ހުކުރު މިސްކިތް. މިތަން ތަރައްގީކުރަނީ ތަރިކަ އަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ ސަރުކާރަށް ސަރުކާރަށް ދަނީ ފާޑުކިޔަމުން..- ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
26 ނޮވެމްބަރ 2017 - 19:32
މާލޭ ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ތަރައްގީކުރާނީ އެ ސަރަހައްދުގައި ހުރި އާސާރީ އެއްވެސް އެއްޗަކަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހުކުރު މިސްކިތް ހިމެނޭ ސަރަހައްދުން ބައެއް، ބަގީޗާއެއްގެ ގޮތުގައި ތަރައްގީކޮށް، އެތަނުގައި ކެފެޓޭރިއާއެއް ހަދަން ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މިއީ، ސަރުކާރުން ރާއްޖޭގެ ތާރީހީ ބިނާތަކާއި ތާރީހީ ތަންތަން ނައްތާލަން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެ، ތާރީހަށް ލޯބިކުރާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެއް ބަޔަކު ބުނިގޮތުގައި ތަރިކަ ހިމާޔަތްކުރަން ސަރުކާރުން އަހައްމިއްޔަތު ކަމެއް ނުދެ އެވެ. ރާއްޖޭގެ ތާރީޚީ މުހިއްމު ބިނާތަކަށް ގެއްލުންވާ ގޮތަށް މީގެކުރިން ވެސް ސަރުކާރުން އަމަލުކޮށްފައިވާ ކަމަށާއި ހުކުރު މިސްކިތް ސަރަހައްދަށް ގެންނަން އުޅޭ ބަދަލުން ތަރިކަތަކަށް ގެއްލުންވާނެ ކަމަށް ވެސް އެ މީހުން ދަނީ ބުނަމުންނެވެ.
އެކަމަކު ހައުސިން މިނިސްޓްރީން މި ތުހުމަތުތައް ދޮގުކުރެ އެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެތަން ތަރައްގީކުރާއިރު އެ ސަރަހައްދުގައި ހުރި ތާރީޚީ އަދި އާސާރީ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ދޭ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ތަރައްގީ ކުރަނީ މުލިއާގޭ ކުރިމަތީގައި ކުރިން ވެސް ބަގީޗާއެއްގެ ގޮތުގައި އޮތް ސަރަހައްދެވެ.
ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު. ބެލެވޭ ގޮތުގައި ތަރައްގީ ކުރަނީ މި ސަރަހައްދު. - ފޮޓޯ: މިހާރު
ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތަކީ މާލެ އަންނަ ޓޫރިސްޓުން އެންމެ އާންމުކޮށް ޒިޔާރަތް ކުރާ އެއް ތަނެވެ.
ހުކުރު މިސްކިތް ހުރި ސަރަަހައްދަށް ގެންނަން އުޅޭ ބަދަލަށް ފާޑުވިދާޅުވެ، ގާނޫނީ ވަކީލު ހުސްނުއް ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތަނުގެ ގޯތިތެރޭގައި ހުރި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ މަގުބަރާ ހިމެނޭ ގޮތަށް، މަހާނަތައް ތަޅާލައިގެން ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއީ ދިވެހިންގެ ތަރިކައިގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ވިދާޅުވެ އެތަން ހިމާޔަތް ކުރުމަށް ސުއޫދު ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ސަރުކާރުން ތަރައްގީ ކުރަން ނިންމި ސަރަހައްދުގައި، ހުކުރު މިސްކިތް ޑިޒައިންކުރި ދެ ބޭފުޅުންގެ މަހާނަ ވެސް ހިމެނެ އެވެ. އަދި ގައުމު ދެކެ ލޯބިވުމަކީ ތާރީހީ އަދި އާސާރީ ތަރިކަ ތަޅައި ސުންނާފަތި ކުރުންތޯ ކުރީގެ އެޓާނީ ޖެނެރަލް ކަން ވެސް ކުރެއްވި ސުއޫދު، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޓެގު ކުރައްވައި ޓުވިޓާގައި ސުވާލުކުރެއްވި އެވެ.
Maale Hukuru miskiiy kaareega huri mahaana thah, (Raees Nasir ge maqbaraa aai huhukuru miskiiy design kuri engineerunge mahaana himeney gothun) thalhaalaigen negumah sarukaarun nimmaafaivaa ninmumaa aharen dhekolhu. E ee dhivehi tharika.
— Husnu Al Suood (@hsuood) November 26, 2017
ސުއޫދު މިއަދު ކުރެއްވި ޓުވީޓު.
މާލޭގައި މިހާރު ހުރި އެންމެ ތާރީހީ ބިނާތަކުގެ ތެރޭގައި މާލޭ ހުކުރު މިސްކިތް ހިމެނެ އެވެ. އެއީ ރާއްޖޭގެ ތާރީހު ރަމްޒުކޮށްދޭ ބިނާއެކެވެ. ރާއްޖޭގެ ފަންނުވެރިންގެ ކަވި މަސައްކަތްތައް ދައްކުވައިދޭ ތަނެކެވެ. ރާއްޖޭގެ އެކި ރަށްރަށުން ހިރިގާ ނަގައިގެން މާލެ ގެނެސް، ހުކުރު މިސްކިތް ބިނާ ކުރަން ފެށީ 1066ހ. ގަ އެވެ. އެއީ މީގެ 372 އަހަރު ކުރި އެވެ.
Qaumeh dheke loabivumakee kobaitho? Thareekhee asaaree tharika thah thalhaa sunnaafathi kurunthoa @MMuizzu
— Husnu Al Suood (@hsuood) November 26, 2017
ސުއޫދު މިއަދު ކުރެއްވި ޓުވީޓު.
މާލޭ ހުކުރު މިސްކިތަކީ އުތީމު ދަރިކޮޅުގެ ފަސްވަނަ ރަސްކަލުން ސުލްތާނު އިބްރާހީމު އިސްކަންދަރު ބިނާ ކުރެއްވި މިސްކިތެކެވެ. މި މިސްކިތުގެ ދާލައަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ތައުލީމު ފެތުރުމަށް އެންމެ ފުރަތަމަ ބޭނުން ކުރެވުނު މަދަރުސާ އެވެ. އިސްލާމީ މަރުކަޒު ހުޅުވުމާ ހަމައަށް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ހުރީ ވެސް ހުކުރު މިސްކިތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިލް
27 November 2017
އަޅެ މިނޫންތަނެއް ނެތީތަ ކެފޭ އަޅަން؟ ސްޓަޑީ ކިއޮސްކް އަޅާބަލަ ކޮލެޖްތައް ކައިރީގައި، ދަރިވަރުންނަށް އޭގެ ބޭނުން ފަސޭހައިން ހިފޭނެހެން. މޮޔަވެދާނެ!! މިކަހަލަ ތަރައްގީ ދެކޭކަށް ބޭނުމެއް ނޫން! އޭގެ ކުރިމަތީ އޮތް މުލީއާގޭގެ ބައެއް ތަރައްގީ ކޮށްބަލަ ކެފޭއަކަށް، ބޭނުމެއް ނުހިފާ ފަޅު ބިމެއްވިއްޔަ.
ހަލާކު
27 November 2017
ދެން ތިކޭފޭ ވާނީ ދުންބޯޓަކަށް ވޭޕާ ޝީޝާ އާ ސިނގިރޭޓާ މިތަކެތިން އަރާ ވިހަދުމުން އޭގަ ހުންނަ ކެމިކަލް ގެ ސަބަބުން ހުކުރުމިސްކިތަށް ލިބޭނެ ގެއްލުން ވިސްނާލަ. ތިއޮތީ ހެރިޓޭޖް ރައްކާތެރިކުރެވިފަ މިހާ އިޤްތިޞާދުކުރިއަރާފަ އތް މުއްސަނދި ޤައުމެއްގެ އެންމެ މުހިއްމު އެއް އާޘާރު ވަށައިގެން ބަގީޗާ ހައްދާ ބަލަހައްތަން ބަޖެޓްގަ ލާރި ޖަހާބަލަ ބަޔަކަށް ކެފޭ ހިންގަންދީގެން ތިކަން ނުކޮށް
ޒެޑްސް 1
27 November 2017
ކިއޮސްކް އޮފީހޭ ކޔައިގެން އޮޅުވާލައިގެން މިސްކިތު ސަރަހައްދު ހަލާކުކޮށް ޕާޓީ އާއި ގާތް ބަޔަކަށް ފިހާރަ ދެނީ. ނިމޭ އިރު ތިތަންތާ ހިންގާނީ ވިޔަފާރި ނުވެޔޭ ކުލި ނުދެއްކެޔޭ، ކިޔައިގެން، ސައި ހޮޓާ، ހެދުން ފިހާރަ. ތިޔައީ އޮޅުވާލުމާއި މަކަރާއި އެކު ވަރަށް ހީލަތްތެރި ގޮތަކަށް މާލޭގައި އޮތް އެންމެ ބޮޑު ތަރިކަ ހަލާކޮށްގެން ބަޔަކަށް ފިހާރަދިނުން ހަނދާންވޭ ދޯ ވަހީދު ސަރުކާރުގަ ޕިކްނިކް ރަށްތައް، މިސާލަކަށް ކުޑަ ބަނޑޮސް ފަދަ ރަށްރަށް ރިސޯޓް އޯނަރުން ކާލި ގޮތް. ދިވެހިންނަށް ޕިކްނިކް ދެވޭގޮތަށޯ ކިޔާފައި ޝަރުތުކޮށްފައި މި ދިނީ. ކިހާރީތި. ހުސް ހީލަތް.
ކައިރު
27 November 2017
އިސްލާމްދީނާ ގައުމާ ވަހުދަތާ ހިމަޔަތްކުރަން ހުވާ ކޮއްގެންތިބި މީހުން ކޮބާ ބާ އެމީހުންވެސް އަތްޖަހަން ތިބީ ބޮޑަތިންގެ ޖީބުތައް ފުރިގެން ބަންޑުންވާތަނުން އެތިކޮޅެއް ލައްވާލާތޯ
ބަތޫކު
27 November 2017
މާލޭގައި ހުރި ހުރިހާ އާސާރީ ތަންތަން މިހުދު މުހުތާރު ސަރުކލާރުންވަނީ ހަލާކުކޮށްލާފަ، އެމީހުނާއި މެދުޖެހޭނެ ފިޔަވަޅުއަޅަން، ކޮބާ މޯޑިވްސް ހެރިޓޭޖަސް ނިދާފަ
ދިލް
27 November 2017
ހީވަނީ ކޯމާއެއްގަ ހެން. ނިދާފަ ތިބި ބައެއްނަމަ ހޭލެވޭހާ ވަރުވެއްޖެ ނޫންތަ؟
ގައުމު
27 November 2017
މިސްކިތް ތަކުގެ ހަރިއްމަ ތަކަކީ އިގްތިސާދީ ބޭނުން ކުރަން އޮތް ތަންތަނެއް ނޫން. އެތަންތަނަކީ ދީނާއި ގުޅުންހުރި ކަންތައްތައް ކުރާތަންތަން ހަދަންވީ. ކެފޭ ހެދީމައި އެތަނުން ހަދާ ކާއެއްޗެހީގެ ކުނިން ދުވާ ވަސް މުޅި ސަރައްދު ތަޢައްޔަރު ވެފައި ހުންނާނީ. ކިރިޔާ ތަންކޮޅެއް އޮތަސް ލާރި ލިބޭނެ ގޮތެއް އޮތްތޯ ބަލަނީ.. ފައިސާ އާއި ހެދި މޮޔަ ވެފައި ވާ ސަރުކާރެއް. އެކައުންޓަށް ޖަމާކުރި 5 ލައްކަ ޑޮލަރު ދައުލަތުގެ މާލިއްޔާ އަށް ޖަމާކޮށް ސްލިޕް އާންމު ކުރުމުން ވޯޓް ދޭނީ...
ހަސްމަ
27 November 2017
މުއިއްޒު އިސްތިއުފާ
ޗިކުސް
27 November 2017
ކެންޕެއިން ލާރިހޯދަން ތިތަންވެސް ވިއްކާލީ. ކެފޭހިންގަންޏާ ނޯރތް ހާބަރުތެރޭ ހުރި ކެފޭ ހިންގަބަލަ. ކިއްވެ ރާއްޖޭގެ ތަރިކަމުދަލާ ތިކުޅެނީ؟
ރަބަރު
27 November 2017
ތިމީހާވަރެއް ނެތެވެ. މިކަހަލަ ކަންކަމުން އެންމެންގެ ޖީބު ހޫނުކޮށްލަދެއެވެ. ތިކަންވެސް ވާނީ އެތައް ސަތޭކަ މިލިއަނަށެވެ. ބަލަ ތިފަދަ ތަނެއް މުވައްޒަފުންވެގެންވެސް ހެދިދާނެއެވެ. ދެން މިހާރު އެތަން އެއޮތީ އެހާ ހަޑިކޮށްހެއްޔެވެ؟ ރީތިކޮށް ބެލެހެއްޓީމަ ނިމުނީއެވެ.
އަހުމަދުބެ
27 November 2017
އެޕާކްގެ ގަސްކޮޅު ކޮށާނުލަނީ އެހެން ރައީސަކު ހަދާފަހުރި ތަނެއްވީމަ. ހުކުރުމިސްކިތަނީ ޔާމީން ހެދިތަނަކަށް ނުވީމަ އެތަންވެސް ތަޅާލަންވީދޯ. ހެންވޭރު އާޓިފިޝަލް ބީޗްވެސް ކުނިވާން ދޫކޮށްލާފަ.
ޓަކާޓަކާ
27 November 2017
ގެފުޅުކައިރީ ބުދުބަހައްޓާ ޒަމާން ކައިރިވީ އިމާރާތްތައް އުސްވާނެ ބޮޑުއަލިފާންގަނޑެއް ރޯވާނެ ހުޅަނގުފަރާތުން އިރުއަރާނެ ދައްޖާލު ފާޅުވާނެ ވިސްނާބަޔަކައް އިބުރަތަކައްފުދޭ ޝަހީމު ކޮބައިބާ
ދިލް
27 November 2017
ފެން ފޮދެއް ބޯލަން ކާގޭ ފަރާތަށް ގޮސް ވެއްޖެ.