މާފުށީ ޖަލަށް ވައްދަން އުޅެނިކޮށް ފުލުހުން އަތުލައިގަތް ބައެއް ތަކެތި. - ފޮޓޯ: ޕޮލިސް
06 އޯގަސްޓް 2017 - 11:24
މާފުށީގައި ފުލުހެއްގެ ގަޔަށް ވަޅި ހެރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނުނު ކުޑަކުއްޖާގެ ބަންދުގެ މުއްދަތު ޖުވެނައިލް ކޯޓުން އިތުރު ނުކޮށް ރޭ ދޫކޮށްލީ މައްސަލައާ އެ ކުއްޖާއާ ގުޅުން ހުރި ކަމުގެ ހެކި ފުލުހުން ހުށަހަޅާފައި ނެތުމުންކަން އެނގިއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ލޯންޗެއްގައި މާފުއްޓަށް ގޮސް، ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅެނިކޮށް އަތުލައިގަތް މީހުންގެ ތެރޭގައި ހިމެނުނު އެ ކުއްޖާ އަކީ ލޯންޗުގެ ފަޅުވެރިއެކެވެ. ޖަލަށް ވައްދަން އެއްޗެހިތައް ގެންދިޔަ މީހުންނާ އެ ކުއްޖާއާ އެއްވެސް ގުޅުމެއް އޮތް ކަމުގެ ހެއްކެއް ފުލުހުން ޝަރީއަތަށް ހުށަހަޅާފައި ނުވާ އިރު އެ ކުއްޖާ އަކީ ލޯންޗުގެ ފަޅުވެރިއެއް ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ވެސް ވަނީ ކޯޓުގައި ބުނެފަ އެވެ.
މި ކުއްޖާ އަކީ މުޖުތަމައަށް ނުރައްކާތެރި ކުއްޖެއް ކަމަށާއި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް ފުލުހުން ކޯޓުގައި ބުނި ނަމަވެސް، ފުލުސް މީހާ އަށް ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި ފުލުހުން ވަނީ އެ ސަރަހައްދުގެ މޫދު އަޑިން ހޯދައިފަ އެވެ. އަދި އެ ކުއްޖާގެ ފަރާތުން މުޖްތަމައަށް ނުރައްކާވަނީ ކޮން ގޮތަކުން ކަމެއް ވެސް ފުލުހުން ބުނެފައެއް ނުވެ އެވެ. ކުއްޖާ ދޫކޮށްލި ނަމަވެސް، ޖަލަށް އެއްޗެހި ވައްދަން އުޅުނު މީހުން ގޮވައިގެން ދިޔަ ލޯންޗުގެ ކެޕްޓަން ވެސް ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުން އެ ކުއްޖާ ވަނީ، ލޯންޗުގައި ދަތުރުކުރި މީހުންނަކީ ކޮން ބައެއްކަން ނޭނގޭ ކަމަށާއި ހާދިސާ ހިނގި އިރު ލޯންޗުގައި ހުރީ ފަޅުވެރިއެއްގެ ގޮތުގައި އެ ލޯންޗުގައި މަސައްކަތްކުރާތީ ކަމަށް ކޯޓުގައި ބުނެފަ އެވެ.
ރައްޒާނަށް ހަމަލަ ދިން އަޒްހަރު. - ފޮޓޯ: ޕޮލިސް
މޮބައިލް ފޯނާއި ފޯނު ޗާޖަރާއި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގޯނިތަކެއްގައި ގެންގޮސް ޖަލަށް ވައްދަން އުޅެނިކޮށް ފުލުހުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އެ މީހުން ހުއްޓުވަން އުޅުނު ފުލުހުންގެ ތެރޭގައި ހިމެނުނު އަލީ ރައްޒާނުގެ ގަޔަށް ވަޅި ހެރުމުގެ ސަބަބުން އޭނާ އަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ. ރައްޒާނަށް ހަމަލާ ދީފައި ވަނީ ލޯންޗުން މޫދަށް ފުންމާލައިގެން ރަށަށް އަރަން އުޅުނު މީހަކު ހިފަހައްޓަން އުޅެނިކޮށެވެ.
ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުމާއި ފުލުހަކަށް ހަމަލާ ދިން މައްސަލައިގައި ކުޑަ ކުއްޖާގެ އިތުރުން 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި އެވެ. ފުލުހުން ބުނި ގޮތުގައި ފުލުސް މީހާ އަށް ހަމަލާ ދިނީ އަޒުހަރު އިބްރާހިމް، 32، އެވެ. އޭނާ އަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބެ
07 August 2017
ކޮބާތަ އެއްކަލަ ވަރުގަދަ އިންޓެލް......... މީހަކު މަރާފިނަމަ ނުވަތަ ވަޅި ޖަހާފިނަމަ އިންޓެލް އޮންނަނީ ނިދާފަ ދެއްތޯ؟
މިހާޝް
07 August 2017
މިގައުމުގަ ކުއްވެރިން ދެނަގަނެވޭނެ ގޮތެއް ހޯދަންޖެހޭ.............................
ޙަބޭސް
06 August 2017
އިންޓެލް މީ ހަމައެކަނި ސިޔާސީ މީހުން ހައްޔަރުކުރަންވީމަ އޮންނައެއްޗެއްތޯ؟. ޑްރަގާ ކަތިވަޅިޔާ ފެނުނީނަ އިންޓެލް ނިދާފަ.
އެޑްމުންޑޯ
06 August 2017
މިފަނޑިޔާރުންގެ ގޮތެއްފޮތެއް ނެތްކަން މިހުކުމުން ެގެނީ ، ގާސިމާއި ފާރިޝް ހައްޔަރުކުރި އިރު ފުލުހުންނަކަށް ސާބިތުކޮށެއްނުދެވޭ އެދެބޭފުޅުންގެ ފަރާތުން މުޖްތަމައަށް ހުރި ނުރައްކާ އަދި ގާސިމާއި ފާރިޝްގެ ފަރާތުން މުޖްތަމައަށް ހުރި ނުރައްކަލަކީ ކޮބާތޯ ފަންޑިޔާރުން ބެއްލެވިތޯ ؟؟؟
އާލު
06 August 2017
ފަނޑިޔާރަކު ގޯހުން ކަންކުރުމަކީ، އެންމެންގެ ހައްގު ނިގުޅައިގަންނަންވީ ސަބަބެއްބާ؟ ފާރިޝްގެ މައްސަލައިގައި މިންކުރި މިންކުރުމަކީ ރަނގަޅު މިންކުރުމަކަށް ނުވާކަމަށް ފެންނާތީ، އޭނާގެ ވަކީލުން އިސްތިއުނާފުކުރީ، އަދި މިމައްސަލަ ހިތްހަމަ ނުޖެހޭނަމަ ދައުލަތުން އިސްތިއުނާފުކުރަންވީނު، ހަމަ އެކަނި ބެލެވޭކަމަށް ބުނީމަ ބަންދުކުރަންޖެހޭތަ؟
ތިމަންނަ
06 August 2017
ދީނީ ބޭފުޅުން ، ފަޑިޔާރުން ނަރަކައަށް ދާނެޖެހޭ ސަބަބުތައް ރަގަޅަށް ކިޔައިދެއްވާ ހަނދާންކޮށްދެއްވުމަށް ދަންނަވަން
ގަބޭ
06 August 2017
މިއީ ރަނގަޅު މިސާލެއް. ހަމަ މުޖުތަމައަށް ނުރައްކަލޭ ކިޔާފަ ބަންދުކޮށްފަ ނުބެހެއްޓޭނެ. ނުރައްކާވަނީ ކޮން ގޮތަކުން ކިހިނެއް ވެގެންކަން ބުނެދިނުމަކީ ފުލުހުންނާ ޕީޖީގެ ޒިންމާއެއް.
މަހުމާގެ
06 August 2017
މަހީކުރީ ފޮޓޮއިން އެފެންނަ އެހެރަ ތަކެއްތި ހެއްކަށް ފުދޭކަމަށް. ދެން ކޯޗެއްބާ އަސްލު މިބޭނުންވާ ހެއްކަކީ. ވިސްނާވިސްނާ ނުވިސްނުނުކަމެއްތީ. މަރާމާރީއެއް ނުވަތަ ޑްރަގްކޭސްއެއްގަ ހެއްކެއްނުފެނޭ. ހެކި މިކިޔަނީ އާތްވަތް އަރާޒާތުގެ އެއްޗަކަށްބާ
ގުލަ
06 August 2017
ފަޅުވެރިޔަކަށް މަސައްކަތްކުރާ މީހަކާ ލޯންޗުގައި ދަތުރުކުރާ ބަޔަކު ގެންދާ އެއްޗަކާ ގުޅުމެއް ހުރިކަން ނުވަތަ ނޫންކަން ބުނެދިނުމަކީ މިނިވަންކަން ހިފަހައްޓަން އެދޭ ބައެއްގެ ކަމެއް. ފުލުހަކަށް ހަމަލާ ދިން މައްސަލައެއްވިއަސް ގާނޫނުގައި އޮތްގޮތުގެ މަތިން އެކަން ބުނެދޭންޖެހޭނެ.
ގޯ
06 August 2017
ފޮޓޮއިން ތަކެތި ފެނުމަކީ، މީހަކާ ގުޅުން އޮތްކަމުގެ އަލާމާތެއްތަ؟ އަޖައިބެއް ފަހެ ނުވާނެ!
ގޯލި
06 August 2017
'ގޯ' ލިޔެފަ އޮންނަ އެއްޗެއްގެ ސެމެންޓިކްމާނަ ދޭހައެއްނުވޭދޯ
ހަމަހޭ
06 August 2017
ސިޔާސީ މީހުންތައް ހައްޔަރު ކޮއްގެން މުއްދަތު ތިޖަހަނީ ކޮންހެކިތަކެއް އޮވެގެންތޯ؟.
އިބިރިހިންބެއްޔާ
06 August 2017
އިންޓެލް
ކުނާ
06 August 2017
އިންޓެލް ރިޕޯޓަކީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްކަމަށް ދެކޭ މީހުން އެގޮތަށް ކަންކުރިއަސް، ހަމައިގައި ތިބޭމީހުން އެގޮތަށް ކަންކުރުން ލާޒިމެއް ނޫން.
Alifu
06 August 2017
ދެން ހަމަހޭ ތި ބުނަނީ ހެއްކެއް ނުލިބުނަސް އެކުއްޖާ ހައްޔްރުކޮށްފަ ބަހއްޓާށޭތަ؟ ބަލ އެކުއްޖާއަށް ކިހިނެއްތަ އެނގެނީ ގޯންޏެއްގަ ބަންދުކޮށްގެން ބަޔަކު ގެންނަ އެއްޗެއް؟ އެއީ ފަޅުވެރިއެއް. ޢޭނަ ނުޖެހޭ ބަލާކަށް އެމީހުން ގެނައި އެއްޗެއް. ޢެކަން ބަލން ޖެހޭނީ ކައްޕި. ޢެހެންވެ ކައްޕި ހިފެހެއްޓިދާނެ.
އައްޔަ
06 August 2017
މަހީކުރީ ފޮޓޯއިން އެފެންނަނީ ސޭޙެއްކަމަށް.
މޫސަ
06 August 2017
މިއީ ވަރަށް ސުވާލު ގިނަ މައްސަލައެއް. ފުރަމަ ސުވާލަކީ މޫދަށް ފުންމާލައިގެން ރަށަކަށް މީހަކު އަރަން އުޅުމުން އެރަށަށް ނާރަނީސް ފުލުސްމީހާ ފުއްމާލީ ކީއްވެތޯ؟ ރަށަށް އެރިނަމަ ހުރިހާ ފުލުހުންނާއި ޖަލު ބަލަހައްޓާ މީހުންވެގެން މީހަކަށް އަނިޔާނުވެ އެމީ ހައްޔަރު ނުކުރެވޭވަރުގެ މީހެއްތޯ؟
modaf
06 August 2017
މިރާއްޖޭގަ މިނިވަންކަމާއެކު ކިރިޔާވެސް ހުކުމެއްކުރާނެ އެއްކޯޓް ތިއީ. ކްރިމ8ނަލް ކޯޓަށް ގެންދިޔަނަމަ ފުލުހުން ބުނާ ކޮންމެ އެއްޗެއް އެއީ ތެދެއް. މުއްދަތުވެސް ޖަހާނެ.
ސެނަކޯ
06 August 2017
އެހެންވީމަ ގަސްތުގަ ދުކޮށްލީދޯ
ހުނާ
06 August 2017
ހައްޔަރުގައި ބަހައްޓާނެ ސަބަބެއް ނެތީމަ ދޫކޮށްލީކަމަށް ގަބޫލުކުރެވެނީ، ހައްޔަރުކުރަނީ ވަކި ސަބަބު ތަކެއް ހުރެގެން. އެއީ، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެނުން، ހެކިފޮރުވަފާނެކަމަށް ގަބޫލުކުރެވުން، ފިލާފާނެކަމަށް ބެލެވުން، ކޯޓަށް ހާޒިރުނުވެދާނެކަމަށް ބެލެވުން. މި ސަބަބުތައް މިގޮތަށް ހުރިކަމަށް ބުނެދިނުމަކީ ބަންދުކުރުމަށް އެދޭފަރާތުގެ ކަމެއް، އެއްވެސް ހެއްކެއް ގުޅުމެއް ނެތި ފަނޑިޔާރު މިކަން ކޮށްދީބަލާށޭ ބުނެގެން އެކަން ކުރާގޮތަކަށް ނޫން ޤާނޫނުއަސާސީއާއި ޤާނޫނުތައް ހުރީ، މިއީ ޕޮލިހެއްގެ މައްސަލަވިއަސް ރިލަވަންޓު ކަންތައްތަކެއް ހުރެގެން ޖެހޭނީ ބަންދުކުރެވެން.