މެމްބަރު އަލީ އާރިފް. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
17 ޑިސެމްބަރ 2017 - 11:15
ދުނިޔޭގެ ބައެއް ގައުމުތަކުން ރާއްޖެއާ މެދު ހިތްހަމަނުޖެހޭތީ ކުރިމަގުގައި ރާއްޖޭގައި ދިވެހި ވެރިއެއް ހޮވަން ވެސް ފުރުސަތު ނުލިބިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ރޭ ވިދާޅުވެއްޖެ އެވެ.
ބ. ކަމަދޫގައި ޕީޕީއެމް ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި އާރިފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވެފައި ހުރި ކަންކަން ފުރިހަމަކޮށްދެމުން ދާތީ އެކަން ހަޖަމް ނުކުރެވިގެން އަވައްޓެރި ގައުމުތަކާއި ދުރު ގައުމުތަކުން މައްސަލަ ޖައްސަމުން ދާ ކަމަށެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި "މިތުރުން އުފަލުން ތިބިއިރު،" ހަތުރުން ތިބީ "ރުޅި އައިސްފަ" އެވެ.
"މި ދައްކަނީ ދިވެހި ރައްޔިތުންގެ ތެރެއިން އަޅުގަނޑުމެންނާ އިދިކޮޅު ފިކުރެއްގައި، ސިޔާސީ ފިކުރެއްގައި ތިބި މީހުންގެ ވާހަކައެއް ނޫން. ބޭރު ގައުމުތަކުގެ ވާހަކަ މިދައްކަނީ،" އާރިފް ވިދާޅުވި އެވެ.
"މާދަމާއަކު ހިއެއްނުވޭ އަޅުގަނޑުމެންގެ ތެރެއިން މީހަކު ނެރެ، ވެރިކަން ކޮށްލާކަށް މި ގައުމެއް އޮވެދާނެ ހެން ތިޔަ އަދާވާތްތެރިކަން ކުރިމައްޗަށް ނެރޭ ކަމުގައިވާ ނަމަ. މިއީ ލައްކަ ވާހަކަ."
އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި ދިވެހިން ގައުމު ދެކެ ވަރުގަދަ ލޯތްބަކުން ލޯބިވެ، ދިވެހިންނަކީ އިހްލާސްތެރި، ގައުމުގެ ހައްގުގައި މަސައްކަތްތަކެއް ކުރާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.
އާރިފް ވިދާޅުވި ގޮތުގައި ދިވެހި ގައުމާ ދޭތެރޭގައި އެހާ ހިތްހަމަނުޖެހޭ އަވައްޓެރިންތަކެއް ތިބިއިރު، ދިވެހިން އެކަމަށް ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ. އަދި ދިވެހިންގެ މެދުގައި އޮތް އަދާވަތްތެރިކަން ދޫކޮށްލައި، ވަތަނީ ލޯތްބަކުން ގުޅެން ޖެހޭ ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ ދިވެހިން ވަރަށް އުފަލުން ތިބިއިރު، ހަތުރުން ވަރަށް ވަރުގަދަ ކަޅިއެއް ރާއްޖެއާ މެދު އަޅަމުންދާ ކަމަށެވެ.
އިންޑިއާގެ ނަން ފާހަގަނުކޮށް އެކަމަކު އެ ގައުމަށް އިޝާރާތް ކުރައްވައި އާރިފް ވިދާޅުވީ އެ ގައުމުން ރާއްޖެއާ މެދު އިންތިހާއަށް ހިތްނުތަނަވަސްވެފައިވާ ކަން ހާމަވާ ކަމަށެވެ. ރާއްޖެއާ ދިމާލަށް އަންނަ އުންޑަތަކާއި ތީރުތަކުން ސަލާމަތް ކުރަން ނުކުތުމަށް ގޮވާލެއްވި އެވެ.
ބެލެވޭ ގޮތުގައި އާރިފް އެ އިޝާރާތްކުރެއްވީ އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ރަޖްޔާ ސަބާ" ގައި އެ ގައުމުގެ ކުރީގެ ފޮރިން ސެކްރެޓަރީ ސަލްމާން ހައިދަރާއި އެހެން ދެ އެނަލިސްޓުން ދެއްކެވި ވާހަކަތަކަށެވެ. އެ ޝޯގައި ސަލާމަތީ ތަޖުރިބާކާރެއް ކަމަށްވާ ބާރަތު ކަރުނާދް ވަނީ އިންޑިއާގެ އަސްކަރިއްޔާ ބޭނުންކޮށްގެން ނަމަވެސް ރާއްޖޭގެ މިހާރުގެ ވެރިކަން ބަދަލުކޮށް، "ކަންކަން ހަމަޔަކަށް އަޅުވަން ޖެހިފައިވާ" ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިއީ އިންޑިއާގެ ރަސްމީ ބަހެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީވާ
19 December 2017
އާނ ކަލޭމެނަށްވުރެ ބޭރު މީހަކުވެސް މާ ރަގަޅުވާނެ!
ހަސަނ
19 December 2017
ހުރިހާ ދެވެހިން އެކަތިގަނޑަކަށް ވާން ދަސްކުރަންވީ ގައުމީ ކަންކަމުގަ. ވެރިކަމުގެ ދަހިވެތިކަމުގަ އަބަދުވެސް މިއޮންނަނީ ބާރުގަދަ ބޭރުގެ އަތެއް އެހީ ހޯދާފަ.. އޭގެ ހިތި ރަހަ ދިވެހިންގެ ކަރުބުޑުގަލީ އެތައްފަހަރެއް ތާރީހްގެ ގަޑުތަކުން އެހުރީ ސާފުކޮށް ފެންނަށް.. ސިޔާސީވާދަވެރިކަމުގަ ގައުމުވިއްކާނުލާ، ތާރީހްގެ ހިތިހާދިސާތަކުން އިބްރަތްހާސިލްކުރޭ!.
ކޮންމެވެސް މީހެއް
18 December 2017
ތީ ވެސް ތެދެއް .......
ކުމާރު
18 December 2017
މިހާރު ވެސް ހުރީ ޗައިނީ ސައުދީ ވެރިއެއްނު ؟
އަލީ ޢާރިފު
18 December 2017
ދިވެހި ވެރިޔަކު ހޮވަން ފުރުސަތު ނުލިބިޖެއްޔާ ޗައިނާ މީހަކު ހޮވާފާނަމެ، މިއަށްވުރެ ރަނގަޅުވާނެ
ސަލީމު
18 December 2017
ތިމާމެންގެ ނާގާބިލުކަމުން އަވައްޓެރިންނާ މޫނުކެނޑުނީމާ އެކަންވެސް ރައްޔިތުންގެ ބޮލުގަ ކޮންމެކަމެއް ކޮށްފަ ވެސް ނަޝީދު ކިޔަންތިބޭބައެއްމީ މި ދަރުބާރު ފެކްޝަންގެ އެންމެންގެ ހާލަކީވެސް މީ ބޮޑުވަރު
ށައްސީރު
18 December 2017
ޚީއވެތަ ހަޖަމުނުވަނީ ޗައނާމީހުން މާބަރާބަރުވާނެ ހުރިހާގޮތަކުންވެސް ތިޔައުޅޭ ބަނގާޅީންނަށްވުރެ ..ބަންގާޅީން ގިނޟީހން ނަންމުސްލިމް އެހެން ހުރިހާކަމެއް ގޯސް ރޯދަމަހ މސްކިތް..ހިންދީންވެސް މާލެއަރާގޮތައް ގެްލުނީ ދެން އުޅޭތަނެްވެސް ނޭނގޭނެ ނަނަބަދަލުވާނެ މުސްލިމުނަމަކަށް ޕާސްޕޯޓް ގެއްލޭނެ..ކޮންމެސްމީހެއްގެ ގެަްވަދެ މީސް މީހުންގެ ދިރިއުޅުމުތެރެއަޢް ވަންނާނެ..ޗައިނާމީހުން އެވައްތަރަކަށް ނޫޅޭނެ..ވާގޮތެއް އިނގޭ ޗައިނާމީހުންގެ ބޯކާލަން އާދަެިގެ ލަތޯފަތޯއައް އުނދުގުވާތީ ކަމަސް ބެލެވެނީ ކީކޭތޯ
އަބްދުއްލާ
17 December 2017
ބޭރު މީހަކަށް ލިބުނަސް ނަސީދަށް ނުލިބިއްޖެއްޔާ ގައުމަށް ފައިދާކުރާނެ ، މިހާތަނަށް ފެނުނީ ހިންގަން ހަވާލުވި ހުރިހާތަނެއް ބަގުރޫޓް ވެގެން ދިޔަތަން 1 ކުންފުނި 2 ވަޑާންގެ 3 ގައުމު. މި 3 ތަން ހިންގުމަށް ހަވާލުވެ ވެސް ބަގުރޫޓް ވެގެން ދިޔައީ ، ހޭއަރާ . ދިވެހި ދަރިން ވިސްނާ ހޭ އަރާ
ރނޑނ
17 December 2017
އާއްމު ވިސްނުމަށް ބަލާނަމަ ފިސާރި ބޮނޑިއެއް ބޮއެގެން ހޭވެރިކަންވާނެ ކަމަށް ގަބޫލު ނުކުރާންވީ ސަބަބެއްނެތް.
ލަދު
17 December 2017
ގައުމެއް އެބައޮތްތަ? މިހާރު މި ގައުމު ވަނީ ޗައިނާގެ ކުޑަ އައިލެންޑެއްގެ ދަރަޖާގަ. ލަދު