ހިޝާމް: އޭނާ ކުރިން މަސައްކަތް ކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި --ފޮޓޯ/ފޭސްުބުކް
21 ޖޫން 2017 - 12:36
އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމަށް އަހުމަދު ހިޝާމް ވަޖީހު މިއަދު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވި ހިޝާމަކީ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އެވެ. އޭނާއަކީ ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ދަނބިދަރިފުޅެވެ.
ހިޝާމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރެއްވިއިރު ބޮޑެތި މައްސަލަތަކެއްގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލެކެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތުގަ އާއި އެ ނޫން ވެސް ބައެއް ބޮޑެތި ޝަރީއަތްތަކުގައި ހިޝާމް ވަނީ ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވައިފަ އެވެ.
އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވީ ވަކީލް އިސްމާއިލް ވިޝާމެވެ. މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ އެ މަގާމުން ވަކި ކުރެއްވި ފަހުން މިއަދާ ހަމައަށް އެ މަގާމު އޮތީ ހުސްކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އީވާ
22 June 2017
ހިޝާމްގެ އިތުބާރު ގެއްލިފައިވާކަމަށް ކޮމެންޓް ތިކުރަނީ އޭނާގެ ކޮންކަމެއް އެނގިގެންތޯ؟ ހިޝާމަކީ ގްރޭޑް 9ގައި ހުރެ އޯލެވެލް އިމްތިހާނުގައި ބައިވެރިވެ މޮޅު ނަތީޖާތަކެއް ހޯދާ، އަދި އޭލެވެލްގައިވެސް ރާއްޖޭގެ ގަދަ10ގެ ކުރިން ވަނަ ހޯދި ދަރިވަރެއް. މެލޭޝިއާގައި ލޯ އިން މާސްޓަރސް ހަދާ، ފެންވަރު ހުރި، ގާބިލު ޒުވާނެއް. ވަކި މީހަކަށް ސަނާ ކިޔަންޏާ ރީނދޫ ކުދިންނަށް ރަނގަޅުވާނެ އަސާސީ ފެންވަރު ނެތަސް.
ބޭއިންސާފު
22 June 2017
ﷲ ގަންދީފައި މިބުނަނީ މަގޭ އާއިލާގައި ވެސް އެބަތިބި އެކަކު އިގެރޭސި ވިލާތުން އަނެކަކު އޮސްޓްރޭލިޔާ އިން ބޭނުންތެރި ދާއިރާ ތަކުން މާސްޓަރސް ހަދާފައި ދެކުދިން..ނިމިގެން އައިތާ ވެސް އަހަރަކަށް ވުރެ ގިނަދުވަސް ވެއްޖެ އެވެ.ވަރަށް ގިނަ ޖޮބު ތަކަށް ކުރިނަތި ވެސް ލާފިއެވެ.އިންޓަވިއު ވެސް ކުރެއެވެ. ދެން ޚަބަރެއް ނުވެއެވެ.އިންޓަވިއު އަކީ މޮޅެތި ކުދިން ހޮވާން ކުރާ އެއްޗެއް ކަމަކަށް ނުވެއެވެ.އިންޓަރވިއު އަކީ މޮޅެތި ކުދިން ކަޓްވާން ކުރާއެއްޗަކަށް ވަނީ ވެފައެވެ.އެހެންތާ ވާނީ އިންޓަވިއު ކުރާ އިރުވަސް ޖޮބަށް ނަގަންވީ ކުއްޖާ އޮންނަނީ އަންގަަފަރާތަކުން އަންގާފައި ވިއްޔާއެވެ.މާސްޓަރސް ފެންވަރުގެ ޖޮބު ތަކަށް ފަސްޓްޑިގްރީ ގެ ޝަރުތު ތަށް ހިމަނާގެން މާސްޓަރސް ޑިގުރީ ކުދިން ކުރިމަތި ލާފައި ތިއްބައި ފަސްޓް ޑިގްރީ ކުދިން ހޮވާފައި އެބަ ތިއްބެވެ.
މަރީ
21 June 2017
އާ މިއޮތީ ކޮރަޕްޝަން މަދު ކުރުމަށް އެންމެ ފަހުން ނެގި އެންމެ ބޮޑު ފިޔަވަޅު! ކުރިއަށް ދެން އޮތީ ކޮންކަމެއްބާ؟
ހަސަން
21 June 2017
ދެން ކިއްތަވީ؟ ނުބެހޭ ކަންކަމާ ނުބެހިބަލަ. ގައުމު ހިންގަންވީގޮތް އިގޭނީ ގައުމުގެ ވެރިމީހާ އަށް. 2018 އަންނަންދެން މަޑުކޮށްލާ. އަނެއްކާވެސް ހޮވޭނެ.
ކަތީބުގެރިޔާޒ
21 June 2017
ރަހިންބެއަށް ކަމެއް ކޮށްދެވުނީނުން
މެންޓަލިސްޓް
21 June 2017
ކިތަންމެ ވަރަކަށް މަގާމްތަށް ބަދަލުކުރިއަސް ހެޔޮ މިހާރު އަސްލުގޭމް މިއޮތްގެން ނިމެނީ ،،،، މުޅިސަރުކާރުތެރޭގައި އޮތީވެސް އެކަކު އަނެކަކަށް ވަގަށް ކަންކަން ކުރުން ،،، އެހެންވެގެން ގޮސް މިހާރު އޮތީ ރައީސްޔާމިންގެ ވެރިކަމުގެ ސިސްޓަމް ފުނޑިފައި ،،، ދެންފެންނާނީ ވެއްޓޭތަން ،،، ވަރަށްވެދުން
މޑ
21 June 2017
ޕަޕެޓް ހެދިގެން ކުރި މަސައްކަތުގެ މޭވާ! މިނޫން ދުވަހެއްވެސް އަދި އެބަ އޮތް ، ބިރުވެތިވޭ..
ހމމމ
21 June 2017
ބިޝާމް/ވިޝާމް/ހިޝާމް
ޟުހާޓޯ
21 June 2017
ބިލާދުއްޝާމް
އަގޮޓި ފުޅު
21 June 2017
ތިދަނީ ރަގަޚަށެވެ އަހަރެމެނަށް ކޮބާ؟
ފުވައްމުލަކު މީހާ
21 June 2017
ޕާރޓީ ހައިސިއްޔަތު އޮތީމާ ދަނބިދަރިފުޅުވީމާ މިފަދަ މަގާމުތަކަށް ޕްރޮމޯޓް ކުރީމާ ޕާރޓީއަށްޓަކައި ގައުމަށްޓަކައި ގުރުބާންވި ގިނަ ހިތްތައް ޕާރޓީމަތީން ފޫހިވާނެ. އަދި ތެދުވެރިކަމާ މެދު ސުވާލު އުފެދޭނެ.
މި
21 June 2017
މީދޯ ސިޔާސީ ދައުވާތަކުގެ ސިއްރަކީ. 2018 ކާރިވީމަ އަނެއްކާ ސިޔާސީ ދައުވާތައް ތިޔާގިވަނީބާ. ރައްރިތުން ނައް ބިރު ދައްކަން ނުއުޅުއްވައްޗޭ ބިރެ ނުގަނޭ ދެނެއް ނުވެސް ގަންނާނެ.