ޚަބަރު / އިދިކޮޅު އިއްތިހާދު

ގޮނޑި ގެއްލުމުގެ ބިރު އޮތަސް މެމްބަރުން ދުލެއް ނުދެއްވާނެ: ގުޅިފައިވާ ޕާޓީތައް

މިރޭގެ ޕްރެސް ކޮންފަރެންސްގައި ހަތަރު ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ/ނިޝާން އަލީ/މިހާރު

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުން އިސްލާހަށް މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް، ބިރު ދައްކާފައި އޮތް ނަމަވެސް އެފަދަ ފިއްތުންތަކަށް މެމްބަރުން ދޫ ނުދެއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ވަނީ ޕާޓީ ބަދަލުކޮށްފި ނަމަ، ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލިހުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. މި ހުކުމް އައީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވެރިކަން ކުރާ ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވުމާ އެކު ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއްގަ އެވެ.

ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އިދިކޮޅު ޕާޓީތަކުން ބުނީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ދެ ފަހަރަށް ބޭރުކޮށްލައި ތިން ވަނަ ފަހަރު އެ މައްސަލަ އަށް ސުޕްރީމް ކޯޓުން ފަރުވާ ހޯދާފައިވީ ނަމަވެސް މެމްބަރުން ތިއްބެވީ ސާބިތުކަމާ އެކުގައި ކަމަށެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި ހުރިހާ މެމްބަރުން އެ ގޮތުގައި ދެމިތިއްބެވި ކަމަށާއި ހުކުމަކުން މެމްބަރުން ފަހަތަށް ޖައްސާނުލެވޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުންޏެވެ.

މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުންގެ ތާއީދު މަސީހަށް ނެތް ކަން މަޖިލީހަށް ވެއްދި ސޮއިތަކުން އެކަނި ވެސް ސާބިތުވެފައިވާއިރު، އެކަން އެހެން ގޮތަކަށް ބަދަލުކޮށްލަން މަޖިލީހުގެ މެމްބަރުންނަށް ދައްކާ ބިރަކުން، ގައުމީ މަސްލަހަތު އެ މެމްބަރުން ދޫކޮށްނުލައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އިދިކޮޅު ޕާޓީތަކުން ބުންޏެވެ. މަސީހު ވަކިކުރަން ސޮއި ކުރެއްވި ހުރިހާ މެމްބަރުންނަށް ވެސް މުހިއްމީ ގޮނޑިއަށް ވުރެން، ގައުމުގެ ކަންކަން އިސްލާހު ކުރަން ކަމަށް ވެސް ޕާޓީތަކުން ބުންޏެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު ހުކުމާ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅުމެއް ނެތް ކަމަށެވެ. އެ ހުކުމާ އެކު އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ހުއްޓުމެއް ވެސް ނާންނާނެ ކަމަށް ވިދާޅުވި އެވެ.

"އަބްދުﷲ މަސީހަށް މަޖިލީހުގެ ރައީސް ކަމުގެ މަގާމު ގެއްލޭނެ. އަދަދު ހަމަވާނެ، ވަކިވާނެ. އެއީކީ ޝައްކެއް އޮތް ކަމެއް ނޫން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ޕާޓީތަކުގެ ވަކީލުން ގެންދަވަނީ ދިރާސާކުރައްވަމުންނެވެ. އެއަށް ފަހު އެ މައްސަލަ އަލުން ކޯޓަށް ވައްދަން ޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވީ މި ހުކުމާ އެކު މެމްބަރުންނަށް ލިބުނީ އިތުރު ހިތްވަރެއް ކަމަށެވެ. މަސީހު ވަކިކުރަން ވޯޓު ދެއްވައިގެން، ޕީޕީއެމްގައި މިހާރު ތިއްބެވި އެއްވެސް މެމްބަރަކު އަދި ވަކިވާން އެދިވަޑައިގެންފައިވާ އަދި ވަކިކޮށްފައިވާ އެއްވެސް މެމްބަރެއްގެ ވެސް ގޮނޑި ގެއްލިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (ވ) އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މަޝްވަރާ ކުރައްވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

މެމްބަރަކު ވޯޓު ދެއްވާ ގޮތަކުން ޖިނާއީ ތަހުގީގެއް ނުވަތަ އެހެން ވެސް ނުރައްކަލެއް ކުރިމަތި ނުކުރެވޭނެ ކަން ގާނޫނުއަސާސީން ސާފު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ހަމައެކަނި ޕާޓީގެ ވިޕްލައިނަށް ބޯލަނބަން ޖެހޭ ބައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެކު ތިއްބެވި މެމްބަރުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވޯޓު ދެއްވަން ޖެހިލުންވާންވީ އެއްވެސް ސަބަބެއް ނެތް،" ފާރިސް ވިދާޅުވި އެވެ.

"ޕީޕީއެމް ތެރޭގައި ތިއްބެވި މެމްބަރުން ވެސް ބޭނުމެއް ނުވާނެ ހަމަ އަންގާ އެންގުމަކަށް ވޯޓު ދޭން މަޖުބޫރުވާކަށް. އަޅުގަނޑަށް ވިސްނޭ ގޮތުގައި ވިއްޔާ، މިހާރު މިއޮތް ހާލަތުތަކަށް އިތުރު ބަދަލުތަކެއް ނުގެންނަ ކަމަށް ވަންޏާ، ރައްޔިތުންގެ މަޖިލީހުގެ ހުވާ ވެސް ބަދަލުކުރަން ޖެހިފައި މިއޮތީ،" އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު މިއޮތް ހާލަތަކީ އަބަދަށް ދެމިއޮންނާނެ ހާލަތެއް ނޫނެވެ. އެކަން ދިވެހި ރައްޔިތުންނާއި މުއައްސަސާތަކާއި ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް ސާފުކަމަށް ވިދާޅުވި އެވެ.

"ހުކުމުގައި އެބައޮވޭ އެންޓި ޑިފެކްޝަން ގާނޫނެއްގެ ވާހަކަ. އެހެންވީމަ ހުކުމުން ވެސް އެބަ އެނގޭ މިއޮތީ ވަގުތީ ހައްލެއް ހޯދައިދީފައި ކަން. އަދި އަޅުގަނޑުމެންނަށް މާނަ ކުރެވެނީ ވަކި ބަޔަކަށް ވަކި ފަރާތަކަށް ފައިދާ ވާ ގޮތަށް އޮތް ނިންމުމެއް ކަމަށް،" ފާރިސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ވިދާޅުވީ މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ގެއްލި އަމަން އަމާންކަމަށް ބުރޫއަރާ ކަަމަށް މި އެނގުނީ ވަކި ޕާޓީއެއްގެ ބަޔަކު ވަކިވާން އުޅުމުން ކަމަށެވެ. ސުޕްރީމް ކޯޓުން ފަރުވާ ހޯދި މި މައްސަލަ އިން ސަރުކާރަށް ލިބުނީ ކާމިޔާބެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ގެއްލި އަމަން އަމާންކަމަށް ބުރޫއަރާ ކަަމަށް މި އެނގުނީ ވަކި ޕާޓީއެއްގެ ބަޔަކު ވަކިވާން އުޅުމުން ކަމަށެވެ. ސުޕްރީމް ކޯޓުން ފަރުވާ ހޯދި މި މައްސަލަ އިން ސަރުކާރަށް ލިބުނީ ކާމިޔާބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

"އެ މީހަކު ހޮވުނު ޕާޓީ އަށް އަލުން ބަދަލުވުމަކަށް މި ހުކުމުން ހުރަހެއް ނެތް. މި ހުކުމާ އެކު، ބަންދުވެފައި ތިބި ކޮއްޓަކުން މެމްބަރުން ނުކުމެވަޑައިގެން ރައްޔިތުންގެ ފަޅިއަށް އަރައި ގައުމު ސަލާމަތް މިކުރާ މަސައްކަތުގައި ބައިވެރިވާން އިލްތިމާސްކުރަން،" އޭނާ ވިދާޅުވި އެވެ.

މަސީހުގެ މައްސަލަ ކާމިޔާބުކުރަން ސަރުކާރުން ފަރުވާއެއް ހޯދާފައިވާއިރު، އެ މައްސަލާގައި ވޯޓު ދެއްވައިގެން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުވާލައިފި ނަމަ، ގުޅިފައިވާ ޕާޓީތަކުން މަސައްކަތްކޮށްގެން އެ މެމްބަރަކު އަލުން ގޮނޑި އަށް ހޮވައިދޭނެ ކަމުގެ ޔަގީންކަން ވެސް ޕާޓީތަކުގެ ލީޑަރުންގެ ފަރާތްޕުޅުން ރިޔާޒް ދެއްވި އެވެ.

"އެ މެމްބަރެއްގެ ފަހަތުގައި އަޅުގަނޑުމެން ތިބޭނަން، ގާނޫނީ ގޮތުން އެ މައްސަލާގައި ޗެލެންޖްކުރަން ޖެހިއްޖިއްޔާ ވެސް އެކަމުގައި އަދި ބައި އިލެކްޝަނަކަށް ދިޔައިއްޔާ ވެސް އެ ބޭފުޅަކު އެންޑޯސްކޮށްގެން ގޮނޑި އަށް ހޮވަން އަޅުގަނޑުމެންގެ ހަތަރު ލީޑަރުން ވަނީ އެއްބަސްވެފައި،" ރިޔާޒް ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ ގެމެމްބަރު އަނާރާ ނައީމް ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް ނަގައި ގައުމު އިސްލާހުކުރަން ފަށާފައިވާ މަސައްކަތް ސަރުކާރަށް ނާކާމިޔާބެއް ނުކޮށްލެވޭނެ އެވެ. "އެއް ދޮރު ބަންދުކޮށްފިއްޔާ، އަނެއް ދޮރު ހުޅުވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުކުމުން އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ ރާއްޖޭގައި ކަންކުރެވެމުންދާ ގޮތް، ވަރަށް ބޮޑަށް އެއްފަރާތަކަށް ޖެހިފައިވާ ހުކުމެއްގެ ގޮތަށް މި ފެނުނީ. ރާއްޖޭގެ މި ހާލަތަކީ ބަދަލުކުރަން ޖެހިފައިވާ ހާލަތެއް ކަން ހުކުމުން ވެސް އެނގުނީ،" އަނާރާ ވިދާޅުވި އެވެ.

21 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 4%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންތުއްތު

13 February 2018

ބޯ ހުދު ދޫނިވެސް ވެރިކަމާ ތެޅިތެޅި އަވަދި ވަނީ. އެކަމަކު ރޫހާނީ ލީޑަރު ހަމަ އެންމެ ދުލެއްވެސް ދޭކަށް ނޫޅޭ. އަބަދުވެސް މަ ކުރިމަތިލާނަން މަ މީ ކެންޑިޑޭޓް މަނޫން މީހެއް ނެތް މިވަރެއްގެ އެފަކީރު އެތެޅެނީ.

The name is already taken The name is available. Register?

ތަކުރު

22 July 2017

ކޮންމޮޅު ވާހަކަ އެއް ގޮނޑި ގެއްލޭތީ ބިރުވެސް ގަނޭ... ކުޅޭ ކޮންމެ ކުޅިއަކުން ބަލި.. ކޮއްކޯ ހަނގުރާމައިގައި ރޫލްސް އެއް އެޕްލައި އެއްނުވޭ.. ތިބުނާ މޮޅު އެމެރިކާވެސް ކުޅެނީ އެހެން.. ހިސާބައްތުރެ ފޮނިބޮޑުވެފަ އަރާ ފޮނިކަނޑައިފައި ރައްޔިތުންގެ ލޮލުގައި ތިއަޅުވަނީ އަނދުނެއް...ތިޔަތާ ތިތިބީ ހުސް ބޮލީވުޑް އެކަޓަރުން ހައްހައްހާ..

The name is already taken The name is available. Register?

ކޮބާ

14 July 2017

އެމްޑީޕީ ވެސް އަދި ޖޭޕީ ވެސް އަދި އަދާލަތު ވެސް ޖެހޭނީ މަމެން ޕންކީން ސޯފާ ސެޓުން ތެދުވެ ހައިޖަމްޕް ޖަހަން ފެށީމާ އަލިފާނޯއިއޭ އަލިފާނޯއިއޭ އަލިފާނޯއިއޭ މަށެއް ނެތޭ މަހަލާކޭ މަހަލާކޭ މަހަލާކޭ ކިޔާ އަވަހަށް ޖެހުނު ދޮރާއްޓަކުން އެތެެރެއަށް ވަދެ ފިލަން. އެނޫން ނަމަ ވާނެ ހަތަރެތި ތިއޮތް ގެންވަނީ އެވެ. ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސް ކެވިފައި ދޯ.

The name is already taken The name is available. Register?

ކޮވެލި

14 July 2017

ދޫދޭންޖެހޭނީ. މެންބަރަކަށް ނުވާ މީހަކަށް ތިޔަބޭނުންވާ ވޯޓެއްނުދެވޭނެ. އެހިސާބުން އެމީހާ ބާކީވާނީ. އެދުމެއް ނެތި ވެދުމެއްއަޅާނީ ކާކު.

The name is already taken The name is available. Register?

ޒެޑްސް 1

14 July 2017

ކިތަންމެ ބޮ ހުކުމެއް ކުރިއަސް މަޖިލީސް މެންބަރުން ވޯޓު ވިއްކުން ނުހުއްޓުވޭނެ. ދެން ގިނަވާނީ އަމިއްލަ ކެންޑިޑޭޓުން. ޕާޓީ ގެ ސަޕޯޓާއި އެކު ހޮވި ބޭނުން ބަޔަކަށް ވޯޓު ވިއްކާނީ

The name is already taken The name is available. Register?

ތިބެބަލަ

14 July 2017

އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުން އެލިޖިބުލް ވާނީ ދެން ދާއިރާގެ ވޯޓް ލާމީހުންގެ އަދަދުގެ %40 ވޯޓް ސޮޔާއި އަދި އައިޑީކާރޑް އާއި ފިންގަރޕްރިންޓް ހޯދައިގެން އައުމުން ނޭ އަދި އެގޮތުން ކުރިމަތި ލާމީހަކު ވާން ޖެހޭނެއޭ އެދާއިރާ އަށް އުފަން އަދި އެދާއިރާގައި މިހާރު ވެސް ދިރިއުޅެމުން ދާ އެދާއިރާގައި ގެދޮރު ވެސް ހުރި މީހަކަށް. މިފަދަ ގައިޑް ލައިނެއް މަމެން ސްޕްރީމް ކޯޓް މެދުވެރިކޮށް ނެރޭނަމޭ ގާނޫނު އަސާސީގެ 144 ވަނަ މާއްދާ އަށް ބޭސް ކޮށް.

The name is already taken The name is available. Register?

ސޯފާރއަވޭ

14 July 2017

ގޮނޑި ގެއްލުމުގެ ބިރު އޮތަސް މެމްބަރުން ދުލެއް ނުދެއްވާނެ ކަމަށް ގުޅިފައިވާ އިއްތިހާދުން ބުނި ނަމަވެސް ދެން އެކަމެއް ނުހިނގާނެއޭ ކުދިންނޭ. ސަބަބަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރެވެނީ އެއީ ސްޕްރީމް ކޯޓުގެ ހުކުމް އަކީ އެއީ އެންމެ ފަހުގެ ނިންމުމޭ. އިދިކޮޅު އިއްތިހާދު އެކަނި ނޫނޭ ކަންކަން ކުރަން އިނގޭނީ ތަމެންނަށް ވުރެން މާ މޮޅަށް މަމެން ޕިންކީން ނަށް ކަން ކަން ކުރަން އިނގޭނެއޭ ބިކޮޒް ވެރިކަމުގައި އާރާއި ބާރުގައި މިތިބީ މަމެން ޕިންކީން ނޭ. މީ މަމެންގެ ވެރިކަމޭ އަދި މީ މަމެންގެ ގައުމޭ މަމެންގެ ވެރިކަމުގައި މަމެން ތަމެން އިދިކޮޅު އިއްތިހާދުން ހުށައަޅާ ގާނޫނެއް ވެސް ފާސް ވިޔަ ނުދޭނަމޭ އަދި ތަމެންނަށް މަޖްލީހުގެ ރައީސް ކަމުގެ މަގާމުން މަސީހު އެއްލާނުލެވޭނެ ކަން ވެސް މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ސިސްޓަމްގެ ތެރޭން އަންގާ ތަމެން ތަންޑާ އަރުވާލާނަމޭ ސިޔާސީ ގޮތުން. ނުކުޅެވޭނެ މަމެން ޕިންކީންގެ ވެރިކަމުގައި މަމެންނާއި އެމްޑީޕީ އަށް. ބިކޮޒް މަމެން ގަބޫލުކުރާ ގޮތުގައި އެމްޑީޕީ އަކީ އެއީ ލޯލެވެލް މަމެން ޕިންކީން މީ ހައިލެވެލް.

The name is already taken The name is available. Register?

ހުސެން

14 July 2017

މެޗު ނިމެންކައިރިވީމަ ގަވައިދު ބަދަލު ކުރެވޭތަ؟ ތިގޮތަށް އަމަލު ކުރާނެކަން އޮންނަން ވާނީ އިންތިހާބުގެ ކުރިން އެގިފަ. ދެން އޮންނަ އިންތިހާބެއްގެފަހުން ތިގަވާއިދާއި ގާނޫނު ހިންގަން ފަށާ...

The name is already taken The name is available. Register?

ޙުކުމް ލާލު

14 July 2017

ތިޔަ ހުކުމުގެ ސަބަބުނ ސްޕްރިމް ކޯޓުގެ ފަނޑޔާރުންގެ އަގު ވެއްޓި ބަދުނާމު ވުން ފިޔަވައި އިތުރު ކަމެއް ނުވޭ. ލޯކަލް ކައުސިލް އިންތިހާބުގައި އިންތިހާބުވ ކައުންސިލަރުން ޕާރޓީ ބަދަލު ކުރުމަކީ މައްސަލައެއް ނޫން ކަމަށް ހުކުމް ކުރީވެސް ތިޔަ ސްޕްރިމް ކޯޓުން. ތިޔަ ކޯޓުގެ ނަމުން ސްޕްރިމް ކަނޑައި ޕްރެސިޑެންޝަލް ކޯޓް ކިޔަންވީ. ޕްރެސިޑެންޓް ބޭނުންވ ގޮތަކަށް ހުކުމް ނެރޭ ކޯޓަކަށް ސްޕްރިމް ނަމުނ މުހާތަބު ނިކުރެވޭނެ. ތިޔަ ކޯޓުން އިންސާފް ގާއިމު ކުރެވިދާނެ ކަމަށ ގަބޫލު ނުކުރެވ

The name is already taken The name is available. Register?

ޓޭކްއޮންމީ

14 July 2017

ގޮނޑި ގެއްލުމުގެ ބިރު އޮތަސް މެމްބަރުން ދުލެއް ނުދެއްވާނެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނި ނަމަވެސް އެކަން އެހެން ނުވާނެއެވެ. އެކަން ދާނީ އެޔާއި ދެކޮޅަށެވެ. ސަބަބަކީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި އެބަ ބަޔާން ކުރެެއޭ ސްޕްރީމް ކޯޓުގެ ނިންމުމަކީ އެއީ އެންމެ ފަހުގެ ނިންމުމޭ އެއަށް ބަދަލެއް ނުގެނެވޭނެ ކަމަށް. ދެން ކިހިނެއް ހަދާނީ ދޯ. ސަރުކާރުން ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ޓަކައި ޕީޕީއެމް އަދި ޖޭޕީ އަދި އެމްޑީއޭ އަދި އަދާލަތުގެ އެމްޕީން ރައްޔިތުން ހޮވީ. އެހެން ކަމަށްވާނަމަ އެމެން އެންމެން ވެސް ވޯޓް ދޭން ޖެހޭނީ ސަރުކާރުން ބޭނުންވާ ގޮތަށެވެ.

The name is already taken The name is available. Register?

އިބްރާހިމް

14 July 2017

ސުޕްރީމްޚޯޓުގެ ހުކުމުގެ އެއްމާނަ: 1-ޕާރޓީން ނެރުނީ ތްރީލައިން ވިޕެއް ވަކި ގޮތަކަށް ވޯޓުލާން 2-ބައެއް މެންބަރުންގެ ޒަމީރު ޤަބޫލު ނުކުރާތީވެ އެ ގޮތަން ވޯޓްލާން އުޒުރުވެރީ 3-ޕާރޓީގެ ވިޕާ ޚިލާފުވީ މާ ޕާރޓީން ކަނޑާލީ 4-ގޮނޑި ގެއްލުނީ..... ޤާާނޫނުގެ ކިތައްމާއްދާއާއި ތޯ މި ތައާރުޒު ވީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454