ބީއެމްއެލްގެ އޭޓީއެމްތަކުން ބަޔަކު ހިދުމަތް ހޯދަނީ: ރޭ ދަންވަރު ދިމާވި މައްސަލަ މިހާރު ވަނީ ހައްލުކޮށްފައި.
09 ޖުލައި 2016 - 10:06
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު އަދި އޭޓީއެމްގެ ހިދުމަތަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރޭ ދަންވަރު ހިދުމަތް މެދުކެނޑުމަށްފަހު މިއަދު ހެނދުނު އަލުން ދޭން ފަށައިފި އެވެ.
ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ރޭ ދަންވަރު 2:30 ހާއިރު ދިމާވި މައްސަލައާ ގުޅިގެން ގާތްގަނޑަކަށް ހަ ގަޑިއިރަށް ހިދުމަތް މެދުކަނޑާލަން ޖެހުނު ކަމަށެވެ. އަދި އަލުން ހިދުމަތް ދޭން ފެށުނީ ހެނދުނު 8:30 ހާއިރު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ކުއްލިއަކަށް ދިމާވި މައްސަލައާ ގުޅިގެން ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އާއި ކާޑުގެ ހިދުމަތްތަކުގެ އިތުރުން އޭޓީއެމް އަދި ޕީއޯއެސްގެ ހިދުމަތް ވެސް މެދުކަނޑާލަން ޖެހުނު ކަމަށެވެ.
"ރޭ އެ ދިމާވި މައްސަލަ މިހާރު ވަނީ މުޅިން ހައްލުކުރެވިފައި. ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން،" އެ ބޭންކުން ބުނެފައިވެ އެވެ.
އެ ބޭންކުގެ ޕީއޯއެސްތަކަށް ދިމާވި މައްސަަލައަކާ ގުޅިގެން މިދިޔަ ހަފުތާގައި ވެސް ދެ ގަޑިއެއްހާ އިރަށް ހިދުމަތް މެދުކެނޑިފައިވެ އެވެ.
ބީއެމްއެލް އިން މާލެ އާއި އަތޮޅުތަކުގައި 76 އޭޓީއެމް އަދި ކޭޝްކާޑުގެ ހިދުމަތް ދޭ 3،200 ތަން ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައީމު ސ.މީދޫ
09 July 2016
އިންޓަނެޓަކީ އަބަދުވެސް މައްސަލަ ދިމާވާއެއްޗެއް.މައްސަލައެއް ނުޖެހި ފެށުނުދުވަހުންފެށިގެން އަދާއިހަމަޔަށް އެއްވެސް ބަޔަކަށް ދެވިފައިނެތެވެ.އިންސާނުންގެ އުފެއްދުމަކީ އަބަދުވެސް މައްސަލަ ޖެހޭނެ ުފެއްދުމެވެ.
އަލީ
09 July 2016
ތިމައްސަލަ ދިމާވެފައި ގިނަވަގުތު ވީމަ ތިކަން ތި ފާހަގަ ވީ. ކުރީ ރެއަކުވެސް 30 މިނިޓް ވަރު އިންޓަނެޓް ބޭންކިން މެދުކެނޑުނު. އަދި ކާޑް ބޭނުންކޮށްގެން އެއްވެސް އޮންލައިން ޓްރާންސެކްޝަންތައްވެސް ނުހެދުނު.
ސިތާޖް
09 July 2016
ބޭންކް އޮފް މޯލްޑިވްސް ގެ ހިދުމަތް ރަނގަޅަށް ލިބެނީ މާލެ އަށް އެކަނި. ހުޅުމާލޭ ގައި 60000 މީހުން ދިރިއުޅޭއިރު އެންމެ 3 އޭ.ޓީ.އެމް. ހުންނަނީ. ގިނަވަގުތު ހިދުމަތް މެދުކެނޑިފައި ހުންނަނީ.އަބަދުވެސް ބޮޑު ކިޔޫ އެއް އޮވޭ. މިކަން ބަލާނެ ބަޔަކު މުތިބޭކަމީ ހިތާމަހުރިކަމެއް.ވ.ސަކަރާތް.