ޚަބަރު / ޤުރުއާން

އެންމެ ހަގު ދިވެހި "ހާފިޒަކަށް" ފަސް އަހަރުގެ އޯޓިސްޓިކް ކުއްޖެއް!

ގުރުއާން ކިޔަވާކަށް އޭނާ "އަލިފުބާ"އެއް ދަހެއް ނުކުރެ އެވެ. ޓީވީން ގުރުއާން ކިޔަވާތަން ބަލައިގެން، އެންމެ ފުރަތަމަ އަޑުދަށުން ކިޔަން ދަސްކުރީ އެވެ. އާޔަތްތަކުގެ މާނަ ވެސް ދަސް ކުރަން ފެށީ އެހެންނެވެ. މިހާރު، އުމުރުން ފަސް އަހަރުގެ، މއ. އަރިވަރު މުހައްމަދު އަޝްހަމް އަލީ ގުރުއާން ހިތުދަހެވެ. ގިނަ އާޔަތްތަކުގެ މާނަ ވެސް އޭނާ ދަސްކޮށްފި އެވެ.

މިއީ ރާއްޖޭގައި ހުރި އެންމެ ހަގު "ހާފިޒެ"ވެ. ގުރުއާން ހިތުދަސްކޮށް، ސްކޫލުން އެކަން ފާހަގަ ކޮށްފައިވާއިރު، ރަސްމީކޮށް އޭނާއަށް ހާފިޒުކަން ލިބޭނީ ގުރުއާނާ ބެހޭ މަރުކަޒުން ސަނަދު ދިނުމުންނެވެ.

އަޝްހަމް މިދިޔަ އަންގާރަ ދުވަހު ގޭގައި މަޑުކޮށްލައިގެން: ގުރުއާން ހިތުދަސްކުރަން ފެށީ ފުރަތަމަ އަޑުއަހައިގެން.-- މިހާރު ފޮޓޯ: އަމާނީ އަބްދުﷲ

އަޝްހަމްގެ މަންމަ، ޝިފާނާ ޔޫސުފް މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް ދިން އިންޓަވިއުގައި ބުނިގޮތުގައި އެންމެ ކުޑައިރު ވެސް ބަންގީގެ އަޑަށް އޭނާ ބޮޑު ސަމާލުކަމެއް ދިނެވެ. އަދި ފުރަތަމަ ބަހެއް ކިޔުމުގެ ކުރިން ގުރުއާން ކިޔަވަން ފެށި އެވެ. އަޝްހަމް ބޭނުން ވެގެން، އަބަދުވެސް ގޭތެރޭގައި ގުރުއާން ޖަހާފައި ހުންނައިރު، އޭނާ ވެސް އެއާ އެއްވަރަށް ކިޔަވަމުން ދެ އެވެ.

އޯޓިސްޓިކް ކުއްޖެއް ކަމަށްވާ އަޝްހަމަށް ގުރުއާން ހިތުދަސް ކުރެވިދާނެކަން މައިންބަފައިންނަށް އެނގުނު އިރު، އޭނާ ވަނީ އަމިއްލައަށް ބައެއް ސޫރަތްތައް ހިތުދަސްކޮށްފަ އެވެ.

އަޝްހަމް އޭނާގެ ޓީޗަރު، ނަޒުވާ އާ އެކު ގުރުއާން ކިޔަވަނީ-- މިހާރު ފޮޓޯ: އަމާނީ އަބްދުﷲ

"އަޝްހަމަށް އަދިވެސް ނޭނގޭނެ ރީތިކޮށް ވާހަކަ ދައްކާކަށް. ވަރަށް މަދު ލަފުޒުތަކެއް ކިޔާނީ. އެކަމަކު ގުރުއާނުން ކޮންމެ ތަނެއް ދެއްކިޔަސް ފަސޭހަކަމާ އެކު ކިޔާލާނެ،" ޝިފާނާ ބުންޏެވެ.

ދޮންދޫނި ޕްރީ ސްކޫލަށް އަޝްހަމު ވެއްދުމާ އެކު އެތަނުގެ ޓީޗަރުންނަށް އަޝްހަމްގެ ހުނަރު ފާހަގަކުރެވުނެވެ. ކްލާސް ތެރޭގައި އެހެން އުޅޭއިރު، ނުބަލައި ގިނަ ސޫރަތްތަކެއް ކިޔަވާތީ އެވެ. އެހެންވެ، އޭނާއަށް ގުރުއާން ހިތުދަސްކޮށްދެވިދާނެ ކަމުގެ ޔަގީންކަން ސްކޫލުން އަޝްހަމްގެ ބެލެނިވެރިންނަށް ދިނެވެ.

ހުރިހާ ވަގުތެއް ހުސްކޮށްގެން، އަޝްހަމަށް ގުރުއާން ދަސްކޮށްދޭން ޝިފާނާ ފެށީ ވަރަށް ފަހުންނެވެ. އެކަމަކު އޭނާއަކީ އޯޓިޒަމްގެ ވައްތަރެއް ކަމަށްވާ، އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްއޭޑީ) ނުވަތަ ވަރަށް ހަލަނި ކުއްޖަކަށް ވުމުން އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ގޮނޑިއެއްގައި ބައިންދައިގެން ގުރުއާން ކިޔަވައެއް ނުދެވެ އެވެ. އެފަދަ ކުދިން ކަންކަން ދަސް ކުރާނީ އެ މީހުން ބޭނުންވާ ގަޑިއެއްގައި ބޭނުން ގޮތަކަށެވެ.

އަޝްހަމް އޭނާގެ މައިންބަފައިންނާއި ކޮއްކޮއާ އެކު

ގޮންޖެހުންތައް ހުރި ނަމަވެސް ޝިފާނާގެ އުއްމީދު ކަނޑައެއް ނުލަ އެވެ. ދަރިފުޅު ގުރުއާން ކިޔަވަން ދެކޮޅުހަދާ ވަގުތުތަކުގައި ޝިފާނާ އަމިއްލައަށް ކިޔަވަން ފަށަ އެވެ. އަދި މަންމަ ކިޔަވާ އަޑު އަހައިގެން އަޝްހަމް އައީ ފަސޭހަކަމާ އެކު އެ އާޔަތްތައް ދަސްކުރަމުންނެވެ. ފޯނާއި ޓެބްލެޓަށް ގުރުއާނާއި އޭގެ މާނަ އެޅުމުން، އޭނާ އަމިއްލައަށް އެ އަޑުއަހަން ފެށި އެވެ.

"އެހެން ގުރުއާން ކިޔަވަން އިނދެގެން ވަރަށް ރޯނެ. މާނަ އަޑުއަހާފައި ވެސް ރޯނެ. ހީވާނީ އެ ބުނާ އެއްޗެއް އޭނާއަށް ދޭހަވެގެން ރޯހެން،" ޝިފާނާ ބުންޏެވެ.

އަޝްހަމް ކިޔަވާތަން ދެކިލުމަށް "މިހާރު"ން އޭނާ ދިރިއުޅޭ ގެއަށާއި ސްކޫލަށް ޒިޔާރަތް ކުރި އެވެ. ގެއަށް ދިޔުމުގެ ކުރިން އޭނާގެ ބައްޕަ އަލީ ރަޝީދު، އަޝްހަމްގެ ހަލަނި ވާހަކަ އާއި ފޮޓޯ ނަގަން ފަސޭހަ ނުވެދާނެ ކަމުގެ ވާހަކަ ބުންޏެވެ.

ބައެއް ފަހަރަށް ގުރުއާން ކިޔަވަން ސްކޫލުގެ މޭޒު ދަށުގައި ވެސް އަޝްހަމް އިނދެ އެވެ. ދެތިން އާޔަތް ކިޔާލާފައި، ފޮތެއްގައި ކުރަހާލަން ބޭނުން ވެދާނެ އެވެ. ދެން އެނބުރި އައިސް އޭގެ މާނަ ވެސް ކިޔައިދީފާނެ އެވެ.

އަޝްހަމް އޭނާގެ ސްކޫލުގައި: އުމުރުން ފަސް އަހަރުގައި އަޝްހަމް ވަނީ ގުރުއާން ހިތުދަސްކޮށްފައި-- މިހާރު ފޮޓޯ: އަމާނީ އަބްދުﷲ

"އެހެން ކިޔަވާއިރު ފަންސޫރު ޖައްސަމުން ދާނީ. ނުބައިކޮށް ތަންކޮޅެއް ކިޔައިލެވިއްޖެ ނަމަ އެތަނެއްގައި ބޮޅު އަޅާފައި ދައްކާނެ. ނޫނީ އަމިއްލައަށް ބުނާނެ މިތަން އަދި ކިޔާށޭ،" ދޮންދޫނި ސްކޫލުގައި އަޝްހަމަށް ގުރުއާން ކިޔަވައިދޭ ޓީޗަރު، އައިޝަތު ނަޒުވާ ބުންޏެވެ.

ނަޒުވާމެންނަށް އަޝްހަމަށް ލިބިފައިވާ ހުނަރު ފާހަގަކުރެވުނީ، އަންމާފޮތް ނިންމައި، ދެން ކިޔަވަން ފެށި ސޫރަތްތައް ދަސްކުރާލެއް އަވަސް ކަމުންނެވެ. އަދި މަސައްކަތް ކޮށްފިއްޔާ ގުރުއާން ހިތުދަސްކުރެވިދާނެކަން ސްކޫލަށް ފާހަގަވުމުން، އާއިލާއާ ގުޅިގެން އެ މަސައްކަތް ފެށީ އެވެ.

އަޝްހަމްގެ ބައްޕަ އަލީ ރަޝީދު ބުނީ އޭނާ އަބަދުވެސް ގަބޫލުކުރަމުން އަންނަނީ އެއީ އާއިލާއަށް ލިބުނު ނިއުމަތެއް ކަމަށެވެ. ދަރިފުޅަށް ވާހަކަ ދައްކަން އުނދަގޫ ނަމަވެސް އަޝްހަމް ވަނީ ކުރަން ބޭނުން ކަންތައް އަމިއްލައަށް ކޮށްފަ އެވެ.

އަޝްހަމް އޭނާއަށް ދޮންދޫނި ޕްރީ ސްކޫލުން ދީފައިވާ ތައްޓާއެކު ގުރެޖުއޭޝަނުގައި

"އޯޓިސްޓިކް އެކި ކުދިންނަށް ލިބިފައި ހުންނަނީ އެކި ކަހަލަ ހުނަރު. ހުރިހާ ކުދިންނަށް ގުރުއާން ހިތުދަސްނުކުރެވިދާނެ،" އަލީ ރަޝީދު ބުންޏެވެ.

"ބައެއް ކުދިން ކުރަން މޮޅުވެދާނެ، ނޫނީ އެހެން ހުނަރެއް ހުރެދާނެ. އެހެންވެ އެކަން ދެނެގަނެ، އެކަންކަން ކުރިއަރުވަން އެހީވާން އަޅުގަނޑު އެދެން އެހެން މައިންބަފައިންގެ ކިބައިން."

އަޝްހަމް މިހާރު އަންނަނީ ރަސްމީކޮށް ހާފިޒުކަމުގެ ސަނަދު ނެގުމަށް ތައްޔާރުވަމުންނެވެ.

60 ކޮމެންޓް, 897 ރިއެކްޝަންސް

icon happy icon happy 99%
icon sad icon sad 1%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަކުނިބޯ

29 May 2018

ޤުރުއާނާއި ބެހޭ މަރުކަޒު ތިހުރީ ހާދަފަހަތުގައޭ ދޯ ..މިހާރު އޯލަވަލް އަތުން ނުލިޔެވޭކުއްޖާއަށް އޯރަލް އެގްޒާމްވެސްދޭ އަދި ނުވިތާކަށް ޕީއެޗްޑީ އަށްވެސްދެވޭ އެކަމު ތިޔަތަނުގެ ޤުރުއާާން ޕެނަލްގައި ތިއްބަވާބޭފުޅުންގެ ތިޔަފަދަކުއްޖެއް އެގްޒާމްކޮށްލެވޭނެހާފެންވަރެއްނެތް ދެންކީކޭބުނާނީ ތިޔައީވެސް އިހުމާލު އަދި ދައުލަތުން ތިކަމަށް އެއްވެސްފައިސާއެއް ދޭނަމަ މަނިޓަރީލޮސްވެސް ތިޔައިހުމާލުގައިވޭ

The name is already taken The name is available. Register?

ާއާއިޝާ

28 November 2017

މާޝާﷲ

The name is already taken The name is available. Register?

މަހޫ

25 November 2017

މާޝާﷲ

The name is already taken The name is available. Register?

ޝާން

25 November 2017

މާޝާﷲ

The name is already taken The name is available. Register?

މަރީ

24 November 2017

އޭ.ޑީ.އެޗް. ޑީ އަކީ އޯޓިޒަމް ގެ ވައްތަރެއް ނޫން. ޢެއީ ޑިސްއޯޑާއެއް. ދިވެހިބަހުން ބުނާނަމަ އޯޓިޒަމް ގޮތަށް ، އެެހެން ނުކުޅުދުންތެރިކަމެއް. އެއީ ވަކިއެއްޗެއް. އޯޓިޒަމް އަކީ ވަކިއެއްޗެއް. ކުއްޖެއްގައިގަ، އޯޓިޒަމް ހުރެފަ އަަދި އޭ.ޑީ.އެޗް.ޑީ ވެސް ހަމަ ހުރެދާނެ. އެކަމަކު މިިއީ ދެެ ކަމެއް.

The name is already taken The name is available. Register?

ކައުންސެލަރު

24 November 2017

މާޝާﷲ.

The name is already taken The name is available. Register?

ނައިބު

24 November 2017

ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ އެއޮށް ތުއްތު ކުއްޖާއަށް ﷲ ގެ ކަލާންފުޅު ހިތަށް ވައްދަވައިދެއްވި ވާހަކަ ދެއްކުމުގެ ކުޅަދާނަކަން އެންމެ ފުރިހަމަނުވިނަމަވެސް އުމުރުން އެހާ ހަގު ނަމަވެސް ހުރިހާ ކަމެއް ފުރިހަމަ އިންސާނުންނަށްވުރެ އެ ތުއްތު ކުއްޖާ ﷲ ގެ ހަޞްރަތުގައި ފުރިހަމަ ވެގެންވާކަމުގެ ލާމަސިލު ހެއްކެއް މިފެނިގެން ދިޔައީ އެ ތުއްތު ޙާފިޒަކީ އެ އާއިލާއަށް ލިބިގެންދިޔަ އަލިގަދަ ނޫރެއްކަމަށް ﷲ އަށް ހަމްދާއި ޝުކުރުކުރަން އެކުޑަކުޑަ އެހެނަސް ހާފިޒަށް އަދި އާއިލާއަށް މަރހަބާ ދަންނަވަން

The name is already taken The name is available. Register?

އިއބެ

23 November 2017

އަލްޙަމްދުލިއްލާހި. ކޮންފަދަ ބޮޑު ނިޢުމަތެއް.... ﷲ ތަޢާލާ މި ނިކަމެތި އަޅާ އައްވެސް އެފަދަ ބޮޑު ނިޢުމަތެއް ދެއްވާށި އާމީން

The name is already taken The name is available. Register?

ޞރro

24 November 2017

ﷲ ހަޒްރަތުގަ މިއީ ނިކަމެތި އަޅަކަށް ނުވާނެއެވެ.

The name is already taken The name is available. Register?

Abdul Latheef

23 November 2017

މި ކުއްޖާއަކީ ހިތުން ދަސްކުރުމުގެ ބާރު ވަރަށްގަދަ ކުއްޖެއްކަމަށް ފެންނަނީ، ވީމާ މިކުއްޖާގެ ބޭނުން ހެޔޮގޮތުގަ ހިފަން ބޭނުންނަމަ ޙަދީޠް ޢިލްމުގެ މިހާރު އޮތް އެންމެ ބޮޑުފޮތް "ސިއްތަތު ޞަޙީހް" ހިތުން ދަސްކޮށްދީ ޢަރަބިބަސް ކިޔަވައިދީ، އިސްލާމީ ތާރީޚާ އުޞޫލުލް ފިޤްހު ދަސްކޮށްދީ ހަދާބަލަ. ޢުމުރުން 15 އަހަރު ވާއިރު ތިޔަ ކުއްޖާވާނީ އިމާމް ޝާފިޢީ ފަދަ މޮޅު ޢިލްމުވެރި މަޝްހޫރު ބޭފުޅަކަށް. މިކަހަލަ ކުދިންގެ ބޭނުން އިސްލާމީ އުއްމަތަށް ނުލާހިކު ބޭނުންތެރިވާނެ. މިކުއްޖާ ދިވެހި ޤައުމީ ޔުނިވަރސިޓީ އާ ޙަވާލުކޮށްގެން ކުރިޔަށް ގެންދިއުމަށް ޢާއިލާ އަށް އިލްތިމާސް ކުރަން

The name is already taken The name is available. Register?

އަލްޖިބްރާ

23 November 2017

ކޮންމެހެން މާގިނަ ކޮމެންޓް ތަކެއް ބޭނުމެއް ނޫން ! ﷲސުބްޙާނަޙޫ ވަތަޢާލާ ކޮންމެ ކަމަކަށް ވެސް ކުޅަދުންވަންތަ ! މީ ހަޤީޤަތަކީ ! މިހެން ބުނެލަން އެގުނީ ކިތަށް މީހުނަށް ތަ ! ތިޔަފަދަ މާތްކަމެއް ތިޔަ ތުއްތު ކުއްޖާއަށް ދެއްވީތީ ﷲއަށް ހަމްދާއި ޝުކުރު ހުރި ! އެ ތުއްތު ކުއްޖާގެ ބެލަނިވެރިންވެސް ﷲއަށް ޝުކުރު ކުރުން ހުރި !

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454