ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ނިއު އާއި މާޒިޔާ މެޗުގެ މައްސަލަތަކެއް ބަލަން ފަށައިފި

މާޒިޔާގެ ސަމުއްޓެ (ކ) ނިއުގެ ގަލާޑޯ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި މިދިޔަ އާދިއްތަ ދުވަހުގެރޭ މާޒިޔާ އަތުން 2-0 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި ހިނގާދިޔަ ކަންތައްތަކެއްގެ މައްސަލަތަކެއް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށައިފި އެވެ.

ނިއު އާއި މާޒިޔާ ކުޅުނު މެޗުގެ ފަހު ފަސް މިނިޓާއި އިތުރު ވަގުތުގެ ތެރޭގައި ދެ ޓީމުގެ ފައުލުތައް ގިނަވެ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގައި ގިނަ ކުޅުންތެރިންތަކަކަށް ވަނީ ކާޑު ދައްކައިފަ އެވެ. އެ ވަގުތު ކާޑު ދެއްކި ކުޅުންތެރިންގެ ތެރޭގައި މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) އާއި އިސްމާއިލް އީސާ (މެސީ) އަދި މުހައްމަދު އިރުފާން (އިރޭ) އާއި ނިއު ރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) ހިމެނެ އެވެ.

މުލަކޭ އާއި އީސަ އަށް ކާޑު ދެއްކި މެޗުގެ ރެފްރީ މުހައްމަދު ޖާވިޒް ގައިގައި ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އަތްލުމުން އޭނާ އަށް ކާޑު ދައްކަން ޖެހޭނެ ކަމަށް ބުނެ އެޕީލް ކުރުމުންނެވެ. އިރޭ އަށް ކާޑު ދެއްކީ ސެންޓޭ އަށް ފައުލު ކުރުމުންނެވެ. އަދި ސެންޓޭ އަށް ކާޑު ދެއްކީ މުލަކޭ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ނިއު އާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންތައްތަކެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

"ޑިސިޕްލިނަރީ ކޮމިޓީން ވަނީ މައްސަލަ ބަލަން ފަށާފައި. އެކަން ކްލަބަށް ވެސް ވާނީ އަންގާފައި،" އޭނާ ވިދާޅުވި އެވެ.

ނިއު އިން ބުނީ އެ ޓީމާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކުޅިވަރުގެ ރޫހާ ހިލާފު މައްސަލަތަކެއް އެފްއޭއެމުން ބަލަން ފަށާފައިވާކަން އެ ކްލަބަށް އަންގާފައިވާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ވަނީ ގިނަ ކުޅުންތެރިންތަކަކާއި ޓީމުތަކަށް އަދަބު ދީފަ އެވެ. އޭގެ ތެރޭގައި މާލޭ ލީގުގައި ނިއު އާއި އީގަލްސް ކުޅުނު މެޗަށް ފަހު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ބައިވެރިވި ކުޅުންތެރިންނަށް ވަނީ ބޮޑު ސަސްޕެންޝަންތަކެއް އައިސްފަ އެވެ.

އޭގެ ފަހުން ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗާއި ށ. މިލަންދޫ އާއި ދ. ކުޑަހުވަދޫ ކުޅުނު މެޗު ފުރިހަމަ ނުކޮށް ގްރީން ސްޓްރީޓްސް އާއި ކުޑަހުވަދޫ އިން ދަނޑުން ފޭބުމުން އެ ޓީމުތަކަށް ވަނީ އިންޒާރުދީފަ އެވެ.

4 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 14%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހާތި!،

30 November 2017

السلام عليكم ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، އެއްވެސް ޓީމެއް ރަންގަޅެއް ނޫން ! އެކަމަކު މިދިވެހިރާއްޖެ ފުޓްބޯޅަ ގަވައިދާ ރޫހާ ހިލާފައް ފުރަތަމަވެސް ކަންތައްތައް ކޮއްފަވަނީ ކުރީ ނިއުރޭޑިއަންޓް ސަޕޯޓަރުން އަދި ފުޓްބޯޅާގެ ގަވައިގާ ރޫހާ ހިލާފައް ފުރަތަމަ ވެސް ކަންތައްތައް ކުރީ ކޮއްފައޮތީ ތިނިއުރޭޑިއަންޓް ކުޅުންތެރިން މިބުނީ ތިނިއުރޭޑިއަންޓައް ކުޅޭކުޅުންތެރިން ކުޅެފަވާ ކުޅުންތެރިން ފަރާތުންނޭ ފެނުނީ ފެންނަނީ ފެނިފަ އޮތީ އެކަން އިގޭނެ މީގެ ކުރިން އަޅުގަނޑު ހަދާން ވާގޮތުގަ (3) ތިންއަހަރު ކުރިން ތިނިއުރޭޑިއްނަޓް ސަޕޯޓަރުން ފައިނަލް މެޗެއްކުޅެނިކޮއް ތިނިއުރޭޑިއަންޓް އާންމުކޮއް ތިބޭކަނުން ދަނޑު މައްޗައް އެއްޗެހި އުކާހެދުމުން މެޗް ހުއްޓާލާފަ އެއައްފަހު އެހެންދުވަހަކު ދަނޑައް އެއްވެސް ސަޕޯޓަރެއް ދަނޑައް ނުވަދެވޭ ގޮތައް އެމެޗް ކުޅުނީ ކުޅެނިމުނީ އަދި އެމެޗުން ވަކި މޮޅެއްވެސް ނުވި މުސްކުޅިން ބެނެއުޅޭހެން އުބައްޖެހީ ، إن شاء الله ، أمين ،،،،!.

The name is already taken The name is available. Register?

އާރީ

30 November 2017

އަހަރެން މަންމަ އަހަރަމެންގޭ ބަދިގެ ކަންތައްވެސް އޮގަނައިޒްކޮށް ބަލަހަށްޓާ. ތި އެފްއޭއެމުން ތި ހިންގާ މުބާރާތް ތަކަށް ވުރެ ރަގަޅަށް. އެފްއޭއެމުން ތި ކުޅެނި ބަތްކާ..

The name is already taken The name is available. Register?

ހޯރަ

30 November 2017

ތިމަންސަ އެފްއޭއެމުން އިސްނަގައިގެން ތިބަލަނި ކީއްވެ? ކީއްވެ ޓީސީ މިލަންދޫ މެޗް މައްސަލަ ނުބެލީ އެމެޗްގަ މާރާމާރީވެސް ހިންގި. ފުލުހުން ކުރިމަތީ. ނުބެލުނު. ވަކިބަޔަކު މައްސަލަތަ ބަލަނި

The name is already taken The name is available. Register?

ޓޮޓީ

30 November 2017

ޓީސީ މައްސަލަ ނުބެލީ ކީއްވެހޭ. މިބުނީ މިލަންދޫ ޓީސީ ކުޅުނިއިރު ހިގި ހަމަނުޖެހުންތައް. ޓީސީ ކުޅުންތެރިން ގޮސް ސަފޯޓަރެއްގެ ބޯފަލާލާ އެހެން މީހެއްގެ މޫނުމަތީ ޖަހާ ކީއްވެހޭ ނުބެލީ.ސްފޯޓްސް ކޮމިސަނު ޓީމް ވީމަ ބިރުގަތީތަ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454