ވިޔަފާރި / ޓީއެމްއޭ

ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ބްލެކް ސްޓޯންއިން އެއް ބިލިއަން ޑޮލަރަށް ވިއްކާލަނީ

ޓީއެމްއޭގެ ސީޕްލޭނެއް ހުޅުލޭގައި ޑޮކްކުރަން ދަނީ: އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ވިއްކާލަން ބްލެކްސްޓޯން އިން އުޅޭކަމުގެ އަޑުވަނީ ފެތުރިފައި. ފޮޓޯ: މިހާރު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ސީޕްލޭންގެ ހިދުމަތްދެމުން އަންނަ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްްއޭ)ގެ ހިއްސާ ގަންނަން ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ އެއް ބިލިއަން ޑޮލަރަށް ވިއްކާލަން އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

ޓީއެމްއޭއަކީ އެމެރިކާގެ ބްލެކް ސްޓޯން ގްރޫޕާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ކާސާ ހޮލްޑިންގެ ހިއްސާވާ ކުންފުންޏެވެ.

ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލް އެމެރިކާގެ ބްލޫމްބާގްގެ ވެބްސައިޓްގައި ބުނެފައި ވަނީ ޓީއެމްއޭގައި އޮންނަ ބްލެކް ސްޓޯންގެ ހިއްސާ ޝައުގުވެރިވާ ފަރާތްތަކަށް ވިއްކާލަން ނިންމާފައިވާކަން އެނގިފައިވާ ކަމަށެވެ. އެގޮތުން އެ މުއާމަލާތް ހިންގަން މާލީ ލަފާދޭ ބަޔަކު ހޯދަން އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

"މިހާރު"އާ ވާހަކަދެއްކެވި ޓީއެމްއޭގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޓީއެމްއޭގައި އޮންނަ ބްލެކް ސްޓޯންގެ ހިއްސާ ވިއްކާލަން އުޅޭ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް އެފަދަ ކަމެެއް މި ވަގުތު ހިނގަމުން ނުދާ ކަމަށެވެ. އަދި އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ އެއްވެސް ބަޔަކަށް ވިއްކާލަން ނިންމާފައި ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަން އެނގޭ ކަމަށް ބުނާ މީހަކާ ހަވާލާދީ ބްލޫމްބާގްގައި ބުނެފައި ވަނީ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ވިއްކާލުމުގެ މުއާމަލާތުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެއީ ސިއްރު މުއާމަލާތަކަށް ވާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

ބްލޫމްބާގްގައި ބުނެފައި ވަނީ އެ ކުންފުނީގެ ހިއްސާ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އަމިއްލަ ބައެއް ކުންފުނިތަކާއި ބައެއް އަމިއްލަ ފަރުދުން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ފަހުގެ ނިންމުމެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށާއި ފަހަރެއްގައި އެ ކުންފުނިން މި ވަގުތު ވިޔަފާރި ކުރިޔަށް ގެންދަން ބޭނުންވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބްލެކް ސްޓޯން ގްރޫޕުން ޓީއެމްއޭގެ ހިއްސާ ގަނެފައި ވަނީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޖަނަރޭޓަރާއި އިންޖީނު އުފައްދާ ޗައިނާގެ ޒޮންޝެން ގްރޫޕުން ޓީއެމްއޭގެ ހިއްސާ ގަންނަން މި އަހަރުގެ ކުރީކޮޅު ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެ ގްރޫޕުން މަސައްކަތްކުރަނީ އެއާ ކްރާފްޓް އޮޕަރޭޓްކުރާ އެންމެ ބޮޑު ކުންފުންޏަށް ވުމަށް ކަމަށް ވެސް ޗައިނާ ޑެއިލީގައި ބުނެފައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުނިން ރާއްޖޭގައި ދުއްވާ 46 ބޯޓުން އަހަރަކު 100،000އަށް ވުރެ ގިނަ ދަތުރު އެކި ރިސޯޓްތަކަށްކުރެ އެވެ.

16 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 7%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޯދަފެންފުޅި

03 September 2017

ދެންދުވަސްކޮޅަކުން ޗައިނާގެ އަލުވެތިކަމައް ވެއްޓޭތަން ފެންނާނީ

The name is already taken The name is available. Register?

ޒެޑްސް 1

03 September 2017

އަނެއްކާ ވެސް ޗައިނާ ގެ ބޮޅެއް އިތުރު ވަނީ. ހީވަނީ ޗައިނާ އިން ރާްޖޭގެ ޓޫރިޒަމް ގެ ކޮންޓްރޯލް ނަގާނެ ހެން

The name is already taken The name is available. Register?

އޯއްޔޭއް

03 September 2017

މިއުޅެނީ އެއީ ޓީއެމްއޭ ގެ ބުކް ވެލިއު ސުމަކަށް ގޮސްގެންނެނެވެ. ހަގީގަތުގައި ލިކްއިޑް އެސެޓްސް ވަރަށް ދަށް ކޮށް އުޅެނީ ކަމަށް ލަފާ ކުރެވެނީ. ބްލެކް ސްޓޯން އިން ޓީއެމްއޭ ގަނެފައި ވަނީ ހަދަން ޖެހޭ ވަރަށް ދިރާސާ ނުކޮށް އަމާ ބުނީތީ ފަރަށް ދާ އުސޫލުންނެވެ. އާންމު ކޮށް ޕަބްލިކް ކުންފުނި ތަކުން ކަންކަން ކުރާ ގޮތަކީ މިއީއެވެ. މިރާއްޖޭގެ އެމްޓީޑީސީ ވެސް ދަވާލީ އެތަނުގެ ބޮޑުންނެވެ. މަމެން މީގެ 12 މަސް ކުރިން ކޮމެންޓަކުން ބުނިން ހދ. ނާގޯށި ހަދަން އުޅެނީ އެއީ މާލެ ތެރޭގައި އުޅޭ ކިއްލި ތަޅާ ގްރޫޕް އޭ އެމެންނަށް އެރިސޯރޓް ނެހެދޭނެއޭ. އެކަމަކު އެމްޓީޑީސީގެ އެމްޑީ ކަރުގެ ނާރު ތަކަށް ފުއްޕާފައި ބުނި ހެދޭނެއޭ. ހެދުނު ތޭ. ނެހެދުނު ދޯ. ބޮޓަމް ލައިން އަކީ ޕަބްލިކް ކުންފުނި ތަކަކީ އެއީ ސީދާ އެކުންފުނި ތަކުގެ ބޮޑުން ޕަބްލިކް ނުވަތަ އިންވެސްޓަރުންނޭ އެކިޔާ ރައްޔިތުން ހިއްސާ ގަންނަ މީހުންގެ ފައިސާ އިން ވައްކަން ކުރަން އުފައްދާފައިވާ ކުންފުނި ތަކެވެ. އެއީ އޮރިޖިނަލް ޑެއިލީ ރޮބަރީ އަކީ. . އަައި މީން އިޓް.

The name is already taken The name is available. Register?

ޖުނެއިދު

03 September 2017

މިވެސް ވަނީ މަހުލޫފު އެކަމާ ހިތްހަމަ ނިޖެހޭނެ ކަމަކަށް ހިނގާ ބޮއިކޮޓް ކުރަން މަހޭ

The name is already taken The name is available. Register?

އަކޫމަލީ

03 September 2017

2013 ވަނަ އަހަރު ޖީބަށް ބަރުވުމެއްގެ ތެރެއިން އެމްއޭޓީ އާއި ޓީއެމްއޭ މި 2 ކުންފުނި 1 ކުންފުންޏަކަށް ހެދުމުން ޓުއަރިސްޓުންނަށްވެސް އަތް ނުފޯރާ ހިސާބަށް އަގުތަށް ދިޔަ ޓުއަރިސްޓުންނަށް ކޮޅަކަށް 130 ޑޮލަރުގަ ހުރި ޓިކެޓު 400 ޑލ އަށް ވުރެ މައްޗަށް ގޮސްފި އައިލޭންޑާސް ނުވަތަ ( ދިވެހިން) އަށް ކޮޅަކަށް 480 ރފ އަށް ހުރި ޓިކެޓު 850 ރ އަށް ވަނީ ގޮސްފަ. ވަތަނިއްޔާ އައުމުގެ ކުރިން ދިރާގުން އަގު ނެގި އުސޫލު މި އޮތީ . އެހެންތާ ވާނީ 1 ޕާޓީ ވީމަ ކޮމްޕެޓިޝަން އެއް ނޯންނާނެއްނު ދެއްތޯ ؟؟

The name is already taken The name is available. Register?

ލުގުމާން

02 September 2017

ކޮބާ އެއްލަ މަހްލޫފް... އޭނާއަށް ގޮވާލަން މި ކަމާ ދެކޮޅުހަދަން... މަހްލޫފަކީ މާ ދެކޮޅުހެދޭ މީހެކޯލަ....

The name is already taken The name is available. Register?

ުukަޔ

03 September 2017

މަހުލޫފަށް، ވިޔަސް، ކަލެޔަކަށް، ނުވާނެ،.ލުގުމާން،

The name is already taken The name is available. Register?

ނުރަބޯ

02 September 2017

ޓީ.އެމް.އޭ ގެ މެޖޯރިޓީ ހިއްސާ 1ބިލިއަން އެމެރިކާ ޑޮލަރަށް. އެކަމަކު މުޅި އެއަރޕޯޓް 70މިލިއަން ޑޮލޮރަށް ބަޔަކު ވިއްކާލީ..

The name is already taken The name is available. Register?

ޚިސްސު

03 September 2017

1 ބިލިއަނަށް 25 އަހަރައް ދޯ؟ ޢަދި ފައިދާގެ ބޮޑުބަޔެއްވެސް ދޭގޮތައްދޯ؟ ކޮމެންޓު ކުރުމުގެ ކުރިން "ވިއްކުން" "ކުއްޔަށް" ގެ މާނަ އޮޅުންފިލުވާލަބަލަ.

The name is already taken The name is available. Register?

ނުރަ

03 September 2017

ޓީއެމްއޭ އިން ވަރަށް ބޮޑު ފައިދާވޭ. އަދި އެއީ މޮނޮޕޮލީއެއް. އެއާޕޯޓެއް ބަޔަކު ގަންނަންޏާ މިއަށްވުރެ މާ ފައިދާ ބޮޑުވާނެ އެއާޕޯޓްތައް ހުންނާނެ. އަނެއްކާ އެއާޕޯޓް ވިއްކީއެއް ނޫން. ތަރައްގީވެސް ވަކިވަރަކަށް ކުރީމަ 25 އަހަރަށް. ރިސޯޓްތައްވެސް މިހާރު ދެނީ މިއަށްވުރެ ދިގުމުއްދަތަކަށް.

The name is already taken The name is available. Register?

މިވަރެއްނެތް

02 September 2017

ސީޕްލޭންގެ ޚިދްމަތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދަ. އެ ޚިދްމަތް ހަރުދަނާވެ ވާދަވެރިވުމަކީ ފަތުރުވެރިކަން ހަރުދަނާވުން. ހެޔޮއަގުގައި ޚިދްމަތް ލިބި އަދި ލިބޭ ޚިދްމަތް ހަރުދަނާ ވާނީ ވާދަވެރިކަމުގެ ތެރެއިން ކަމާ މެދު ޝައްކެއްނެތް. ނަމަވެސް 2013 ވަނަ އަހަރު ޓްރާންސް މޯލްޑިވްއަން އެއަރ ވޭސް އާއި އެއަރ ޓެކްސީ އެއްކުރަން ހުއްދަދީ މޮނޮޕޮލީއެއް ގާއިމްކޮށްދިނީ އެއިރުގެ ފަތުރުވެރިކަމުގެ ވަޒީރު އަހްމަދު އަދީބު! ނަތީޖާއަކަށްވީ ފަތުރުވެރިކަމުގެ އަގު މައްޗަށްގޮސް ޚިދްމަތުގެ ފެންވަރު ދިށްވުން. އެ މޮނޮޕޮލީ ދެން ވިއްކާލީ ބްލެކް ސްޓޯނަށް. އެކުންފުނިން މިއަދު ވިއްކަންއުޅޭ ފަރާތެއް ނުވެސް އެނގޭ. އެހެން ސަރުކާރުތަކުން މޮނޮޕޮލީ ބްރެކްކޮށް ވާދަވެރިކަން އުފައްދާއިރު އަހަރެމެން ކަންކުރަނީ އިދިކޮޅަށް. ވާދަވެރިކަމުންކުރާ ފައިދާ ވަތަނިޔާ ރާއްޖެ ގެނައުމުން ފެނުނު. 65 ރުފިޔާއަށް މިނަޓަކު ކުރި ފޯންކޯލް މިއަރު ރުފިޔާއަކަށް ވެއްޓިއްޖެ. އެންމެ ކުޑަވެގެން ތަޖްރިބާއިން ދަސްކުރަންވެެއްޖެ ނޫންތޯ؟ ގައުމާމެދު ވިންނަމާތޯ؟

The name is already taken The name is available. Register?

އިޔެ

02 September 2017

ފުރަތަމަ ޗައިނާ މީހުން، ރާއްޖެއަށް އައިސް ދަސްކުރީ ބިން ހިއްކައިގެން ރަށްރަށް ހަދަން. ދެން ދަސްކުރީ ރިސޯރޓު ހިންގުމުގެ ކޮންސެޕްޓް. ދެން އޮތީ ސީޕްލޭން ހިންގުމާއި އުފެއްދުން.

The name is already taken The name is available. Register?

ޒިންދަގީ

02 September 2017

ތިޔަވެސް ވަރަށް ސިޔާސީ ޑީލެއް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454