08 އޮކްޓޯބަރ 2017 - 10:56
ސިލްސިލާ މާރާމާރީތައް އަދިވެސް ކުރިއަށް ދާއިރު ނުރައްކާތެރި ކުށްވެރިންގެ ފައިގައި ޓެގް ނޭޅުވި ދިގުލައިގެން ދާން ފަށައިފި އެވެ.
މާލޭގައި މި ފަހުން ހިންްގި ގޭންގް މާރާމާރީތަކުގައި އެތައް ބަޔަކު މަރާލާފައިވާ އިރު، ހޯމް މިނިސްޓަރު އަަޒްލީން އަހުމަދު ވިދާޅުވެފައި ވަނީ ނުރައްކާތެރި ކަމަށް ބެލެވޭ ކުށްވެރިންގެ ފައިގައި ޓެގް އަޅުވާނެ ކަމަށެވެ. ނަމަވެސް އެހެން ވިދާޅުވި ފަހުން ވެސް އެކަަކު ވަނީ މަރާލައިފަ އެވެ.
އެންމެ ފަހުން ފުލުހުން ބުނެފައި ވަނީ 16 މީހެއްގެ ފައިގައި ޓެގް އެޅުވުމުގެ ހުއްދައަށް އެދުނަސް ހައި ކޯޓަށް ހުށަހަޅަން ހޯމް މިނިސްޓްރީގެ ކޮމިޓީން ނިންމީ ނުވަ މީހުން ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް އެއިން މީހެއްގެ ފައިގައި ޓެގް އެޅުވޭ ގޮތެއް ނުވެ އެވެ.
ރޭ ވެސް މާލޭގައި މާރާމާރީއެއް ހިންގައި، މީހަކު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އެކަމަަކު އޭނާގެ ހާލަތާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދުވެސް ވިދާޅުވީ ޓެގް އެޅުވަން ކުރަން ޖެހޭ ކަންކަން ކުރިއަށްދާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.
ފުލުހުންގެ އެހެން އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވި ގޮތުގައި، ކުށްވެރިން މޮނިޓަ ކުރުމަށް ޓެގް އަޅުވަން ފުލުހުން ވަރަށް އެދެ އެވެ. އަދި އޭގެ ސަބަބުން ކުށްކުރުން ހުއްޓުވަން ފަސޭހަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު މައްސަލައަކީ، ބައެއް މީހުން ބުނާ ގޮތުގައި، ޓެގް އަޅުވަން ސަރުކާރަށް އުނދަގޫވެގެން އުޅޭ އުޅުމެވެ. ކުށްވެރިންނާ ދެކޮޅަށް ސަރުކާރާއި ކޯޓުތަކުން އަމަލްކުރާ ގޮތާއި ސިޔާސީ މީހުންނާ މެދު އަމަލްކުރާ ގޮތް ވަރަށް ތަފާތު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބަހުސްކުރެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށުގެ ތުހުމަތުކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބަލަން ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހައި ކޯޓުން ނެރޭ އަމުރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރިދެކުނު
09 October 2017
ނުވާވަރުގެ ވާހަކަނުދައްކަވާށެވެ.މިހާރު މާރުކޭޓްގަ ވެސް އެއްވެސް ބޮންދަކު ނޫޅޭ..ފިހާރަތަކުގަ ސޭޓުންނަށްވެސް ބިދޭސީންނެއް ނުތިބޭ...ބަލަ އެބަޔަކަށް ކުރެވޭވަރުގެ ވާހަކަ ދައްކާނަމަ .....މިހެންބިނާކަށް ނުޖެހުނީސް...ޓެގު އަޅުވާވާހަކަ ދައްކަން މާރީއްޗެއްނޫން....ކައިގެން ވައެއްލާހާ ފަސޭހައިން ތިޔަބުނާ ގޭންގު ތަކެއް ހުއްޓުވިދާނެ...ބޭނުންނުވާތީ އެކަން ނުކުރެވިގެން ތިޔާއުޅެނީ...
ޛުންޔަ
08 October 2017
ހުރިހާކަމެއް ސަރުކާރުބޮލައް، ކޮބާފަރުދީޒިންމާ؟ ކޮބާމައިންބަފައިން؟ ގޭންގު ތަޅާފޮޅަނީ އެމީހުންގެމެދުގައި، ތަޅާމަރައި ހުސްވެދާނެއެއްނު.
މޮނިކޮން:
08 October 2017
އަޅުގަނޑަށް ހީވަނީ ރައްޔިތުން މޮނިކޮމް އަމުރުނެރެގެން ހޯމްމިނިސްޓަރާއި، އަދިވެސް ތިކޮމިޓީގައިތިބޭ ގޭންގްލީޑަރުންނާއި ގުޅުން އޮންނަ މީހުންގެ އަތާއި ފައިގަވެސް މިހާރު ޓެގް އަޅުވަންވެއްޖެހެން. ލިސްޓްގަ މުޅިންވެސްއޮތީ ޕާރޓީގެ ޒުވާނުންގޮފީގެ ކުދިންގެ ނަންކަމަށް ބެލެވެނީ!
ހުރިގޮތް
08 October 2017
ޓެގް އަޅުވަން އުޅުނު މީހާ މިހާރު ކޮބާތޯއެވެ. ސިޔާސީ މަސްރަހުންވެސް އެކަހެރި ކޮށްފިއެވެ. ގޭންގުތަކުގެ ހާލިތައް ނައްތާލަން ދިމާކުރީމާ ވީ ކިހިނެތް ހެއްޔެވެ. އެ ކުދިންނާއެކު ބޯލަ ކުޅެން ދަނޑަށް އެރުއްވީއެވެ.
ޝިފާގު
08 October 2017
ދިވެހި ފުލުހުންނާ ބެހޭގޮތުން އެއްޗެއް ބުނާކަށް ނުވާނެއެވެ. ހަމަބުނާއިރަށް ބޮޑު ނޫސްބަޔާނެއް ނެރޭނެއެވެ. އޭރުން އެއޮތީ ފަސްތަރީގެ ފުލުސްކަން ކުރެވިފައެވެ.
މަރިީ
08 October 2017
ތިކަންވެސް ވެއްޖެއްޔަާ ރަނގަޅު
ޓެގްދެމް
08 October 2017
މާރާމާރީތައް ކުރިއަށް، އަދިވެސް ޓެގެއް ނޭޅުވޭ ކަމަށްވާނަމަ މިކަމަކީ އެއީ ހައިކޯޓުން ނުނިމިގެން ނުވެގެން އުޅޭ ކަމަކީ. ކަން މިހެން ހުރުމުން ހައި ކޯޓުން މިކަން އަވަސް ކޮށްދެއްވަންވީއެވެ. އެނޫންނަމަ ޑްރަގް ލޯރޑުންނާއި ގޭންގް ލޯރޑުންގެ ހެބިޓެޓް އަކަށް މާލެ ހަދާލާނެއެވެ. އެއިރުން އެންމެ ދެކުނު ވިންގް ގައި ތިބި ޑްރަގް ލޯރޑުންނާއި ގޭންގް ލޯރޑުން މާލެ އައިސް އެމެން ލާރޖް ސްކޭލްގައިި މާލޭން މީހުން މަރަން ފަށާނެއެވެ. ކަން މިހެން ހުރުމުން މިކަން ސަރުކާރުން އަވަސް ކުރަންވީއޭ. ރާއްޖެތެރޭން މާލެ އަށް އަރާ ސްޕެޝަލީ އެންމެ ދެކުނު ވިންގް އިން އަރާ އެންމެންގެ ފައިގައި ވެސް ޓެގް އަޅުވަންވީއެވެ،
ޞުރޢ
08 October 2017
ހަބަރު އަދި ކިޔާބަލަ. ނުވެގެން އުޅެނީ ވެރިމީހާ އާއި ގޭންގު ތަކާއި އޮތް ގުޅުމުގެ ސަބަބުން. ކޯޓުން ނުވެގެން ނެތް ނޫނޭ!
ޝޮކް
08 October 2017
އިހުލާސްތެރިކަމެއްހަަމަނެތީ ގޭންގުތަށް މައިތިރިކުރުމުގަ އަޒްލީންއިސްތިއުފާ ދޭންޖެހޭ...އުރު ކަހަލަ ގަޓް މީހަކު ނެތި މިކަން ަގަޅު ނުކުރެވޭނެ
ހަންޓާ....
08 October 2017
އަޅެ.. މާރާމާރީ ހިންގަނީ ޓެގް ނާޅުވާތީބާ.. ރަގަނޅު ޖީލެއްބިނާކުރުމަށް ނޫންނަމަ ދަރިންތަކެއް ބިނާކުރުމަށާއި މިހާރު ގޯސްކޮށް އެއުޅޭ ދަރިންތައް ހަމަމަގަށް އެޅުވުމަށް މައިންބަފައިންނާއި މުޅިމުޖުތަމާގައި ހިމެނޭ ހުރިހައި އެންމެން މަސައްކަތްކުރުން ކޮންމެހެންޖެހޭފަދަ ހާލަތެއްގައި މިރާއްޖެ އޮތްކަން ފާހަނގަކުރަން...
ވިސްނާލީމާ
08 October 2017
އެވެސް ހީވި ދެންމެ ދެންމެ އަޅުވާނެހެން! މިހާރު ހިތަށްއަރަނީ އުމަރަށް ގަދަބާރު ދިންނަމަ މިހެން ނުވީހޭ! އަސްލުވެސް ވަރަށް ދެރަވޭ ކުށްވެރީން ބޭނުންހާ ގޮތަކަށް އުޅުމުގެ ފުރުސަތު ލިބިދީފާވާތީ! އެހެންވެ ބުނެވެނީ މިކަމުގާ، އުމަރަށް ތާއީދު ވާވާވާ. ހަރަކާތްތެރިވާށެ ވާވާވާ! -އިބްރާހީމް-