ވިލާ ގޭހުން އަލަށް ތައާރަފްކުރި ލުއި ގޭސްފުޅި.
03 އޯގަސްޓް 2017 - 14:35
ރައްކާތެރި، ލުއި ގޭސް ފުޅި ވިލާ ގޭހުން ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ ވިލާ ގޭހުގެ އިސް ބޭފުޅަކު ވިދާޅުވީ އަލަށް ތައާރަފްކުރި ޕްލާސްޓިކް އަދި ފައިބަރުން ހަދާފައިވާ ފުޅިއެއް ކަމަށެވެ.
"އަލަށް ތައާރަފްކުރި ގޭސްފުޅި ވަރަށް ލުއިވާނެ. އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް ފުޅި ގޮވުން ފަދަ ހާދިސާއެއް ނުހިނގާނެ ގޮތަށް ތައްޔާރުކޮށްފައިވާ ރައްކާތެރި ފުޅިއެއް މިއީ. މި ފުޅީގެ އެތެރޭގައި ހުންނާނީ ފައިބާމެޓް އޮޅާފައި. ބޭރުގައި ޕްލާސްޓިކް ޖެކެޓެއް ހުންނާނީ،" އޭނާ ވިދާޅުވި އެވެ.
ވިލާއިން އަލަށް ތައާރަފްކުރި ގޭސްފުޅި: މި ފުޅީގެ ބަރުދަނުގައި ހުންނަނީ 6.6 ކިލޯ.
ވިލާ ގޭހުން އަލަށް ތައާރަފްކުރި ކޮމްޕޮސިޓް ފުޅީގެ ބަރުދަނުގައި ހުންނަނީ 6.6 ކިލޯ އެވެ. އަދި ގޭހާއެކު ފުޅީގެ ބަރުދަން ހުންނާނީ 16 ވަރަކަށް ކިލޯ އެވެ.
ވިލާ ގޭހުން ވެސް ކުރިން ވިއްކީ ދަގަނޑުން ހަދާފައި ހުންނަ ގޭސްފުޅި އެވެ. ނަމަވެސް ފުޅިއަކީ ގެންގުޅެން އުނދަގޫ ބަރު ފުޅިއެކެވެ.
"ދަގަނޑު ސިލިންޑަރު އާއްމުކޮށް ދެ އަހަރުގެ ތެރޭގައި ހަލާކުވެގެންދާނެ. އެ ފުޅީގެ ބަރުދަނުގައި ގާތްގަނޑަކަށް 16 ވަރަކަށް ކިލޯ ހުރޭ. އެހެންވެ އުފުލާ ގެންގުޅެން އެހާ ފަސޭހައެއް ނޫން،" ވިލާ ގޭހުގެ އޮފިޝަލް ވިދާޅުވި އެވެ.
އަލަށް ތައާރަފްކުރި ގޭސް ފުޅީގެ އެތެރެ ފެންނަ ގޮތަށް ހުރުމުން ފުޅީގައި ގޭސް ހުންނަ މިންވަރު ފެންނާނެ އެވެ. އަދި އޭގެ އިތުރުން އެ ކުންފުނިން ވިއްކާ ޗައިލްޑް ލޮކް އިންޑިކޭޓަރުން ވެސް ފުޅީގައި ގޭސް ހުންނަވަރު ބެލެ އެވެ.
ވިލާއިން ކޮމްޕޮސިޓް ދިހަ ކިލޯގެ ފުޅީގެ އިތުރުން ރެސްޓޯރަންޓް، ހޮޓާ އަދި ކެފޭތަކަށް ހާއްސަ 20 ކިލޯގެ ފުޅި ވެސް ވިއްކަ އެވެ. ދިހަ ކިލޯގެ ފުޅިއެއް 927.5ރ. އަށް ވިއްކާއިރު 20 ކިލޯގެ ފުޅިއެއް ވިއްކަނީ 1،510.50ރ. އަށެވެ.
އެ ކުންފުނިން ވަނީ ކުރިން ދަގަނޑު ގޭސްފުޅި ބޭނުންކުރަމުން އައި ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން 600ރ. އަށް ކޮމްޕޮސިޓް ފުޅިއަށް ބަދަލުކޮށްދޭން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
04 August 2017
ހިލެހަދިޔާޔަށް ވިލާގޭސްވެސް ބަހަންވީ ސަރުކާރުންކުރާ ހުރިހާކަމެއްވެސް ކޮއްދެންވީ ދިވެހިންނަކަށްހިޔޮ އެއްގޮގޮތެއްވެސްނެތް އެކިއެކިގައުމުތަކުގަ އިންސާނުންއުޅޭހާލު ހިތަށްއަރުވާލާ އެންމެދިވެއްސަކުވެސް މިގައުމަކުނެތް އަބަދުވެސް ކޮންމެވެސް ހިޒުމަތެއް ނުލިބިގެން ކޮންމެސްބަޔަކުކަރުއަޅާލަން ގޮވަގޮވާ ތިބެނީ ކިތަންމެބޮޑު ނިއުމަތެއްލިބުނަސް ސުކުރުކުރާމީހަކުނެތް ކޮންމެކަމަކަށްވެސް ވަނީ ކާފަރު
އަބްދުއްލާ
03 August 2017
އެއްވެސް ދިވެއްސަކު ފުޅި ބަރުވެގެނެއް ނޫޅޭ ، އެއީ ދިވެހި މީހާ އަކަށް ފުޅީގަ ހިފަންވެސް ނުޖެހޭތީ .އެކަމަކު ފުޅީގެ އަގު ބޮޑުވުމުން ޖީބަށް ބަރު ބޮޑުވާނަމަ ލުއިފުޅި ގަންނާނީ ކިހިނެޔް. ފުޅި އުފުލައިދޭ ބަންގާޅީންނަށް ދަނގަޑު ފުޅި ބަރުވެގެން ތަކުލީފަކަށްވާނަމަ ފުޅިއަށް އަގުނެގުމުގެ ބަދަލުގާ ގޭސް ވިއްކައިގެން ނަފާހޯދޭތޯ ބެއްލެވުން ރަނގަޅުވާނެ ކަމަށްދެކެން ،ބަރަކަސް ދަނގަނޑުފުޅި ހަމަ އޯކޭ.
ބަރުދަން
04 August 2017
ހަމައެކަނި ބަރުދަނެއް ނޫންދޯ މި ކިޔަނީ. ރައްކާތެރިކަން ވެސް އެއީ މުހިންމު ޕޮއިންޓެއް
ކާށި މެޓާ
03 August 2017
މިކަހަލަ ރަންގަޅު ހަބަރަކަށް ކޮމެންޓު ކޮއްލާނެ މީހަކުވެސް ނޫޅެނީތަ؟ ޝުކުރިއްޔާ ވިލާ ގޭސް.
ހޯބޯ
04 August 2017
ބޭފުޅާ، އަނެކާ ކުރާ ރަނގަޅު ކަންކަމުގެ ވާހަކަ ނުދައްކަނީ އިންސާނުންނަކީ ހަސަދަ އެބްއެއްގެ ސިނކުޑީގައި ލައްވާފައިވާ ބަޔަކަށް ވާތީ. އެހެން އިންސާނުން ކުރާ ރަނގަޅު ކަންކަމުގެ ވާހަކަ ނުދައްކަނީ އެހެންވެ. ތިމާއަށްވުރެ އަނެއް މީހާގެ މަގުބޫލުކަން އިތުރުވެދާނެ ކަމުގެ ބިރު ހީވާތީ. އިންސާނަކަށް ގެއްލުންވާ ކަހަލަ ކަމެއްގެ ގޮތަށް އެ އިންސާނަކަށް ފެންނަ ކަމެއް ވިއްޔާ ވަރަށް ބާރަށް ހަޅޭއްލަވާނެ. ސަބަބަބީ އެ އިންސާނެއްގެ ދިރިއުޅުމާ އެކަމާ ގުޅުން ހުރި ކަމެއް ކަމަށް ގަބޫލު ކުރެވޭތީ. މިއީ ގުދުރަތުން މިކަން ލައްވާފައިވާ ގޮތް. ގަބޫލު ކުރަން ދަތި ދެއްތޯ! ތި ބޭފުޅާ އަށް އެކަންޏެއް ނޫން މިކަން ގަބޫލު ނުކުރެއްވެނީ!