ޚަބަރު / މަރުގެ އަދަބު

ހުމާމްގެ ޝަރީއަތް އިންސާފުވެރިއެއް ނޫން، މަރައިގެން ނުވާނެ: އދ.

ހުމާމް ކޯޓަށް ވައްދަނީ: ހުމާމަށް މަރުގެ އަދަބު ދޭން އދ. އިން ބޭނުމެއް ނުވޭ --ފޮޓޯ/މިހާރު

ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ، ހުސެން ހުމާމުގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށާއި އެހެންވެ އޭނާގެ މައްޗަށް އެ ހުކުމް މި ވަގުތު ތަންފީޒު ނުކުރުމަށް އދ. އިން ސަރުކާރަށް ގޮވާލައިފި އެވެ.

އދ. އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހުމާމުގެ މައްޗަށް މަރުގެ ހުކުމް ކޮށްފައިވަނީ އިންސާފުވެރި ޝަރީއަތަކުން ނޫން ކަމަށާއި ޝަރީއަތުގެ މަރުހަލާގައި އޭނާ އަށް ލިބެން ޖެހޭ ހައްގުތައް ވެސް ނުލިބޭ ކަމަށެވެ.

އެހެންވެ، ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން އެ ޝަރީއަތް އަލުން ކުރިއަށް ގެންދިއުމަށް އދ. އިން ވަނީ ގޮވާލާފަ އެވެ.

"(ހުމާމުގެ މައްޗަށް) ކުރި މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވަނީ އެ މައްސަލައިގެ ތަހުގީގު ނުނިމެނީހެވެ. އަދި އެ ހުކުމް ކޮށްފައިވަނީ ބިރު ދައްކައިގެން ވެފައިވާ އިއުތިރާފެއްގެ މައްޗަށެވެ،" އދ.ގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ތަހުގީގު ނުނިމެނީސް ހުމާމުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުން ނުވާ ކަމަށް އަފްރާޝީމްގެ އާއިލާއިން ހުށަހެޅި ސިޓީ، ސުޕްރީމު ކޯޓުން ބަލައި ނުގަތުމާއި ހުމާމުގެ ސިކުނޑީގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ ޓެސްޓުތަކެއް ހެދުމަށް ދިފާއީ ވަކީލު ހުށަހެޅުއްވި މައްސަލައަށް ވެސް ސުޕްރީމް ކޯޓުން ރިއާޔަތް ނުކުރި މައްސަލަ އދ.ގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

މަރުގެ ހުކުމް ތަންފީޒު ނުކުރާތާ 60 އަހަރަށް ފަހު، "އިންސާފުވެރި ނޫން" ޝަރީއަތަކުން އެކަން ކުރަން ނިންމީތީ އދ. އިން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އަދި އެ ނިންމުން ބަދަލު ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރަން ޔޫރަޕިއަން ޔޫނިއަން އިން ވެސް ވަނީ އިއްޔެ ގޮވާލާފަ އެވެ.

20 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާބިތު

03 July 2016

ހުމާމަކީ ހަމަމަރަން ޖެހިފަ އިން މީހެއް، ނަމަވެސް އެކަން ކުރަން ވާނީ އިންސާފުވެރި ފަންޑިޔާރެއްގެ ނިންމުމުން.

The name is already taken The name is available. Register?

ލުގުމާން

03 July 2016

މުޅިދުނިޔޭގެ ގާތް ގަނޑަކަށް ހުރިހާގައުމެއް ހެން ބައިވެރިވާ އ.ދ. ކިޔާ ޖަމްއިއްޔާ އުފެއްދީ ދިވެހިރާއްޖެ (މޯލްޑިވްސް) ކިޔާ 4 ލައްކަ މީހުން ހަމަނުވާ އާރެއް ބާރެއް ނެތް ކުޑަ ކުޑަ ގައުމެއްގެ އަމަނާއި އިންސާފް ބެލުމުގެ މަތިވެރި މާތް މަގްސަދުގައެވެ. މިކަމުގެ އެއްމެ އަލިގަދަ ހެއްކަކީ އިޒްރޭލުގެ އަސްކަރިއްޔާގެ ބަރު ހަތިޔާރު ބޭނުން ކޮށްގެން އެއްވެސް އާރެއްބާރެއް ނެތް ގައުމެއްގެ އާއްމު ރައްޔިތުން ކޮންމެ ދުވަހަކު އެއްވެސް ކޯޓެއްގެ ހުކުމެއްނެތި ޝަހިދު ކުރަމުންދާއިރު ހަމަ ކަހާތަން ހިރުވާވެސް ނުލާތީ އެވެ. އެމެރިކާއިން އިރާގަށާއި ލީބިޔާ އަށާއި އަފްވާނިސްތާނަށް ބޮން އަޅާއިރުވެސް އެއީ ހިންގާ ކަމެއްކަމުގައި އެއްކަލަ އ.ދ އަކަށް ނޭނގެއެވެ. ބަނކި މޫނަށް ވަރަށް ސަލާން

The name is already taken The name is available. Register?

ސޯސޯ

03 July 2016

މީ އަލަށް ކުރާކަމެއްނޫން. އެހެންވީމާ މީ މައްސަލައެއް އޮތްކަމެއްނޫން.

The name is already taken The name is available. Register?

ހާކިމް

03 July 2016

ދައުލަތުން މައްސަލައެއް ހުށަހެޅި ނަމަވެސް ދެހަސްމުންގެ ދެމެދުގައި ފައިސަލާކުރެވެން ޖެހޭނެ މިފަހަކަށް އައިސް ފަނޑިޔާރުގެ ރަނގަޅުނޫންކަމަށް ގިނަބަޔަކު ދަނީ ބުނަމުން ދާދި ފަހުން ރައީސް މައުމޫނުވެސް ވަނީ އެކަމަށް ތައީދު ކުރައްވާ ވާހަކަފުޅު ދައްކަވާފަ

The name is already taken The name is available. Register?

އިންސާފު

02 July 2016

މިޞްރުގައި ނެރިގެން އުޅެނީ އދ އަށް އިންސާފުވެރި ޙުކްމް. ޙައްޤުން ކަމަކާނުލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހަކު މިމީހުންގެ އެޖެންޓުން މަރަމުން ގެންދާ މުސްލިމުން އެއީ އިންސާފުން މަރާލެވޭ މީހުންދޯ؟ އެހެން މީހުންނަށް އިންސާފަށް ގޮވަން ތި އދ އަކީ އެންމެ ޚުދުމުޚުތާރު، އިންސާފެއްނެތް، ބާރުގަދަ ގައުމުތަކުގެ ފީކުދާންޏެއް. މުޅި ދުނިޔެ އެއްކޮޅަށް ޖެހިފަ، ހަމަ އެންމެ މީހަކު ނޫނޭކޭ ބުނާއިރަށް އެމީހެއްގެ ކޮޅަށް މައްސަލަ ނިމޭ ތަނެއް ދުނިޔޭގައި ތިނޫނީ އޮވޭތަ؟ އެވެސް އަދި އެންމެ 5 ގައުމަށް އޮންނަ ބާރެއް. މިވަރުގެ ބަޔަކު ލަދެއް ނުގަނެ ދޯ އިންސާފޭ، ޑިމޮކްރަސީއޭ އެހެންމީހުންނާ ދިމާލަށް ގޮވާކަށް. މިޔަންމާގައި ކަތިލައިލެވޭ މުސްލިމުން އެއީ އދ ގެ މިންގަނޑުން އިންސާފުން ކަތިލެވޭ އިންސާނުން ވީމަ ދޯ އަނގައިންވެސް ނުބުނެވިފައި ތި އޮންނަނީ. އިޒްރޭލްވެސް އަދި އޮތީ..... ގޮތެއް ނެތް ބައެއްމި އދ އަކީ....

The name is already taken The name is available. Register?

ސޫފިޔާން

03 July 2016

މީދިވެހި ރައްޔިތުންގެ ދިވެހިރާއްޖެ މިތާގަ ބޭނުންހާގޮތައް ސަރިޔަތްކޮށްފަ ތާއަބަދުކު ނޫޅެވޭނެ، މިތާގައޮތީ އަދުލުވެރިކަމެއް ނެތް ފަޑިޔާރުގެއެއްކަން މުޅި ދުނިޔެދަނޭ،

The name is already taken The name is available. Register?

ކިޔުންތެރިޔާ 767

02 July 2016

ކޮންމެ ބަޔަކު ބުނި ނަމަވެސް ރަގަޅުވާހަކައެއް ރަގަޅުވާނެ. ހުމާމުގެ ޝަރީއަތުގެ ތަހުގީގު ނުނިމޭ. ކަމުގައި ބައިވެރިވި އިތުރު ގާތިލުން ނުހޯދި މިހާ ދުވަސްވީ އިރުވެސް ފުލުހުން ތިބީ މަޑުން. އެކަމަކު ބުނާނެ ދުނިޔޭގެ އެއްވަނައިގެ ތަހުގީގު ހިންގާނެ މޮޅު ފެންވަރު އެބަހުއްޓޭ ކިޔާފަ ފޮނި ކަނޑާނެ. ދުވަހަކު ވާ ކަމެއް ނޯވޭ. ގާތިލުން ނުހޯދަ އެންމެ މީހެއްގެ ބޮލުގަ އަޅުވައިގެން، ސަބަބެއް ނުހޯދި ގަރުނެއް ނިމެނީ.

The name is already taken The name is available. Register?

އިބްރާހިމް

03 July 2016

ޑިމޮކްރަސީގެތެރެއިން ހުމާމްގެ ގާތިލުން ދުވަހަކުވެސް ނުފެންނާނެ. އެހެނީ ހުމާމްވެސް ޖަވާބުދެނީ ދެފަހަރު ދެގޮތަށް . އަދަބުދީގެން ކުރިކަންކަން ހޯދޭނެގޮތެއްނެތް. މީހާހުރިގޮތަށް ހުއްޓައި ވަށައިގެން ހޯދާ ހެކިތަކަކީ ސިޔާސީ އެއްޗެއްކަމަށް މިއޮތީ ނިންމާފައި. ދެން ކިހިނެތްތޯ ތަހުގީގު ނިންމާނީ.

The name is already taken The name is available. Register?

10

02 July 2016

ކޮން އދ..ކޮސްްނުގޮވާ. މަޑުން ހުރޭ....

The name is already taken The name is available. Register?

ކުޑޭ

02 July 2016

ޙުކުމް ތަންފީޒުކުރޭ

The name is already taken The name is available. Register?

ސަލީމާ

02 July 2016

އދ ކޮންތާކުން މައުލޫމާތު ނެރިގެންތޯ ތިއުޅުއްވަނީ... ތީ އެއްކަލަ ސަހީދު އީރާނޭ ކިޔައިގެން އދ ނެރުނު ކަހަލަ ރިޕޯޓެއް އެ ރިޕޯޓނެރޭނީ ރައްޓެހި ރަހުމެތްތެރިންގެ ކަންފަތާ ގަލަމުން...

The name is already taken The name is available. Register?

އިސްމާއިލް

02 July 2016

ހުމާމް މަރައިގެން ނުވާނެ...،. ތަހުގީގް ފުރިހަމަ ނުވާ މައްސަލައެއްގައި މީހެއްގެ މައްޗައް ހުކުމް ކުރާނީ ކިހިނެއް؟ އަލްމަރުހޫމް އަފްރާޝިމް މަަރުގެ މައްސަލައިގައި ސިޔާސީ ބައެއްގެ އަތެއް ވާކަން އެއީ ހަމަ ޔަގީންކަމެއް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454