ކުޅިވަރު

މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި

ނިއު އިން މިރޭގެ މެޗަށް ފަހު ލީގުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

27 ނޮވެމްބަރ 2017 - 00:10

11 comments

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ 2-0 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ ނިއު ރޭޑިއަންޓުން މިރޭ އުފުލާލައިފި އެވެ.

މިއީ 2015 ގެ ފަހުން މާޒިޔާ އަތުން ނިއު އަށް ހޯދުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން ނިއު އާއި މާޒިޔާ މި އަހަރު ކުޅުނު ތިން މެޗުގެ ތެރެއިން މާޒިޔާ ދެ މެޗުން މޮޅުވިއިރު، އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މި ފަހަރު ލީގު ނިއު ނިންމައިލީ ޖެހިޖެހިގެން 12 މޮޅު ހަމަކޮށްގެންނެވެ.

ނިއު އަށް ލީގުގެ ލިބުނީ 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޓީސީ އޮތީ 32 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް މާޒިޔާ އަށް 27 ޕޮއިންޓް ލިބިފައިވާއިރު، ހަތަރަކަށް ދިޔައީ 18 ޕޮއިންޓް ހޯދި ގދ. ތިނަދޫ އެވެ. ފަސް ވަނައިގައި 16 ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އޮތްއިރު، ހަ ވަނަ އަށް ދިޔައީ 14 ޕޮއިންޓް ހޯދި ށ. މިލަންދޫ އެވެ. ހަތް ވަނަ އަށް ދިޔަ މާޅޮހަށް ނުވަ ޕޮއިންޓް ލިބުނުއިރު، އެންމެ ފުލުން ނިންމާލި ދ. ކުޑަހުވަދު އަށް ލިބުނީ ތިން ޕޮއިންޓެވެ.

ހަ ވަނަ ފަހަރަށް ލީގު ހޯދުމާ އެކު ތާރީޚުގެ ތެރެއަށް ނިއު ވަންނަނީ އެންމެ ގިނައިން ލީގު ހޯދި ޓީމުގެ ގޮތުގަ އެވެ. ލީގު މިހާތަނަށް އެންމެ ގިނައިން ހޯދުމުގެ ރެކޯޑް ގާއިމް ކުރަމުން އައީ ނިއު އާއި ވެލެންސިއާ އިންނެވެ. އެ ދެ ޓީމު ވެސް ވަނީ ކުރިން ފަސް ފަހަރު ލީގު ހޯދައިފަ އެވެ. އެގޮތުން މީގެ ކުރިން އެ ޓީމުތައް ލީގު ހޯދީ 2006، 2012، 2013، 2014 އަދި 2015 ވަނަ އަހަރު އެވެ. ދެހާސް ފަނަރަވަނަ އަހަރަށް ލީގު، ޕްރިމިއާ ލީގަށް ރިބްރޭންޑް ކުރި ފަހުން ނިއު ދެ ފަހަރު އައްޑަނަ އުފުލައިލިއިރު، މާޒިޔާ ވަނީ އެ ޝަރަފު އެއް ފަހަރު ހޯދައިފަ އެވެ.

ނިއު އިން މިރޭގެ މެޗަށް ނުކުތީ ގިނަ ބަދަލުތަކަކާ އެކު އެވެ. ކާޑު ހަމަވުމުގެ ސަބަބުން ރިލްވާން ވަހީދު (ރިލޭ) ހުރީ ސަސްޕެންްޝަންގަ އެވެ. ފަހަކަަށް އައިސް ފުރަތަމަ 11 އިން ފުރުސަތު ނުލިބުނު ނަމަވެސް ކީޕަރު މުހައްމަދު ފައިސަލް، މުހައްމަދު ރަޝީދު (ހޮކޭ) އަދި ބިދޭސީ ޑިފެންޑަރު ސްޓެފަން މާކޮވިޗް ވަނީ މި ފަހަރު އެ ފުރުސަތު ހޯދައިފަ އެވެ.

ނިއުގެ އެންމެ ގިނަ ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) މިރޭ އިނީ ބެންޗުގަ އެވެ.

ނިއުގެ ކުޅުންތެރިން ލީގުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އިން ވެސް ވަނީ ތިން މެޗަށް ފަހު އަމްދާން އަލީ (އެންޑީ) އަށް ފުރުސަތު ދީފަ އެވެ. މިރޭގެ މެޗުގައި ކެޕްޓަން ބޭންޑް އެޅީ ވެސް އެންޑީ އެވެ. އަދި އަނިޔާގެ ސަބަބުން މުހައްމަދު އުމެއިރު މި މެޗުގައި ނުކުޅެ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ނިއު އިން ވަނީ މެޗުގެ 16 ވަނަ މިނިޓްގައި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ބޯޅަ މާޒިޔާގެ ސީރިއާ ކީޕަރު މަހުމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން ދަގަނޑޭ ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

މެޗުގެ 24 ވަނަ މިނިޓްގައި ނިއުގެ އޭރިއާ ތެރެއިން މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) އަށް ފައުލް ކުރި ކަމަށް ބުނެ އެ ޓީމުން ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލް ކުރި އެވެ. ނަމަވެސް ރެފްރީ މުހައްމަދު ޖާވިޒް ނިންމީ އެއީ ފައުލެއް ނޫން ކަމަށެވެ.

މާޒިޔާ އިން ވަނީ މިރޭގެ މެޗުގެ 30 ވަނަ މިނިޓްގައި އަނިޔާގެ ސަބަބުން އެންޑީގެ ބަދަލުގައި ގާސިމް ސައްމާމު (ސައްމެ) ކުޅެން އަރުވައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ނިއުގެ އޭރިއާ ތެރެއިން ހަސަން ޝިފާޒް (ޑުންގާ) ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ފާއިތުވި 11 މެޗުގައި ނިއު މޮޅުވިއިރު އެ ޓީމުން ކުޅެމުން އައި ޕާސިން ގޭމް މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފެނިފައެއް ނުވެ އެވެ. އެކަމަކު މާޒިޔާ އިން ދިޔައީ ނިއުގެ ގޭމް ރޫޅާލައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ދަގަނޑޭ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ދެ ވަނަ ހާފް ފަށައިގެން ތިން ވަނަ މިނިޓްގައި އޭރިއާ ތެރެއިން އަބްދުﷲ މިދުހަތު (ބިޗަޑް) ފޮނުވާލި ބޯޅަ ގޯލާ ސީދާވާ ގޮތެ އްނުވި އެވެ. އޭގެ ތިން މިނިޓް ފަހުން މާޒިޔާގެ އޭރިއާ ތެރެއިން ނިއުގެ މުހައްމަދު ރަޝީދު (ހޮކޭ) އަށް ފައުލްކުރުމުން އެއީ ޕެނަލްޓީއެއް ކަމަށް ބުނެ ނިއުގެ ބެންޗުން ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ.

ދަގަނޑޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއު އަށް ލީޑުނަގައިދިނީ މެޗުގެ 53 ވަނަ މިނިޓްގައި ގަލާޑޯ އެވެ. އަރިމަތިން ހޮކޭ ނަގައިދިން ހުރަހަކުން ދަނޑީގައި ބޯޅަ ޖެހިފައި ނުކުތުމުން ލިބުނީ ގޯލު ކުރިމަތީގައި ހުސްކޮށްހުރި ގަލާޑޯ އަށެވެ. އޭނާ ވަނީ އެ ބޯޅަ ފަސޭހަކަމާ އެކު ގޯލަށް ވައްދާލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ލީޑް ފުޅާކުރަން ހޮކޭ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ނިއު އިން ވަނީ މެޗުގެ ފަހު 25 މިނިޓަށް ގަލާޑޯގެ ބަދަލުގައި ސެންޓޭ ކުޅެން އަރުވައިފަ އެވެ. މިއީ ގަލާޑޯ ނިއު އަށް ކުޅެދޭ ފަހު މެޗު ކަމަށް ވުމުން އޭނާ ބަދަލުކުރި ވަގުތު ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ގަލާޑޯ މި ސީޒަނުގައި އެ ޓީމަށް ކޮށްދިން ހިދުމަތައް ޝުކުރު އަދާކުރުމުގެ ގޮތުން އަތްޖަހައިފަ އެވެ.

މެޗުގެ 73 ވަނަ މިނިޓްގައި އޭރިއާގެ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ. އޭގެ ދެ މިނިޓް ފަހުން ނިއުގެ އޭރިއާ ތެރެއިން މާޒިޔާގެ މޫސާ ޔާމީން (ޔާމްބެ) އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ނިއުގެ ދެ ވަނަ ލަނޑު މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޖެހީ ދަގަނޑޭ އެވެ. މެޗުގެ 86 ވަނަ މިނިޓްގައި ހާފުގެ މެދުތެރެއިން ދަގަނޑޭ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ އޭނާ ވަނީ ކީޕަރު މަހުމޫދަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ހަނިކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ދަގަނޑޭ އެވެ.

މެޗުގެ ފަހު ވަގުތު ދެ ޓީމުގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔަ އެވެ. އަދި ރެފްރީ ޖާވިޒް ވަނީ ގިނަ ކުޅުންތެރިންތަކަކަށް ރީނދޫ ކާޑު ދައްކައިފަ އެވެ.

11 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 2%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެބުރަ!،

29 November 2017

بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ( ތި ނިއުރޭޑިއަން ސ.ކ ތިންވަނަ ނުވަތަ ދެވަނަ އައް ގެނާ ކޯޗް ގެ އިރްޝާދްގެ ކޯޗް ކަމުގެ ދަށުން ތި ލީގް ތިގެނެވުނީ އަދި އެއީ މާޒިޔާ އަތުން ބަލިވެ އެއްވަރު ވެގެން އެތައް އަހަރެއް ނޫން މިއަހަރު ވެސް މާޒިޔާ ނިއު ބަލިކުރި ) މީތުދުވާހަކައެއް މިއަހަރު ސީޒަން ފެށިގެން ނިއުރޭޑިއަންޓް މާޒިޔާ އާކުޅެގެން އެއްމެޗުން އެއްވަރުވެ އަނެތް މެޗު ދަގޭ ފުލްޓީމްގަ ހުރެ ނިއު ރަންގަޅުފޯމްގަ އޮއްވާ ނިއުރޭޑިއަންޓް ބަލިކުރީ 2 - 0 ކުން (2 މާޒިޔާ - 0 ނިއު ) ، ކޮންމެރ އިންސާނަކު ބުނިކަމުގަ ވިޔަސް ތެދެއްވާނީ ތެދަކައް ވެނިމިފަ ވާކަމެއް އަބުރައެއް ނުލެވޭނެ ހަޖަމު ނުވާ އިންސާނުން ނައް ހަޖަމެއް ނުވާނެ ، ( ނިއުގެ ކާމިޔާބައް މަރުހަބާ ) އެކަމަކު ނިއުގަ މޮޅުކުޅުންތެރިން ތިބެ ދެއްކީ ވަރަށް ހުތުރު ކުޅުމެއް ،( އޮފިސަލަކު އެއްމެންނަށް ގޮވާ ޗޭންޖިންރޫމަށް ވެއްދީ. ހަޖަމް ނުވިޔަސް ބޮނޑްވަރު ދެއްތޮ އެއީ ) ފުރަތަމަ ވެސް އޮއްޕު ހޭވިހަޑިނނޭ ދޯ !؟ހަޖަމު ނުވާ މީހަކައް ނުފެންނާނެ މީހަމަ ، إن شاء الله ،

The name is already taken The name is available. Register?

ރަސްވަންނަ

30 November 2017

ހާދަހާވާ އަސަރެެއް ކުރެޔޭދޯ ކަލެއަށް، ތިމާއަށް ފުޓްބޯޅަ ނޭގޭ ވަރު ބަލާ ބަލަ، މާޒިޔާ އަތުން ބަލިވުން ފިޔަވާ ދެން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ނިއު، ލީގު ކާމިޔާބު ކުރީ، އެވެސް ބޮޑު ތަފާތަކުން، ދެނޭވާ ދޭތެރެއިން ނިއު އަށް ބަދު ދުޢާ ކުރުން ނޫން ކަމެއް ކަލެއަކަށް ނުކުރެވޭނެ...ކިތަންވެ ވަރަކަށް ހަޖަމު ނުވިޔަސް ދިވެހި ފުޓްބޯޅައިގެ ރަސްގެފާނަކީ ހަމަ ކަލޭ ތިޔަ ހަސަދަވެރިވާ ނިއު، إن شاء الله އިތުރު ކާމިޔާބީތައް ނިއުއަށް މިންވަރު ކޮށްދެއްވާށި، أمين

The name is already taken The name is available. Register?

ހާސިލް!،.

29 November 2017

بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ( ތި ނިއުރޭޑިއަން ސ.ކ ތިންވަނަ ނުވަތަ ދެވަނަ އައް ގެނާ ކޯޗް ގެ އިރްޝާދްގެ ކޯޗް ކަމުގެ ދަށުން ތި ލީގް ތިގެނެވުނީ އަދި އެއީ މާޒިޔާ އަތުން ބަލިވެ އެއްވަރު ވެގެން އެތައް އަހަރެއް ނޫން މިއަހަރު ވެސް މާޒިޔާ ނިއު ބަލިކުރި ) މީތުދުވާހަކައެއް މިއަހަރު ސީޒަން ފެށިގެން ނިއުރޭޑިއަންޓް މާޒިޔާ އާކުޅެގެން އެއްމެޗުން އެއްވަރުވެ އަނެތް މެޗު ދަގޭ ފުލްޓީމްގަ ހުރެ ނިއު ރަންގަޅުފޯމްގަ އޮއްވާ ނިއުރޭޑިއަންޓް ބަލިކުރީ 2 - 0 ކުން (2 މާޒިޔާ - 0 ނިއު ) ، ކޮންމެރ އިންސާނަކު ބުނިކަމުގަ ވިޔަސް ތެދެއްވާނީ ތެދަކައް ވެނިމިފަ ވާކަމެއް އަބުރައެއް ނުލެވޭނެ ހަޖަމު ނުވާ އިންސާނުން ނައް ހަޖަމެއް ނުވާނެ ، ( ނިއުގެ ކާމިޔާބައް މަރުހަބާ ) އެކަމަކު ނިއުގަ މޮޅުކުޅުންތެރިން ތިބެ ދެއްކީ ވަރަށް ހުތުރު ކުޅުމެއް ،( އޮފިސަލަކު އެއްމެންނަށް ގޮވާ ޗޭންޖިންރޫމަށް ވެއްދީ. ހަޖަމް ނުވިޔަސް ބޮނޑްވަރު ދެއްތޮ އެއީ ) ފުރަތަމަ ވެސް އޮއްޕު ހޭވިހަޑިނނޭ ދޯ !؟ހަގަމު ނުވާ މީހަކައް ނުފެންނާނެ ، إن شاء الله ،

The name is already taken The name is available. Register?

ޢަބުދުﷲ

29 November 2017

ކަލޭގެ ހާސަރުބޮޑި އަމުނާލި ނަމަ ވަރަށް ފުރިހަމަވިސް، 60 ފަހަރު ބަލިކުރިޔަސް ލީގު ނެގީ ކަލޭ ތިލަ ހަސަދަވެރިވާ ނިއު... إن شاء الله ނިއު ރޭޑިއަންޓަށް ކާމިޔާބު މިންވަރު ކޮށްދެއްވާށި، أمين

The name is already taken The name is available. Register?

ހެންޑެލި

29 November 2017

ލީގުގެ ފުރަތަމަ ބުރުގަ 2 - 0 އިން މާޒިޔާ ނިއުރޭޑިއަންޓް ބަލިކޮށްގެން މާޒިއާ އަށް ޙާސިލްވީ ކޯޗެއް؟ ތިބުނާ މެޗުގަ 2ލަނޑު 0ލަނޑުން ބަލިވި ނިއުރޭޑިއަންޓް ލީގު ނެގީ ބާކީ އެއްމެޗު ނުކުޅެއޮށްވަ. ގައުމީ ޓީމުގަ ހިމެނޭ 8 ކުޅުންތެިންނާ ބޭރު ކުޅުންތެރިންވެސް ލައިގެންވެސް މާޒިޔާއަށް ލިބުނީ ލީގުގެ 3ވަނަ ނިއު ބަލިކުރެވުމަކީ މާޒިއާއަށް ޓްރޮފީއެއް ލިބޭކަމެއްހެންވެސް އެބަހީވޭ. ނިއުގެ ކޯޗު ބަދަލުކުރާ ވާހަކަ ދައްކާއިރު މާޒިއާއަށް މިސީޒަނުގަ ގެނާ ކޯޗުވަނީ ނަތީޖާތައް ދަށްވުމުގެ ސަބަބުން ފޮނުވާލާފަ، 2012 އިން ފށިގެން 2014 އާ ހަމަަށް ކުޅުުނު އެއްވެސް މެޗަކުން ނިއު އަތުން މާޒިއާ މޮޅުނުވެ ދިގު ސިލްސިލާއެއްވެސް ދެމިގެންދިޔަ

The name is already taken The name is available. Register?

މުނީރު

27 November 2017

މާޒިޔާގެ ފަރާތުން ފެނުނީ ކުޅިވަރުގެ ރޫހާ ހިލާފް މަންޒަރު ތަކެއް. މެޗު ނިންމާފަ ނިއުގެ ކުޅުންތެރިން މާޒިޔާ ބެންޗުގަ ތިބި މީހުންނަށް ސަލާން ކުރަށް ދިއުމުން އެތާ ހުރި އޮފިސަލަކު އެއްމެންނަށް ގޮވާ ޗޭންޖިންރޫމަށް ވެއްދީ. ހަޖަމް ނުވިޔަސް ބޮނޑްވަރު ދެއްތޮ އެއީ

The name is already taken The name is available. Register?

ހައްޖަ

28 November 2017

ނޫނޭ. ހަޖަމު ނުވީމަ އެވަރު ބޮޑެއްނޫން.

The name is already taken The name is available. Register?

ވިސްނާލީމާ

27 November 2017

ނިއުރޭޑިއަންޓަށް މިވަރުގެ ބޮޑު ކާމިޔާބެއް ލިބުނީމާ ހިތައް މިލިބުނު ފިނިކަމާ، އުފަލުގެ ވާހަކަ ބުނެދޭންވެސް ނޭނގެ! މާތް ﷲއަށް ހަމްދާއި ޝުކުރުހުރި! ޓީމުގެ ހުރިހާ ކުޅުންތެރިންނަށާ ސަޕޯޓަރުންނަށް ހިފެހެއްޓުމެއްނެތް ޝުކުރު! -އިބްރާހީމް-

The name is already taken The name is available. Register?

ކައިރޭ

27 November 2017

ކަލޭ ތީ ބޯ ހަމަޖެހޭ މީހެއްތަ؟ ވިސްނާލީމާ އބްރާހިމޭ؟ ކަލޭ ކޮމެންޓު ނުކުރާ ލިޔުމެއް ލާހައްދަވައިގެން މި ނޫހުގަ އެ ޖަހާތަ؟

The name is already taken The name is available. Register?

ފުންއަސަރު

27 November 2017

މަރްހަބާ ނިއުރޭޑިއަންޓް.

The name is already taken The name is available. Register?

ނިއުގެ ސަޕޯރޓަރެއް

27 November 2017

މަރުޙަބާ ނިއުރޭޑިއަންޓް. ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު. ރޭގަ މެޗުގަ އަކްރަކް(އަކޫ) ދެއްކީ ވަރަށް ފުރިހަމަ މޮޅު ކުޅުމެއް. ވަރަށް ކާމްކޮށް ހަމަޖެހިގެން އަކޫ ކުޅުނުކަން ފާހަގަ ކޮށްލަން. ދެން ހަމަ ހުރިހާ ކުޅުންތެރިން ވެސް ކުރި ހިތްވަރަށް އައްސަރިބަހާ ސާބަސް. ދަގަނޑޭ އާއި އޮއްޕުގެ ފަރާތުން ވެސް ހަމަ އެންމެ ޅަ ދުވަހުގެ ކުޅުން ފެނުނު ކަހަލަ. ދެ ކުޅުންތެރިންވެސް ހަމަ ވަރަށް މޮޅު. މަރުޙަބާ މަރުޙަބާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454