ވެލާނާ ބީޗަށް ލިބުނު ދެ އެވޯޑާއެކު އެ ހޮޓަލުގެ އިސްވެރިން ރޭ ފޮޓޯއަކަށް ހުއްޓިވަޑައިގެން.
31 އޮކްޓޯބަރ 2017 - 11:43
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބޭއްވި ގެސްޓްހައުސް އެވޯޑުގެ މުހިންމު ދެ އެވޯޑެއް މާފުށީގައި ހިންގާ ވެލާނާ ބީޗަށް ރޭ ލިބިއްޖެ އެވެ.
މާޓާޓޯ އިން ބާއްވާ މި އަހަރުގެ ޓްރެވަލް އެވޯޑުގައި ހިމެނޭ ގެސްޓް ހައުސް އެވޯޑުގައި ވެލާނާ ބީޗަށް ލިބުނީ ލީޑިން ފުޑް އެންޑް ބެވަރޭޖް ގެސްޓް ހައުސް އެވޯޑާއި މޯސްޓް އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓް އެވޯޑެވެ.
ގެސްޓް ހައުސް އެވޯޑުގައި މުހިންމު ދެ އެވޯޑެއް ލިބުނު ވެލާނާ ބީޗް ގެސްޓްހައުސް.
ޑިސެމްބަރު 2015 ގައި ހުޅުވި ދިހަ ކޮޓަރީގެ ވެލާނާ ބީޗަކީ ވެލާނާ ހޮޓެލްސް އިން ހިންގާ ތަނެކެވެ. އެ ކުންފުނިން މިހާރު އަންނަނީ ވެލާނާ ބްލޫގެ ނަމުގައި 18 ކޮޓަރީގެ އިތުރު ހޮޓަލެއް، ވެލާނާ ބީޗާ ޖެހިގެން ކަހަލަ ގޮތަކަށް، ހުޅުވަން ތައްޔާރުވަމުންނެވެ.
ގެސްޓްހައުސް އެވޯޑްގެ 15 ކެޓަގަރީއަށް 96 ނޮމިނޭޝަން ލިބުނު ކަމަށް މަޓާޓޯ އިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙާޖީ
31 October 2017
ޢެވޯޑު ލިބުނީމާއަދި ނިމުނީކީއެއްނޫން ، ތިކުންފުނިން މުދާ ގަނެފަ ދައްކަންޖެހޭ ފައިސާ އެކުންފުނިތަކައް ދައްކާނަމަ ތިއެވޯޑު ވަކިން ފުރިހަމަވީސް
ވިސްނާލީމާ
31 October 2017
މަރްހަބާ! ވެލާނާ ބީޗް އެވޯޑް ލިބުމަކީ ސައެއްދޭވަރުގެ ކަމެއް! އަސްލު ވަރަށް ރަނގަޅު ކަމެއް ތިޔަވަރުގެ ބޮޑު ކާމިޔާބީއެއް ލިބުނީމާ މަމެންނަށް ސައެއްދޭން! ހިތްވަރާ ޖޯޝާ ކެރުމާއެކު މަސައްކަތް ކުރެވެންޏާ، އަދިވެސް ބައިވަރު އެވޯޑް ލިބޭނެ! ސާފުތާހިރު ކަމަކީ ހާސް ނިއުމަތް! -އިބްރާހީމް-
އަސްލުވެސް
31 October 2017
ވެލާނާ އެއާޕޯޓް އެއީ މިމީހުންގެ ތަނެއްދޯ!