ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

މާޅޮސް ފޯމުގައި އޮތްއިރު މިލަންދޫގެ އަމާޒު މޮޅަކަށް

ލީގުގެ ފުރަތަމަ ބުރުގައި މާޅޮހާއި މިލަންދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރުގެ މެޗަށް ނުކުންނައިރު އއ. މާޅޮސް ރަނގަޅު ފޯމެއްގައި އޮތްއިރު އެ ޓީމާ ދެކޮޅަށް ށ. މިލަންދޫ ކުޅޭނީ މޮޅަކަށް ޓާގެޓް ކޮށްގެން ކަމަށް އެ ޓީމުގެ ކޯޗު އަދި ކުރީގެ ޑިފެންޑަރު މުހައްމަދު ނާސިރު ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން މިލަންދޫ ވަނީ 7-1 އިން ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް އަތުން ބަލިވެފަ އެވެ. މާޅޮސް ވަނީ 2-1 އިން ލީގުގެ ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. މިއީ މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމަކު މާލޭ ލީގުގެ ޓީމެއްގެ އަތުން ހޯދި ފުރަތަމަ މޮޅެވެ.

މިލަންދޫ ލީގުގެ ހަ ވަނައިގައި އޮތީ ލީގުގެ ހަތް ވަނައިގައި އޮތް މާޅޮހާ އެއްވަރަށް އަށް މެޗުން ފަސް ޕޮއިންޓާ އެކު އެވެ. ލީގުގެ ގަދަ ހަތަރަކަށް ވަންނަން ކުރަމުން އަންނަ މަސައްކަތުގައި ކުރިއަށް ޖެހިލަން މިއީ މި ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިލަންދޫގެ ކޯޗު ނާސިރު ބުނީ މާޅޮސް އޮންނާނީ އެންމެ ފަހުން މެޗުން މޮޅުވުމުން ރަނގަޅު ރޫހެއްގައި ކަމަށާއި އެހެން ނަމަވެސް މިލަންދޫ އޮތީ އަލުން ޓްރެކަށް އަރަން މޮޅުވާން ކެތްމަދުވެފައި ކަމަށެވެ.

"މާޅޮސް އެ އައީ ގްރީން ސްޓްރީޓްސް އަތުން ބޮޑު މޮޅެއް ހޯދައިގެން. އަޅުގަނޑުމެން މިއައީ ބޮޑު ތަފާތަކުން ނިއު އަތުން ބަލިވެގެން. ދެން ހުރިހާ ކުޅުންތެރިން ވެސް މިހާރު އެ ތިބީ މޮޅެއްގެ އިންތިޒާރުގައި. ޓާގެޓަކީ މީގެ ކުރިން ކުޅުނު މެޗުތަކުގައި ދެއްކި ކުޅުން ދައްކައި ތިން ޕޮއިންޓް ހޯދުން. އެކަމަކު އަޅުގަނޑުމެންނަށް އެބައޮތް ޕްރެޝަރު ވެސް އެއީ މާޅޮސް ފޯމުގައި އޮތީމަ އެމީހުން ވަރަށް ރަނގަޅަށް ހިފާނެ،" ނާސިރު ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާލޭ ލީގުގެ ޓީމުތަކަށް މިލަންދޫގެ މައްޗަށް ކުރި ހޯދުނީ އެއް ގޯލުގެ ތަފާތުންނެވެ. ނިއު މެޗަކީ އެ ޓީމު ބަލިވި އެންމެ ތަފާތު ބޮޑު މެޗެވެ. ނާސިރު ބުނީ އެހާ ތަފާތު ބޮޑުކޮށް ބަލިވުމުގައި ކުޅުންތެރިންގެ އިހުމާލު ބޮޑު ކަމަށެވެ.

"އެހާ ބޮޑު ތަފާތަކުން ބަލިވާން އެ ދިމާވި ސަބަބަކީ ކުޅުންތެރިންގެ ވިސްނުން ހުރި ގޮތް ހަމަ. އެމީހުންނަށް ތަންކޮޅެއް ބޮޑަށް ފަސޭހަކޮށްލެވުނީ ހެން ހީވަނީ ފުރަތަމަ ބުރުގެ މެޗުތައް ދިޔަ ގޮތުން. ހަގީގަތުގައި ފަރުވާކުޑަވެސްވީ މެޗު ދިޔައިރުގައި،" އޭނާ ބުންޏެވެ.

މިލަންދޫ ޓީމަށް މި ފަހަރު އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިއަކީ ބ. އޭދަފުއްޓަށް އުފަން އިޝާން އިބްރާހިމް (ސައްޓު) އެވެ. ސައްޓު އަށް ގަވާއިދުން ޕްްރެޓިހުގައި ބައިވެރިނުވެވެނީ އޭނާ ރަށުގައި ވަޒީފާ އަދާކުރާތީ ވީއްލުމުގައި ދަތިތަކެއް ހުރުމުންނެވެ.

"އަދިވެސް ސައްޓު ބޭނުމެއް ނުކުރެވޭ ޕްރެކްޓިހުގައި. އަބަދުވެސް މި އަންނަނީ މެޗު އޮންނަ ދުވަހު ނޫނީ އޭގެ ކުރިން ދުވަހު. އެ ހާލަތުގައި ވެސް ސައްޓު މި ބޭނުންކުރަނީ އެ ފެންވަރުގެ ކުޅުންތެރިން ނެތީމަ،" އޭނާ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނާސިރު (ވ) އާއި ނިސްތާރު ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިލަންދޫ އަށް ދެން ދިމާވެފައި އޮތް އަނެއް މައްސަލަ އަކީ ސްކޮޑުގައި ގިނަ ކުޅުންތެރިންގެ ނަން ޖަހާފައިވިޔަސް ޕްރެކްޓިހުގައި އެކަށީގެންވާ ވަރަށް ކުޅުންތެރިން ބައިވެރިނުވާ މައްސަލަ އެވެ. މިލަންދޫ ޓީމުގައި ޖަހާފައިވާ ގިނަ ކުޅުންތެރިންނަށް ކަންތައްތައް ހުރި ގޮތުން ޓީމާ ނުގުޅެ އެވެ.

"ވަރަށް މަދު ކުޅުންތެރިން މި ތިބީ. ތިރީސް ކުޅުންތެރިން ތިބޭއިރު ކޮޅަކަށް އެގާރަ ކުޅުންތެރިން ހަަމަކޮށްލައިގެން ޕްރެކްޓިހެއް ނުކުރެވޭ މިއީ ކަންނޭނގެ އެންމެ ބޮޑު މައްސަލަ އަކީ ހަގީގަތުގައި. ކޮޅަކަށް އެގާރަ ކުޅުންތެރިން ނެތީމަ އޮފިޝަލުން ލައިގެން މި ހަމަ ކޮށްލަނީ. މި ހާލަތުގައި ހަގީގަތުގައި އަޅުގަނޑު ބޭނުންވާ ޓީމެއް ނުނެގޭ. ބޭނުންވާ އެއްޗެއް ވެސް ނުޖެއްސޭ،" ނާސިރު ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗުން މާޅޮސް ކުރީގައި އޮއްވާ މިލަންދޫ އިން ވަނީ މެޗުގެ ފަހު ވަގުތު 2-2 އިން އެއްވަރުކޮށްފަ އެވެ. މާޅޮހުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ އެއްވެސް ޓީމަކީ ދަށް ޓީމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"އެއްވެސް ޓީމަކީ ދަށް ޓީމެއް ކަމަށް އަޅުގަނޑުމެން ނުދެކެން. ޗެލެންޖަކީ ގްރީން ސްޓްރީޓްްސްއާ ދެކޮޅަށް ކުޅުނު ކުޅުން އަނެއްކާ ވެސް ތަކުރާރު ކުރަން. އެ ގޮތަށް އަޅުގަނޑު މެން ވެސް މަސައްކަތް ކުރަނީ،" އޭނާ ބުންޏެވެ.

ލީގުގައި މިލަންދޫއާ ދެކޮޅަށް ކުރިން ކުޅުނު މެޗުގައި ހެދުނު ގޯސްތައް މި ފަހަރު ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރާނެ ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

"އެ ދުވަހު އަޅުގަނޑުމެންގެ ކުޅުންތެރިންނަށް މިލަންދޫ އަކީ ދަށް ޓީމެއްގެ ގޮތުގައި ދެކެވުނީ. އެހެންވީމަ އެ އަކަށް އިރާދަކުރެއްވިއްޔާ މި ފަހަރު ފުރުސަތެއް ނުދޭނަން. މިލަންދޫ އަކީ އެއްފަހަރު އަޅުގަނޑުމެންނަށް ލަނޑު ދީފައި އޮތް ޓީމެއް. އެކަމަށް ވެސް ފުރުސަތު ނުދޭނަން،" އޭނާ ބުންޏެވެ.

ލީގުގެ ގަދަ ހަތަރަކަށް ވަންނަން ކުރާ މަސައްކަތުގައި މާ ދުރަށް ވިސްނައިގެން ކުރިއަށްދާން ބޭނުންނުވާ ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

"މެޗަކަށް ފަހު މެޗެއް ނަގާނީ. މި ހަފްތާގައި އަޅުގަނޑުމެން މިލަންދޫއާ ޖެހުނަަސް ދެން އިނީ ނިއު ރޭޑިއަންޓް މެޗު. އެއަށްފަހު މާޒިޔާ މެޗު. އެހެންވީމަ މެޗަކަށް ފަހު މެޗަކަށް ވިސްނުން އޮތީ،" އޭނާ ބުންޏެވެ.

ގައުމީ ޓީމު އޮމާނާ ދެކޮޅަށް ކުޅެން ލީގު މެދުކަނޑާލުމުން ލިބުނު ބްރޭކުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފުނު ކަމަށް ނިސްތާރު ބުންޏެވެ. އެހެން ނަމަވެސް އެންމެ ފަހުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރިކަވާވާން ބޭނުންވާ ވަރަށް ދުވަސް ނުލިބި އާ މެޗަކަށް ނުކުންނަން ޖެހުމުން ވަރުބަލިވުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ދިމާވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިލަންދޫ އާއި މާޅޮސް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Fantasy League

20 October 2017

ލީގު ފުރަތަމަބުރުގަ މިލަންދޫ އަތުން ކުޑަތަފާތަކުން ނިއު މޮޅުވީމަ ވަޖިދުވެގެން ހިޔަންޏަށް މުޑިނެގި މިލަންދޫ ސަޕޯޓަރުން މިހާރު ކޮބާ؟ 7ލަނޑުން ބަލިކުރީމަ ހޮރުހޮރަށް ވަދެ ފިލީތަ؟

The name is already taken The name is available. Register?

ސެކުލޮސްކީ

20 October 2017

މާޅޮސް ވަރަށް ގަދަ.. މިލަންދުވަށް ކާމިޔާބީއަށް އެދެން

The name is already taken The name is available. Register?

މިލަންދޫ

20 October 2017

ސައްޓު މިއަދު 3 ގޯލް ވަރު ޖަހަން ވާނެ. ތިއައީ މޮޅު ކުޅުންތެރިއެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454