އޮޒާރޯ: ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް.
16 އޮކްޓޯބަރ 2017 - 12:36
އޮޒާރޯ ހޯމްކެއާ އިން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފަރުނީޗަރު ފިހާރަ، އޮޒާރޯ އިން ބުނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ޑިސްކައުންޓް ލިބޭނީ، ކާކޮޓަރީގެ ފަރުނީޗަރުން ކަމަށެވެ. ޕްރޮމޯޝަން ތެރޭގައި ޑައިނިން ފަރުނީޗަރު ގަންނަ ފަރާތްތަކަށް 10-30 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.
"އަޅުގަނޑުމެން މި ވިއްކަނީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި ކޮލިޓީ ބްރޭންޑްތައް. ޑައިނިން މޭޒާއި ގޮނޑި އަދި ސްޓޫލުން ވެސް ޑިސްކައުންޓް ލިބޭނެ،" އޮޒާރޯގެ މާކެޓިން މެނޭޖަރު އައިޝަތު ސާމާހާ ހުނައިފް ވިދާޅުވި އެވެ."މި ޕްރޮމޯޝަނުގެ ތެރޭން ކަސްޓަމަރުންނަށް ބްރޭންޑެޑް ޑައިނިން ފަރުނީޗަރު އަގުހެޔޮކޮށް ގަތުމުގެ ފުރުސަތު ހުޅުވިގެން މި ދަނީ."
އޭނާ ވިދާޅުވީ ޕްރޮމޯޝަނުގެ ތެރޭގައި މަޝްހޫރު އިކިޔާ ބްރޭންޑްގެ ޑައިނިން ފަރުނީޗަރުތަކުން ވެސް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
އޮޒާރޯ އަކީ މާލޭގެ ފަރުނީޗަރު ސަޕްލަޔަރުންގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ފަރުނީޗަރު އެތެރެކުރާ އެއް ފަރާތް ކަމަށްވާ އަލޯރާ ހިންގަމުން އަންނަ، ޕޭން އޯޝަން އިންޓަނޭޝަނަލްގެ ފިހާރަ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy