ގއ. ކޫއްޑޫގައި ހެދި މާކިއޯ މޯލްޑިވްސް ރިސޯޓް މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީން ހުޅުވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
27 ސެޕްޓެމްބަރ 2017 - 11:56
މި ދައުރުގެ ތެރޭގައި 50 ރިސޯޓެއް ހުޅުވައި، އެ ތަންތަނުން ހިދުމަތް ދޭން ފެށުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބެއްގައި ރައީސް ޔާމީން ވިދާޅުވީ ދެމެހެއްޓެނިވި ޓޫރިޒަމްގެ ވާހަކަ ދައްކާ އިރު، ރާއްޖޭގެ ޓޫރިޒަމް ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރާކަން ހާއްސަ ގޮތެއްގައި ފާހަގަކުރައްވާ ކަމަށެވެ.
"މިގޮތުން 2018 ވަނަ އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން އުންމީދުކުރާ އަދަދަށް، އާދެ، 30 ރިޒޯޓް އިތުރަށް ހުޅުވިއްޖެ ނަމަ، އޭގެ ސަބަބުން 18,000 ވަޒީފާގެ ފުރުސަތު އިތުރަށް ހުޅުވިގެންދާނެ. ހަމަ އެފަދައިން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު އިންގިލާބެއް ގެނެސްދޭ އެންމެ ބޮޑު މަޝްރޫއަކީ، އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓްތައްކަން ވެސް އަޅުގަނޑު އުފަލާއެކު ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ކުރިއަށް ދިއުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަތުރުފަތުރުގެ ނިޒާމް ކަމަށެވެ. އެހެންކަމުން ސަރުކާރުން ވަނީ އެފަދަ މައްސަލަތަކުގެ ހައްލެއްގެ ގޮތުން އެކި ކަންކޮޅުތަކުގައި ޑޮމެސްޓިކް އެއާޕޯޓު ތަރައްގީ ކުރުމަށް އިންވެސްޓަރުންނަށް ދޫކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 7.5 މިލިއަން ދަތުރުވެރިންނަށް އެ ވައިގެ ބަނދަރުން ފަސޭހަކަމާއެކު ހިދުމަތް ދެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"ހަލުވި ދުވެއްޔެއްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރި އަށް ދާއިރު މި ސިނާއަތު ދެމެހެއްޓޭނީ ރާއްޖޭގައި ސުލްހަ މަސަލަސްކަން ގާއިމުކުރެވިގެން. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެ އަށް ލިބިފައިވާ އަދި ލިބެމުން އަންނަ ރީތި ނަން އެ ގޮތުގައި ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މިއަދުގެ މުނާސަބަތުގައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން،" އެ ހިތާބުގައި ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާދިރު
28 September 2017
50ރިޒޯޓުގެނަންބޯޑުއަލުން ބަދަލުކޮއްލާފަހުޅުވާލީމަ ތހިކަން ވާނެނު ތީ މުޅިންވެސް ނަންބޯޑުބަދަލުކޮއްގެން ކުރެޑިޓްހޯދާމީހެއްނު
ވައުދު
27 September 2017
50 ރިސޯޓް ހެދޭނީ ހދ ގައި ކޮންމެ އަހރަކު ވައުދުވަ 15 ރިސޯޓް ފެށިގެންދޯ ތިޔައީ ކޫއްޑޫ އާއި 500މީޓަރު އަށްވުރެވެސް ކައިރީގަިއ އޮތް ވިލިނގިލީގައި އެއަރޕޯޓް އަޅާން ކިޔާ ބަޔެއްނު
ފެނޭތޭ
27 September 2017
ކޮބާތޭ ރަންރީނދޫ ޓްވިޓަރޭ މެންނޭ. ތަމެންނަށް ފެނޭތޭ. ފެނޭދޯ. ފެނޭތޭ. ފެނޭދޯ. ފެނޭތޭ. ފެނޭދޯ. ފެނޭތޭ. ފެނޭދޯ. ފެނޭތޭ. ފެނޭދޯ. ފެނޭތޭ. ފެނޭދޯ. ހާއްހަހަހާހާހާހާ..
ގާދިރު
28 September 2017
ނަންބޯޑުބަދަލުކޮއްލާއަވަހައް 50ރަށުގެ
ހެހެހެ
27 September 2017
1000 އަކަށް ރަށް ވިއްކާލައިގެން އެންމެ 50 ރިސޯޓްތަ؟ އަދި ނުވިތާކަށް އޮތީ ހުރިހާ ފަޅެއްވެސް ވިއްކާލާފައި!
މުޙުއްމާ
27 September 2017
ވެރިކަމަށް އަންނަން ވެގެން ކުރި ވަޢުދު ނުފުއްދުނު ބަޔަކަށް ވެރިކަމުގަ ތިބެގެން ކުރާ ވަޢުދު ފުއްދޭނެތަ؟ ކޮބާ ބެޔަސް ނުބެޔަސް 10000ރ، ކޮބާ ދަނޑުވެރިންގެ 8000ރ. ކޮބާ ފެމިލީ ޑޮކްޓަރ، ކޮބާ ކޮންމެ ރައޔިތަކަށް އަހަރަކު އެއްފަހަރު ކުރަން ބުނި މެޑިކަލް ޗެކަޕް، ކޮބާ އައްޑޫގަ އަޅަން ބުނި 5000 ޓޫރިސްޓް އެނދު؟
ޕޮކަންޑިމޭން
27 September 2017
ޝައްކެއް ނުކުރަން. އިތުރުވެސް ވާނެ.
ހަސަން
27 September 2017
އިކޮނޮމިސްޓަށް އިނގޭތޯ ނުކަތާ ވަރަށް ރިސޯޓު އޮއްސާލީމަ ވާނެގޮތް. މޭޒު ދަށުން ނުއަގުގައި ލިބުނީމަ ގަނެގެން ރިސޯޓު ހަދާމީޙުން ބައިވަރު. ބޯގަޅީ މީހުންނަށް ތީތި ވިއްކި ދާނެ.
ހަސަން ނޫރައްދީން
27 September 2017
ސުބްހާނައްﷲ އެހެން ނަހަދާ ރައްތަށް ވިއްކާނުލާ، އެލާރިން ދިވެހިންގެ ދިރިއުޅުމަށް ނުވަތަ އަގުތަކަށް ބަދަލު އަންނަގޮތަށް ނޫންގޮތަކަށް މިކަން ކޮށްގެން ނުވާނެ، 1000 ރަށް ދިނަސް ދިވެހިންގެ ދިރިއުޅުމުގެ އަގުތަށް ހެޔޮވެ ރަނގަޅު ބަދަލެއް ނާންނަންޔާ ކުރާނެ ކަމެއް ނެތް
ޒަންޖަބީލް
27 September 2017
މި 50 ރިސޯޓުން ކިހާ ފައިސާއެއް ބޮޑުންގެ ޖީބުތަކަށް ވަންނާނެބާ ؟
ދޫނިދޫ
27 September 2017
ނޯ ހެޕީ. އިތުރަށް ރައްތައް ގެއްލި ދިވެހިން ނިކަމެތި. ދިވެހިންގެ ހައްޤުމިންވަރަކީ ފޮޅާ ސާފުކުރާ މަޤާމަކާއި ނުގަވާއިދުން ދޭ ކޮޮލިޓީއެއްނެތް ތިންކޮޓަރީގެ ކުލީ އެޕާޓްމެންޓެއް ނޫން.