އިސްލާމީ މަރުކަޒުގައި ފިތުރު ޒަކާތް ބެހުން ކުރިއަށްދަނީ: ފަގީރުންގެ ގޮތުގައި މާލެ ސަރަހައްދުން 5000 މީހުން ރަޖިސްޓްރީކޮށްފައިވޭ.--ފޮޓޯ:އިސްލާމިކް މިނިސްޓްރީ
03 ޖުލައި 2016 - 12:59
ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަންގާރަ ދުވަހާ ހަމައަށް މާލެ ސަރަހައްދުން އެކަނި ވެސް 2.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި މިއަދުން ފެށިގެން އެ ފައިސާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މީސަމް މުސްތަފާ ވިދާޅުވީ މިދިޔަ އަންގާރަ ދުވަހާ ހަމައަށް 116314 މީހުން ރާއްޖެއިން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށެވެ. އަދި ވިލިމާލެ، މާލެ، ހުޅުމާލެ ސަރަހައްދުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް މިއަދު 10:30-2:30 އާ ހަމައަށް ފިތުރު ޒަކާތް ބަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ބޮލަކަށް 500ރ. ގެ މަގުންނެވެ.
ފިތުރު ޒަކާތް ބަލައި އިސްލާމީ މަރުކަޒު ކައިރިގައި ބަޔަކު މަޑުކޮށްލައިގެން.--ފޮޓޯ:އިސްލާމީ މަރުކަޒު
ރަށްރަށުގައި ދިރިއުޅޭ ފަގީރުންނަށް ފިތުރު ޒަކާތް ދޫކުރުމާއި ބަލައިގަންނަމުން އަންނަނީ އެ ރަށެއްގެ ކައުންސިލް އިދާރާއެއް މެދުވެރިކޮންނެވެ.
ފަގީރުންގެ ގޮތުގައި މާލެ ސަރަހައްދުން އެކަނި ވެސް 5000 މީހުން ރަޖިސްޓްރީކޮށްފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
03 July 2016
ތިޔައުސޫލްގައި އެބައުލޭ ވަރަށްބޮޑުމައްސަަލައެއް ، މިހާރު މާލޭ ސަރަހައްދުގައި އެބައުޅޭކަމަށް ތިޔައޮތީ 5000 ފަގީރުން ، އެމީހުންނަށް ކޮންމެ އަހަރަކު އެއްފަހަރު 500 ރުފިޔަތޯ ލިބެންޖެހެނީ ، އެގޮތެއްކަމަކުނުދޭނޫންތޯ ނިކަންވިސްނާލަބަލަ ، ރައްޔަތުން އެބަދައްކާ ޖީއެސްޓީ ކޮންމެދުވަހަކު ، ވީމާ ރައްޔަތުންގެ ޓެކްސްގެ ފައިސާއިން ކޮންމެމަހަކަު ފަގީރުންނަށް ހަމަހަމައަށް ކޮންމެވެސް ވަރެއް ބެހުމަކީ ސަރުކާރުގެ ޒިންމާއެއް ، އެއީކަންނޭގެ އިސްލާމީ ވެރިކަމެއްގައި އެކަން އޮންނަންޖެހޭގޮތަކީވެސް ، ރައްޔަތުން ޓެކްްސް ދައްކަނީ ، ސަރުކާރުމެދުވެރިކޮށް ބޭނުންޖެހިފައިވާމީހުންނަށް އެހީވުމާ ، އިޖްތިމާއީ ކަންކަންކުރުމަށާއި ، ތައުލީމްއަށް ޙަރަދުކުރުމަށް ، ވީމާ ސަަރުކާރުން އެބަޖެހޭ ހަރުދަނާކޮށް ރައްޔަތުންގެ ޓެކްސްފައިސާ ޙަރަދުކުރަން ،