ޓެރަންސް ކަޕްގައި ނިއު އާއި ބީޖީ ކުޅުނު މެޗުގެ ތެރެއިން: ނިއުގެ އަައްޔަ (ކ) ބީޖީ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
01 ޖުލައި 2016 - 00:32
ވެޓެރަންސް ކަޕްގެ ދެ ވަނަ ސެމީ ފައިނަލުގައި މިއަދު ބީޖީ ސްޕޯޓްސް އަތުން 10-1 އިން މޮޅުވެ ނިއު ރޭޑިއަންޓް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލު މެޗުގައި ނިއު ބައްދަލުކުރާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކްލަބް ވެލެންސިއާއާ އެވެ. ވެލެންސިއާ އިން މި މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކުރިއިރު، ނިއު އިން ވަނީ އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.
ވެލެންސިއާ ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ސެމީގައި 4-0 އިން މާޒިޔާ ބަލިކުރުމަށް ފަހު އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއުގެ 10 ލަނޑުގެ ތެރެއިން ހަތް ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ އަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ. އަނެއް ތިން ލަނޑު ކާމިޔާބު ކުރީ އަބްދުﷲ އިބްރާހިމް (އަބުޅޯ) އާއި މުހައްމަދު ޒިޔާދު އަދި މުހައްމަދު ނިޒާމް އެވެ.
ބީޖީގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އާދަމް ލަރީފް (ރޮނާ) އެވެ. މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކީ ނިއުގެ އަބުޅޯ އެވެ.
މި މުބާރާތަކީ ކުރީގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތް އިންތިޒާމްކުރީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސައިންބޭ އަށްޑޫ
01 July 2016
ބަޔަކު ފްޓްބޯޅަ ކުޅޭތަ މިހާރު މިގައުމުގަ.