18 ޖޫން 2017 - 08:34
ލާވާ ކޭކަކީ ވަރަށް މަގުބޫލު އެއްޗެކެވެ. މިއީ ފްރާސް ގައި މާ ކުރިންސުރެ ހަދަމުން އައި އެއްޗެއް ކަމަށް އެ ގައުމުގެ ޝެފުން ބުނާ އިރު، އެމެރިކާގެ މަޝްހޫރު ޝެފެއް ދައުވާކުރަނީ 1987 ގައި އޭނާ މި ކޭކު މުޅިން އަލަށް އުފެއްދި ކަމަށެވެ.
ކޮންމެ ގޮތެއް ވިއަސް މި ކޭކު މިހާރު މުޅި ދުނިޔޭގައި ވެސް މަގުބޫލެވެ. ރާއްޖޭގައި ވެސް ރެސްޓޯރަންޓުތަކުގައި އެންމެ ހިނގާ ފޮނި އެއްޗެހީގެ ތެރޭގައި މި ހިމެނެ އެވެ. ޗޮކްލެޓް ލާވާ ކޭކަކީ ގޭގައި ހަދާލަން ވެސް މާ އުނދަގޫ އެއްޗެއް ނޫނެވެ.
25 ގުރާމު ބަޓަރު
230 ގުރާމު ހަކުރު
2 ބިސް
125 ގުރާމު ފުށް
600 ގުރާމު ޗޮކްލެޓު، ވިރުވާފައި
20 މިނެޓް ވަންދެން 200 ޑިގްރީ ސެލްސިއަސް ގައި ފިހެފައި އައިސް ކްރީމާ އެކީ ސުފުރާ މައްޗައް ނަގާ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު
18 June 2017
ހާދަ މީރު ވާނެހެން ހީވެޔޭ. މިޔަދު ހަދަންވެއްޖެ މި!