24 ޖޫން 2017 - 03:09
މާތްވެގެންވާ ހަރަމްފުޅަށް ދޭން އުޅުނު "ޓެރަރިސްޓް ހަމަލާއެއް" ނާކާމިޔާބުކޮށްލައިފި ކަމަށް، ސައުދީ އަރަބިއްޔާ އިން މިރޭ ބުނެފި އެވެ.
ދާހިލީ ވުޒާރާ އިން ބުނީ ހަމަލާ ދޭން އުޅުނު މީހާ ހުރި އިމާރާތް، ސަލާމަތީ ބާރުތަކުން ވަށާލުމާ އެކު، އޭނާ ވަނީ އަމިއްލަ އަށް ބޮން ގޮއްވާލައިގެން މަރުވެފައި ކަމަށެވެ.
މާތްވެގެންވާ ހަރަމްފުޅު: މި ދުވަސްވަރު މައްކާ އަށް އެތައް މިލިއަން ބަޔަކު ވަނީ ޖަމާވެފައި
ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި އެ އިމާރާތް ބިމާ ހަމަވިއިރު 11 މީހުން ޒަހަމްވި އެވެ. އޭގެ ތެރޭގައި ފުލުހުން ވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެ އެވެ. ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ރޯދަމަހުގެ ފަހު ދިހައިގެ މާތްކަން ހޯދަން ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާ އަށް އެތައް މިލިއަން ބަޔަކު ވަނީ ޖަމާވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްތުބެ
25 June 2017
މި ކުޑަގައުމުން ބިންގަންނަން އުޅުނީމަ ދޯ .ދެން ދޯ
ކިރުކަކުނި
24 June 2017
ސައުދީން މިހާރު ދައްކާ ވާހަކަ ގަބޫލުކުރާ މީހުން ވަރަށް މަދު! މީގެ މާނައަކީ ސައުދީ އެންމެނަކީ ދޮގުވެރިންނެކޭ ނޫން! އެކަމަކު ވެރިކަމުގެ ޢާއިލާއިން ދައްކާ ވާހަކަ!
އަލިބެ
24 June 2017
އެމެރިކާއާ ގުޅުން ބަދަހިވާވަރަކަށް ޒާތްޒާތުގެ ޓެޓަރިންޓުން އުފެދޭނެ..
ޖޭ
24 June 2017
ބަޔަކު ކިތައްމެ ޖޭ ވިޔަސް ހައްޖަށް ނުވަތަ ޢުމުރާ އަށް ދާން ޖެހޭނީ ހަމަ ސައުދީ އަރަބިޔާގެ މައްކާ މަދީނާ އަށެވެ. ލައްޑަނަކަށް ނުވަތަ ޑެންމާކް އަކަށް ނޫނެވެ.
ހުއްބުލްވަތަން
24 June 2017
ޖޭގެ ކޮމެންޓާ ލިޔެފައިވާ ލިޔުމާ އެއްވެސް ގުޅުމެއްނެތް. ވަށްބަހުން ބުންޏަސް ތިޔަ ވިދާޅުވާން އުޅޭ އެއްޗެއް ގިނަ މީހުންނަށް ފަހުމެއްވެ. ރޯދަމަހު ހަނު ހުރުންވެސް އައުލާކަން ބޮޑު.
ޥަޒަންބެ
25 June 2017
ޖޭ އަކީ ކަޑުކޮހެއް
ޖައްސަބަލަ
24 June 2017
ހަރަމްފުޅަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލައިފި ކަން އެއީ ވަރަށް ރަނގަޅު ކަމެކެވެ. މިކަން ކަން މިއަންނަނީ ސީދާ ގަތަރުގައި ތިބި ޓެރެރިޒަމް އަށް ވާގިވެރިވެދޭ ހަމާސް އާއި ހިޒްބުއްލާ ގެ ފަރާތުން ކަމަށް މުޅި އަރަބި ދުނިޔެ ދަނީ ތުހުމަތު ކުރަމުންނެވެ. ކަން މިހެން ހުރުމުން އަދި ވެސް ގަތަރާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައިގެން ގަތަރުގައި ތިބި ހަމާސް އާއި ހިޒްބުއްލާ މެން ބޭރު ކުރަންވީއެވެ. އަލްޖަޒީރާ ވެސް އޮންއެއާރ ކުރުން މިވަގުތަށް ބަންދު ކުރަންވީއެވެ.
ސީދާސާދާ
24 June 2017
ސީދާސައޫދީސަރުކާރުގެކުށް .. އަދިވެސް ތިކަހަލަކިތަންމެކަމެއް ލާގަންނާނެހެންހީވޭ .. ސައޫދީންނަށް އެމީހުންކުރާގޯސްކަންތައް އެހެންމީހުންވެސް ކޮޕީކުރަންފެށީމާ މާދުރުގައޮތް ސިންގަޕޫރުން ވެސްތެޅިގަތްގޮތަކީ 42
މޫސާބޭ
24 June 2017
މިރާއްޖޭގައި ޔަހޫދީންނަށް ސަޕޯރޓްކުރާ މީހުންވެސް ބައިވަރު. އެމީހުން ބުނާނެ ތިޔައީ ޕްރޮޕެގެންޑާއޭ.
ގ
24 June 2017
ޔާހޫދީންނަށް ސަޕޯޓް ކުރާ ދިވެހިން ތިބު މަކީ ވަރަށް ވަރަށް ދެރަ ކަމެއް. ޔަހޫދީން މުސްލިމުންނަށް ހެވެއް ނޭދޭނެ. ވިސްނާލާ އެއްވެސް ކުށެއް ނެތް ނިކަމެތި ފަލަސްތީނުގެ ރައްޔިތުންނާ މެދު އެ ނުބައި ނުލަފާ ޔަހޫދީން ކުރާ އަނިޔާވެރި އިންސާނިއްޔަތާ ހިލާފް އަމަލުތަށް. ޔަހޫދީން ސަޕޯޓް ކުރުމަކީ ވަރަށް ގޯސް އަމަލެއް
ކައްޕިތާނު
24 June 2017
ގެފުޅުގެ ވެރި ރައްބު ގެފުޅު ރައްކާތެރި ކުރައްވާނެ! މާޝާﷲ!
އަޑޭ
24 June 2017
ﷲގެެ ރަހްމަތާއެކު ހަރަމްފުޅައް ހަމަލައެއްނުދެވޭނެ ދިވެހިންގެތެރޭތިބި އިސްލާމްދީންދެކެ ރުޅިއަންނަމީހުންޖެހޭނީ ރުޅިއައިސް އައިސްތިބެން މިދީންދާނީ ކުރިއައް
މަ
24 June 2017
ތިއެއް ނޭގެ އެކަން ނާކާމިޔާބު ކޮށްލަން ޖެހުނީވެސް ސައުދީ ސިފައިންނަ. އެމީހުންނަށް ނުފެނުނުނަމަ ބިމާހަމަވާނީ.
ކަންކުމް
24 June 2017
އިޒްރޭލް ގައި ޖާނުން ފިދާ ހަމަލާއެއް ދޭކަށް އައިއެސް އަކަށް ނުކެރޭ ދޯއެވެ؟
ޔާމިން
24 June 2017
އައިސިސް އަކީ އިޒްރާއިލް ސީކްރެޓް އިންޓެލިގެންޓް ސާރވިސަސް. މި ވީޑިއޯ ބައްލަވާލައްވާ https://youtu.be/c-sOnmsWivs
ފިނޑި
24 June 2017
މިޚަބަރު ދޮގުކުރާ މީހުން މި ރާއްޖޭގައި ތިބޭނެ އެވެ.
ރަދީފް
24 June 2017
އެއި ދޮގެއް.ކެރިގެން މިބުނީ. މިކޮމެންޓް ޕަބްލިޝްކުރާނެބާ
ރަދީ
24 June 2017
ރަދީފް .ނޭގޭ ކަންތަކަށް އަގަ ނުބޭނުމަކީ ރަގަޅު ގޮތް