ދުނިޔެ

ގުދުސް މައްސަލައިގެ އެންމެ ފަސް

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ފަލަސްތީނުގެ 14 އަހަރުގެ ކުއްޖަކު ގޮވައިގެން އިޒްރޭލު ސިފައިންގެ 22 މީހަކު ދަނީ.

އިޒްރޭލުގެ ވެރިރަށަކީ ފަލަސްތީނުގެ ގުދުސް ކަމުގައި ރަސްމީކޮށް އިއުތިރާފްވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މި މަހުގެ 6 ވަނަ ދުވަހު އެކަން އިއުލާން ކުރެއްވުމާ ގުޅިގެން އަރަބި އިސްލާމީ ދުނިޔޭގައި އެކަމާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާތައް ދަނީ ކުރަމުންނެވެ. އަދި ވިލާތުގެ ގައުމުތަކުން ވެސް ޓްރަމްޕުގެ އެ ނިންމެވުމާ ދެކޮޅު ހަދައި އެކަން ތަންފީޒު ނުކުރުމަށް ވަނީ އެދިފަ އެވެ. އަދި ގުދުސްގެ މައްސަލައިގައި ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި އެތައް ކަމެއް މިހާރު ވެސް ދަނީ ހިނގަމުންނެވެ.

ސިޔާސީ ހަރަކާތްތައް

ގުދުސްގެ މައްސަލައިގައި އަރަބި ގައުމުތަކުން ދެމުންދާ ފިނި ރައްދާ މެދު ތުރުކީ ވިލާތުން ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ. ތުރުކީ ވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތު ކަވުސްއޯގްލޫ އިއްޔެ ވިދާޅުވީ ގުދުސްގެ މައްސަލައިގައި ބައެއް އަރަބި ގައުމުތަކުން ފެންނަމުން ދަނީ ވަރަށް ފިނި އަދި އެހާމެ ފިނޑި ރައްދެކެވެ. އަދި ބައެއް ގައުމުތައް ފެންނަނީ އެމެރިކާ ދެކެ ވަރަށް ބޮޑަށް ޖެހިލުންވެ ބިރުގެންފައިވާ ފަދަ ގޮތަކަށެވެ.

ކަވުސްއޯގްލޫ ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކުން މިހާތަނަށް ވެސް ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގެންފައި ނުވާތީ، ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް މިއަދު ގޮވާލައްވާނެ ކަމަށެވެ. އެއީ ތުރުކީގައި މިއަދު ބާއްވާ އިސްލާމީ ގައުމުތަކުގެ ބައްދަލުވުމުގެ ތެރޭގަ އެވެ.

އީރާންގެ އެލީޓް ރިވޮލިއުޝަނަރީ ގާޑުންގެ ބޭރުގެ ހަރަކާތްތަކާ ބެހޭ ކޮމާންޑަރު ގާސިމް ސުލައިމާނީ ވިދާޅުވި ގޮތުގައި، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ހަނގުރާމަކުރާ ފަލަސްތީނުގެ ލަޝްކަރަށް އެހީތެރިކަމާއި މަދަދު ފޯރުވައިދޭން އީރާން އޮތީ ތައްޔާރަށެވެ. އަދި ހިތުގެ އިޚްލާސްތެރިކަމާ އެކު އެއްވެސް ބަދަލެއް ލިބިގަތުމެއް ނެތި އެކަން ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އެމެރިކާއާ އެކު އޮތް އިގްތިސާދީ ގުޅުންތައް ކަނޑައިލުމަށް އީރާންގެ ގާނޫނު ހަދާ މަޖިލީހުން ވަނީ، އިސްލާމީ ގައުމުތަކަށް އިއްޔެ ގޮވާލައިފަ އެވެ.

މަގުމަތީގެ ހަރަކާތްތައް

ޖަރުމަންގެ ވެރިރަށް ބާލިންގެ އެންމެ ބޮޑު ރޭލު ސްޓޭޝަން ދޮށަށް އެތައް ހާސް ބަޔަކު އިއްޔެ އެއްވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނިންމެވުމާ ދެކޮޅަށް ވަނީ އަޑު އުފުލައިފަ އެވެ. އަދި ޖަރްމަންގައި ހުންނަ އެމެރިކާ އެމްބަސީ ދޮށަށް މިދިޔަ ހުކުރު ދުވަހު އެތައް ހާސް ބަޔަކު އެއްވެސް ޓްރަމްޕުގެ ނިންމެވުމާ ދެކޮޅަށް އަޑު އުފުލައި އެމެރިކާގެ ދިދަ އަންދާފައިވެ އެވެ.

މި މަހުގެ 6 ވަނަ ދުވަހު އެމެރިކާ އިން ނިންމި ނިންމުމާ ގުޅިގެން، ފަލަސްތީނުގެ މަގުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ އިޒްރޭލާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ. މި މުޒާހަރާތައް ރޫޅައިލުމަށް އިޒްރޭލު ސިފައިން ކަރުނަ ގޭހާއި ހަތިޔާރުގެ ބޭނުންކުރަމުންދާ އިރު، ހުޅަނގު އައްސޭރި އާއި ގާޒާގައި އިއްޔެއާ ހަމައަށް 1،795 މީހަކު ވަނީ ޒަޚަމްވެފަ އެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ހަ މީހަކު ވަނީ މަރުވެފަ އެވެ.

0 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 83%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454