ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ނިއު "ރަސްކަން" ދަމަހައްޓަން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް

ގްރީން ސްޓްރީޓްސްގެ އިފާޒު ކައިރިން ނިއުގެ ދަގަނޑޭ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ހުރިހާ ސުވާލަކަށް ޖަވާބެއްގެ ގޮތުގައި ނިއުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ދިން ހަމައެކަނި ޖަވާބަކީ އެޓީމަކީ ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު ކަމަށާއި މި މެޗުގައި ވެސް ބޭނުންވަނީ އެކަން ދަމަހައްޓަން ކަަމަށެވެ.

"ތި ހުރިހާ ބޭފުޅުންނަށް ވެސް އެގިލައްވާނެ ފަދައިން ނިއު ރޭޑިއަންޓަކީ ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު. އެ ރަސްކަން ދެމެހެއްޓުމަށްޓަކައި ﷲގެ ހެޔޮ ރަހުމަތާ އެކު ނިއު ރޭޑިއަންޓް އޮތީ ފުރިހަމަ އަށް ތައްޔާރަށް. ދެޓްސް އިޓް،" މެޗާ ގުޅޭގޮތުން ކުރި ފުރަތަމަ ސުވާލަށް ސަމްޕަތު ބުންޏެވެ.

ދެން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ސަމްޕަތު ބުނީ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

"ދެންމެ އަޅުގަނޑު މި ބުނި އެތީގެ އިތުރަށް ބުނާނެ އިތުރު އެއްޗެއް ނެތް. ނިއު ރޭޑިއަންޓް އޮތީ ރަސްކަން ދެމެހެއްޓުމަށް ޓަކައި ތައްޔާރަށް. އިތުރު ވާހަކައެއް ނެތް އަޅުގަނޑު ދައްކާކަށް،" ސަމްޕަތު ބުންޏެވެ.

ލީގުގެ އެއް ވަނައިގައި ނިއު އޮތީ އަށް މެޗުން 21 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް ހަތަރު ވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓާ އެކު އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ގްރީން ސްޓްރީޓްސް ބަލިވުމުން އެ ޓީމަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ މާޅޮސް މެޗުން ގެއްލުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށާއި މިއީ އޭނާ އާއި އެ ޓީމުގެ ކުޅުންތެރިންނަށް ހަޖަމްކޮށްލަން އުނދަގޫ ނަތީޖާއެއް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސަމްޕަތު ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ވަރަށް ލަދުގަންނަ ނަތީޖާއެއް. ހަގީގަތަށްވާނަމަ ނިމިގެންދިޔަ ވާހަކަ ދެއްކޭކަށެއް ނެތް. ކޮންމެ ގޮތެއް ވިޔަސް އަމިއްލަ ބާރު އެބައޮތް އަދިވެސް. މި ބުރުގައި އެންމެ މެޗެއް މި ކުޅުނީ. ދެން ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން މިއީ ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ ވަގުތެއް. ވަރަށް އުނދަގުލުން ނޫނީ ޕޮއިންޓެއް ނުހޯދޭނެ. ގަދަ ހަތަރެއްގެ ވާހަކަ ދައްކަން ވަރަށް އަވަސް. މި ވަގުތު ޓާގެޓަކީ ނިއުއާ ދެކޮޅަށް ކުރިއަށް އޮތް 90 މިނިޓް،" ސޮބާ ބުންޏެވެ.

މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ގްރީން ސްޓްރީޓްސް އިން ވަނީ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. ގްރީން ސްޓްރީޓްސް ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި މާލޭ ލީގުގައި ދެއްކި ކުޅުމާ އެއްވަރުގެ ކުޅުމެއް އަދި ނުދެއްކެ އެވެ.

"އަބަދުވެސް ބުނަމުން މި އަންނަނީ ގްރީން ސްޓްރީޓްސްގައި ނެތޭ ގައުމީ ޓީމުގެ އެންމެ ޓޮޕް ކުޅުންތެރިންނެއް. ދެތިން ހަތަރު ކުޅުންތެރިން މި ތިބީ ދެން ފަހުން ޝާފީ (ޝާފިއު) މިއައީ. ދެން މުބާރާތެއްގައި ކިތަންމެ ބޮޑު ޓީމެއް ވެސް އެކަހަލަ ހާލަތަކަށް ހިނގައިދާނެ. އަޅުގަނޑުމެން ނުބުނަން ގްރީން ސްޓްރީޓްސް އަކީ މާޒިޔާ ކަހަލަ ނޫނީ ނިއު ކަހަލަ ވަރުގަދަ ޓީމެކޭ. ސީޒަނުގެ ކުރީކޮޅުގައި ރަނގަޅު ކަންތައްތަކެއް ކުރެވިފައި ހުރީމަ ގިނަ ބަޔަކު އުއްމީދުކުރޭ ގްރީން ސްޓްރީޓްސް އެ އަށް ވުރެ ރަނގަޅު ނަތީޖާ ނެރޭނެ ކަމަށް. ޓޮޕް ލެވެލްގެ ކުޅުންތެރިން މަދުވީމަ އެއް ފެންވަރެއްގައި ހިފަހައްޓަން އުނދަގޫވެގެން މި އުޅެނީ،" ސޮބާ ބުންޏެވެ.

ނިއުގެ ފޯވާޑް ލައިނުގައި ތިބީ މި ވަގުތަށް ބަލާއިރު އެންމެ ލަނޑުގެ ރެކޯޑް ރަނގަޅު ފޯވާޑުންނެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުގައި އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ ވަނީ ލަނޑު ޖަހައިފަ އެވެ. މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ސޮބާ ވެސް ވަނީ މި ކުޅުންތެރިންގެ ކުޅުން ފާހަގަ ކޮށްފަ އެވެ.

"ހުރިހާ ގޮތަކުން ބެލިޔަސް ނިއު ރޭޑިއަންޓްގެ ސްޓްރައިކް ލައިން ދަގަނޑޭ، ސެންޓޭ، ގަލާޑޯ ދެން އޭގެ އިތުރުން މެދުތެރޭގައި އެ ކުޅޭ ކަންޑޭލާ އެ ކުޅުންތެރިންނަކީ މި ވަގުތު ތިބި އެންމެ ފެންވަރުގައި ކުޅޭ ރަނގަޅު ކުޅުންތެރިން. ދެން ޓެކްޓިކަލީ ވަރަށް ޑިސިޕްލިން ހިފަހައްޓައިގެން ކުޅެން ޖެހޭ މެޗެއް މިއީ. އެ ހިފަހައްޓައިގެން ކުޅެފިއްޔާ އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާއެއް ނެރެވޭނެ،" ސޮބާ ބުންޏެވެ.

ނިއު އަށް ފުރިހަމަ އަށް އިހުތިރާމްކުރާކަމަށާއި ފުޓްބޯޅައިގައި އަދިވެސް ނިއު އަކީ އެންމެ ބޮޑު ކްލަބްގެ ގޮތުގައި ސޮބާ ސިފަކުރެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސޮބާ ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ވެސް ވަރަށް ގިނަ ކާމިޔާބު ހޯދާފައި އޮތް ކްލަބެއް ނިއު އަކީ. ދެން އަޅުގަނޑު ވަރަށް ލޯބިވާ، މި ވަގުތަށް ވެސް އަޅުގަނޑު މި ފަހަރު ލީގު ހޯދާނެ ކަމަށް ވެސް ބުނާ އެއް ޓީމު. އެކަމަކު އަޅުގަނޑު އިދިކޮޅަށް ކުޅޭއިރު ވިސްނާނެ އެ ޓީމު ބަލިކުރެވޭނެ ހުރިހާ ގޮތަކަށް. މި ތިބީ އެއްކޮށް ކުޅުނު ކުޅުންތެރިން،" ސޮބާ ބުންޏެވެ.

ނިއު އިން މި މެޗަށް ނުކުންނައިރު ރަސްގެފާނުގެ ގޮތުގައި މަގާމު ދަމަހައްޓަން ނުކުންނަ ކަމަށް ބުނެފައިވާތީ އެކަމާ ގުޅޭގޮތުން ސޮބާ ބުނީ އެކަން ކަނޑައަޅާނީ ސީޒަން ނިމުމުން ކަމަށެވެ.

"ބޯޅައިގައި ކުރީގައި ހޯދާފައިވާ ކާމިޔާބީތަކުގެ ވާހަކަ ދައްކާ ކަމަށްވާނަމަ ތިބޭނީ ހުސް ކިންގުން (ރަސްގެފާނުން). އަޅުގަނޑަށް ހީވަނީ ދެން އަހަރު ނިމޭއިރު ކަންނޭނގެ ހޯދާފައިވާ ކާމިޔާބުތަކަށް ބަލާފައި ދެން ނިންމާނީ ކޮންބައެއްތޯ ރަސްގެފާނަކީ ނުވަތަ ކުއީން އަކީ،" ސޮބާ ބުންޏެވެ.

އަނިޔާގެ ސަބަބުން ގްރީން ސްޓްރީޓްސްގެ އެއް ވަނަ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އަށް މި ސީޒަނުގެ ބާކީބައިގައި ނުކުޅެވުމުގެ ބިރުހީވެފައިވާއިރު، ވަޒީފާގެ ކަންތައްތައް ހުރި ގޮތުން އެ ޓީމުގެ މިޑްފީލްޑަރު އަލީ އިފާޒު ވެސް ޓީމުގެ ޕްރެކްޓިހުގައި ބައިވެރިނުވެ އެވެ.

ގްރީން ސްޓްރީޓްސް އާއި ނިއު މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ނިއު މޮޅުވީ 2-1 އިންނެވެ. ދެ ވަނަ މެޗުން ގްރީން ސްޓްރީޓްސް ވަނީ 3-0 އިން ނިއު ބަލިކޮށްފަ އެވެ. މި ދެ މެޗު ނިއު ކުޅުނީ ޕޯޗުގަލްގެ ކޯޗު ބެނާޑޯ ޓަވަރޭޒްގެ އިރުޝާދުގެ ދަށުންނެވެ. ނިއުގެ މިހާރުގެ ކޯޗު ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ހަވާލުވި ފަހުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ޕްރިމިއާ ލީގުގައި ކުޅުނު މެޗުން ނިއު މޮޅުވީ 1-0 އިންނެވެ.

ނިއު އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

5 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޯހެއްނޫންދޯ!

22 October 2017

786 - (ދެން ގިނަ ސަޕޯޓަރުން ބުނާހެން މިރޭ ގްރީން އާކުޅުނުއިރު ނުކެރުނު ނިލަންދޫ ، މާޅޮސް އަދި ތިނަދޫ ޓިމް ކުޅުންތެރިން ކާރިކުޅުނުހެން ގްރީން ޓީމް ކުޅުންތެރިން ކާރިކުޅޭކައް ނުކެރުނު އެބުނާ މޮޅެއްނުދެއްކުނު އެބުނާ ފިޒިކަލީ ފިޓް ކަމެއްވެސް ނުދެއްކުނު ދެން ބުނާނީ ކިޔާނީ އޭނަ ފިޓެއް ނޫނޭ އިންޖަރީއޭ ދަގޭ ކިތަންމެ ފިޓައްސް ފިޒިކަލީ ރަންގަޅަސް ދަގޭ ކުލޭހެން ބޯޅަޔާ ނުކުޅެ ފުރަތަމަ ކުޅުންތެރިޔާއާ ކުޅެންޔާ ދަގޭ އަްވެސް ނުކުޅެވޭކަން މިރޭފެންނާނެ އެއީ އަކީ މޮޅުކުޅުމެއް ނޫން ،) މީ ކޮންމެ މީހަކު ބުނިކަމުގަ ވިޔަސް ހަޖަމް ކުރެވޭ ކުރަން އިގޭ މީހަކު ވިއްޔާ ކޮމެވެސްވަރަކައް ބަލާގަނެވޭނެ މިހެން މިބުނީ 2012 އޮތް ނެހެރޫ ކަޕްގަ ވީގޮތް ބަލާފަ India vs Maldives Goals Nehru Cup 2012- Nehru Cup Cameroon 3-1 Maldives | Nehru Cup 2012 -މިދެމެޗުން ގަދަގޭ އަކައް ނުދެއްކުނު އެބުނާ ކުޅުމެއް އެއީ އަދި މިއައްވުރެ ޅައިރު މަވެސް ކިތަންމެ ޔޫރަޕް ކުޅުން ކުޅުންތެރިން ކައިރި އެހީމަ ބުނަނީ ދަގޭ ފިޒިކަލީ ފިޓޭ އެހާ މޮޅުކޭ ނުބުނޭ !

The name is already taken The name is available. Register?

އަޑު!

21 October 2017

السلام عليكم ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ކޮބާ ކހިނެއްވީ ؟ އަޅުގަނޑު ކުރިންވެސްބުނިން ބައެއް ސަޕޯޓަރުން ކިޔާ ބުނެ އުޅޭހެން މިހާރު ދަގޭ މޮޅޭ ބުނިކަމުގަ ވިޔަސް އެއީ މޮޅުކުޅުންތެރިއެއް ނަމަ ކުޅޭގޮތެއްނޫން އެކަންއިގޭނެ މިދިވެހިރާއްޖެގެ އިންސާނަކު 2008 ގަ އިންޑިއާގަ ކުޅުނު ސާކް ޗެންޕިއަން މެޗް ބެލިފަހުރިއްޔާ އޭރު އެމެޗްގަ އަލީ އަޝްފާގް(ދަގޭ) ގާގަ އިންޑިއާ ކުޅުންތެރިން ވަރައް ތަޅާ އަނިޔާ ކުރި އެކަމަކު ދަގޭ ރުޅިއައިސް ގެން ތަޅާފޮޅަކައް ނޫޅޭ އަދި އެއިރު ދަގޭ އެމެޗްގަ ކާރީގަ ހުންނަ ކުޅުންތެރިއަކާ ނޫނޭ ކުޅެނީ ބޯޅައާއޭ އޭރުމޮޅު ރަންގަޅު ކުޅޭގޮތް އެކަމަކު މިހާރު އެހެނެއްނޫން ، ކޮންމެ ކަމެއްގަވެސް ދެކޮޅު ވާނެ އޮންނާނެ މިބުނީ މިހާރު އެހެން ވާންޖެހޭ ވާ ކަމެއް ސަބަބެއްވެސް ވާނެ އެކަމަކު އެވަރު އޭނަ އައް އަދި ގިނަ ސަޕޯޓަރުންނައް ހަޖަމު ކުރަން ނުވޭ ނޭގޭ ، ދަގޭ މޮޅު މިރާއްޖޭގަ އެބަތިބި އެވަރު މޮޅކުޅުންތެރިން އެކަމަކު އެކަމައް އެވަރައް ނޫލެނީ އުޅެވެން ނެތީ ،inshaa Allah,2morow never comes !،

The name is already taken The name is available. Register?

އަބުދުﷲ7

22 October 2017

‎ކަލޭ ދެތަލިން ކުޅުހިކޭވަރަށް ނިއުރޭޑިއަންޓާ، އަސްފާގާ ޖައްސާލާފަ ހުއްޓަކަސް 2013 ނިއުރޭޑިއަންޓް ހޯދިވަރުގެ ކާމިޔާބީއެއް ހޯދުނު ބަޔަކު އަދި ނެތް. ރާއްޖޭގެ މުބާރާތް ތަކުގަ ބަލި ނުވެ އެއްވަރު ނުވެ ކުޅުނު ހުރިހާ މެޗަކުން ހަމަ އެކަނި މޮޅުވުމުގެ ފަހުރުވެރި ރެކޯޑް އޮތީ ކަލޭތިޔަ ހަސަދަވެރިވާ ނިއު އަތުގަ...އޭރުވެސް ކަލޭ ކުރީ ބަދުދުޢާ.....ހަމަ އަސަރެއް ކުރާނީ ކަލެއަށް...

The name is already taken The name is available. Register?

ހާސިލް!،.

21 October 2017

السلام عليكم ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ﷲއިރާދަފުޅުކުރެއްވިއްޔާ ދުވަހަކުވެސް ދެރަ ގޮތެއްވުމަކައް އެއްވެސް ބަޔަކައް ނުވަތަ އެއްވެސް އިންސާނަކައްވެސް ނޭދެން ( ނިއު "ރަސްކަން" ދަމަހައްޓަން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ) ދަމަހެއްޓުމާ (ރސްކަން) ބާއްވާ ފައިނަލައް ދާނެކަމައް ލަފާކުރެވެނީ މާޒިޔާ - ޓީސީ ﷲއިރާދަފުޅުކުރެއްވިއްޔާ މީހަމަ ހުރުފަބުނާބަހެއްނޫން ސަބަބެއް ސަބަުތަކެއްވޭ ވިސްނާލީމަ އިގޭނެކަމައް އިތުރު ތަފުސީލަކައް ދާކައް ނެތިން ، ދެން ގިނަ ސަޕޯޓަރުން ގިނަ އިންސާނުން ބުނެއުޅޭހެން علي اشفاق (ދަގޭ) ކުޅެނީ ބޯޅާއަކާ ނޫން ކަން މިފޮޓޯއިންވެސް ފެންނާނެ އެކަމަކު މިގޮތައް ހެދިއަސް ދަގޭ ކުށެއްކުރާކަމަކައް ނުވޭ ފައުލަކައް ބަލާގެން ނުވޭ އެކަމަކު ދަގޭ ޖެހިގަންންހެން އެހެންކުޅުން ތެރިއަކު ޖެހިލިޔަސް ކުށަކައް ބަލަނީ ، އިގިދާނެތާ ﷲއިރާދަފުޅުކުރެއްވިއްޔާ ގްރީން ތޯ ނިއުތޯ ކާމިޔާބާ ހަމައައް ފޯރަނީ ، ނިއު އައް ލިބުން ވަރަށް ނާދިރު ނިއު އިން ކަންކުރާގޮތުން ، إن شاء الله ، أمين ،،،،!.

The name is already taken The name is available. Register?

ރޭޑިއަންޓްފާނު

20 October 2017

ސަންޕަތު ބުނާނެ އިތުރު ވާހަކައެއް ނޭގޭތީތަ ރަސްގެފާނޭ ކިޔަނީ. ނޫނީ ތިވެސް ޓެކްޓިކްސްގެ ބައެއްތަ! މިރޭ ރަގަޅަށްވިއްޔާ ލަނޑެއްކަންނޭގޭ ލިބޭނީ .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454