އަލޯރާ: ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށް.
16 ނޮވެމްބަރ 2017 - 14:45
ފަރުނީޗަރު ވިޔަފާރީގައި މަޝްހޫރު އަލޯރާ ޕޭން ހޯމް އިން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އަލޯރާ އިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ބެޑިން އެކްސެސަރީޒް އަދި ބެޑިން ޕްރޮޑަކްޓްތަކުން 8-20 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ދޭނެ ކަމަށެވެ. އަދި ކޯމެޓް ބަދިގެ ސެޓްތަކުން 20 ޕަސެންޓްގެ ޑިސްކައުންޓް ދޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
ބަދިގެ ސެޓާ އެކު ސްޓެއިންލެސް ސްޓީލް ސިންކް ވެސް މި ޕްރޮމޯޝަނުގައި ދޭނެ އެވެ. އެތަނުން ބުނީ ބަދިގެ ސެޓްތަކުގެ މަތި ތައްޔާރުކޮށްފައި ހުންނާނީ ސިންތެޓިކް ސްޓޯނުން ކަމަށެވެ.
އަލޯރާ އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ އާ ބާވަތްތަކުގެ ބެޑިން އައިޓަމްތައް ވިއްކާ ފިހާރައެކެވެ. ފެންވަރު ރަނގަޅު ގޮދަޑި އާއި ބާލީސް ފަދަ ސާމާނުން ވެސް ޑިސްކައުޓު ލިބޭނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ.
އަލޯރާއިން ބުނީ މާލޭގައި އެންމެ ގިނަ ވައްތަރުތަކުގެ ބެޑްރޫމް ފަރުނީޗަރު ވިއްކަނީ އެތަނުން ކަމަށެވެ.
އަލޯރާ އިން އެތެރެކުރަނީ އީ-ވަން ސްޓޭންޑާޑް ފަރުނީޗަރެވެ. އެއީ ތިމާވެއްޓާއި ސިއްހަތަށް ގެއްލުން ވުން ކުޑަވާނެ ގޮތަށް އުފައްދާފައި ހުންނަ އެއްޗިއްސެވެ. ފެންވަރު ދަށް ފަރުނީޗަރުގައި ހުންނަ ފޯމަލްޑިހައިޑްގެ ސަބަބުން ސިއްހަތަށް ގެއްލުންވެ އެވެ..
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިސްކައުންޓު
16 November 2017
200% ފައިދާލާފަ 20% ޑިސްކައުންޓު!