ބިދޭސީންތަކެއް މަސައްކަތް ކުރަނީ: ބިދޭސީން ރާއްޖެ ގެނައުމަށް އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށް ބުނާ ވާހަކަ އިމިގްރޭޝަނުން ދޮގު ކުރޭ - ފޮޓޯ: މިހާރު
11 ސެޕްޓެމްބަރ 2017 - 18:03
ބިދޭސީން ރާއްޖެ ގެނައުމަށް އިމިގްރޭޝަންގެ މުވައްޒަފުން އިތުރަށް ފައިސާ ނަގަމުންދާ ކަމަށް ބުނާ ވާހަކަތައް އިމިގްރޭޝަނުން ދޮގުކޮށްފި އެވެ.
ބިދޭސީން ރާއްޖެ ގެނައުމަށް އިމިގްރޭޝަންގެ މުވައްޒަފުންނަށް އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށް ބުނެ ފެތުރޭ ވާހަކައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަންވަރު މިއަދު ނެރުއްވި ބަޔާނެއްގައިވާ ގޮތުގައި އެފަދަ ވާހަކަތައް ފަތުރަމުންދަނީ ބިދޭސީންނާ މެދު ހިންގާ ހިއުމަން ޓްރެފިކިންގެ އަމަލުތަކާ ދެކޮޅަށް އިމިގްރޭޝަނުން ކުރާ މަސައްކަތް ހުއްޓުވުމަށް ކަމަށެވެ. އިމިގްރޭޝަނުން މިހާރު ތައާރަފް ކުރަން ނިންމާފައިވާ މޯލްޑިވްސް އިމިގްރޭޝަން ޕްރީ ޑިޕާޗާ ސްކްރީނިން ސިސްޓަމް(މިޕްސް) ވުޖޫދަށް އަޔަ ނުދިނުމަކީ އެފަދަ ވާހަކަތައް ފަތުރާ ސަބަބު ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އިމިގްރޭޝަން މުވައްޒަފުންނަށް އިތުރު ފައިސާ ދައްކަންޖެހޭ ކަމަށް ބުނެ ބިދޭސީން އަތުން ފައިސާ ހޯދަނީ ބިދޭސީން ރާއްޖެ އެތެރެ ކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރަމުންދާ ރޯޑް އޭޖެންޓުންނެވެ. އެކަމަކު މިޕްސްގެ ނިޒާމާ އެކު އެ މީހުންގެ ދައުރު ނެތިގެންދާނެތީ، އިމިގްރޭޝަނާ ބެހޭގޮތުން ދޮގު ވާހަކަތައް ދައްކަނީ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ވަޒީފާއަށް ގެނެވޭ ބިދޭސީންނަށް ވަޒީފާއާބެހޭ ގޮތުން ދޮގު މައުލޫމާތު ދީ، އެ ފަރާތްތަކުގެ އަތުން މޯލްޑިވްސް އިމިގްރޭޝަނަށް ދައްކަންޖެހޭ ފައިސާ ކަމަށް ބުނެ ކަމިޝަންގެ ނަމުގައި ނުހައްގުން އަތުލަމުން ދިޔަ ބޮޑެތި އަދަދުގެ ފައިިސާ ނުނެގޭނެ ގޮތް ވެގެންދާނެ އެވެ. މިކަމަކީ މިދެންނެވި ފަދައިން ނުހައްގުން ފައިސާ ހޯދާ ފަރާތްތަކުން ބޭނުންވާނެ ކަމެއް ނޫނެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ އިމިގްރޭޝަންގެ އެއްވެސް މުވައްޒަފަކު ގާނޫނާ ޚިލާފް ކަމެއް ކޮށްފި ނަމަ އެކަމުގެ ފިޔަވަޅު އަޅާނެ ކަމަށާއި އަދި އެފަދަ ކަމެއްގެ ހެކި ހުރެއްޖެ ނަމަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅޭނެ ކަމަށެވެ. އެކަމަކު ހަގީގަތެއް ނެތި، އިމިގްރޭޝަންގެ މުވައްޒަފުންނާ ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ހިއުމަން ޓްރެފިކިންގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ދޮގު ޚަބަރުތައް ފަތުރާކަމީ، އޭގެ ނުރަނގަޅު އަސަރު މުޅި މުޖްތަމައަށް ކުރާނެ ކަމެއްގެ ގޮތުގައި މި އިދާރާއިން ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލީމް
12 September 2017
އަޑަށް ބާރުލާފަ ނުނަގައޭ ބުނަން އެގެނީ ކިހިނެއް؟ މި ސަރުކާރުގެ ހާލިދުބުނު ވަލީދު ވެސް އެންމެ ފަހުން ބަސްޓްވިއިރު އެތައް ބިލިޔަން ރުފިޔާއެއް ކައިފަހުރީ.
އަލީބާބާ
12 September 2017
އިމިގްރޭޝަން ކަޑަ. ސަސްޕެކްޓް ކުރެވުނީމަ ދޭން ޖެހޭނީ ތިކަހަލަ ޖަވާބެއް، ބަޔާނެއް ނޫން. ތި މައްސަލަ ބަލާނަމޭ ބުނެބަލަ.
ބޭރުމީހާ
12 September 2017
ޑިޕޮސިޓްގެ ގޮތުގަ ނަގާ ފައިސާ އެމީހުން ފުރައިގެން ގޮސް އެތައް އަހަރެއް ވާއިރު އެފައިސާ ނުލިބިގެން އުޅެ ނުލިބިގެން ބައްދަލު ކުރާ އިމިގުރޭސަން މީހާ އޭނާޔައް އެލާރީގެ %45 ދޭން އެއްބަސްވެއްޖެނަމަ މާދަންވެސް ލިބިދާނެކަމައް ބުނެ އެއްބަސް ނުވެއްޖެނަމަ އެލާރި ނިލިބޭނެ ކަމައް ބުނެ ނުދީ ހުރީ ކިތައް މިލިޔަން ތޯ ސާފް ކޮއްލަދީބަލަ
ބޮންދު
12 September 2017
ހަމަ ނަގާ ހެސްކިޔާފަ ނަގާ
ސައްޕޭ
12 September 2017
ޤަވާއިދާ ޚިލާފަށް އުޅެމީހުންް ބަދަލުކުރަން ދައްކަންޖެހޭ 6000ރ އެއީކޮންތާކަށް ވަންނައެއް އެއްޗެއްކަން އެބަޖެހޭ ބަލަން.
ގިނާ
12 September 2017
އެ ފައިސާ އެމް.އެމް.އެމް އަށް ވަންނަ ކަމާމެދު ޝައްކު. އަޅުގަނޑު ގޮވާލަން އެފައިސާ ޗެކުން ނެގުމަށް. މިހާރު ނަގަނީ ނަގުދު ފައިސާއިން.... ނަގުދު ފައިސާ ފޭކް ރަޝީދެއް ހަދާ ޖީބާވެސް ލެވޭނެ. އެކަމަކު ޗެކެއް އަމިއްލަ އެކައުންޓަށް ޖަމާނުކުރެވޭނެ. އެ ޖަމަވާނީ ސީދާ ދައުލަތުގެ ހަޒާނާއަށް.
އާމިނަ
12 September 2017
މުވައްޒަފަކު ކަލޯމެން ކުރާ ކަންތައް ފަޅާއެރުވީމަވެސް ބުނާނީ ތިހެންކަން އެގެ.
މުއިޒު ސެން
12 September 2017
އިތުރަށް ބިދޭސި މީހާ އަތުން ނަގާ ލާރި ވަންނަނީ ޖީބަށް!
މިވަރެއްނެތް
12 September 2017
ކޮރަޕްޝަނުގެ ކުށެއް ޝަރީއަތުން ސާތިބުނުވާހާ ހިނދަކު ކޮންމެ މީހަކީވެސް މައުސޫމް މީހެއް. ކޮރަޕްޝަން ފެންމަތިކޮށް ހެކި ހޯދުމަށް އެހީތެރިވާ ފަރާތްތަކަށް އިނާމުގެ ގޮތުގައި ކޮރަޕްޝަނާއި ކޮރަޕްޓް މީހުންނާއި ކޮރަޕްޝަނުގެ ވިޔާފާރިން ހޯދާ ފައިސާއާއި މުދަލުގެ ދެބައިކުޅަ އެއްބައި ދޭގޮތަށް ގާނޫނު ހަދާ ތަންފީޒުކުރަން ފެށުމުން އިސާހިތަކު ކޮރަޕްޝަން ހުއްޓުވިދާނެ. އެއިރުން ރާއްޖެތެރެއާއި، މާލެއާއި، ހުޅުމާލެއާއި އަވަށްޓެރި ގައުމުގައި ތިމާގެ އަމިއްލަ ނަމުގައި ނުވަތަ އާއިލާގެ މީހެއްގެ ނަމުގައިވެސް އެޕާޓްމަންޓެއް ނުވަތަ ވިޔަފާރިއެއް ހުރިނަމަވެސް އިސާހިތަކު ފަޅާ އަރާނެ.
ބޭބެ
12 September 2017
.ހެކި އެބަހުރިި މައްސަަލަ ޖައްސާނަންް.... ކޯޓުންް ދިިމާވާނެ ކަމަށް އުނމީީދުކުރަންް
ާއައްބާސް
12 September 2017
ނަގާ ކަން ޔަގީން. ޙެކިވެސް ދައްކިދާނެ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ