ކުޅިވަރު

ނިއު އަކީ ބޮޑު ކްލަބެއް، ޕްރެޝަރާ ކުރިމަތިލެވޭނެ: އޮސްކާ

ނިއުގެ ކޯޗު ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއު ރޭޑިއަންޓްގެ ކޯޗުކަމާ ހަވާލުވީ އެ މަގާމުގައި ހުންނައިރު ކުރިމަތިވާނެ ޕްރެޝަރު އެގިހުރެ ކަމަށާއި އެ ކަމާ ކެރިގެން ކުރިމަތިލާނެ ކަމަށް ދާދި ފަހުން އެ ޓީމާ ހަވާލުވި ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ބަރޭރާ ބުނެފި އެވެ.

ފާއިތުވި ތިން އަހަރަށް ބަލާއިރު ނިއު އަކީ އެންމެ ގިނައިން ކޯޗުން ބަދަލުކުރި ޓީމެވެ. އެކި ފަހަރު މަތިން އެ ޓީމަށް އެކި ކޯޗުން އިރުޝާދުދިންއިރު މި ފަހަރު އެ ޓީމާ ހަވާލުވި އޮސްކާ އަކީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ ޓީމަށް އިރުޝާދުދޭނެ ދިހަ ވަނަ ކޯޗެވެ.

ނިއުގެ ކޯޗުކަމުގެ މަގާމުގައި އެންމެ ފަހުން ހުރި ބެނާޑޯ ޓަވަރޭސް ވަކިކުރީ އެންމެ ފަހުން ޓީސީ އަތުން މޮޅުވި މެޗަށް ފަހު އެވެ. މާލޭ ލީގުގެ ދެ ވަނައިގައި ނިއު އޮތްއިރު އެ ޓީމު ކުޅުނު 10 މެޗުން މޮޅުވީ ހަތް މެޗުންނެވެ. އަނެއް ތިން މެޗުން ވަނީ ބަލިވެފަ އެވެ.

އޮސްކާގެ ކޯޗުކަމުގައި ނިއު އިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު އޭނާ ބުނީ ނިއު އިން އޭނާއާ ހަވާލުކުރި ޒިންމާ އަދާކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މި މެޗުން މޮޅުވެއްޖެ ނަމަ ނިއު އަށް ގަދަ ހަތަރެއް ކަށަވަރުވެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.

"މާ ބޮޑު ޕްރެޝަރެއް ނެތް. އެއީ ކްލަބްގެ ޗެއާމަންއާ އެންމެން އަހަރެން ގާތުގައި ބުނި ހުރިހާ މެޗަކުން މޮޅުވުމަކީކަން ޓާގެޓަކީ. މިކަން އެނގިގެން އަހަރެން ހަވާލުވީ. އަހަރެންނަށް އޮތް ޕްރެޝަރަކީ މިއީ. މިކަމާ ވަރަށް ފުރިހަމަ އަށް އަހަރެން ކުރިމަތިލާނަން،" ސްޕެއިނުގެ ދެ ވަނަ ޑިވިޝަނާއި އިންޑިއާ ލީގުގައި މަސައްކަތްކޮށްފައިވާ އޮސްކާ ބުންޏެވެ.

ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ރޭ ކުޅުނު މެޗުން ޓީސީއާ އެއްވަރުވުމުން ނިއު އަށް ވަނީ ލީގުގެ އެއް ވަނައިގައި ޕޮއިންޓުގެ ފަރަގު ކުޑަކުރަން ފުރުސަތު ލިބިފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 11 މެޗުން 25 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިއު އޮތީ 10 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.

އޭނާ ބުނީ ސީޒަނެއްގެ މެދުތެރެއިން ޓީމާ ހަވާލުވުމަށް ފަހު އެންމެ ފުރިހަމަ އަށް ތައްޔާރުވާނެ ވަގުތު ނެތް ކަމަށެވެ.

"މާ ވަގުތެއް ނެތް އެންމެ ބޭނުންވާ ގޮތަށް ޓީމު ތައްޔާރުކުރާކަށް. ހަތަރު ޕްރެކްޓިހަކަށް ފަހު މެޗަކަށް މި ނުކުންނަނީ. ވީޑިއޯ ތަކާއި އެހެނިހެން ގޮތްގޮތުން މަސައްކަތް ކޮށްގެން ރަނގަޅަށް ތައްޔާރުވެވޭތޯ މި ބަލަނީ،" އޮސްކާ ބުންޏެވެ.

ރާއްޖެ އައުމުގެ ކުރިން ވެސް ނިއު ކޮންމެވެސް ވަަރަކަށް އެނގޭ ކަމަށާއި ނިއު އަކީ ބޮޑު ކްލަބެއް ކަމަށާއި މި ވަގުތު ފޯކަސް ހުރީ ނިއުގެ ނަތީޖާތައް ރަނގަޅު ކުރުމަށް ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

"އޭއެފްސީ ކަޕްގައި ބައެއް އިންޑިއާ ކްލަބްތަކާ ނިއު ކުޅެފައި ހުރީ. އަހަންނަށް އެނގޭ މިއީ ތާރީހީ ކްލަބެއްކަން. ރާއްޖޭގެ އިތުރު މައުލޫމާތެއް އަހަރެންގެ ނެތް. ދެން މި ފަހަރު އޭފްސީ ކަޕްގައި މާޒިޔާގެ ކުޅުން ބެލިން. ދެން ހުރި ކްލަބްތައް ދަސްކުރަމުން މިދަނީ އެ ޓީމުގެ މެޗުތަކުގެ ވީޑިއޯ އިން. އެކަމަކު މި ވަގުތު ސަމާލުކަން ހުރީ ނިއުގެ ކަންތައްތަކަށް އެކަން،" އޭނާ ބުންޏެވެ.

މި ސީޒަނުގައި ނިއު އަށް އެންމެ ބޮޑު މައްސަލައެއް ދިމާވެފައިވަނީ ޑިފެންސްކުރުމުގަ އެވެ. އެ ޓީމު ކޮޅަށް މިހާތަނަށް 12 ލަނޑު ވަނީ ވަދެފަ އެވެ. ނިއުގެ ކުރީގެ ކޯޗު ޓަވަރޭސް ވެސް އެކަން ފާހަގަކުރިއިރު، އޮސްކާ ވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"އަހަންނަކަށް ނެތް ޝަކުވާއެއް ކުރެވެން. ތެދަށް ބުނަންޏާ ޓީމު އެންމެ ބެލެންސެއް ނޫން. ޑިފެންސުގައި އެބަޖެހޭ ކަންތައްތަކެއް ރަނގަޅު ކުރަން. އޭގެ ތެރޭގައި ލޯކަލް ކުޅުންތެރިން ހިމެނޭ. އެކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާނަން. ޖުމްލަކޮށް ސްކޮޑާ މެދު ހިތްހަމަ ޖެހޭ އަހަރެން،" ޓީމުގެ ޑިފެންސް ކުރުމާ ގުޅޭގޮތުން އޭނާ ބުންޏެވެ.

އެހެން ނަމަވެސް ޓީމުގެ އެޓޭކާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

"ޓީމުގެ އެޓޭކާ މެދު ވަރަށް ހިތްހަމަ ޖެހޭ. ހަމްޒާ، ސެންޓޭ، ގަލާޑޯގެ އިތުރުން އަދި އޮއްޕޮ އަދި ދަގަނޑޭ ވެސް ޓީމާ ގުޅޭނެ. ދެން ބޭނުންވަނީ އެޓޭކާ އެއްވަރަށް އެހެން މަގާމުތައް ވެެސް ބެލެންސްކޮށް މެޗުތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ކުޅެން ރޭވުން. މިވަގުތަށް ބެލިޔަސް ޓީމުގެ ފުރަތަމަ އެގާރަ ނެގުމަކީ އަހަންނަށް އޮތް ބޮލު ރިހުމެއް،" ކުރިން އިންޑިއާގެ މުމްބާއީ އެފްސީ އަށް ކޯޗުކޮށްދިން އޮސްކާ ބުންޏެވެ.

ލީގުގެ ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ގަދަ ހަތަރަކަށް ވަނުމުގެ ފުރުސަތު އެއްކޮށް ގެއްލިފައިވުމުން އެ ޓީމުން މާލޭ ލީގުގައި ކުރިއަށް ހުރި މެޗުތަކުގައި ބޭނުންވަނީ ރަނގަޅަށް ކުޅެ ނަތީޖާ އަކަށް މަސައްކަތް ކުރުން ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ވަނީ ބުނެފަ އެވެ.

މިއަދުގެ މެޗުގެ ކުރިން ނަޒީހު ބުނީ އަބަދުވެސް އޭނާގެ އަމާޒަކީ ނިއުއާ ދެކޮޅަށް ނުކުންނަނަމަ މޮޅުވުން ކަމަށެވެ.

"އަބަދު ވެސް ނިއު އަތުން މޮޅުވާން ބޭނުން ކުޅުނުއިރު ވެސް ދެން މިހާރު ވެސް. އަޅުގަނޑަކަށް އެ ނަސީބެއް ލިބިފައެއް ނެތް. އެ ޗެލެންޖް ކުރާވަރުގެ ޓީމެއް ގޮވައިގެން ފުރުސަތެއް ނުލިބޭ. އަބަދުވެސް މި ލިބެނީ ރަނގަޅު ކުޅުންތެރިން ހޮވާލާފައި ދެން ތިބޭ މެދު ފަންތީގެ ކުޅުންތެރިން. އެކަމަކު އެ ވަރުގެ ޓީމެއް ލައިގެން ވެސް ރަނގަޅު ދުވަހެއްގައި ކާމިޔާބު ހޯދިދާނެ. މި އަންނަނީ ވިކްޓަރީއެއް ޔުނައިޓެޑް ކިޔާފައި ވިޔަސް އަދި އަޅުގަނޑު ވެސް ހުރުމާ އެކު ބޭނުންވަނީ މޮޅުވާން،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ ނިއު އިން ކޯޗެއް ހަމަޖައްސައިގެން ރަނގަޅަށް ތައްޔާރުވާން އަދި ވަގުތު ނުލިބޭ ކަމަށާއި އާ ކޯޗު ބޭނުންވާ ގޮތަށް އަދި ޓީމު ބައްޓަން ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑަކަށް ހިއެއްނުވޭ ހަތަރު ފަސް ދުވަހެއްގެ ތެރޭގައި ސްޕެއިނުން މީހެއް ގެނެޔަސް ބާސެލޯނާ ކުޅޭހެން ކުޅޭނެއޭ ޓީމެއް. ވަގުތު ކޮޅެއް ބޭނުންވާނެ ހޭނެއް ގާތްގަނޑަކަށް އަހަރެން ދެ އަހަރެއް ވަރު ޓީމު ބޭނުން ގޮތަކަށް ބައްޓަން ކޮށްލަން. އަޅުގަނޑުގެ އުއްމީދަކީ ނިއު ބަލިވުން،" ނިއު އަށް ކުރިން ކުޅެފައިވާ ނަޒީހު ބުންޏެވެ.

އޭނާ ބުނީ މިއަދުގެ މެޗުގެ ކުރީ ކޮޅުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑެއް ނުވަދެއްޖެނަމަ އެ ޓީމު ޕްރެޝަރަށްދާނެ ކަމަށެވެ.

"ކުރީކޮޅުގައި ލަނޑެއް ނުޖެހިއްޖެނަމަ މި ކޯޗު އަތުން ގޭމް ދޫވާނެ ގާތްގަނޑަކަށް ބައި ގަޑިއިރުގެ ތެރޭގައި. އެއީ އެ ވަރުބަލިކަމާ ހުރިހާ އެއްޗެއް އައީމަ. އެއީ ކުއްލިއަކަށް އައިސް އޭނާ ރާވައިގެން ނުކުންނަ އެއްޗެއް މަސައްކަތް ކުރާނީ ގާތްގަނޑަކަށް 20 މިނިޓަށް. ދެން ބަދަލުވާނީ ދިވެހި ފުޓްބޯޅަ އަށް. ތިބޭ ސީނިއާ ކުޅުންތެރިން ޕާފޯމްކުރާ އެއްޗަކަށްދާނީ. ދެން އަޅުގަނޑުމެން ޖެހޭނީ އޮގަނައިޒްކޮށް މާޒިޔާއާ ދެކޮޅަށް ފުރަތަމަ ބުރުގައި ކުޅުނު ގޮތަށް ކުޅެން،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅަ އަށް ފެންވަރު ރަނގަޅު ކޯޗުން ގެނައިކަމުގައި ވިޔަސް އެންމެ ރަނގަޅަށް ކުރިއަށް ދިއުމުގައި އޮތީ ހަނި ފުރުސަތެއް ކަމަށެވެ.

"ޕްރެކްޓިސްގައި މިކުރާ ކަންތައްތަކުގެ 20 ޕަސެންޓް ވެސް ދަނޑުމަތީގައި ނުފެންނާނެ. އެ ހާލަތުގައި ދިވެހި ފުޓްބޯޅަ މިއޮތީ. އިރުއަރާފައި އިރުއޮއްސޭ ގޮތަށް ޓީމުތަކުން ކޯޗުން އެބަ ބަދަލުވޭ. ހަ މީހުން އެއް ޓީމެއްގައި ތިބެގެން އެއް ސީޒަނުން އަނެއް ސީޒަނަށް ކުރިމަތިލާ ޓީމެއް މަދުވާނެ. އަޅުގަނޑު ދެކޭ ގޮތުގައި ކޯޗަކަށް އެއް ޓީމަކާ އެކު އަހަރެއް ދެ އަހަރު ދީގެން ބޭނުން ގޮތަކަށް ބައްޓަން ކޮށްގެން އޭނަގެ ގޭމް ކުޅެވޭނީ،" ނަޒީހު ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އަތުން ނިއު މޮޅުވީ 3-0 އިންނެވެ. މިއަދު މި ދެ ޓީމު ކުޅޭ މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.

5 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާލީމާ

05 July 2017

ޓްރައި އަގޭން ނަޒީހް! އަހަރެން ވަރަށް ދުއާކުރާނަން ކުރިޔަށްއޮތް ގަރުނުގާވެސް ނަޒީހުގެ އަތްދަށުނުވެ ނިއު ސަލާމަތްވެ ހަމަޖެހިލެވޭތޯ! އިރާދަކުރެއްވިއްޔާ ނަޒީހު ބަލަހައްޓާ ޓީމަކަށް ދުވަހަކުވެސް ނިއުއެއް ބައްޔެއް ނުކުރެވޭނެ! އިންޝާﷲ! -އިބްރާހީމް-

The name is already taken The name is available. Register?

މުތޭ

04 July 2017

މިސާލަކަށް ތިޔަ ކޯޗުގެ ފުރަތަމަ 10 މެޗުގެ ތެރެއިން 3 މެޗުން ބަލިވެއްޖެ ނަމަ އަނެއްކާވެސް ވަކިކުރާނެތޯ މަގާމުން؟ ކޯޗަށް ޕްރެޝަރު ހުރި ވަރެއް އެނގިދާނެ މިއަދު ހަވީރު

The name is already taken The name is available. Register?

އިއްބެ

04 July 2017

ނިއުއަށް ކުޅުނުއިރު ބައިކޮޅަސް ލަނޑު ޖެހިނަމަ، ނިއު ބަލި ކުރެވުނީސް!!!

The name is already taken The name is available. Register?

އަންތަރީސް

04 July 2017

މިއީވެސް ފޮނިކަނޑަން ދަންނަ މީހެއް. ނިއުގެ އޮފް ދުވަހެއްގައިވެސް ނަޒީހް ގޮވައިގެން ނުކުންނަ ޓީމެއް ނިއު އިން ބަލިކުރާނެ ކޯޗަކު ނެތަސް.

The name is already taken The name is available. Register?

ބާރަ

05 July 2017

ކޮބާތޯ ކުޑަ ކުލަބަކީ ކުޅެން އަރަނީ 11 ދޯ ނިއުއިން 11 އަރާފަ އަނެއް ޓީމުން 5 އަރަން އާ އޯކޭ ދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454