ބީއެމްއެލްއިން މިދިޔަ އަހަރު ކުރުނބާ މޯލްޑިވްސްގައި ބޭއްވި އޭޖީއެމް
20 ޖުލައި 2017 - 16:38
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 23 ގައި ބާއްވަން ހަމަޖައްސައިފި އެވެ.
އެ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަހަރީ އާއްމު ޖަލްސާއާ ގުޅޭ ތަފްސީލްތައް އާއްމުކުރާނެ ކަމަށެވެ.
އާންމުންނަށް ހިއްސާ ވިއްކާފައިވާ ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާ ކޮންމެ އަހަރެއްގެ ޖޫން މަަސް ނިމުގެ ކުރިން ބާއްވަން ޖެހެ އެވެ. ނަމަވެސް ބީއެމްއެލްގެ ޖަލްސާ ފަސްވީ ކީއްވެގެންކަމެއް އެ ބޭންކަކުން ނުބުނެ އެވެ.
ބީއެމްއެލްގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 20ރ. ގެ މަގުން 107.6 މިލިއަން ރުފިޔާ ބަހަން މިދިޔަ މާޗް މަހު ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިފަހަރު ބަހަން ނިންމި އަދަދަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 18 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
މިދިޔަ އަހަރު އެ ކުންފުނިން ބަހާފައި ވަނީ ހިއްސާއަކަށް 17ރ. ގެ މަގުން 91.4 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު ބީއެމްއެލް އާމްދަނީ ދެ ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަބީބު
20 July 2017
އާންމު ޖަލްސާ ނުބާއްވަނީ ހަމައެކަނި ބީއެމްއެލްއެއް ނޫން. ސަރުކާރުގެ ހިއްސާ އޮންނަ ހުރިހާ ބޮޑެތި ކުންފުނިތަކުގެ ޖަލްސާތައް މިއަހަރު ދަނީ ލަސްވަމުން. މީގަ ކުންފުނިތައް ގޯސް ނޫންކަން މިކަމުން އެބަ ޔަގީންވޭ. ބޮޑެތި ޕްރެޝަރުތައް ހުއްޓަސް މިކަން އިއުލާންކުރިކަން ވަރަށް ރަގަޅު.
އަބްދުﷲ ސަރީފް
20 July 2017
އަޑުއިވޭގޮތުން ޖަލްސާ ލަސްވަމުންދަނީ ހިއްސާދާރުންނަށް ވަރަށް އުފާވެރި ޚަބަރެއް ދޭންވެގެން. ބޭންކުން އަހަރެމެންނަށް ދެރައެއް ނުދޭނެކަން ޔަގީން.
ޙޫދު
20 July 2017
އަލްހަމްދުﷲ ލައްކަ ދުވަސް މަޑުކޮށްފިން ތިޔަ ފައިސާކޮޅުގެ އުއްމީދުގައި. ޝުކުރިއޔަ އުފަވެރި ހަބަރެއް