ރިޕޯޓް / ހއ. އުތީމް

އުތީމުގެ ބިމު އަޑީގައި ތާރީޚު ވަޅުލެވިފައި

އުތީމުގެ ސަރަހައްދެއް ކޮންނަނިކޮށް ފެނުނު ތަށިތަކެއް. މިގޮތަށް ފެނުނު ބައެއް ތަކެތި މި ރަށުގެ ގޭގައި ބަހައްޓާފައި އެބަހުރި

28 މެއި 2017 - 09:43

38 comments

ހއ. އުތީމަކީ ތާރީޚީ ގޮތުން ހާއްސަ ރަށެކެވެ. މި ރަށުގެ ތާރީހާ ގުޅޭ އެތައްކަމެއް ފެންނަ އެބަހުއްޓެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ތިން ބަތަލުންނަށް ނިސްބަތްވާ "އުތީމު ގަނޑުވަރު" އަކީ އެންމެ ބޮޑު ތަރިކަ އެވެ. މި ނޫނަސް އެތައް ތަނެއް ހުރި އިރު ރަށުގެ ބިމު އަޑީގައި ވެސް މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވަޅުލާފައިވާ އެކި ވައްތަރުގެ ތަކެތި އެބަހުއްޓެވެ.

އޭގެެތެރޭގައި، ކުރީޒަމާނުގައި ފައިސާގެ ގޮތުގައި ދިވެހިން ބޭނުން ކުރި ބޮއްޔާއި އޭރުގެ ޝާހީ އާއިލާތަކަށް ހާއްސަކޮށްފައިވާ ބައެއް ތަކެއްޗާއި ކުރީ ޒަމާނުގައި އާއްމުން ބޭނުންކުރި ތަފާތު ސާމާނު ވެސް ފެނިފައިވެ އެވެ. މިގޮތަށް ފެނުނު ބައެއް ތަކެތި މި ރަށުގެ ގޭގައި އެބަހުއްޓެވެ.

އުތީމު ކައުންސިލް މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި މި ރަށުގެ ބޯޅަދަނޑު ހަދަން 2015 ގައި ކޮނުނުއިރު ވެސް އެކި ވައްތަރުތަކުގެ އާސާރީ ތަކެތި ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ކުރީ ޒަމާނުގައި އެކި މައުލޫދުތަކާއި ޖާފަތްތަކަށް ބޭނުންކުރި ތައްޓާއި ސަމުސަލާއި އެ ނޫން ވެސް ތަކެތި ހިމެނެ އެވެ.

އުތީމުން ފެނުނު ބޮލި ވަޅަކުން ބޮލިތައް ހޮވަނީ.

"އޭރު ބޭނުންކުރި ވަރަށް ގިނަ އަދަދެއްގެ ސާމާނު، އެއް ވަޅަކުން ފެނުނު. އޭރު ފައިސާގެ ގޮތުގައި ބޭނުންކުރި ބޮލި އެކަނި ވެސް ހަތަރު ބަސްތާ އެ ވަޅުން ނެގި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީޒަމާނުގެ ދިރިއުޅުން ރަމްޒުކޮށްދޭ ވަރަށް ގިނަ ތަކެތި އެ ރަށުގެ ބިމު އަޑިން ފެނިފައިވާ ކަމަށެވެ. އޭރު ހަވާދު ފުނޑަން ގެންގުޅޭ ދައި އަދި ބިންބި މުގުރަން ބޭނުންކުރިި އެއްޗެހި ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑެތި ސައިޒުގެ ރުނބާ ވެސް އެބަހުރި މި ރަށުން ފެނިފައި، ގޮނޑު ދޮށުން ވެސް ސީނުތަށި އެއްޗެހި ހޮވާފައި އެބަހުރި،" ރަޝީދު ވިދާޅުވި އެވެ.

އުތީމުގެ ބިމުު އަޑިން ފެނުނު ރުނބައެއް.

މިގޮތަށް، ފެނުނު ތަކެތި ވިއްކައިގެން މި ރަށުގެ ބައެއް މީހުން އާމްދަނީ ވެސް ހޯދާފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަތިރިމަތިންނާއި އެ ނޫން ވެސް ސަރަހައްދުތަކުން ފެންނަ އެފަދަ ތަކެތި ވިއްކައިގެން ބައެއް މީހުން ވަނީ ގޭގެ ފުރާޅު ހިޔާކުރާނެ ޓިނު ވެސް ހޯދައިފަ އެވެ. މީގެ އަހަރުތަކެއް ކުރި ނަމަވެސް މިހާރުގެ ރޭޓަށް ބަލާއިރު، އެގޮތަށް ފެނުނު ތަކެތި ވިއްކައިގެން ބައެއް މީހުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

ބިމު އަޑިން ފެނުނު ތަށިތަކެއް ފޮށިގަނޑަކަށް އަޅައި، މި ރަށުގެ އުތީމު ގެއެއްގައި ފޮރުވާފައި.

އުތީމު ނޫނަސް ބައެއް އެހެން ރަށްތަކުން ވެސް ބޮލިފަދަ ތަކެތި ފެނިފައިވެ އެވެ. އެކަމަކު، މި ރަށުން މިހާ ގިނަ އަދަދަކަށް މި ތަކެތި ފެންނަންވީ ސަބަބަކީ ކޮބައިހެއްޔެވެ؟

އޭގެ ސާފު ޖަވާބެއް، ރަޝީދަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ. އެނގޭހާ ވެސް ކަމަކީ ތާރީހީ ގޮތުން އުތީމު ހާއްސަކަމެވެ.

އުތީމު ބިމުގެ އަޑިން ފެނުނު ތަށިތަކެއް.

"އަޅުގަނޑުމެންގެ ކާފަމެން ބުނާނެ، ކުރީ ޒަމާނުގައި ވިލާގަނޑާ އަޅުވާފައި ވެސް ބިމު އަޑީގައި ސާމާނު ވަޅުލައޭ. އަޑުއިވިފައިވާ ގޮތުގައި، އޭރު ހީކުރަނީ ވިލާގަނޑަކީ ދަތުރުކުރާ އެއްޗެއް ނޫން ކަމަށް،" ރަޝީދު ވިދާޅުވި އެވެ.

އެހެން ރަށްރަށާ އަޅާބަލާއިރު އެ ރަށުން އެފަދަ ތަކެތި އެހާ ގިނައިން ފެންނަ ކޮންމެވެސް ސިއްރެއް އޮންނާނެ އެވެ. އުތީމުގެ ތާރީހާ ގުޅޭ ގޮތުން އެނގޭ އަދި ހޯދިފައިވާ ކަންކަމުގެ އިތުރުން އަދިވެސް އިތުރު ކަންތައްތަކެއް ހުރުން ވަރަށް ބޮޑަށް އެކަށީގެންވެ އެވެ.

38 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 30%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދީދީ

29 May 2017

މިއުޒިޔަމް ގަ ހުރިތަކެތި ހަޅާލިބަޔަކު ހިފުނުތަ. ބުދުދީނުގެ ތަރިކަ އޭ ކިޔަފަ ހާބީން ނިކުމެ ތި ތަޅާ ސުންނާފަތިކޮއްފާނެ.

The name is already taken The name is available. Register?

ސޭކުބެ

29 May 2017

ބިމުގެ އަޑިންނެގޭ ތަރިކަ އަމިއްލައަށް ވިއްކަމުންދާ މައްސަލައިގަ ޒިއްމާވާންޖެހެނީ އުތީމު ކައުންސިލް. މިފަދަ ތަރިކަ އަމިއްލަ ގޭގަ ބެހެއްޓުމަކީވެސް މަނާކަމެއް. ދެން އޮތީ ތިކިޔާ ތަކުރުފާނުންގެ ވާހަކަ. އަޅުގަޑަށް ވިސްނޭގޮތުގަ މިތަކުރުފާނުންތަކަކީ ދެކުނު އަތޮޅުތަކުގެ ބައެއް. މިއަދާ ހަމައަށް އައިއިރުވެސް ތަކުރުފާނު ކިޔާ މީހުން ފެންނަނީ މާލެއިން ދެކުނުގެ އަތޮޅުތަކުން. މާލެއިން އުތުރުން ހަމަ އެންމެ މީހަކުވެސް ތަކުރުފާނު ކިޔާ މީހަކު ނުފެނުނު. ލަފާ ކުރެވޭ ގޮތުގައި މިތަކުރުފާނުންތަށް އުތީމަށް ގޮސް އުޅުނީ. އަނެއްކާ އުތީމު މުސްކުޅިއަކު އަޅުގަޑުގާތު ބުނި އުތީމު ގަޑުވަރު އަވަށާ އެހާދުރުގަ ހުންނަނީވެސް ރަށުގެ މީހުންގެ ފަރާތުން އެބޭފުޅުންނަށް އުދަގުލެއްވެދާނެތީއޭ. މިބޭފުޅުންނަކީ އަސްލު އުތީމު ބައެއްނަމަ ދިރިއުޅުއްވީހީ އެހެންމީހުންނާއެކު އަވަށުތެރޭގަކަމަށް ބެލެވެނީ.

The name is already taken The name is available. Register?

އަހުމަދު

29 May 2017

ރަށްރަށުން މި ގޮތަށް ފެންނަ އާސާރީ ތަކެތި އެހެން ހަމަ ދައުލަތުގެ ކަމާ ބެހޭ މުވައްސަސާތަކާ ހަވާލު ނުކޮށް ވިއްކައިގެން އާމްދަނީ ހޯދޭތަ؟

The name is already taken The name is available. Register?

ކްރިޓިކަލް

29 May 2017

ތަރިކަ މިއޮގެން ބީލަން ކިޔާ ނަަގަނީ.. ކޮބާ ތާރީހާބެހޭ މަރުކަޒު ؟؟؟

The name is already taken The name is available. Register?

ތިލަދުންމަތިމަސް.

29 May 2017

ފަޒީނާ ( ލިޔުންތެރިޔާ) ބުނެދީބަލަ މުހައްމަދު ތަކުރުފާނު އުތީމު މީހަކަށް ވީގޮތެއް. ތާރީޚް ވަރަށް ސާފު ދެއްތޯ؟ މުހައްމަދު ތަކުރުފާނުގެ ބައްޕަ، މަންމަ، އަނބިން، ދަރިން މީގެ ތެރޭގައި ނެތް އުތީމު މީހަކު. އުތީމު ގަނޑުވަރަކީވެސް މުހައްމަދު ތަކުރުފާނުގެ އާއިލާއިން ބިނާކުރި ތަނެއްނޫން. އޭރުއޮތް ރަސްކަމުގެ ފަރާތުން އަމުރުކުރުމުން އުތީމު ރައްޔިތުން ބިނާކުރި ގެއެއް!؟ ރުޅިގަދަވެ ދެލޯބޮޑު ނުކޮށް ތާރީޚް ދިރާސާ ކުރައްވާ.

The name is already taken The name is available. Register?

ހައްޤުބަސް

29 May 2017

އެބޭފުޅާގެ ބައްޕާފުޅަކީ އުތީމު ބޭފުޅެއް މަންމާ ފުޅަކީ ހއ އިހަވަންދޫ ބޭކަނބަލެއް... ރަނގަޅު ބައްޕާފުޅުގެ އާއިލާ އެއްބައި (އެއް މަތިފުށް) ފެށުނީ ރާއްޖޭގެ އެންމެ ދެކުނުން..އުތީމު ގަނޑުވަރު ބިނާކުރެއްވީ ތަކުރުފާނުގެ ބައްޕަ އަލިހަތީބުތަކުރުފާނުކަމަށް ތާރީހީ ހުރިހާ ލިއުމެއްގަ ވެސް ހުރީ.. ދެން ކީއްވެބާ ތާރީޙް އޮޅުވާލަނީ؟ ރުޅިގަދަވެ ދެލޯ ބޮޑުނުކޮށް ތާރީހް ވިދާޅުވޭ ދެކޮޅު ހައްދަވަންޏާ ކާފީ ހެކި ދައްވަކާ.. ފަޒީނާ ހަމަ ބަރާބަރު

The name is already taken The name is available. Register?

2532

29 May 2017

ހާދަ ވައްތަރޭ މާލޭ ބޭފުޅަކާ. ކަލޯ ދެރަވީތަ؟ ކުރިންވެސް ރަސްކަން ކުރީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ އާއިލާތައް، އިސްދޫ، ހުރާ ދިޔަމިގިލީ އުތީމު. ބާރު ތައް ޖަމާކުރީ މިކަން ހުއްޓުވަން. ވެރިކަން ކުރަންވާނީ ހަމައެކަނި ވަކި ރަށަކަށް ނިސްބަތްވާ ބައެއް ކަމުގައި ހަދަން. އެހެންވެ ދޫނުކުރެވިގެން ތިއުޅެނީ. ވާއެތި ނޭގެނީކީ ނޫނޭ މަމެންނަށް. އެކަމަކު ތިޔަ މާލޭ ވެރިކަމާ ރަސްކަމަށް ވުރެ މިހާރު ބޭނުމީ ސަރަހައްދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުަން. ގުލާނުކޮށްގެން ކުލިދައްކައިގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެތާ. މިކަން ނިންމަން ޖެހޭ.

The name is already taken The name is available. Register?

Abdul Latheef

30 May 2017

މިގޮތަށްފުނޑާލާފަ ހުރި ބައިވަރު ތަންތަން މަވެސް ދަންނަން. ދިވެހިންގެ ތާރީޚު ދިވެހިންނަށް އަޅުވާލަފަ ވަނީ. ސަރުކާރުތަކުން

The name is already taken The name is available. Register?

ފުށޮޅު

28 May 2017

މިބާރަށުގަ ތިކަހަލަ ވަރަށް ގިނަ ތަކެތި ހުންނާނެ އެވެ ތަކުރުފާނަކީ ބާރަށު މީހެކެވެ އެއީ ބާރަށު ކަޅު އަލި ހަތީބު ތަކުރުފާނުގެ ދަރި އެވެ ތަކުރުފާނު އެކުގައި މަޖާކުރަން އުޅުނު ޒުވާން ކުދިން ތެރެއިން ކުއްޖަކު މޫދަށް އެއްލާލާ ކުޅި ސަމާސާ ކޫޅައީވެސް މިރަށު ވަލުތެރޭގަ އެވެ އިހަވަންދޫ މަންމައެކއެކެވެ އުތީމަކީ އއމީހުން ރިސޯޓުގެ ގޮތުގަ ބޭނުންކުރި ރަށެވެ

The name is already taken The name is available. Register?

25

29 May 2017

ދާރުލް އާސާރެއް ހިދާ ރަށުގައި ޓުއަރިޒަމް ހިންގާލަ ބަލަ.

The name is already taken The name is available. Register?

ދިއްދޫމީހާ

28 May 2017

އުތީމަކީ ވަރަށް ކޮރަކާލި ގިނަރަށެކެވެ.

The name is already taken The name is available. Register?

ސްޕޮއިލްސް އޮފ ވޯރ އެނޑް ޕައިރަސީ

28 May 2017

ބިމުއަދީގައި އަގުބޮޑެތި ތަކެއްޗާއި ބޮލި (ކުރީގެ ފައިސާ) ފެނުމުން އެނގޭކަމަކީ އެންމެ އިހުޒަމާނުއްސުރެ ރާއްޖޭގެ ވެރިން ނިކަމެތިން ލޫޓްވަމުން ދިޔަކަން.

The name is already taken The name is available. Register?

ތައްކާނު

28 May 2017

ތަކުރުފާނަކީ އުތީމުގަ އުފެދުނު ހަމައެކަނި ފިރިހެންވަންތަ ފިރިހެނާ. އޭގެ ފަހުން ޖީލަކަށްފަހު ޖީލެއް އައީ ފިރިހެންވެރިން ރަނޑުވަމުން.

The name is already taken The name is available. Register?

އަނގޮޅިލީކްސްވަލްއަޅުގެތީމު

28 May 2017

ރ. އަނގޮޅިތީމު ގައިވެސް ތިކަހަލަ ވަރަށް ގިނަ ތާރީޚީ ގަދީމީ ތަކެތި ވަޅުލެވިފައިވާ ޝަރަޙައްދެއް ހުރޭ، އެތަން އެކިގޮތްގޮތައް ކޮނެ ވަރަށް ގިނަ އެފަދަ ތަކެތި ވަނީނެގިފައި، އަދި ބައެއްތަކެތި ބައެއް މީހުން އެކިމީހުންނަށް ދީ، ވިއްކާ ހަދާފައިވާ ކަމަށްވެސް މަޢްލޫމާތުލިބޭ، މީގެ ބައެއް ތަކެތި ކައުންސިލްގެ ބެލުމުގެ ދަށުގައިވެސް އެބަހުރި. ނަމަވެސް ސަރުކާރުން އެކަމަށް މާބޮޑު ސަމާލުކަމެއް ދޭކަމެއް ނުފެނެއެެވެ.

The name is already taken The name is available. Register?

Abdul Latheef

30 May 2017

ނުދޭނެ! ދިވެހިން ހޭލުންތެރިވެދާނެތީވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454