ނައިބު ރައީސް ޖިހާދު (ވ) އަދި އައިޔޫއެމްގެ ޗާންސެލާ ޑރ. ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
09 އޯގަސްޓް 2017 - 21:05
ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ 10 ބުރީގެ އިމާރާތެއް ހުޅުމާލޭގައި އަޅަން ނިންމައިފި އެވެ.
އެ ޔުނިވަސިޓީން އިއްޔެ ވަނީ ހުޅުމާލޭގައި އިމާރާތްކުރާ އޮފީސް ކޮމްޕްލެކްސްގެ ކޮންސެޕްޓް ޑިޒައިނިން، ތަފުސީލީ ކުރެހުން އަދި ޕްރޮޖެކްޓް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފަ އެވެ. އެކަމާ ގުޅޭ އަންދާސީ ހިސާބު މި މަހުގެ 22 ގައި ހުށަހެޅުމަށް އައިޔޫއެމް އިން ވަނީ އަންގައިފަ އެވެ.
އިސްލާމިކް ޔުނިވަސިޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ މިިދިޔަ އަހަރު ވިދާޅުވެފަ އެވެ. އެ ޔުނިވަސިޓީގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ އެތަން މިހާރު ހިންގަމުން އަންނަނީ ޔުނިވަސިޓީއަކަށް އެންމެ ފުރިހަމަ ތަނެއްގައި ނޫން ކަމަށެވެ.
އެހެންކަމުން އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ބިމެއް ހަމަޖައްސައި ދެއްވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.
އިސްލާމިކް ޔުނަވާސިޓީ ހިންގަމުން އަންނަނީ ކުރިން މައުހަދާއި ކުއްލިއްޔާ ހިންގި އިމާރާތުގަ އެވެ. އެ ޔުނިވަސިޓީ ގައި ޖާގައިގެ ދަތިކަން ހުރި ނަމަވެސް، އެ އިމާރާތަށް ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. ޔުނިވަސިޓީގެ ހަތަރު ފެކަލްޓީއަކާއި ތިން ސެންޓަރެއް މިހާރު ވެސް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
11 August 2017
އދި ބިން ނުލިބނެީ އިމަރަތުގެ ޕްލޭން ހަދާ ނިމުނީތަ؟ ދެން އެސައިޒުގެ ބިްނ ނުލިބިއްޖިއްޔާމޯ
ޢަލީ
10 August 2017
އަބަދުވެސް ސަރުކާރު ރުއްސުމުގައި
ސޯދުބެ
10 August 2017
ޖާގައިގެ ދަތިކަމޭ ބުނީމަ ހަމަ ހައިރާން ވެއެވެ. މި އަހަރު ދެވަނަ ސެމިސްޓާއަށް އިސްލާމް ޓީޗިންގ ޑިގްރީ އަށް ލީ 4 ކުދިންނެވެ. ކުދިން ހަމަ ނުވެގެން ކޯސް ނުފަށައެވެ. މީ އެންމެ ކޯހެއްގެ ވާހަކައެވެ. އަދި އެހެން ކޯސްތަކުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ . މެނޭޖްމެންޓް ވަރަށް ކަޑަ ، ކޯހަށް ކުދިން ހަމަ ނުވެގެން ހުސްދޮގު ހަދަނީ . މިއަންނަ ހަފްތާ ފެށޭނެ އޭ ކިޔަނީ ދުވަހަކުވެސް ފެށޭނެ ދުވަހެއް ނާދޭ ، ގުޅީމަ ފޯން ނަަގަނީކީ ނޫން ، ހާހަކުން ފަހަރަކު ނަގާފަވެސް ގުޅާމީހާއަށް އެހާ ރޫޑް ކޮށް ވާހަކަ ދައްކަނީ، ކޯހަށް ލާ ކުދިންނަށް ރަނަގޅުމައުލޫމާތު ދޭނަމަ ނުޖެހޭނެ އަބަދު ގުޅާކަށްވެސް ، ދެމީހަކު އެއްގޮތަކަށް ވާހަކަ ދައްކަނީ ކީ އެއްނޫން ، ތި ކޮޅުން ގުޅާފަ ކޯސް ނުފެޝެންޏާވެސް ބުނަންވާނެ ދޯ އެންމެ ފުރަތަމަ ތިތަން އިސްލާހު ކޮށްފަ އެހެން ތަނެއްގެ ޒިންމާ ނެގުން އެދެން .
އިއްބެ
10 August 2017
އަޅުގަނޑަށް ހިއެއްނުވޭ ތީ ކައިރި މުސްތަޤްބަލެއްގައި ތަންފީޒުވާނެ ކަމެއްހެނެއް. ތިހެން ކުރެހުމާއި، ޑިޒައިންކުރުމާއި، ބިންހޯދުމާއި، ހަވާލުކުރާބިން ބަދަލުކުރުމާއި، މިކަހަލަ މިކަހަލަ ކަންކަމުގައި ދިހަވަރަކަށް ފަނަރަ ވަރަކަށް އަހަރު ވޭތުވާނެކަމަށް ލަފާކުރެވޭ. ޤުރްއާނާބެހޭ މަރުކަޒު ހުރި ބިމުގައި އަޅަން އުޅުނު ވަރަށްބޮޑު ބިނާ އަށް ވީ ކިހިނެއް؟
ވިލޭައަލި
10 August 2017
ޝަހީމަށް ޝުކުރު ވެރިވަން. އިސްލާމިކް މިނިސްޓްރީގައި ހުންނެވި އިރު ދުވަހަކު ހަނދާން ނުނެތޭ ވަރުގެ ދެކަމެއް ކުރެއްވި. އެއީ ޙައްޖު ކޯޕަރޭޝަން އުފެއްދެވުމާއި، ޥަޤުފު ބިނާ އެޅުއްވުން. މިއީ ދުވަހަކު ހަނދާން ނައްތާ ނުލެވޭ ވަރުގެ ބޮޑު ޚިދުމަތެއް. ޔުނިވަރސިޓީއަށް ވެސް އެފަދަ ޚިދުމަތް ލިބޭނެ ކަމަށް އުއްމީދު ކުރަން. ﷲ ރަޙްމަތް ލައްވާށި!
ސސ
10 August 2017
ދައުލަތުގެ ބިންތަކާއި މުދާތަކުގައި ވަޤުފު ބޯޑާއި ލޭބަލް ޖަހައިގެން ވަކިބަޔަކު ނާޖާއިޒު ފައިދާތަކެއް މިނަގަނީ، ދައުލަތުގެ ހުރިހާއެއްޗެއްސާއި އާއްމު މުދާތަކަކީ ވަޤުފުއެއްޗެހި ނުންތޯ؟
އިކޫ
10 August 2017
ކުރިން ކުއްލިއްޔާ އިން ކިޔަވައިގެން ނިކުންނަނީ ވަރަށް އަޚްލާޤް ރަނގަޅު ދަރިން ތަކެއް. އެހެންނަމަވެސް މިހާރު އޭގެ އެއްވެސް ސިފައެއް ދީނީ ކަންފުޅެއް ނުހުރޭ ކުދިންގެ ކިބަޔަކުއެއް އިސްލާމީ ޔުނިވަރސިޓީން ކިޔަވައި ނިމޭއިރުގަ. އިމާރާތްތައް އެޅުމަށް ވުރެ ކަންތައްތައް އިސްލާޙް ކުރުން މާރަނގަޅު ވާނެ.
ޒަގަލޯ
10 August 2017
ޝަހީމޫ! މައުހަދުގެ ދުވަސްވަރު ދަރިވަރުންގެ އަދަބު އަޚްލާޤު ހުރި، އެޓްލީސްޓް އެތާ އެތެރޭގައި ، އެއީ ރަޝީދު މޫސާގެ ސަޅިތަންކޮޅަކީ! އެކަމަކު މިހާރު ތިތާ އެތެރޭގައި އެއުޅޭ ދޫނި ޖޯޑުތަކުގެ ވާހަކަ ފެންނާނެ އެތަނަށް ވަންނަ ކޮންމެ މީހަކަށް، ދަރިވަރުންވެސް އެސައިންމެންޓު ކުއްޔަށް އެހެންމީހަކުލައްވާ ހައްދައިގެން ބިރުވެރި ސިފައެއްޖަހާ މިްނވަރަށް ފުއްޖަހައިގެން ދިޔައަކަށް ކަމަކުނުދާނެ ނުކިޔަވަންޏާ!! މެނޭޖްމެންޓުންވެސް ބޭރުފުށުން ޒީނަތްތަެރިކޮށް އިމާރާތަށް ކިތަންޙަރަދެއްކޮށްފައި ވަކަިބަޔަކަށް ކަޓުލިބޭގޮތަށް މަސައްކަތް ހަވާލުކުރިއަސް ތަނުގެ އެކަޑެމިކް ފެންވަރެއް ކުރިނާރާނެ ވ ވެދުން
ޟަމް
10 August 2017
ދުވާލަކު އެއްފަހަރު ނިއުސްކޮންފަރެންސް ދިނުމުން ނިމުނީ. ޢެތެރެ އޮތީ މުޅިންވެ ކުނި
މުއާޒް
10 August 2017
ގައުމު އެއްކޮށް އަދުލުއިންސާފު ނެތި ހަފުސް ވާއިރުވެސް ދީނީ މީހުން ނިދާފަ، ކޮންމެސް އެއްޗެއް ލިބޭތީ ކަންނޭގެ