ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނަނީ ވިއްސާރަ ވުމަކީ ހުޅުތަކުގެ ރިއްސަން މެދުވެރިވާ ސަބަބެއް ނޫން ކަމަށްް
18 ޑިސެމްބަރ 2017 - 06:43
އެތައް ގަރުނެއް ކުރިއްސުރެ މީހުންނަށް ހީވެފައި އޮންނަ އެއް ކަމަކީ ހުޅުހުޅުގައި ރިއްސަނީ ވިއްސާރަ ވާން އުޅޭތީ ކަމަށެވެ. ނަމަވެސް ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނަނީ ވިއްސާރަވެހި ފިނިވުމާއި ހުޅުގައި ރިއްސުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
މިފަހަރުގެ ހޯދުން ހޯދާފައިވަނީ އެމެރިކާގެ ހާވާޑް މެޑިކަލް ސްކޫލްގެ ސައިންސްވެރިންނެވެ. ހޯދުމުގައި ފިނިވުމުގެ ސަބަބުން ހުޅުހުޅުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކި އެތައް މިލިއަން ބައެއްގެ އިންޝުއަރެންސް ކްލެއިމް އާއި މޫސުމާ ބެހޭ ސްޓޭޝަންތަކުން އެއްކުރި މޫސުމާ ގުޅޭ މައުލޫމާތު އަޅާބަލާފައިވެ އެވެ.
ޖާނަލް ބީއެމްޖީގައި މިހާރު ޝާއިއުކޮށްފައިވާ މި ހޯދުމުގައި 2008 އާއި 2012 އާ ދެމެދު ޑޮކްޓަރަށް ދެއްކި 11 މިލިއަން މީހުންގެ މައުލޫމާތު ޗެކްކުރި އެވެ.
މި ހޯދުމަށް ރިސާޗް ޓީމުން ތަފާތު ސުވާލުތައް ކުރި އެވެ. އޭގެން އެންމެ މުހިއްމު ސުވާލަކީ ވިއްސާރަ މޫސުމަށް ނުވަތަ ވިއްސާރަ މޫސުމާ ގުޅިގެން ހުޅުހުޅުގައި ރިއްސާތީ ޑޮކްޓަރަށް ދައްކާ މީހުން ގިނަވެފައިވޭތޯ އެވެ. އަދި އެހެން ކޮންމެވެސް ސިއްހީ މައްސަލައެއް ހުރެގެން ޑޮކްޓަރަށް ދައްކާ މީހުން ވިއްސާރަ މޫސުމުގައި ހުޅުހުޅުގައި ރިއްސާކަމުގެ ޝަކުވާ ކުރީތޯ ވެސް ބެލި އެވެ. ނޫން ނަމަ ވިއްސާރަ މޫސުން ނޫނަސް ޑޮކްޓަރަށް ދައްކާ މީހުން އަބަދުވެސް ހުޅުތަކުގައި ރިއްސާތީ ޝަކުވާ ކުރޭތޯ އާއި ރިއުމެޓޮއިޑް އާތުރައިޓިސް ހުންނަ މީހުން މާ ބޮޑަށް ހުޅުތަކުގައި ރިއްސާތީ އުޅޭތޯ ވެސް ސައިންސްވެރިން ކުރި ސުވާލުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި ސުވާލުތަކުގެ ޖަވާބު ލިިބިފައިވާ ގޮތުން ވިއްސާރަ މޫސުމުގައި ވަކިން ގިނައިން ހުޅުތަކުގައި ރިއްސާތީ މީހުން އުޅެފައި ނެތްކަން ވަނީ ޔަގީންވެފަ އެވެ.
ޑޮކްޓަރުންނަށް ދެއްކި މީހުންގެ ތެރެއިން 6.35 ޕަސެންޓް މީހުން ވިއްސާރަ ދުވަސްތަކުގައި ހުޅުތަކުގައި ރިއްސާ ވާހަކަ ބުނިއިރު ވިއްސާރަ ނޫން ދުވަސްވަރު ހުޅުތަކުގައި ރިއްސާ ކަމަށް ބުނި މީހުންގެ އަދަދު އުޅެނީ 6.39 ޕަސެންޓްގަ އެވެ.
"ވިއްސާރަ މޫސުމާއި ހުޅުތަކާއި ބުރަކަށީގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމާ އެއްވެސް ގުޅުމެއް ހުރި ކަމަކަށް އަހަރެމެންގެ ހޯދުމަކުން ނުދައްކާ،" ދިރާސާގައި މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނުު
23 December 2017
ށައިންސްވެރިން މަހަށްދޭ
ގާފު
19 December 2017
އާރތްރައިޓިސް ގެ މައިގަނޑު ސަބަބަކީ ގަޓް ލައިނިން.
ކާފު
21 December 2017
ކޮބާ ގަޓް ލައިނިން އަކީ
ޙުސެން
18 December 2017
ހުޅުތަކު ރިއްސާވަރުން ހިރިނުލެވިފަ މިއޮތީ
ތަރަބެ
18 December 2017
ވިއްސާރަވެގެން ރިއްސިޔަސް ޑރ. އަށް ނުދައްކަންޏާ ޕަސެންޓް ދައްވާނެތާ.
އަރަތެއް
18 December 2017
ވަރިހަމަ ކޮންމެ ވެރިއަކު ބުންޏަސް، ވިއްސާރަ ވިލާ ގަނޑެއް ފެންނަން ނެތަސް، ސަރަޙައްދުގައި ވިއްސާރަ ވިލާ އުޅޭކަމާއި، ބޯކޮށް ވާރޭ ވެހޭނެކަން ތަޤީންވޭ މަގޭވެސް މައިބަދައިގައި ވަރަށް ގަދަޔަށް ރިއްސަންޏާ. މިއީ މިދުވަސްކޮޅު ވެސް ކުރެވެމުންދާ ތަޖުރިބާ އެވެ.
ޒަމީރު
18 December 2017
ބަލަ ތިޔަ ޑޮކްޓަރުންނަށް ދައްކާ ދައްކާ ރަނގަޅު ނުވާތީ ޑޮކްޓަރުންނަށް ނުދައްކަނީ . ސައިންސްވެރިން ނިކަން އަާތްރިޓިކްސް ޖަހާފަ ގޫގަލްގަ ސާޗްކޮއްލަބައެ
ޙުސެން
18 December 2017
ސައިންސްވެރިންނަށްވުރެ އިމްޕީރިޔަލްގަ އިންނަ ޑރ އަބޫބަކުރުވެސް މާ މޮޅެއްނު
އޭނާ
18 December 2017
ވިއްސާރަ ނުވެހޭނެ. ވާރޭ ވެހޭނީ. ރިސާޗް ޓީމެއް ނޫން. ދިރާސާކުރާ ޓީމު.
ޢުޒެއިރު
18 December 2017
އަހަރެން އުމުރު މިދަނީ ތި ހާލެއްގަ. ވިއްސާރަވާް އުޅެންޏާ އަހަރެންގެ ކަކަުކު ހުޅުތަކުގައި ގަދަޔަށް ރިއްސާ ބުރަކަށިން ހެސްކިޔާފަ ހޫނޫ އަރާ. މިހާރު މިވެގެން އުޅޭ ވިއްސާރަޔަށްވެސް އަހަރެން ބުނިން ވިއްސާރަ އެބައޮތޭ ބޯކޮށް އޭރު ވިއްސާރައިގެ އެއްވެސް ޢަލާމާތެއް ނެތް. އެރޭ އިރުއޮއްސުންތަނާ އޮއްސާލާފި.
ޝަފް
18 December 2017
ސައިންސަވެރިންގެ ހޯދުންތަކާ ދިރާސާ ބޭނުންވާ ކަމެއްނޫންދޯ މީކީ، ފިނިވީމަ ގިނަމީހުންގެ ގައިގަ ރިއްސާ ކަމަށްވަންޏާ އެވާނީ ރިއްސާކަމަށްދޯ.... ކޮންމެމީހަކު ރިއްސާލާއިރަކަށް ޑރ އަށް ދައްކާ ކަށް ނުވެސްދާނެ އަދި އަމްދުން އާދަކޮށް ރިއްސާ މީހުން ވަރަށް ނުދާނެ