19 އޮކްޓޯބަރ 2017 - 08:52
ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ހައްގުތައް ނަގާލާފައިވާ ކަމަށް ބުނެ އިންޓަޕާލަމެންޓްރީ ޔޫނިއަން ( އައިޕީޔޫ)ގެ ވަފުދެއް ރާއްޖެ އައުމަށް ނިންމައިފި އެވެ.
މެމްބަރުންގެ އިންސާނީ ހައްގުތައް ނަގާލާފައިވާތީ އައިޕީޔޫ އިން ކަންބޮޑުވުން ފާޅުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެ އާއި ތުރުކީ، ކެމްބޯޑިއާ އަދި ވެނެޒިއުލާ އެވެ.
އައިޕީޔޫ ކޮމިޓީ އޮން ހިއުމަން ރައިޓްސް އޮފް ޕާލަމެންޓޭރިއަންސް އިން ނިންމާފައިވަނީ ރާއްޖެ ހިމެނޭގޮތަށް އެ ގައުމުތަކުގެ މެމްބަރުންގެ ހައްގުތައް ހޯދައިދިނުމަށް ބާރު އެޅުމަށްޓަކައި ހާއްސަ ޓީމެއް ކައިރި މުސްތަގުބަލުގައި ގައުމުތަކަށް ފޮނުވުމަށެވެ.
އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާ އެކު މަޖިލީހުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން އައިޕީޔޫއިން މީގެ ކުރިން ވެސް ވަނީ ކަން ބޮޑުވުން ފާޅުކޮށްފަ އެވެ.
އައިޕީޔޫއިން އެގޮތަށް ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕީއެމްގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު، ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ވަފުދެއް ވަނީ އައިޕީޔޫގެ 137 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޝިއާ އަށް ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
asidays
19 October 2017
މިތަނަކަށް އަންނާނެކަމެއް ނެތް
އުމަރު
19 October 2017
ރާއްޖޭގެ ޤާނޫނު ހެދި މީހުންނަށް މަޖިލިހުގެ މެންބަރުން ހިމާޔަތެއް ނުކުރެވުނު، އެޤާނޫނުތަކުގެ ދަށުން މެންބަރުންއެތިބީ ގޮޅިއެއްގެ ތެރޭގައި، މިހާރު އައިޕީޔޫއިން މިޖެހުނީ ރާއްޖޭގެ ޤާނޫނު ހަދާމީހުން ހިމާޔަތްކުރަން، މިހިސާބަށް ކަންތަށްދިޔައީ ކީއްވެގެންތޯ؟ އެއީތޯ ޤާނޫނު އަސާސީގައި އޮތްގޮތަކީ، ހައްލު ހަމަ ލިބޭނީ އީޔޫ، ޔޫއެން، ނުވަތަ އައިޕީޔޫއިން މިޤައުމަށް ވަފްދެއް ފޮނުވައިގެންތޯ؟ ހަމަ އެހިސާބަށް ދަންދެން ގޮތް ދޫނުކުރާނީތޯ؟ ބޭރުމީހުން މިކަމުގެ ތެރެއަށް މިހާރު ވައްދަނީ ކޮންބައެއްތޯ؟ ސަރުކާރުން މިދޮރު ހުޅުވައިދިނީ ސަރުކާރުން ބީރުކަންފަތެއްދީގެން އަޑުނައަހައި ގޮތްދޫނުކުރުމުގެ ސަބަބުން، އަދުލު އިންސާފް ގާއިމް ނުކުރޭތީ، ކޯޓްތަށް ފެއިލްވެފައިވާތީ
ރަބަރު
19 October 2017
ތި ވަފްދު އައިސް ދައްކާނީ ވާހަކައެވެ. އެއިން ވަކި ބަދަލެއް އަންނާނެކަމަކަށް ނުފެނެއެވެ. ކަންތައް މާބޮޑުވެއްޖެއްޔާ އެ ޖަމާއަތުން ވަކިވާނީ އެވެ. މިއީ ކުރިން ފެނިފަހުރިކަންތައްތަކުގެ އަލީގައި މަށަށް ފެންނަ ގޮތެވެ.
ދަވޭ
19 October 2017
މެމްބަރުންގެ ދިފާއުގައި އައިޕީޔޫގެ ވަފުދެއް ރާއްޖެ އަންނަނީ ކަމަށް ވާނަމަ އެމެން ނަށް ވެލާނާ އެއާރޕޯރޓްގެ އެރައިވަލް ޓާރިމިނަލް އިން ޑިޕާރޗަރ ޓާރމިނަލް އަށް ވަދެވެން ޖެހޭނީ. އެމެން އައި ފްލައިޓުން ޖެހެނީ އެމެން އަނބުރާ ފޮނުވާލަން. އައިޕީޔޫ އަށް އަދި ތިޔާ އުޅެވެނީ ކުޑާ ކޮށް ސައިޒު އޮޅިގެން ނެވެ. އައިޕީޔޫ އިން ވޯޓް ދީގެން ހޮވާފައިވާ އެމްޕީ އެއް މިރާއްޖެ އަކު ނުހުންނާނެއެެވެ. އައިޕީޔޫ އިން ވަކިވިނަމަވެސް މިރާއްޖެ އަށް ވާނެ ގެއްލުމެއް ނޯންނާނެ ޗައިނާ އާއި ސައުދީ އާއި ޖަޕާން އަދި ޔޫއޭއީ އޮތީ ރާއްޖެ އާއި އެކު. މިގައުމު ތަކަކީ އައިޕީޔޫ އަށް ބޯން ދީގެން އުޅޭ ގައުމު ތަކެވެ.
ޢަބްދުﷲ ސަޢީދު ގައްދޫ
19 October 2017
އެމީހުންނަކީވެސް ޤާނޫނީ ބާރުވެރިކަން ބޭނުންކުރުމުގައި އިންޞާފުވެރި ބައެއްނޫނެވެ. އެމީހުންނަށް އެއްކުރެވޭނީ މަޢުލޫމާތެކެވެ. އެއްކޮޅު މީހުންދޭ މަޢުލޫމާތު ފުރިހަމަ ކުރުމުގެ ޤާބިލުކަން އެއްކޮޅު މީހުންގެ އަތުގައި ހުންނާނެއެވެ. ނަމަވެސް އިދިކޮޅު މީހުންދޭ މަޢުލޫމާތު ފުރިހަމަ ކުރުމުގެ އެއްވެސް ވަސީލަތެއް އިދިކޮޅު މީހުންގެ އަތުގައި ނުހުންނާނެއެވެ. ވީމާ، ލިބޭ މަޢުލޫމާތުގެ މައްޗަށް ނެރޭ ރިޕޯޓް މިރާއްޖޭގައި ތަންފީޒު ކުރެވޭނީ، މިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ޤަޥާޢިދުތަކާއި ހަމަތަކާއި އުޞޫލުތަކާއި އެއްގޮތް ވެގެންނެވެ. އެބަހީ، ތަނަކުން އަޑެއް އިވޭއިރަށް އެއްޗެއް ބުނާއިރަށް މަމެން މިތިބީ މަމެން ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަޥާޢިދުތަކާއި ހަމަތަކާއި އުޞޫލުތައް އުވާލައި އެމީހުން ބުނާހާ ގޮތަކަށް ކަންތައްތައް ކުރާ ބައެއްގެ ގޮތުގައެއްނޫނެވެ.
ދެރަވަރު
19 October 2017
އާޅޭ ތިޔަ މަސީހުގެ މުޅި ދަތުރުގެ އުފާ ޚަރާބުވީ. ދެން ތިޔަ ޖެހުނީ ނެގިހާ ފޮޓޯތަކާއި ދެއްކިހާ ފޮނިވާހަކަތައް ހަދާންނައްތާލުމަށްފަހު އައިޕީޔޫ ގެ ނުބައި ވާހަކަދައްކާ އެ ޖަމާޢަތާ އޮންނަ ގުޅުން ކަނޑާލާ އެޖަމާޢަތުން ވަކިވާން. ނޫނީ އެ ޖަމާޢަތުން ފޮނުވާ މީހުންނަށް ވިސާ ނުދިނުން ނުވަތަ ޖަލަށްލާން.
ޑިމޮކްރަސީ
19 October 2017
ވަކި މީހެއްނެތި އަނިޔާވެރިކަން މިއަދު މިވަނީ ޢާންމު ވެފަ މަޖްބޫރުކޮށް ސުވާލުކޮށް ނުވިތާކަށް ބިޑިވެސް އަޅުވަނީ ޙައްޤުންކަމަކާނުލާ
އަޙްމަދު ޒަކީ
19 October 2017
މައުލޫމާތު ލިބޭ ގޮތުގައި މިމަހުގެ 31 ވަނަ ދުވަހު އީޔޫ އިގެ ޕާލިމެންޓްރީ ގްރޫޕްގެ ބޭފުޅުންގެ ވަފުދު މާލެ އަންނާނެ. މިކަމަށްޓަކައި ސަރުކާރުގެ މޫނުމަތި ރީތިކުރުމަށްޓަކައި މިހާރު ދަނީ ކަންކަން ސައްލާކުރެވެމުން.
ވޯޓަ ހަރާމްް
19 October 2017
އިދިކޮޅު މެމްބަރުންގެ ހައްޤަށް ވުރެ އެއްކޮޅު މެމްބަރުންގެ ހައްޤު ތަށް ނަގާލާފައިވާ މީންވަރު ކުޑަތޯއެވެ.އަދުރޭ އާއި ރިޔާޒް ރަޝީދު އާއި އަލީ އާރިފު އާއި ރ އަތޮޅު ފަލާހު އާއި ނައިފަރު ޝިހާމު އާއި ޝާޑު އިސްތިސްނާ ކުރަމެވެ.
ހަމޭ
19 October 2017
ރޮހިންޖާ މުސްލިމުންގެ ދިފާއުގަ ނިކަން ކަލޭމެން ދޮންމީހުން ދޭބަލަ އެމީހުންގެ ހާލަތައް ވިސްނާފަ