ޕެންޝަން އޮފީހުން ބޭއްވި ފޯރަމެއް: އެ އޮފީހުގެ ބޯޑުގެ ޗެއާމަންގެ ދައުރު އަންނަ މަހު ހަމަވޭ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު
04 ޖުލައި 2017 - 10:53
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ބޯޑުގެ ޗެއާމަން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ އޮފީހުން ހުޅުވާލައިފި އެވެ.
އެމްޕީއޭއޯގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އޮފީހުން ކުރި އިއުލާނެއްގައި ވެ އެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ މިހާރު އެ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވި އާތިފާ އަލީގެ ދައުރު އަންނަ މަހު ހަމަވާތީ އެވެ.
އެމްޕީއޭއޯގެ ބޯޑުގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރާނީ އެކަމަށް ޚާއްސަ ސިލެކްޝަން ކޮމެޓީއަކުން ހޮވުމަށް ފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރާ ބޭފުޅުންގެ ނަންތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބޭފުޅެކެވެ.
މަގާމުގެ ޝަރުތަކީ ވިޔަފާރީގެ ދާއިރާއިން ނުވަތަ އިގުތިސާދީ ދާއިރާ އިން ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ އޮތުމާ އެކު މާލީ ނުވަތަ ޕެންޝަން ދާއިރާގައި މަސައްކަތް ކޮށްފައި ވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާލިމް
04 July 2017
ތި މަގާމަށް ވެސް ސިވިލް ސަރވިސް މުވައްޒަފެއް ނުލާތި ސްޓެލްކޯ ޗެއަރމަން ގޮތަށް. ސްޓެލްކޯ ޗެއަރމަން ވެސް އެހެރީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ލާފައި. އެއީ ސިވިލް ސަރވިސް މުވައްޒަފެއް. އެހެން ވީމާ ސިޔާސީ މަޤާމެއް ނުފުރޭނެ