02 ޖޫން 2017 - 14:55
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑިވެލޮޕްމެންޓަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން މައުލޫމާތު އެއް ކުރުމަށް ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަން ހުޅުވާލައިފި އެވެ.
އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުން ހިންގާފައިވާ ރެފްރީ ކޯސް ފުރިހަމަ ކޮށްފައިވާ ރެފްރީން އަންނަ މަހު ދެ ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނުގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުވާ ރެފްރީންނަށް އެފްއޭއެމުން ރާވާ ހިންގާ މުބާރާތްތަކުގައި އޮފިޝަލްކަން ނުކުރެވޭނެ ކަމަށެވެ.
އަދި އެ އެސޯސިއޭޝަނުގެ މުބާރާތްތަކުގައި ހަރަކާތްތެރިވާން ބޭނުންވާ ކޯޗުން ވެސް ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި "ޕްރޯ"، "އޭ"، "ބީ" އަދި "ސީ" ސެޓްފިކެޓް ހާސިލްކޮށްފައިވާ ކޯޗުން ހިމެނޭ ކަމަށް އެފްއޭއެމުން ބުނެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުވާ ކޯޗުންނަށް އެފްއޭއެމް މުބާރާތްތަކުގައި ބައިވެރިވާ ކްލަބްތަކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ މިއީ އެފްއޭއެމްގެ ހިންގުން ހަރުދަނާކޮށް ރެފްރީންނާއި ކޯޗުންގެ މައުލޫމާތު އެއްކުރުމުގެ ގޮތުން ކްލަބް ލައިސަންސިން ތެރޭން ކުރާ ކަމެއް ކަމަށެވެ.
"މިއީ ހަގީގަތުގައި ކްލަބް ލައިސަންސިންގެ ތެރެއިން ޑިވެލޮޕްމެންޓަށް ކުރެވޭ މަސައްކަތެއް. ރެފްރީންނާއި ކޯޗުންނާއި ބެހޭ މައުލޫމާތު އެއްކުރެވިގެން އިތުރު ކުރިއެރުންތަކެއް ހޯދައިދޭން ފަސޭހަތަކެއް ވެގެންދާނެ.،" ޖަވާ ވިދާޅުވި އެވެ.
"އެބަހުރި 2000 ވަނަ އަހަރު އެފްއޭއެމް ރެފްރީ ކޯސް ފުރިހަމަ ކޮށްފައި އެއް މެޗު ދެ މެޗު އޮފިޝަލްކަން ކޮށްފައި ވެސް އެގޮތަށް ބަލާއިރު ރަޖިސްޓްރީކޮށްގެން މިކަން ރަނގަޅަށް ކުރިއަށްގެންދެވޭނެ ކަމަށް މި ބަލަނީ."
އެފްއޭއެމުން ބުނީ ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަން ބޭނުންވާ ފޯމު އެ އެސޯސިއޭޝަނުން ލިބެން ހުންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކްރަމް
07 June 2017
އެފް.އޭ.އެމް ތީ ޝާކީބް އާއި ޝާވީދު ގެ އަމަިއްލަ މުހުތާދުތަކެއް ފުއްދަން ބޭނުންކުޜާ އައްޑާއެއް، ކޮންމެ ހެން ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާތަނެއް ނޫން. ރާއްޖޭގެ ފުޓްބޯޅައިގެ ޑިވަލޮޕްމަންޓްގެ ވާހަކަ ޖަވާމެން ދެއްކީމަ ވަރަށް ޖޯކު ޖަވާ، ޕްލީސް ޑޮންފޫލް އަސް... ޝަވީދުގެ އެޖެންޑާ ހާސިލްވެއްޖެ ބައްސާމް ބޭނުންވިކަންތައް ވީމަ ވެލެންސިޔާ ތުންފުއްސަކަށް ހަދާފަ އެއްލާލީ ... މިރާއްޖޭގެ ފުޓްބޯޅަ ހަލާކު ކުރީ ޝަވީދު...
ރެފްރީއެއް
04 June 2017
އަދިވެސް ރެފްރިންނަށް ދޭންޖެހޭ ލާރި ނުދޭ..މި އަހަރުވެސް 3 ފަހަރު ރެފްރީން ރެޖިސްޓްރި ކޮށްފި..ކޮބާ އެ ފޯމްތަށް..އަހަރަކު 30 ފަހަރު އެކައުންޓް ނަމްބަރު އެފް އޭ އެމް އަށް ފޮނުވާ...ވާކަމެއް ނެތް..އަމީޒް ތީ އެއްވެސް ކަމެއް ރަނގަޅު ކުރަން އުޅޭ މީހެއްނޫން..އިޒުހާންވެސް ފީފާއަށް ފޮނުވީ އޮޅުވާލުމެއްގެ ތެރޭން ކަމަށްވަނީ....އަމީޒް އިސްތިއުފާ...ޖަވާވެސް ތީ ކަމެއްވަ މީހެއްނުން..ހުސް ފޮނި އަނގަ....
ސަންތި
03 June 2017
ޜޭގަ ދިމާވި ދެ ރެފުރީ އެކަމް އެމީހުންގެ ވާހަކަ އިވިފަ ވ ދެރައި އެއީ އެމީހުނގެ ހަލާލުމަސައްކަތުގެ އަގު ނުލިބޭތީ ވ ދެރަ ބައްސާމް ޕްލީޒް މަނީ
ސަލީމް
02 June 2017
ޜެފްރީންގެ ލާރިކޮޅު ލިބޭނީ ބައްސާމް ރައީސްއަކަށް އަންނަން ކުރި ހަރަދު ލިބުނީމަ.
އައްޔަ
02 June 2017
ރަޖިސްޓްރީ ކޮށްގެން ވިޔަސް އެފްއޭއެމް އިން ރެފްރީނަށް ދޭންޖެހިފައިހުރި ފައިސާކޮޅު ވީހާވެސް އަވަހަކަށް ދެވޭނެ ގޮތެއް ހައްދަވާ ދެއްވުން އެދެން.