ނިއުގެ ކޯޗު އޮސްކާ ބްރުޒޮން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 ޑިސެމްބަރ 2017 - 10:06
އެފްއޭ ކަޕް ސެމީ ފައިނަލުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނިއު ރޭޑިއަންޓް ނުކުންނައިރު އެ ޓީމު މިހާރު އޮތް ފޯމުގައި ބަލިކުރަން އުނދަގޫވާނެ ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.
މި މުބާރާތުގެ ފައިނަލުން ނިއު ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ކްލަބް އީގަލްސް އިން ވާދަކުރި ޔޫތު ޓީމުގެ މައްޗަށް 5-1 އިން ކުރި ހޯދައިގެންނެވެ. މިއީ ނިއު އިން ޖެހިޖެހިގެން މޮޅުވި 13 ވަނަ މެޗެވެ. އީގަލްސް މެޗަށް ފަހު ނިއުގެ ކޯޗު އޮސްކާ އެންމެ ބޮޑަށް ފާހަގަކުރީ އެ ޓީމު އޮތް ފޯމު ރަނގަޅު ވާހަކަ އެވެ.
"އަހަރެމެން ބޭނުންވާ ގޭމް ކޮންމެ މެޗެއްގައި އެބަކުޅެވޭ. އެއީ ހިތްހަމަ ޖެހޭ ކަމެއް. މި ފޯމު ދެމެހެއްޓުން އެންމެ މުހިއްމީ. ކުރިން ވެސް އަހަރެން ބުނިން މިގޮތަށް މި ޓީމު ކުޅޭނަމަ ބަލިކުރަން އުނދަގޫވާނެއޭ. އިދިކޮޅަށް ކޮންމެ ޓީމެއް ކުޅުނަސް އަހަރެމެން ވިސްނާނީ އަހަރެމެންގެ ގޭމަށް. އެއީ އިތުބާރާ އެކު އެ ގޮތަށް ކުޅެފި ނަމަ އަހަރެމެންނަށް މޮޅު ވެވޭނެކަން އެނގޭތީ،" އޮސްކާ ބުންޏެވެ.
މި މެޗަށް ނުކުންނައިރު ނިއު އަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކާޑު ހަމަވުމުގެ ސަބަަބުން އީގަލްސް މެޗަށް ސަސްޕެންޑްވެފައިހުރި އަލީ ފާސިރު (ސެންޓޭ) އަށް ކުޅެވުމެވެ. ޕްރިމިއާ ލީގަށް ފަހު ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ ނިއު ދޫކޮށްލާފައިވާއިރު، މިހާރު އެ ޓީމުގެ ފޯވާޑް ލައިން ބަލަހައްޓާނީ ސެންޓޭގެ އިތުރުން ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ގްރީން ސްޓްރީޓްސްގެ ޕެޓްރޯ (ކ) ކައިރިން ނިއުގެ ސެންޓޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ކެޓުމުން ގްރީން ސްޓްރީޓްސް އަށް މި ސީޒަނުގައި ދެން އޮތް ހަމަައެކަނި މުބާރާތަކީ އެފްއޭ ކަޕެވެ. ލީގުގެ ފަހު މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ސޮބާހު މުހައްމަދު (ސޮބާ) ވަކިވެފައިވާއިރު، އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ކޮންފެރޭ ސްޕޯޓްސް ކްލަބް އަތުން 16-1 އިން މޮޅުވި މެޗުގައި ގްރީން ސްޓްރީޓްސް އަށް އިރުޝާދު ދިނީ އަލީ ހަސަން އެވެ.
ނިއު އާއި ގްރީން ސްޓްރީޓްސް ވަނީ މި އަހަރު މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގައި ނިއު 2-1 އިން މޮޅުވި ނަމަވެސް ދެ ވަނަ ބުރުގައި ވަނީ 3-0 އިން ގްރީން ސްޓްރީޓްސް އަތުން ބަލިވެފަ އެވެ. ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން 1-0 އިން ނިއު މޮޅުވިިއިރު، ދެ ވަނަ މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0 އިންނެވެ.
އެފްއޭ ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާ ބަލިކުރުމަށް ފަހު ޓީސީ ސްޕޯޓްސް ކްލަބުން ވަނީ ރޭ ހޯދައިފަ އެވެ. މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
03 December 2017
ކިތަންމެ ވަރުގަދަ ފޯމެއްގަ އޮތަސް ބަލިވެދާނެ.ފުޓްބޯޅައެއީ ވަރަށް އެހެން ކަހަލަ ކުޅިވަރެއް.ރެލިގޭޝަން ޒޯންގަ އޮންޓީމެއްގެ އަތުންވެސް އެންމެ މަތީ ފޯމްގަ އޮންނަ ޓީމް ބަލިވެދާނެ ކަމުގެ ފުރިހަމަ ދަލީލެއް ރޭގަވެސް އެފެނުނީ ފްރެންޗް ލީގްގަ ޕީއެސްޖީ ބަލިވެގެން މެޗްނިމިގެން ދިޔުން.ރަދީފް އެދެނީ ނިއު މޮޅުވުން.ސާބަހޭ ނިއު.
އިރުޝާދު!
03 December 2017
السلام عليكم ورحمة الله وبركاته ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ﷲއިރާދަފުޅުކުރެއްވިއްޔާ ދުވަހަކުވެސް ދެރަ ގޮތެއްވުމަކައް ނޭދެން އެއްވެސް ބަަޔަކައް ނުވަތަ އެއްވެސް އިންސާނަަކައްވެސް ، އަޅުގަނޑު މާކުރިންވެސް މިބުނަނީ ވޭތިވެދިޔަ ތަނުގަ ލިބިފަ އޮތް މޮޅު ނުވަތަ ކާމިޔާބުތަކާ ގާތައް ވެސް ދެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތޭ ދަގޭ މޮޅު އެކަމަކު ގަދޭ ކަހަލަ 11(އެގާރަ) ކުޅުންތެރިން ތިބި ކަމުގަ ވިޔަސް ، މީކީ ވަކި ދަގޭ ނުވަތަ ނިއު ބަލިވެގެން ބުނާ ވާކަމެއް ނޫނޭ މި ކިޔަނީ މީހަމަ ހުރެފަ ބުނާ ބަހެއް ނޫނޭ ބަލައްޗޭ މިއޮތީ ފެނިފަ ހަޖަމު ނުވާ ބަޔަކައް ނުފެނުނު ކަމުގަ ވިޔަސް ، ފަހިމަގު ފެނުން ވަރަށް ނާދިރުކަމެކޭ %100 ޔަގީނޭ ބުނިކަމުގަ ވިޔަސް އިގޭނެ ، ގްރީންސްޓްރީޓް މާބޮޑައް ކާމިޔާބަކައް ނޫން ޓީމް އޮތް ގޮތުން ދެން ބައިވެރިވެފަ ވާތީ އެހިސާބައް ދެވުނީމަ ކުޅެވިދާނެ ކަން އެކަމަކު އެއީ ބަލި ކޮޅަކައް ނޫން ﷲއިރާދަފުޅުކުރެވިއްޔާ އެގިދާނެތާ إن شاء الله ބަދުބަހެއް ގޮތުގައެއް ނޫން ، إن شاء الله ، أمين ،،،،،!.
ޢަބުދުﷲ
03 December 2017
ބަދު ދުޢާ އެއްގެ ގޮތުގަ، ކަލޭ ކިތަންމެ ވަރަކަށް ނިއު އާ ހަސަދަވެރިވިޔަސް، ހަމަ ދެތަލިން ކުޅު ހިކެންދެން ހުންނަންޖެހޭނީ...إن شاء الله ނިއު ދާނީ އަބަދުވެސް ކުރިއަށް، އަބަދުވެސް ކާމިޔާބު މިންވަރު ކޮށްދެއްވާށި..އާމީން
ހަނދާން ކޮއްލާ
03 December 2017
ކަލޭ ތިހެން ބުނެބުނެ އޮށްވަ 2013 %100 ރެކޯޑް ހެދީވެސް (ލޯކަލް މުބާރާތް ތަކުގަ އެއްވެސް މެޗަކުން ބަލިނުވެ، އެއްވަރު ނުވެ، ހުރިހާ މެޗަކުން މޮޅުވެފަ ވަނީ) ކަލޭ ތިޔަ ހަސަދަވެރިވާ ނިއު، ހަމަ އަސަރެއް ކޮށްލާނީ....
ޓޮމީ
05 December 2017
ބުދު ދުވަހުގެ ރޭ އިރާދުކުރެެއްވިއްޔާ މި ޕޯސްޓްއަށް ކޮމެންޓެއް ކޮއްލާނަން