި މީހުން ކޮބާބާ... މިހާރު ފެންނަގޮތުން މާއިޚލާސްތެރިކަމަށް ދައްކައިގެން ހައްޖު ކޯޕަރޭޝަނުން ކުޅޭ ކުޅިވަރުގެ ސަބަބުން އެމަސައްކަތްކުރާ ކުދި ގުރޫޕްތަކަށް ބޮޑު އުނދަގުލަކަށް ވެފައިވާ ކަމީވެސް ވުޖޫދުގަ އޮތްކަމެއް. އެ ކޯޕަރޭޝަނުން ފައިދާވާ ބަޔަކާ ޕެކޭޖްތަކާ އިންސްޓޯލްމަންޓް ސްކީމް އުސޫލުގެ ސަބަބުން އެތައް އަހަރެއް ކުރިއަށް ފައިސާ ދައްކަމުންދާތީ ޙައްޖުކޯޕަރޭޝަނަކީ މިހާރު މުއްސަނދި ކުންފުންނޭއް ކަމުގަ ބެލެވެނީ.. 2016 ގައި ޙައްޖަށް ދިއުމަށް އެއްކޮށް ފައިސާދައްކާފަ ތިބި މީހުން އެބަތިބި.. އެކަމަކު އެމީހުންގެ ތެރެއިން ބައެއް މީހުނަށް ދެވޭނެ ކަމުގެ އުންމީދެއް އޮތީ 2018 ގަ. އަނެއްބަޔަކަށް އަދި ވާ ނުވާއެއް ނޭންގޭ.. ވަރަށްބޯހުރެގެން އެ ބަޔަކު އުފެއްދި އެއްޝެއް ޙައްޖު ކޯޕަރޭޝަނަކީ.. އެކަމުން ސަރުކާރަކަށްވެސް ބުރައެއް ނެތް. ކޯޕރޭޝަނަކަށްވެސް ބުރައެއް ހާހެއްނެތް. ފައިސާގެ ތަނަވަސްކަން އިބްތިހާއަށް އެބޮތް. ޝަހީމް މާ އަވަހަކަށް އެކަމާ ތެޅިގަތީ އެތެރެ އެތެރެއިން އަޑިއަޑިން ލިބޭ ފައިދާ މަދީތޯ

The name is already taken The name is available. Register?

ބޯލަބޭ

04 May 2017

ޙައްޖަށްގެންދާ ހުރިހާ ގުރޫޕަކަށް ރައްދުވާގޮތަށް ތިފެންވަރުގެ މީހަކު ތިޔަގޮތަށް އެއްޗެއް ބުނީމަ ، ކޮމެންޓެއް ލިޔެނުލާ ހަމަ ނުހުރެވުނީ. ރާއްޖޭގައި ޙައްޖަށް މީހުންގެންދާ ގުރޫޕްތަކުން އެކަން ކުރާތާ ކިތައް އަހަރުބާ؟ ޙައްޖަށްދިޔުމަށް ފައިސާދެއްކުމުން އެފައިސާ ބޭނުންކޮށް ފައިސާދެއްކި މީހުންނަށް ޙައްޖަށް ނުދެވޭގޮތް މެދުވެރިވުމުން އެއީ ހުރިހާ ގުރޫޕްތައް ކަންކުރާ ގޮތްކަމަށް ދޭހަވާގޮތށް އެއްޗެއް ބުނެލާފައި، ކުރެވުނު މޮޅުކަންތަކަށް ފަޚުރުވެރި ވިޔަސް އެ ތިމާ މާ މޮޅުމީހަކަށް ވީއެއްނޫން. ބަޔަކަށް ނުވަތަ މީހަކަށް ރައްދުކޮށް އެފަދަ ވާހަކައެއް ބުނާއިރު އެބުނެވޭ އެއްޗެއް ތިމާއަށްވެސް އެނގެން ޖެހޭނެ. މާތް الله ގެ މިންވަރުފުޅުން މިވަގުތު ހުރެވުނު މަޤާމް މަތިވިޔަސް ހިތުހުރި އެއްޗެއް ކިޔުން ރަނގަޅެއްނުވާނެ ނޫންތޯ.

The name is already taken The name is available. Register?

މަސްކަށި

04 May 2017

ތިއީ ހައްޖުމިނިސްޓްރީ ތެރޭގައަހިންގާ ބޮޑުޖަރީމާއެއް. ތިމީހުން ހައޖުހުއްދައަށްއެދި ހުށަހެޅުމުގެ ކުރިން ވަނީ ދޭނެގްރޫޕް ތަކާ ޅާންވީ އަގުތަކާ އެއްކޮން ކޯލިސަން ހަދާފަ.އަގުވެސް އެންމެން އެއް އަގެއް. އިތުރު ގުރޫޕް އަކައް ހުއްދަ ނުދޭނަމޭވެސް ބުނެފަ އެބަހުރި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454