ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވަނީ-- ފޮޓޯ: ލިޓަސް
15 އޯގަސްޓް 2017 - 23:54
ލިޓަސް އިން ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދިޔަ "ސައިކު ސީދާ ގެއަށް" ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުން މެއި 25 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގައި އެއް ވަނަ އަށް ހޮވުނީ މުހައްމަދު އަހުމަދު އެވެ. އޭނާ އަށް އިނާމެއްގެ ގޮތުގައި 25،000ރ. ލިބޭނެ އެވެ. ދެ ވަނަ އިނާމު ކަމަށްވާ އައިސް އަލަމާރި ލިބުނީ އިސްމާއީލް އަބްދުލް ހަމީދަށެވެ. އަދި ތިން ވަނަ އަށް ހޮވުނު އައިޝަތު ޝަފީގަށް ވަނީ ގޭސް އުނދުނެއް ލިބިފަ އެވެ.
"މި ޕްރޮމޯޝަނަކީ އަތޮޅު ތެރޭގައި ތިއްބެވި ބޭފުޅުންނަށް މާލެ ނައިސް ރަށުގައި ތިބެގެން ސައިކަލް ގަތުމަށް މަގުފަހި ކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް. ރަށުގައި ހުރެގެން އޯޑާ ދެއްވީމަ އަޅުގަނޑުމެން އެ މީހަކާ ހަމައަށް ސައިކަލް ފޮނުވައިދިނީ،" ލިޓަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން މިހާތަނަށް ހިންގި ޕްރޮމޯޝަންތަކުގެ ތެރެއިން އެންމެ ތަރުހީބު ބޮޑު ޕްރޮމޯޝަން. ވަރަށް ގިނަ ބޭފުޅުން ވަނީ ޕްރޮމޯޝަނުގެ މުއްދަތުގައި ސައިކަލް ގަނެފައި."
ޕްރޮމޯޝަނާ ދިމާކޮށް އެ ކުންފުނިން ވަނީ 39 ރަށެއްގައި 39 ރެޕްރެޒެންޓެޓިވުން ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން 12 އައުޓްލެޓް 11 ރަށެއްގައި ވެސް ހުޅުވާފައި ހުރެ އެވެ. ލިޓަސް އިން ބުނީ ޕްރޮމޯޝަނުގައި ސައިކަލް ގަތް ފަރާތްތަކަށް ފޯމު ފުރައިދިނުމާއި ގޭދޮށަށް ސައިކަލް ގެންގޮސްދިނުމުގެ ހިދުމަތް ރެޕްރެޒެންޓެޓިވުން މެދުވެރިކޮށް ދީފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy