ލައިފްސްޓައިލް / ބްރެޒިލް

ސިކުނޑި މަރުވެފައިވާ އަންހެނަކަށް އެއްމާބަނޑު ދެ ކުދިން

ސިކުނޑި މަރުވި މަންމަ ބްރެޒީލް ފްރެންކީލެން އާއި ފިރިމީހާ މައުރިއަލް

ސިކުނޑި މަރުވެފައިވާ އަންހެނެއްގެ ބަނޑުގައި އޮތް އެއްމާބަނޑު ދެބެއިން ސަލާމަތްކުރަން 123 ދުވަސް ވަންދެން އަންހެންމީހާ ވެންޓިލޭޓަރުގައި ބާއްވައިގެން ޑޮކްޓަރުން ކާމިޔާބު ހޯދައިފި އެވެ. މިއީ މެޑިކަލް ހިސްޓްރީގައި ވެސް މިފަދަ ގޮތަކަށް މިހާ ގިނަ ދުވަހު މީހަކު ބާއްވައިގެން ދަރިން ސަލާމަތްކުރި ފުރަތަމަ ފަހަރެވެ.

ފްރޭންކީލެން ދާ ސިލްވާ ޒަމްޕޯލީ ޕަދިލްހާ، 21، ސްްޓްރޯކެއް ޖެހި ކޯމާއަކަށް ދިޔައީ މިދިޔަ އޮކްޓޯބަރު މަހު އެވެ. ބްރެޒިލްގެ ހޮސްޕިޓަލެއްގައި މި މީހާ އެޑްމިޓް ކުރުމާ އެކު ޑޮކްޓަރުން ނިންމީ މެޑިކަލް ހިސްޓްރީގައި ދުވަހަކު ވެސް ޑޮކްޓަރުން ނިންމާފައި ނުވާ ފަދަ ނިންމުމެކެވެ. އެއީ މައިމީހާ މަރުވި ނަމަވެސް ބަނޑުގައިވާ އެންމެ ނުވަ ހަފުތާ ވީ އެއްމާބަނޑު ދެބެއިންގެ ހިތުގެ ހިނގުން ނުހުއްޓި ހުރުމާއެކު އެ ދެބެއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމެވެ. އެގޮތުން، ސިކުނޑި މަރުވެފައިވާ މަންމަ ލައިފް ސަޕޯޓްގެ އެހީގައި 123 ދުވަސް ވަންދެން ބާއްވަން ޑޮކްޓަރުން ކުރި މަސައްކަތް ވަނީ ކާމިޔާބުވެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު، އެއްމާބަނޑު އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާ، ބަނޑަށް ހަތް މަހުގައި ވަނީ ވިއްސާފަ އެވެ. އަދި މިހާރު މި ދެބެން ވަނީ ރަނގަޅުވުމުން ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ދެބެއިންގެ ބައްޕަ މައުރިއަލް ޕަޑިލްހާ، 24، އޭނާގެ ދެ ދަރިން ކަމަށްވާ އަސަފް އާއި އެނާ ވިޓޯރިއާ އުފަންވުން ދެކެނީ އާދަޔާ ހިލާފް ކަމެއްގެ ގޮތުގަ އެވެ.

އާދަޔާޚިލާފު މި ކޭހުގައި ޑޮކްޓަރުންނަށް ވަރަށް ދަތި އުނދަގޫތައް ކުރިމަތިވި އެވެ. ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެ ސިކުނޑި މަރުވެފައިވާ މަންމަގެ ހަށިގަނޑުގެ ދިރުން ދަމަހައްޓަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނެވެ. ވެންޓިލޭޓަރު ނިއްވާލުމާ އެކު އޭނާގެ ހިތާއި އެތެރެހަށީގެ އެހެން ގުނަވަންތައް ވެސް ނަގައި އޭގެ ބޭނުން ޖެހިފައިވާ އެތައް ބަޔަކަށް ވަނީ ހަދިޔާ ކޮށްފަ އެވެ.

ސިކުނޑި މަރުވި މަންމަ ބްރެޒީލް ފްރެންކީލެން ވިހޭ އެއްމާބަނޑު ދެބެން

ފްރޭންކީލެންގެ ސިކުނޑި މަރުވިޔަސް އެހެން ހުރިހާ ގުނަވަނެއް ބަރާބަރަށް މަސައްކަތް ކުރެ އެވެ. އެހެންވެ އޭނާގެ ބަނޑުގައި އޮތް ދެ ކުދިން ސަލާމަތްކުރުމަށް ކުރެވުނުހާ ކަމެއް ކުރަން ޑޮކްޓަރުންގެ ޓީމުން ނިންމީ އެވެ.

7 ކޮމެންޓް, 82 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 29%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝިޔާމް

17 July 2017

އާލަމްތަކުގެ ވެރި ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަން. އެކަލާނގެއީ މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި އަދި ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވާ ކަށަކުޅަދުންވަންތަ ރައްބު. ﷲ އަކުބަރު

The name is already taken The name is available. Register?

ދޮންބެ

19 July 2017

ޙަމްދު ހުރީ އާލަމްތަކުގެ ވެރި ﷲ ސުބްހާނަހޫ ވަތަޢާލާއަށް

The name is already taken The name is available. Register?

ދޮންމު

17 July 2017

ޝަރުއީ ބައިވަރު ސުވާލު ތަކެއް މިކަމުގެ ސަބަބުން ކުރިމަތިވާހެން ހީވޭ.

The name is already taken The name is available. Register?

ޒިކުރު

17 July 2017

އަލްޙަމްދު ލިއްލާހި

The name is already taken The name is available. Register?

ދދދ

17 July 2017

ފުރާނައަކީ ކޮބާ؟ މީ އަދި މާ ބޮޑު ސުވާލެއް؟

The name is already taken The name is available. Register?

455

17 July 2017

އެހެންވިއްޔާ މަރުވުމަކީ ކޮބާ؟ މިޖެހުނީ ކަންތަކާ!

The name is already taken The name is available. Register?

ޙާޖަރާ

20 July 2017

ޢަޅެ ލޯބި ލޯބި ދެކުދިން .. ޙާދަ ހިތްދަތި ވާނޭ ދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454