ގްރީންސްޓްރީޓްސްގެ ކެޕްޓަން ސައްޕޭ (ވ) ރެފްރީގެ ފަހަތުން ދަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
25 އޮކްޓޯބަރ 2017 - 23:47
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ މަހު ކުރިއަށް ނުގެންދެވިގެން ހުއްޓާލި މާޒިޔާ އާއި ގްރީންސްޓްރީޓްސްގެ މެޗުގެ ރެފްރީ މުހައްމަދު ނިއުޝާދަށް ދީފައިވާ ވަގުތީ ސަސްޕެންޝަން އެފްއޭއެމުން މިއަދު އުވާލައިފި އެވެ.
އެ މެޗު ހުއްޓާލަން ޖެހުނީ، ގްރީންސްޓްރީޓްސްގެ ސޮބުލް އިލިއާ އަށް ރެފްރީ ނިއުޝާދު ދެއްކި ކާޑަކާ ގުޅިގެން އެ ޓީމުގެ ބައެއް ކުޅުންތެރިން ރެފްރީ އަށް ހުރަސް އަޅައި އަދި މެޗު ކުރިއަށްގެންދަން ދެކޮޅު ހެދުމުންނެވެ. ގްރީންސްޓްރީޓްސް އިން ވަނީ ނިއުޝާދުގެ ޝަކުވާ މީގެ ކުރިން ވެސް އެފްއޭއެމުގައި ކޮށްފަ އެވެ.
އެފްއޭއެމުން އޭރު ބުނީ ލީގުގެ ގިނަ ކްލަބްތަކަކުން ތަކުރާރުކޮށް ނިއުޝާދުގެ މައްސަލަތަކެއް އެ އެސޯސިއޭޝަނަށް ހުށައަޅާފައިވާތީވެ، އެ މައްސަލަތައް އެ އެސޯސިއޭޝަނުގެ ރެފްރީސް ކޮމިޓީން ބެލުމަށް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ ފަހަރު ވަނީ ރެފްރީޒް ޑިޕާޓްމަންޓުގެ އިސްވެރިއާ އަދި ރެފްރީ އަހުމަދު އަމީޒް މަގާމުން ވަކިކޮށްފަ އެވެ.
އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ނިއުޝާދުގެ ސަސްޕެންޝަން އުވާލުމަށް ރެފްރީޒް ކޮމިޓީން ނިންމާފައިވާ ކަމަަށެވެ.
ކްލަބްތަކުން ކުރާ ރެފްރީންގެ ޝަކުވާ ގިނަވެ އެފްއޭއެމުން ވަނީ އިންޑިއާގެ ރެފްރީންތަކެއް ގެނެސްފަ އެވެ. ގިނަ މެޗުތަކުގައި އިންޑިއާ ރެފްރީން އިންސާފުކުރަމުން އަންނައިރު މަދުމަދުން ދިވެހި ރެފްރީން ވެސް އަންނަނީ މެޗުތަކުން ފެންނަމުންނެވެ.
ލީގުގައި ވާދަކުރާ ބައެއް ޓީމުތަކުގެ ކޯޗުން އަންނަނީ އެފްއޭއެމުން ގެނެސްފައިވާ އިންޑިއާ ރެފްރީންގެ ފެންވަރާ މެދު ސުވާލު އުފައްދައިފަ އެވެ. އަދި އެއް ރެފްރީންތަކެއް ގާތްގާތުގައި ގިނަ މެޗުތަކެއްގައި އިންސާފުކުރާތީ އޭގެ ގޯސް އަސަރު މެޗުތަކުން ފެންނަ ކަމަށް ބުނެ މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ އާއި ދ. ކުޑަހުވަދޫ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމޫ
26 October 2017
ނިއުސާދަށް ހީވަނީ އަމީޒުކައިޜީ ދެބޯގެރި ދުއްވައިގެން ރެފްރީކަން ކުރެވޭނެހެން ފާސްވި އަހަރެއްހަދާނެއްނެތް މީނަ ކަމަކީ ރެފްރީންތެރޭ އެކެއް އަނެކެއްޖެއްސުން
ސިމް
26 October 2017
އެފް.އޭ އެމް އިން ކަންތައް ތިކުރާގޮތް ވަރަށް ސާފު މިހާރު... ރެފްރީ ސަސްޕެންޝަން އުވާތިލީ ތި ގްރީންގް ކޯޗު (ސޮބާ) ސްޕޭންއަށް ވޯކް ޝޮޕަށް ދާން ކޯހުގެ ފައިސާ ދެއްކުމަށް ފަހު މީގައި ކަމެއް އުޅޭހެން ހިވާތީދޯ... ކުދި ކުދި ވޯކްޝޮޕް ތަކަށް މީހުން ފޮނުވާ އިރު އެންމެނަށް އެ ފުރުސަތު ހުޅުވާލެވެންވާނެ...ހަމަ ހަމަ ކަންނެތީ ކީއްވެތޯ. ތި ސޮބާ ކްލަބް އަތުންވެސް ލާތިނެގި ކުރީ ފަހަރު ކޯހުގެ ފީ އަށޯ އޭނާ ކޯހަށް މިހަފަރު އެފް،އޭ.އެމް އަދި އެހެން ފަރާތަކުންވެސް ލާރިދިން... އެހެންވީމާ އެފް.އޭ.އެމްގެ ކޮމެޓީ ނިންމާފަ ކޯހުގެ ފީ އޭ ކިޔާ ތިދިނީ ކޮންފައިސާ އެއްތޯ؟
މާނު
26 October 2017
ނިއުސާދަށް ދުއްވައިނުގަނެވޭ ފާހެއްނުވޭ ދެން ކޮން ރެފްރީކަމެއްކުރެވޭނީ