ޚަބަރު / ޓީޗަރުން

ޓީޗަރުންގެ ހަތަރު ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް ފަށައިފި

ޓީޗަރުންގެ ބައިނަލްއަގުވާމީ ހަތަރު ވަނަ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީޗަރުންގެ ބައިނަލްއަގްވާމީ ހަތަރު ވަނަ ކޮންފަރެންސް މިއަދު ފަށައިފި އެވެ.

ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، ދިމާވާ މައްސަލަތައް ދެނެގަނެ އެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ބާއްވާ މި ކޮންފަރެންސްގައި 200 އަށް ވުރެ ގިނަ ޓީޗަރުން ބައިވެރިވެ އެވެ.

އެންއައިއީ އިން ބުނީ މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި އިންޑިޔާ އާއި ޕާކިސްތާނާއި މެލޭޝިއާ އަދި އިނގިރޭސި ވިލާތުގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އެއީ ރާއްޖޭގެ ތައުލީމީ ދާއިރާގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ މުހިއްމު މަގެއް ކަމަށެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދަނީ ކެމްބްރިޖް ޔުނިވަސިޓީ ޕްރެސްއާ ގުޅިގެންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ އަށް އެ ޔުނިވަސިޓީން ވަރަށް މުހިއްމު ހިއްސާއެއް އަދާކޮށްފައި ކަމަށެވެ. އެގޮތުން އާ މަންހަޖު ތައްޔާރު ކުރުމުގައި ވެސް ބޮޑު އެހީތެރިކަމެއް ލިބުނުކަން ފާހަގަކުރެއްވި އެވެ.

ޓީޗަރުންގެ ބައިނަލްއަގުވާމީ ހަތަރު ވަނަ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައެއް ޓީޗަރުން ބައިވެރިވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރުު

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ކޮންމެ މީހެއްގެ ވެސް ޒިންމާ އަކީ، ދަރިވަރުންގެ ކިބައިގައި ހުރި ގާބިލްކަމާއި ހުރި ހުނަރު އިތުރަށް ތަރައްގީ ކުރުން ކަމަށާއި މިފަދަ ކޮންފަރެންސްތަކުން، ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން މީހުން އެ ކަންތައްތަކަށް އެހީތެރިވެދެވޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކިޔަވައިދިނުމުގެ އިތުރުން ސްކޫލުތަކުގައި ދަރިވަރުންގެ ސިއްހަތު ބެލުމާއި ހުނަރުތައް ތަރައްގީ ކުރުމުގައި ވެސް ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޓީޗަރުންގެ ބައިނަލްއަގުވާމީ ހަތަރު ވަނަ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރުު

ތައުލީމީ ދާއިރާއަށް އަންނަ ކުރިއެރުންތައް ދައްކުވައިދޭ އެއް ކަމަކީ، 2013 ވަނަ އަހަރު ލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 48 ޕަސެންޓުން 70 ޕަސެންޓަށް އިތުރުވުން ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެމްބްރިޖް ޔުނިވަސިޓީ ޕްރެސްގެ މެނޭޖިން ޑިރެކްޓަރު ރަތްނޭޝް ޖާ ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ އިން ހޯދަމުން އަންނަނީ މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދެމުން އަންނަތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ އެހެން ގައުމުތަކަށް ވެސް މިސާލެއް ކަމަށް ކަން ރަތްނޭޝް ވިދާޅުވި އެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 22%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޮޅި

14 November 2017

ތަޢުލީމީ ދާއިރާއަށް ކުރިއެރުން އައިވާހަކަ ބުނާއިރަށް 2013 ގައި 48 ޕަސެންޓުން 70 ޕަސެންޓުގެ ކުރިއެކުން އައިކަމަށް ބުނާއިރު އެއީ ކަނޑައެޅިގެން ދޮގެއް! މިމީހުން ކަންކުރާގޮތަކީ ގްރޭޑް 10 ނިންމާ 18 ކުދިން ތިބޭ ކުލާހަކުން ޖީސީ އޯލަވެލް އެގްޒާމުގައި ބައިވެރިވުމުގެ ފުރުޞަތު މިދެނީ އެންމެމޮޅު 5 ކުދިން ނުވަތަ... ތިބި އެންމެ މޮޅުކުދިން. ދެން މިގޮތަށް ހެދީމާ އިމްތިހާނު ހަދާ ކުދިންގެ ތެރެއިން ފޭލިވާ ޕަސެންޓް ދައްވެފައި ފާސް ޕަސެންޓް މަތިކޮށް ދައްކާނެ. މީ މިމީހުން ކަންކުރާ ގޮތަކީ! ދެންކޮބާ؟ އަނެއް 13 ކުދިން. އެކުދިންނަށް ހަދާގޮތަކީ ބީޓެކޭ ސީޓެކޭ ކިޔާ ބެލެނިވެރިން ގުނބޯހައްދައިގެން ކުދިންގެކުރިމަގު..... މިގޮތުން ފާސްވާ ޕަސެންޓް މަތިކުރނީ. މީހަގީގަތް ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް! ދެންއަތް ޖަހާ!

The name is already taken The name is available. Register?

މުޞްޠަފާ

12 November 2017

މިއަދު ދިވެހިރާއްޖެ މި ދައްކާދެނީ މުޅިދުނިޔެއަށް މިސާލެއް. ރައީސް ޔާމީންގެ އެއްވެސް ކުއްޖެއް ބާކީ ނުކުރުމުގެ ސިޔާސަތަކީ މިސަރަހައްދަށް ގޮންޖަހާލި ސިޔާސަތެއް. ރައީސް ވިދާޅުވެފައިވާ ގޮތުން މިއަންނަ އަހަރަކީ އަނެއްކާވެސް މުޅި ތަޢުލީމީ ދާއިރާއަށް އާ އިންގިލާބެއް ގެނެސްދޭނެ އަހަރެއް. އަޅުގަނޑުމެން ބޭނުންވަނީ ތިޔަފަދަ ޒަޢީމެއް ތިޔައީ 100 ގެ ރައީސެއް. ގައުމު ކުރިއަރާދާނީ ގައުމުގެ އިންސާނީ ވަޞީލަތް ފުރާފުރިހަމަ ކުރެވިގެން. އައްސަރިބަހާއި ސާބަސް ރައީސް ޔާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454