އެޗްއާރުސީއެމްގެ މެމްބަރުކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި ޝިފާގު (ވ) އެޗްއާރުސީއެމްގެ މެމްބަރުކަމުގެ ހުވާކުރައްވަނީ: އޭނާވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައި.-- ފޮޓޯ: ރައީސް އޮފީސް
17 މެއި 2017 - 17:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން މި ހުޅުވައިލީ، އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޝިިފާގު މުފީދު އެ މަގާމުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިދިޔަ އާދިއްތަ ދުވަހު ރައީސް އަބްދުﷲ ޔާމީން ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝިފާގު އައްޔަން ކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އަންނަ ބުދަ ދުވަހާ ހަމައަށް، އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި 25 އަހަރުވުމާއި ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރާ ފަދަ ސިޔާސީ މަގާމެއް ފުރަމުން ދާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން، ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ ކޮމިޝަންގައި މިހާރު ތިއްބަވަނީ އެޗްއާރުސީއެމްގެ ރައީސް އާމިނަތު އީނާސާއި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އައިޝަތު އަފްރީން މުހައްމަދެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބުޅޯ
17 May 2017
ރިޝްވަތު!!؟ ހަމަ ހިނިއަންނަނީ، މިހާރު ހުރި މެންބަރުންގެ ޝަރުތު ހަމަވޭތަ؟
ޖައިސަމް
17 May 2017
އަމިއްލަ ނަފްސަށް އެއްވެސް ކަހަލަ އިހުތިރާމެއް ކުރާ މީހަކު ސަރުކާރުގެ ގޮނޑިކޮއްކޮއަކަށްވާން އަޅުވެތިވާން މިމަގާމަށް ކުރިމަތި ނުލާނެ. އެހެންނަމަވެސް، ފައިސާއާ، ހައިބަތާ، މަގާމުގެ ލައްޒަތުގައި ޖެހެން ބޭނުންވާ މީހުންނަށް އަމިއްލަ ނަފްސު ވިއްކުމަށް މީ ރަނުގެ ފުރުސަތެއް.
މިހާރު
17 May 2017
ސިޓީލައިގެން ވާނެ ކަމެއް ނޯންނާނެ. މިހާރު އޮންނާނީ ތިތަނަށް ލާނެ މީހާ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ މެންބަރުންނަށް އަނގާ ނިންމާފަ.
ރިއަލް ޑޮނަލްޑް ޑަކް
17 May 2017
އަޅުގަނޑު ކުރިމަތިލާން ގަސްތުކުރަން. އަޅުގަނޑު ތިޔަމަގާމަށް ވަރަށް ކުފޫހަމަވާނެ. އަޅުގަނޑު ކިޔެވީ ވަލުޖަނަވާރު ހިމާޔަތް ކުރުމުގެ ރޮގުން.
ހެހެހެ
17 May 2017
ކުފޫހަމައެއްނުވޭ. ދެއޮޔަށް ދަމާ އޮއިވާއްޔެއް.
ހެހެހެ
17 May 2017
ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް ފޯއްމުލަކުގެ ތާއީދެއް ޝިފާގަކަށް ނުލިބޭނެ.