16 އޮކްޓޯބަރ 2017 - 11:27
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އިއްޔެ ށ. މިލަންދޫއާ ދެކޮޅަށް އަރައި މޮޅު ކުޅުމެއް ދެއްކި ނިއު ރޭޑިއަންޓްގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އެއްކޮށް ފިޓް ނޫން ކަމަށާއި އެކަމަކު އޭނާ ޓީމަށް މުހިއްމު ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.
ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިދިޔަ އަންގާރަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗުގައި ދަގަނޑޭ ނުކުޅެ އެވެ. އެ އަނިޔާއިން ރަނގަޅުވާން އަރާްމްކުރުމަށް ޑޮކްޓަރު ލަފާދީފައިވާ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މިލަންދޫއާ ދެކޮޅަށް އިއްޔެގެ މެޗުގައި ދަގަނޑޭ ކުޅެން އެރީ މެޗުގެ 53 ވަނަ މިނިޓްގަ އެވެ. ދަގަނޑޭ ވަނީ މި މެޗުގައި ދެ ލަނޑު ޖަހައި އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
"އަޝްފާގަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް ހަމައެކަނި އަހަރެމެން ޓީމަކަށް ނޫން. ގައުމީ ޓީމަށް ވެސް. ވަރަށް ގިނަ އަނިޔާގެ މައްސަލަތަކެއް ކުރިން ދިމާވެފައި ހުރީ. އެއީ ކުދި އިންޖަރީތަކެއް. މާ ބޮޑެތި އިންޖަރީއެއް ނޫން. ފިޓް ނޫނަސް އޭނާ މުހިއްމު،" އިއްޔެގެ މެޗަށް ފަހު ނިއުގެ ކޯޗު އޮސްކާ ބުންޏެވެ.
އިއްޔެގެ މެޗުން މޮޅުވެ ނިއު ވަނީ ލީގުގެ އެއް ވަނަ މަގާމަށް އަލުން އަރައިފަ އެވެ. ނިއު އެއް ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. ލީގުގައި ދެން އެންމެ އަވަހަށް ނިއު ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
އޮސްކާ ބުނީ ދަގަނޑޭ ފިޓްކޮށް ބަހައްޓަން އޭނާ އަށް މެޗުތަކުގައި ފުރުސަތު ދިނުމުގެ ކުރިން ވިސްނާނެ ކަމަށެވެ.
"އަހަރެން ބޭނުން އޭނާ (ދަގަނޑޭ) ފިޓްކޮށް ބަހައްޓަން. މި މެޗުގައި (މިލަންދޫ މެޗު) އަހަރެން އޭނާ ފުރަތަމަ އެގާރަ އަށް ނުލީ 60 މިނިޓާ ހަމައިން އޭނާ އަށް ކުރިއަށް ނުގެއްދެވޭނެތީ. މި މެޗުގައި އޭނާ އެ ކުޅުނީ އެންމެ ފުރިހަމަ 35 މިނިޓް. ދެން ބަލަންވީ އޭނާ އަށް ކިހާ ވަގުތެއްތޯ ދެވޭނީ ކުރިއަށް ގްރީން ސްޓްރީޓްސް މެޗުގައި،" އޮސްކާ ބުންޏެވެ.
ލީގުގެ މިހާތަނަށް ދަގަނޑޭ ވަނީ އަށް ލަނޑު ކާމިޔާބު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ!
18 October 2017
بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ( ކޮބާތަ މިހާރު ވެލެންސިޔާ ކްލަބް؟ ހާދަ ޚަބަރެއް ނެތޭ ) މިބަސް ބުނި އިންސާނާ އައް އިގޭބާ علي اشفاق (ދަގޭ) އަކީ ﷲ އިރާދަފުޅުކުރެއްވިއްޔާ ﷲއިރާދަފޫޅުކުރެއްވީތީ މޮޅު ކުޅުންތެރި އަކަމަކު علي اشفاق (ދަގޭ) މޮޅުކުޅުންތެރި އަކައް ވީކޮންޓީމަކައް ކުޅެގެން ކަން މަސްހޫރުވީ ކޮންޓީމެއްގަ ހުއްޓަ ބާ! ތިކިޔާ ވެލެންސިޔާގަ އައް ކުޅެގެން ކުޅެނިކޮއް އެކަމަކު އެއައް ފަހު އެ ދަގޭ ގެ ހުރި ހުނަރުތައް އަދި ވެލެންސިޔާގަ ހުރެކުޅުނު ކުޅުމެއް ނުދެއްކުނު އަދި އަދައް ވެސް ސަބަބެއް ވޭ ސަބަބުތަކެއްވޭ ހަމަހޭ ހުރިި އިންސާނެއް ވިއްޔާ އިގޭނެ ، ﷲއިރާދފުޅުކުެއްވިއްޔާ އެއްވެސް އިންސާނަކައް އެއް ވެސް ބަޔަކައް ދެރަ ގޮތެއްވުމަކައް ނޭދެން ، ދެން އެކަމަކު އަޅުގަނޑު ބުނީތީވެސް ބަލާތި އެގޮތުގަ ދަގޭ ހުރި ކަމުގަ ވަނީނަމަ ދެން ވިއްޔާ ވާނީ ދައް އަޅުގަނޑު ހަމަ%100 ޔަގީން ، ބަލާތި ﷲއިރާދަފުޅުކުރެއްވިއްޔާ މިބުނި ބަހުގަ ހުރި ވަރު އިގިދާނެތާ ، إن شاء الله ، أمين ،،،،،!.
ފެށޭނޭ
16 October 2017
ކޮބާތަ މިހާރު ވެލެންސިޔާ ކްލަބް؟ ހާދަ ޚަބަރެއް ނެތޭ
އިޙްސަ
16 October 2017
ދަގޭ ކަހަލަ ދެވަނަ ކުޅުންތެރިޔަކު އުފައްދަން ވަރަަށް މަސައްކަތް ކުރަންޖޭ. އެނާވެސް ރިޓަޔަކުރާނެ ކޮންމެވެސް ދުވަހަކު.
ކުދުރޭޑިއޯ
16 October 2017
ފަސް ލަނޑެއްނުން އިގޭތޯ. އެއަށްވުރެ ގިނަވާނެ.
މޫސަ މާލެ
16 October 2017
ސާބަހޭ ސެންޓޭ! ސާބަހޭ ދަނގަޑޭތީ މުޅި ޤައުމުގެ ރޫޚަކީ! ސެންޓޭ ، އަދި ޚާޢްޞަކޮށް ދަނގަޑޭ ނެތްނަމަ ފުޓްބޯޅަ ނުވެސް ބެލީމުސް ހަބޭސް ދަނގަޑޭ! ހަބޭސް ސެންޓޭ! ތީ މިރާއްޖޭގައި މިވަގުތު ތުބި ނަމްބަރ ވަން..
ވިސްނާލީމާ
16 October 2017
މަވެސް މިކިޔަނީ ތިހެން! ދަގޭއަކީ އަދިވެސް އެއްވަނައޭ އެވަރުގެ ކުޅުންތެރިޔަކު އަދި ރާއްޖެއަކު އުފަން ވެފައެއް ނުތޭ! އަސްލު ދަގޭއަކީ ހިތްވަރުގަދަ ޖެހިލުންކުޑަ ހުނަރުން ފުރިފާވާ ކުޅުންތެރިއެއް! އިއްޔެވެސް އެކަން ދައްކައިދިން! ދަގޭއެރުމުން މުޅި މެޗް ބަދަލުވެގެން ދިޔައީ! ދަގޭ އިޒް ދަ ބެސްޓް! -އިބްރާހީމް-