04 ނޮވެމްބަރ 2017 - 12:43
ލަންޑަން (ނޮވެމްބަރު 4) - ޗެލްސީގެ ކޯޗުކަމުގައި ދެމިހުންނަން ބޭނުންނަމަ މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާ ނެރެން އެންޓޯނިއޯ ކޮންޓޭ އަށް ޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލީގުގެ 10 މެޗު ނިމުނުއިރު ޗެލްސީ އޮތީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެން ނުވަ ޕޮއިންޓް ފަހަތުގަ އެވެ. ޔުނައިޓެޑް އަތުން ޗެލްސީ ބަލިވެ، ސިޓީ ކުޅޭ މެޗުން އެ ޓީމު އާސެނަލް އަތުން މޮޅުވެއްޖެނަމަ އެއް ވަަނައިގައި އޮތް ސިޓީއާ ޗެލްސީއާ ދެމެދު 12 ޕޮއިންޓަށް ފަރަގު ބޮޑުވާނެ އެވެ.
މިދިޔަ ސީޒަނުގައި ޗެލްސީ އަށް ޕްރިމިއާ ލީގު ހޯދައިދިން ކޮންޓޭ އެންމެ ފަހުން އެ ޓީމު ގޮވައިގެން ޗެމްޕިއަންސް ލީގުގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 3-0 އިން ބަލިވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ މެޗަށް ފަހު ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗާއި ކޮންޓޭއާ ވަނީ ބައްދަލުކޮށްފަ އެވެ. އަދި މަގާމުގައި ދެމިހުންނަށް ބޭނުންނަމަ ނަތީޖާ ނެރެންޖެހޭކަން ކޮންޓޭ އަށް ވަނީ އަންގައިފަ އެވެ.
ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޗެލްސީގައި އޭނާ އަށް އެއްވެސް ޕްރެޝަރެއް އެބައޮތްތޯ ސުވާލުކުރުމުން އޭނާ ބުނީ ފުޓްބޯޅައިގައި ކޮންމެ ޓީމަކަށް އަދި ކޮންމެ މީހަކަށް ވެސް ޕްރެޝަރު އޮންނާނެ ކަމަށެވެ.
ކޮންޓޭ ބުނީ ލީގަށް ވާދަކުރާ ޓީމުތަކަށް މި ވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ ސިޓީ ކަމަށެވެ.
"ލީގަށް ވާދަކުރާ ހުރިހާ ޓީމަކަށް މި ވަގުތު ވަރަށް ބޮޑު ހުރަހެއް އެބައޮތް. އެއީ މެންޗެސްޓާ ސިޓީ. އެ ޓީމު މިހާރު އެ ކުރިޔަށްދާ ގޮތަށް ކުރިއަށް ގޮސްފިނަމަ އެ ޓީމު (ސިޓީ) ހުއްޓުވަން ވަރަށް އުނދަގޫވާނެ،" ކޮންޓޭ ބުންޏެވެ.
ފާއިތުވި ދުވަސްތަކުގައި މޮރީނިއޯ އާއި ކޮންޓޭ ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. ކޮންޓޭ ބުނީ މޮރީނިއޯ އޭނާ އަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަަށެވެ.
"ދެ ކޯޗުންގެ ގުޅުން ބަދަހިވާކަށެއް ނުޖެހޭ. އެކަމަކު އެކެއް އަނެކެއްގެ ވަޒީފާއަށް އިހުތިރާމް ކުރަން ޖެހޭ. ކޮންމެ ބަޔެއް ކަމުގައިވިޔަސް. އެކަމަކު އެ މަންޒަރު ވަކި ހާލަތްތަކުގައެއް ނުފެނޭ،" ކޮންޓޭ ބުންޏެވެ.
ޔުނައިޓެޑާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މާދަމާރޭ 21:30 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
04 November 2017
ޒިންމާ ނަގަންޖެހޭނެ. ސަބަބަކީ ޓީމުގައި ތިބި މޮޅެތިކުޅުންތެރިން ފޮނުވާލުން. ކޮސްޓާ އަދި މަޓިޗް ފޮނުވާލުމަކީ ކޮންޓޭގެ ވެއްޓުން. އޭގެ ބަދަލުގަ ދެންގެނައީ ރުޑީގާ އަދި ބަކަޔޯކޯ. ކޮންޓޭ ގޮނޑު ނުހޮވިނަމަ ތަށްޓަށް މާބޮޑަށްވެސް ވާދަކުރެ ވުނީސް.
ހެންޑެލި
05 November 2017
އެކަމަކު ޗެލްސީ ސަޕޯޓަރުން ބުނީ ބަކަޔޯކޯ އަކީ މަޓިޗަށްވުރެ މާ މޮޅު ކުޅުންތެރިއެކޯ، މަޓިޗަކީ ފިނިޝްޑް ޕްރޮޑަކްޓްއެކޯ، ދެން ކޮސްޓާ އަކީ އިނގެރޭސި ލީގުގެ ވައްޓަފާޅިއަށްފެތޭ މޮޅުކުޅުންތެރިއެއް ނަމަވސް އަހުލާޤުގެ ބަނޑޭރިގަނޑުވެސް ފެނިފަނުވާ ކުޅުންތެރިއެއް. ގަދަނޫކުލައިގެ ސަޕޯޓަރުން ޗެލްސީއިން ގޮނޑުހޮވިކަމަށް ބުނާތީ މިހާރު މަމެންގާތައް އަންނަނީ ހިނި ބަކަޔޯކާ، ރުޑީގާ، މޮރާޓާ އަދި ޒަޕަކޯސްޓާ ޗެލްސީއަށް ސޮއިކުރީމަ ގަދަނޫކުލައިގެ ޕްލާސްޓިކު ފޭނުންތައް ހީވީ ދުނިޔެ ރަންވެގެން އުޅުޅުހެން
ކޮސްޓާ
05 November 2017
ވަރަށް ތާއީދު. ޓީމްގަ ތިބި މޮޅެތި ކުޅުންތެރިންނާ އޮތް ގުޅުން ހީނަރު ވުމަކީ ކޮންޓެ ގެ ވެއްޓުން. މޮރީނޯ ވެސް ވެއްޓުނީ އެހެންވެ. ބަލަމާ ބަހީ މެންޗެސްޓާ މެޗަށް.
ސީ.އެފް.ސީ
05 November 2017
ކޮސްޓާ ފޮނުވާލުން ހައްޤު... އެއީ ޕްރޮފެޝަނަލް ކުޅުންތެރިއަކު ހިފަހައްޓަން ޖެހޭ މިންގަނޑުން ބޭރުވެ ޓީމުގެ ކޮންޓްރެކްޓްގައި ހުރެ ޓީމުގެ ހުއްދަބެތި ވަގަށް ޗައިނާ ކުލަބަކާ ޑީލުހަދާ އެ ކުލަބަށް ނައްޓާލަންވެގެން ބޮޑާހޭކީ މިދިޔަ ސީޒަނުގަ.. ޢައްދާރުވެފަ ހުރި ލޯޔަލިޓީނެތް މީހަކު ޓީމަށް މުހިންމެއް ނޫން. ކޯޗަށް އެނގޭނި އޭނާގެ ޕުލޭނަށް ފިޓުވާ މީބުން ފުޓު ބޯޅަ ނުދަންނަ ހަސަދަވެރި ވާހަކަ ދައްކާ މީހުންނަކަށް ނޫން
ހެންޑެލި
04 November 2017
ހެންޑެލިތޯއްޗެ، މެޗަކުން ބަލިވާއިރަށް ޒިންމާ ނަގަންޖެހެނީ ކޮންޓޭ، އެކަމަކު މިދިޔަ ސީޒަނުގަ ކޮންޓޭ ވަރެއްހަމަ ނެތް
ޫޔުނައިޓެޑް
04 November 2017
ރަނގަޅުވާހަކައެއް ކޮންޓޭބުނީ. މަށަކީ ޔުނައިޓެޑްގެ ފޭން އެއް. ޢިންސާފްވެރިކޮށް އެއްޗެއްބުނާނަމަ ބުނެވޭނީ މޮރީނިއޯއަކީ ވަރަށް ދެއްކުންތެރި އަދި އަމިއްލައަށް މާ މޮޅުކަމަށް އިހްސާސްވާ ކޯޗެއް. މީޑިއާގެ ސަމާލުކަންހޯދަން ވަރަށް އުޅޭނެ. ޔުނައިޓެޑްގަ އޭނައަށް ބޭނުން ގޮތެއް ނެހެދެނީ ޔުނައިޓެޑަކީ އުސޫލްތަށް ބަލައިގަންނަ ވަރުގަދަ ކްލަބެއްވީމަ. ޗެލްސީގަ ހުރި ނަމަ މިހާތަނަށް އަންނައިރު 20 އަށް ސަސްޕެންޝަން އައިސްދާނެ.