މޭޔަރު ޝިފާ: ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ކުރި ޓްވީޓަކީ އޭނާ ލިޔާ ވާހަކައެއްގެ ބައެއް ކަމަށް އޭސީސީއަށް އޭނާ ވަނީ ބަޔާން ދީފައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
03 ޑިސެމްބަރ 2017 - 15:41
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ޕާޓީ ބަދަލުކުރާ މަތިން އޭނާ އަށް ބަޔަކު ރިޝްވަތު ހުށަހަޅާފައިނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން އޭނާ ކުރެއްވި ޓްވީޓަކީ އޭނާ ލިޔަމުން ދިޔަ ވާހަކައެއްގެ ބައެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
މިދިޔަ މަހު ޝިފާ ކުރެއްވި ޓްވީޓެއްގައިވަނީ "ކޮޅު ބަދަލުކުރާ މަތިން" ތިން ކޮޓަރީގެ ފްލެޓަކާއި މިލިއަނުން ފައިސާ ހުށަހަޅައިފި ކަމަށެވެ. ރިޝްވަތު ހުށަހެޅީ ކާކަށް ކަން ހާމަނުކޮށް، އެ ޓްވީޓްގައިވަނީ އެއީ ތޯތޯ ވާހަކައެއް ނޫން ކަމަށާއި ނަފްސު ނުވިއްކާނެ ކަމަށް ޖަވާބުގައި ބުނި ކަމަށެވެ.
3 rm flatakaai millionun faisaa hushaalhaifi kolhubadal kuraamathin.Thoa thoa vaahakaeh nun Javaabga buni nafsu nuvihkeynekamah.
— Shifa Mohammed🎈 (@etna295) October 18, 2017
ޝިފާގެ ޓްވީޓް
އެ މައްސަލަ އޭސީސީން ބެލުމަށް ފަހު އެ ކޮމިޝަނުން އާންމުކުރި ބަޔާނުގައިވަނީ އެކަމާ ގުޅިގެން ޝިފާއާ ސުވާލު ކުރުމުން އެ ޓްވީޓަކީ މުޖްތަމައުގެ ތެރޭގައި އެފަދަ ކަންކަން ހިނގާ ކަމަށް ގަބޫލު ކުރެވިގެން އާންމުން ހޭލުންތެރިކުރަން ކުރި ޓްވީޓެއް ކަމަށް ޝިފާ ވިދާޅުވެފައިވާ ކަމަށެވެ. އަދި އެއީ އޭނާ ލިޔަން ފަށާފައިވާ ވާހަކައެއް ކަމަށާއި އޭގެ ދެ ވަނަ ބައި ފަހުން އާންމު ކުރާނެ ކަމަށް ޝިފާ ވިދާޅުވެފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނި ގޮތުގައި އެ ޓްވީޓާ ގުޅިގެން މީޑިއާއެއްގައި އެއްވެސް އެއްޗެއް ޝާއިއު ކުރިކަން ނޭނގޭ ކަމަށް ޝިފާ ވަނީ ވިދާޅުވެފަ އެވެ. އެ ޓްވީޓަކީ ވަކި މީހަކަށް ނުވަތަ ޕާޓީއަކަށް ނިސްބަތްވާ މާނައެއް ދޭހަވާ ފަދަ ޓްވީޓެއް ނޫން ކަމަށް ވެސް ޝިފާ ވިދާޅުވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ޝިފާ އެގޮތަށް ވިދާޅުވެފައިވާތީ އޭސީސީން ވަނީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަމް
04 December 2017
ދެންފަހެ "ކޮޅު ބަދަލުކުރާ މަތިން" ތިން ކޮޓަރީގެ ފްލެޓަކާއި މިލިއަނުން ފައިސާ ހުށަހެޅޫއެވެ. މިގޮތަށް ވާހަކަ ސްޓާޓްކުރަންވީ....
ކަހުރަބު
04 December 2017
މިފަހަރު ބިންމާ ވައްޓާލާނެ
ލާލްމިއާ
04 December 2017
އިތުރުފުޅު ހެއްދެވީތީ އިސްތިއުފާ.... އިސްތިއުފާ
އސމއލ
03 December 2017
ހަހާ!! ސަމާލުކަން ހޯދިފަ ހުންނާނީ މިހާރު....ހަމަ ހިތަށްއަރާއިރަށް އެއްޗެކޭ ވީދެންޏާ ތިހިންވާނީ!!!
ހަސަނު
03 December 2017
ކާކުތޯ އޭސީސީއަށް އެއްޗެއް ކިޔައިދޭނީ..
ހޮޓްކިންގ
03 December 2017
މީނާދެން އެއީ ކޮޅުބަދަލު ކޮށްގެން ގެންނަވަރުގެ މީހެއްވެސް ނޫން. ތިމާއަށް ތިމާއޮޅުނީ. އެޕާޓްމަންޓް ދޭން ހުށަނާޅާކަމަށް އަމިއްލައަށް އިޢުތިރާފްވީ. ފަސާދަ އުފެއްދުމަށް މީނަ ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެކަން މިހާރު ކަށަވަރު ވެއްޖެ. އެއީ ހަމަ އެބައިމީހުންގެ އަޚްލާޤް ހުރިގޮތް. ފިތުނައުފެއްދުމުގައި ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަންވީ. ކަމަކާ ޖެހުނީމާ ދެކަކޫ މައްޗަށް ތިރިވާންޖެހެނީ.
ކޭކުލި
03 December 2017
ޤައުމެއްގެ ވެރިކަންކުރާ ރަށުގެ މޭޔަރު. މީ ކުރާކަހަލަ ކަންތައްތޯ ސިޔާސީ ވިޔަސް މިފެންވަރަށް ވެއްޓޭކަށް ނުވާނެ މީ ވަރަށް ދަށުދަރަޖައިގެ މީހެއް. ދޮގުހަދައިގެން އާންމު ރައްޔިތުންގެ އިޙްސާސްތަކާކުޅެ ރަށުގެ މާހައުލު ކިލަބުކުރަންއެންމެ ރަގަޅީ އެސިޓީއެއްގެ މޭޔަރުތޯ؟ މީނަމާލެސިޓީގެ އަމަން ނަގާލަން މަސައްކަތްކުރީތީ ދައުލަތުގެ ފަރާތުން ދައުވާކުރަންޖެހޭނެ.
ޙަފްޞާ / މާލެ
03 December 2017
މީނަގެ މި ފަސާދަކުރުވަނި ޢަމަލން ޢިބްރަތް ލިބިގަންނާނީ ކޮންބައެއްބާ؟
ކޭކުލި
03 December 2017
މަގޭ ހިތަށްއަރާ މީ ހާދަ ހަޔާތް ކުޑަމީހެކޭ. ޤައުމުގެ މޭޔަރަކަށް ހުރެ ޤައުމު ފަސާދަކުރަން ލަދުކޮބާ؟
ބެއްޔާ އައްޑޫ
03 December 2017
އޭސީސީ މިއީ ގަދަ ބައެއް. މިމީހުން ނިންމުމުން އެއޮތީ ހުދު ކާފޫރުކޮޅަކަށް ބަދަލުވެފައި. މި ކަމިޝަނަށް އިތުރު މުވައްޒަފުން ވައްދަން ފަންޑު ފޮއްޓެއް ހުޅުވަން ވަރަށް ފެނޭ. ފަހަރުގައި އެމްއެމްޕީއާރުސީ ބޮޑު ވައްކަމުގެ ރިޕޯޓްވެސް އާއްމުންނަށް ލިބިދާނެ. ލުތުފީ އަކީ ގަޓުހުރި ފިސާރި މޭންއެއް އިނގޭ
ދިޔާސީ
03 December 2017
އޭސީސީ ހާދަބާރަކައް މައްސަލައެއްތިބަލައިލީ