16 ނޮވެމްބަރ 2017 - 06:46
މިލާން (ނޮވެމްބަރު 16) – ސްވިޑަންގެ ގައުމީ ސަލާމަށް އިޓަލީގެ ސަޕޯޓަރުން އިހުތިރާމްކުޑަކުރި މައްސަލައިގައި މައާފަށް އެދުމަށް، ސްވިޑަން ކުޅުންތެރިން ގާތަށް އިޓަލީގެ މިޑްފީލްޑަރު ޑެނިއަލް ޑި ރޮސީ ޒިޔާރަތްކުރި ކަމަށް އެ ޓީމުގެ ކުޅުންތެރިން ބުނެފި އެވެ.
ހޯމަ ދުވަހުގެރޭ ސްވިޑަންއާ 0-0 އިން އެއްވަރު އަންނަ އަހަރުގެ ވޯލްޑް ކަޕުން އިޓަލީ އަށް ޖާގަ ގެއްލުނު މެޗުގައި ސްވިޑަން ގައުމީ ސަލާމް ޖަހަމުން ދިޔައިރު އިޓަލީގެ ބައެއް ސަޕޯޓަރުން ވަނީ ހަޅޭއްލަވައިފަ އެވެ. އެ ވަގުތު އިޓަލީގެ ކެޕްޓަން ޖިއަންލުއިޖީ ބުފޮން ވަނީ ސަޕޯޓަރުންގެ އަމަލުތައް ހުއްޓުވަން މަސައްކަތްކޮށްފަ އެވެ.
ސްވިޑަންގެ ކުޅުންތެރިއަކު ބުނީ އެރޭގެ މެޗަށް ފަހު ޓީމުން އެނބުރި ދިއުމަށް ބަހަށް އަރައި ތިއްބާ ޑި ރޮސީ އައި ކަމަށެވެ. އަދި ސްޓޮކްހޯމް މެޗުގައި އިޓަލީގެ ބައެއް ކުޅުންތެރިން އަމަލުތައް ބެހެއްޓި ގޮތަށާއި އަދި މިލާނުގައި ކުޅުނު މެޗުގައި ސަޕޯޓަރުން ގައުމީ ސަލާމަށް އިހުތިރާމްކުޑަކުރި މައްސަލައިގައި މައާފަށް އެދުނު ކަމަށެވެ. މީގެ އިތުރުން ސްވިޑަން އިން ވޯލްޑް ކަޕުން ޖާގަ ހޯދުމުން އެކަމަށް ވެސް ޑި ރޮސީ މަރުހަބާކީ ކަމަށް އެ ކުޅުންތެރިއާ ބުންޏެވެ.
އޭނާ ބުނީ އެއީ ގަބޫލުކުރަން ދަތިވި ކަމެއް ކަމަށާޢި ޑި ރޮސީ ދިއުމާ އެކު އެއީ އަސްލަށް ވެސް ހިނގިކަމެއްތޯ ކުޅުންތެރިންގެ ހިތުގައި ސުވާލު އުފެދުނު ކަމަށެވެ. އަދި އެއީ ފަހަކަށް އައިސް އެ ކުޅުންތެރިންނަށް ފެނުނު އެންމެ ހިތްހެޔޮ އަމަލުކަމަށް އޭނާ ބުންޏެވެ.
ސްވިޑަން ކޯޗު ޔޭން އެންޑަސަން ވެސް ވަނީ ޑި ރޮސީ އަށް ތައުރީފްކޮށްފަ އެވެ. އޭނާ ބުނީ ކުޅުންތެރިން ދަނޑުމަތީގައި ކުރަނީ ކުޑަވަރެއްގެ ހަނގުރާމައެއް ކަމަށާއި އެކަމަކު ދަނޑުން ފޭބުމާ އެކު އަތާއަތްގުޅައި ސަލާމްކުރަން ޖެހޭ ކަމަށެވެ.
ދަނޑުމަތީގައި ކަށިން ހިތްވަރު ނެރެގެން ކުޅޭ ޑި ރޮސީ ވަނީ އެ މެޗަށް ފަހު ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. އެ މެޗުގެ ފަހު ހާފުގައި އޭނާ ގާތު ވޯމްއަޕްކުރަން ދާން އެދުމުން އެކަމަށް ފާޑަކަށް ދެކޮޅު ހެދި އެވެ. ޑި ރޮސީ ސުވާލުކުރީ އިޓަލީން ލަނޑެއް ޖަހަން ބޭނުންވެފައި އޮއްވާ އޭނާ އަރުވަނީ ކީއްވެތޯ އެވެ. އަދި ބެންޗުގައި ހުރި ހުނަރުވެރި ފޯވާޑް ލޮރެންޒޯ އިންސީނޭ ނާރުވަނީ ކީއްވެތޯ ވެސް އޭނާ އެހި އެވެ. ޑި ރޮސީގެ އެ އަމަލަށް އެއް ބަޔަކު ތައުރީފްކުރެ އެވެ.
އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް ހިމެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިހޮއްކޮ
16 November 2017
މެސީއާ ރޮނާލްޑޯއަށް ވުރެ ވަކި ކުޑަ ޗެމްޕިއަންއެއް ނޫން ލެލޭ އަކީ. ރޫހު ވަރުގަދަ ޓީމު ވަންތަ ކުޅުންތެރެއެއް ލެލޭ އަކީ. އެތައް ބައިވަރު އޮފާ ތަކެއް ލިބުނީމަވެސް ރޯމާ ދޫނުކޮށްލާ އެހުންނަނީ ވަތަނީ ރޫހުގަ.
ނީނާ
16 November 2017
މި ރާއްޖޭގަ މިއުޅޭ ކޯޗުންނާ ސީނިޔަރ ޕުލެޔަރުން ސަޕީޓަރުން ތަޅާ ފޮޅާ އަވަގުރާނަ ގޮވިޔަސް ކުޑަ މިނުން އެއިންކަމެއް ކުށްވެރިވެސް ނުކޮށްލާނެ.. އިތުރަށް ހިތްވަރުދީ އެކަންޖަން ދިފާޢުކުރެވޭތީ އުޅޭނި މާ މޮޅުކަމަކަށް ހަދައިގެން..
ގުޑްވޯޑް
16 November 2017
ތިޔަ ތިބެނީ އާދައިގެ ކުޅުންތެރިންނެއް ނޫން ފުޓު ބޯޅައިގެ ތާރީޙްދުށް ވަރުގަދަ ލެޖެންޑުން.. ސަޕޯޓަރުން ތެރޭގަ އެކި ފިކުރުގެ އެކި އަހުލާގުގެ ސަޕޯޓަރުން އުޅޭނެ... މިސާލަކަށް ސްވިޑުންގަ ކުޅުނު މެޗުގަ އިޓަލީ ކުޅުންތެރިން ޤައުމީ ސަލާމްކީ ގަޑީގަ ވެސް އެއްބަޔަކު ބޫވ ބޫވ ލެއްވި..
ބުފޮން
16 November 2017
ސަޅި ޑިސިޕްލިން އެއް