ކުޅިވަރު

ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ އަށް ލީގުގެ ދެ ވަނަ

ލަނޑު ޖެހުމަށް ފަހު ޓީސީގެ ނައްޓު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒުވާން ކުޅުންތެރިއާ ނަޝާހު އަހުމަދު (ނައްޓު)، 20، ގެ ދެ ލަނޑާ އެކު ފަހަތުން އަރައި 4-1 އިން ގްރީން ސްޓްރީޓްސް ބަލިކޮށް ޖެހިޖެހިގެން ތިން ވަނަ އަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމު ޓީސީ ސްޕޯޓްސް ހޯދައިފި އެވެ.

މި މެޗުން ޓީސީ އަށް މޮޅެއް ނުލިބުނު ނަމަ މިރޭ ނިއު ރޭޑިއަންޓް ބަލިކޮށްގެން ލީގުގެ ދެ ވަނަ އަށް އެރުމުގެ ފުރުސަތު މާޒިޔާ އަށް ލިބުނީހެވެ. އަދި މި މެޗުން މޮޅުވެގެން ގްރީން ސްޓްރީޓްސް އަށް ލީގުގެ ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު ވެސް އޮތެވެ. އެހެން ނަމަވެސް އެ ޓީމަށް މޮޅެއް ނުހޯދުމުން ހަތަރު ވަަނަ ލިބިފައިވަނީ ގދ. ތިނަދޫ އަށެވެ.

ލީގުގެ އެއް ވަނައިގައި ނިއު އޮތީ 13 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓީސީ އަށް 14 މެޗުން ލިބުނީ 32 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މާޒިޔާ އަށް 13 މެޗުން 27 ޕޮއިންޓެވެ. ހަތަރު ވަނައިގައި ތިނަދޫ އޮތީ 14 މެޗުން 18 ޕޮއިންޓާ އެކު އެވެ. ގްރީން ސްޓްރީޓްސް ފަސް ވަނައިގައި އޮތީ 14 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.

މި މެޗަށް ނުކުތްއިރު ޓީސީން ވަނީ ސަސްޕެންޝަނުގެ ސަބަބުން އެންމެ ފަހުން ނިއުއާ ދެކޮޅަށް ކުޅުނު މެޗު ގެއްލުނު ހަލީލާއި އަހުމަދު ފައްރާހު (ފައްރަ) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. ޒުވާން ކުޅުންތެރިއާ ނައްޓު އާއި މުހައްމަދު އަޖުފާން އަދި މުހައްމަދު މާޒިން ވެސް ފުރަތަމަ އެގާރައިގައި ކުޅުނެވެ. އަދި ނޭޕާލް ކީޕަރު ކިރަން ޝެމްޝޮންގެ ބަދަލުގައި ޓީސީގެ ގޯލު ބެލެހެއްޓީ އިބްރާހިމް ނަދީމް އެވެ.

މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭ ޓީސީން ވަނީ ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ތެރެއިން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ ހުރަސް ދަނޑި މަތިން ދިޔައިރު، އޭރިއާ ބޭރުން ނައްޓު ފޮނުވާލި ބޯޅަ ބާރެއް ނެތުމުން ގްރީން ސްޓްރީޓްސްގެ ކީޕަރު އަހުމަދު ފައިރޫޒް ވަނީ ފަސޭހަކަމާ އެކު އަތަށް ނަގައިފަ އެވެ.

މިއަދުގެ މެޗުގެ ތެރެއިން ޓީސީގެ ނައްޓު ބޯޅަ ހިފައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކައުންޓަ އެޓޭކުގައި ގްރީން ސްޓްރީޓްސް އިން ޓީސީ އަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. މި ގޮތުން މެޗުގެ 13 ވަނަ މިނިޓްގައި އަހުމަދު ހަސަން (އައްމަޑޭ) ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އަރިމަތިން ހުރަސްކޮށްލާފައި މުހުތާރު ނަސީރު (ޓޫކިލޯ) ނަގައިދިން ހުރަހަކުން އޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެ އައްމަޑޭ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

ގްރީން ސްޓްރީޓްސް އިން މެޗުގެ ލީޑު ނެގުމާ އެކު ޓީސީން އެޓޭކް ގިނަކުރި އެވެ. އަދި ހަމަލާތައް އުފައްދަން ފެށި އެވެ. މި ގޮތުން މެޗުގެ 24 ވަނަ މިނިޓްގައި ފޭދޫ އިއްބެ ނަތީޖާ ހަމަހަމަ ކޮށްދިނުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރެއިން ފައްރާހު ހުރަސްކޮށްލި ބޯޅައެއް ފޭދޫ އިއްބެ ދެ ފަހަރު ފޮނުވާލުމުން ވެސް ކީޕަރު ފައިރޫޒް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އޭރިއާ ތެރެއިން މުހައްމަދު އައްޒާމް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ 31 ވަނަ މިނިޓްގައި ޓީސީ އަށް އެއްވަރުކޮށްދިނީ ނައްޓު އެވެ. އޭރިއާ ތެރެއިން ޓީސީގެ ކޮނޭލިއަސް ސްޓެވާޓް ހުސްކޮށްލާފައި ނައްޓު އަށް ދިން ބޯޅަ އޭނާ ވަނީ ކީޕަރު ފައިރޫޒް އަތްދަށުން ގޯލުގެ ކަނަށް ވައްދާލައިފަ އެވެ.

ދެ ވަނަަ ހާފުގެ ކުޅުން ފަށައިގެން ފުރަތަމަ މިނިޓް ތެރޭ ޓީސީން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފަ އެވެ. އޭރިއާ ރޮނގު ކައިރިން ކަހަލަ ގޮތަކަށް ހަލީލް ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މެޗުގެ 48 ވަނަ މިނިޓްގައި ޓީސީ އަށް ލީޑުނަގައިދިނީ ކޮނޭލިއަސް އެވެ. ފޭދޫ އިއްބެ ހުސްކޮށްލާފައި ކޮނޭލިއަސް އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި 19 ވަނަ ގޯލެވެ.

ޓީސީގެ ތިން ވަނަ ލަނޑު މެޗުގެ 58 ވަނަ މިނިޓްގައި ކާމިޔާބުކުރީ ނައްޓު އެވެ. އޭރިއާ ބޭރުން ނައްޓު ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވިއިރު، ކީޕަރު ފައިރޫޒް ހުރީ ބަހަލަހައްޓައިގެންނެވެ.

ގްރީން ސްޓްރީޓްސްގެ ތޮއްޕޭ (ވ) ކައިރިން ޓީސީގެ ފޭދޫ އިއްބެ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލި/ މިހާރު

ގްރީން ސްޓްރީޓްސް އަށް ޓީސީގެ އެޓޭކްތައް ނުހިފެހެއްޓުމުގެ ނަތީޖާ އަކަށްވީ މެޗުގެ 68 ވަނަ މިނިޓްގައި ޓީސީން ހަތަރު ވަނަ ލަނޑެއް ޖެހުމެވެ. މި ލަނޑު ނައްޓު ނަގައިދިން ކޯނަރަކުން ކާމިޔާބުކުރީ އެ ޓީމުގެ އަޖުފާން ބޮލުންނެވެ.

އޭގެ ފަހުން ކައުންޓަ އެޓޭކުގައި ގްރީން ސްޓްރީޓްސް އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ޓޫކިލޯ އަށް ލިބުނު ދެ ފުރުސަތު ވެސް އޭނާ އަތުން ވަނީ ބޭކާރުވެފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޒުވާން އާ ކުޅުންތެރިންތަކެއް ލައިގެން މޮޅުވުމުން ލިބުނު ހިތްހަމަ ޖެހުން ބޮޑު ކަމަށެވެ.

"ވަރަށް ހިތްހަމަ ޖެހުނު ޒުވާން އާ ކުޅުންތެރިންނަށް ޗާންސްދެވިފައި، އެ ކުޅުންތެރިންގެ ޕާފޯމެންސާ މެދު. ވަރަށް ހިތްހަމަ ޖެހޭ ހާއްސަކޮށް މޭން އޮފް ދަ މެޗުގެ މަގާމު މި ހޯދި ނައްޓުއާ މެދު. އޭނާ މިދިޔަ ސީޒަނުގައި ވެސް ކޮންމެވެސް ވަރަކަށް ކުޅެފައި، މި ފަހަރު ފުރަތަމަ ފަހަރަށް ޓީސީގެ ފުރަތަމަ އެގާރައިގައި އެ ކުޅުނީ. ދެން ސީނިއާ ކުުޅުންތެރިންނާ ބިދޭސީ ކުޅުންތެރިން ނުލައި ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅެފި،" ނިޒާމްބެ ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ ބަލިވީ ސަމާލުކަން އެންމެ ރަނގަޅަށް ނުދެވިގެން ކަމަށެވެ.

"ފުރަތަމަ ވަރަށް ރަނގަޅަށް ސްޓާޓް ކުރެވިފައި ގޭމު އަތަށް ލިބިފައި. ދެން ބުނެވޭނީ ކޮންސަންޓްރޭޝަން ކުރަންވީ ވަރަށް ނުކުރެވި ކޮމިޓް ނުވެވިގެންނޭ މަޑުމަޑުން ދިޔައީ. ވަރަށް ފަސޭހަ ގޯލެއް ފުރަތަމަ އެއްވަރުކުރި ގޯލު. ދެ ވަނަ ގޯލު ވަރަށް ފަސޭހަކޮށް ޝާފީ ކައިރިން ދިޔައީ،" ސޮބާ ބުންޏެވެ.

ލީގުގެ ދެ ވަނަ ބުރުގައި ގްރީން ސްޓްރީޓްސް ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު ވަނީ ފަސް މެޗުން ބަލިވެފަ އެވެ. އެއް މެޗުން މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

3 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 18%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައިސަމް

27 November 2017

ތީ އަސްލު ގްރީންގެ ސައިޒް ސޮބާ ބޮރޯ

The name is already taken The name is available. Register?

ހައިކަލް

26 November 2017

ޓީ.ސީ އަދި ތިނަދޫ އަށް މަޜްހަބާ.... ސޮބާ އަށް ބުނެލަން އޮތީ ޤައުމީޓީމަށް ކުޅުނޭ ކިޔާ އަދި ކޯޗަކަށް ނުވެވޭނެއޭ، އަހްލާޤް އެއީ ވަޜަށް މުހިއްމު އެއްޗެކޭ ގަދަ ބަސް ބުނާ އިރު ވިސްނާލާތި.

The name is already taken The name is available. Register?

ސޮބާސް

26 November 2017

ގްރީން ޓިމުގެ ގޭމް ޕްލޭނެއް ނެތް ކަން ޖާހަގަވި. އެމީހަކަސް ހެދުނު އެއްޗެއް ހެދީ. އެންމެ ފަހުން ބަލިވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454