އޭޑީކޭގެ އާ އިމާރާތް: އެތަނުގައި ހިދުމަތް ދިނުން މިއަދު ވަނީ ރަސްމީކޮށް ފަށާފައި-- މިހާރު ފޮޓޯ: ނިޝާން އަލީ
07 ޖެނުއަރީ 2018 - 11:34
ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭން އަލަށް ހެދި އިމާރާތް ހުޅުވައި ރަސްމީކޮށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
އޭޑީކޭ ކެންޓީން ކުރިން ހުރި ތަނުގައި އެޅި އަށް ބުރީގެ މި އިމާރާތުގައި ރަސްމީކޮށް ހިދުމަތް ދޭން ފެށީ ދެ ވަނަ ބުރި އާއި ހަ ވަނަ އަދި ހަތް ވަނަ ފްލޯގަ އެވެ. މީގެ ތެރެއިން ދެ ވަނަ ބުރި ހާއްސަކޮށްފައި ވަނީ މެޑިކަލް ޗެކަޕާއި މެޑިކަލް ސްކްރީން އަށެވެ. ހަޔަކާއި ހަތް ވަނަ ފްލޯގައި ހުރީ މެޑިކަލް ވޯޑްތަކެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އިިތުރު ހިދުމަތްތަކާ އެކު އެހެން ފްލޯތައް ވެސް ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އާ އިމާރާތް: ބައެއް ފްލޯތަކުގައި މިއަދު ވަނީ ހިދުމަތް ފަށާފައި -- މިހާރު ފޮޓޯ: ނިޝާން އަލީ
އާ އިމާރާތް ހުޅުވައިދެއްވީ އެ ހޮސްޕިޓަލަށް 27 އަހަރު ހިދުމަތް ކޮށްދެއްވި އެކަމަކު މިހާރު އަވަހާރަވެފައިވާ ޑރ. އާރު ސޭޖީ ޕާންޑިއަންގެ އަނބިކަނބަލުންނާއި އޭނާގެ ދަރިކަލުންނެވެ.
އަފްއާލް ވިދާޅުވީ އާ އިމާރާތް ބޮޑަށް ހާއްސަ ކުރާނީ އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ކަމަށެވެ. މިހާރު އޭޑީކޭއަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ވެސް އެޑްމިޓް ކުރާނެ ޖާގަ ނެތުން ކަމަށާއި އޭގެ ސަބަބުން ހިދުމަތް ދިނުން ލަސްވެ، ބައެއް އޮޕަރޭޝަންތައް ކުރުމަށް ވެސް ހުރަސް އެޅޭ ކަމަށް ވިދާޅުވި އެވެ.
އާ އިމާރާތުގައި ވޯޑްތަކަށް ހާއްސަކޮށްފައި ވަނީ ހަޔަކާއި ހަތެއް އަދި އަށް ވަނަ ފްލޯ އެވެ.
އާ އިމާރާތުގައި ހުޅުވި ވޯޑުގައި އެނދުތައް ހުންނަނީ ވަކިވަކި ކޮޓަރިތަކުގައި -- މިހާރު ފޮޓޯ: ނިޝާން އަލީ
އަފްއާލް ވިދާޅުވި ގޮތުގައި އެތަނުގެ ވޯޑުތައް ވެސް ހުންނާނީ މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ވޯޑުތަކާ އެއްގޮތަށެވެ. އެ ތަންތަން ވަނީ ނޫސްވެރިންނަށް ދައްކާލާފަ އެވެ.
އެންމެ ބޮޑު ތަފާތަކަށް ފެނުނީ ދެ އެނދު ވަކިކުރުމަށް ފޮތިގަނޑެއް ދެމުމުގެ ބަދަލުގައި ކުދިކުދި ކޮޓަރިތަކުގައި އެނދު ބެހެއްޓުމެވެ. އެތަނުގައި ބަލިމީހާގެ އެހީތެރިޔާއަށް އޮށޯވެވޭނެ ގޮތަކަށް، ދަމާލާ ގޮނޑިއެއް ވެސް ބަހައްޓާފައިވެ އެވެ.
ވޯޑުތައް ވަކިވަކިން ހުރި ނަމަވެސް ނަރުހުންނަށް މުޅި ތަން މޮނީޓާ ކުރެވޭނެ ސިސްޓަމް ވަނީ ގާއިމުކޮށްފަ އެވެ.
އަފްއާލް ވިދާޅުވީ އިމާރާތް އެއްކޮށް ނިމޭއިރު އެތަނުގައި 60 އެނދު ހުންނާނެ ކަމަށެވެ.
އާ އިމާރާތާ ގުޅޭ ގޮތުން އޭޑީކޭގެ ޑޮކްޓަރު ނިޔާފް މައުލޫމާތު ދެއްވާއިރު އެ ހޮސްޕިޓަލުގެ ބައެއް ނަރުހުން މަޑުކޮށްލައިގެން-- މިހާރު ފޮޓޯ: ނިޝާން އަލީ
ފެންވަރު ރަނގަޅު ވޯޑުތަކެއް ނަމަވެސް، އެތަނުގައި ހިދުމަތް ދިނުމަށް ނިންމާފައިވަނީ އޭޑީކޭގައި މިހާރު ވެސް އެނދަކަށް ނަގާ އަގު ކަމަށްވާ 480 ރުފިޔާ އެވެ.
އޭޑީކޭގެ އާ އިމާރާތުގައި އެންމެ އަވަހަށް ދެން ހުޅުވާނީ ފުޑް ކޯނާ ރެސްޓޯރެންޓެވެ.
އަފްއާލް ވިދާޅުވި ގޮތުގައި އެތަނުގައި ބަލި މީހުންނަށް ހާއްސަކޮށްގެން، ޑައިޓީޝަނެއްގެ އެހީގައި ކާ އެއްޗެހި ތައްޔާރުކުރާނެ އެވެ.
ޖަރުމަން ޑިވެލޮޕްމަންޓް ބޭންކުގެ ލޯނު އެހީގައި އެޅި މި އިމާރާތާ ގުޅޭ ގޮތުން އޭޑީކޭގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ވިދާޅުވީ މިއީ އުނދަގުލުން ނިންމުނު މަސައްކަތެއް ކަމަށެވެ. އެތަނުގައި ގިނަ މަސައްކަތް ކުރީ އޭޑީކޭގެ މުވައްޒަފުންގެ ގޮތުގައި ތިބި މީހުން ކަމަށާއި އެހެންވެ، އިމާރާތް ނިންމުމުގައި އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގަންނަން ޖެހުނު ކަމަށް ވިދާޅުވި އެވެ.
އޭޑީކޭގެ އާ އިމާރާތުގެ ފުޑް ކޯނާގައި އެ ތަނުގެ ޗެއާމަން ނާޝިދު (ކ) - މިހާރު ފޮޓޯ: ނިޝާން އަލީ
"އެކަމަކު މިތަން އާދައިގެ އިމާރާތަކާ ތަފާތު. މިއީ ޖަރުމަން ޑިވެލޮޕްމެންޓްގެ ބޭންކުގެ އެހީގައި އަޅާ ތަނަކަށް ވުމުން މި ތަން ހުންނަން ޖެހެނީ ވަކި ފެންވަރަކަށް. މި ތަނުގެ ވޯޑުތައް ވެސް ހުންނަނީ މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ވޯޑުތައް ހުންނަ ގޮތަށް،" ނާޝިދު ވިދާޅުވި އެވެ.
މި އިމާރާތުގައި ހިތުގެ ސާޖަރީތައް ހެދޭވަރުގެ ތިއޭޓަ ކޮމްޕްލެކްސްއެއް ގާއިމް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯމެންޓް
07 January 2018
އޭޑީކޭގެ އާ އިމާރާތް ހުޅުވައި ހިދުމަތް ދޭން ފަށައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އޭޑީކޭ އަށް ރާއްޖޭގެ އެންމެ ދެކުނުގައި ސަރުކާރުން ތަރައްގީ ކުރާ ހޮސްޕިޓާ ހިންގަން ދޭންވީއޭ ކުރިއަށް އޮތް 100 އަހަރު ދުވަހަށް އަންލިމިޓެޑް އުސޫލުން ކޮސްޓް ކޮންޓްރޯލް ކޮށްގެން. އެއިރުން އެމެންނަށް ދެވިދާނެ ނޫންތޭ އައްޑޫ ދީ ރޮނޑިން ފެށިގެން ގޮސް އައްޑޫ ކޯއްޓޭ އާއި ހަމަ އަށް އިންޑަސްޓްރިއަލް ޕާރކްސް ތައް ހަދާ އަދި ޕާރކްސް ތައް ކުއްޔަށް ދޭ ގޮތަށް ފަޅާއި އެކު ހިލޭ ކުރިއަށް އޮތް 100 އަހަރު ދުވަހަށް. އަދި ހުޅުދޫ މީދޫގެ މީހުން މާލެ ސަރަހައްދަށް ބަދަލު ކުރުމަށް ފަހު އެތަނުގައި ހެވީ އިންޑަސްޓްރިއަލް ޕާރކެއް ޗައިނާ އާއި ގުޅިގެން ތަރައްގީ ކުރެވިދާނެ ނޫންތޭ. އޯއޯއޯ ޓްރައި ޓު އަންޑަރސްޓޭންޑް މީ. އައި ހޭވް ސްޕެންޓް ލައިފް ޓައިމް ލުކިންގް ފޯރ ދިސް މޯމެންޓް.
ފީލިންގް
07 January 2018
އޭޑީކޭ ހޮސްޕިޓާ އާއިމާރާތް ހުޅުވުމުން މަމެން އުއްމީދު ކުރަމޭ މިހާރު އެތަނުން ދޭ ޚިދްމަތުގެ އަގުގެ %10 ހެޔޮ ވެގެން ދާނެ ކަމަށް ރާއްޖޭގެ މެޑިކަލް އިންޑަސްޓްރީސް އަށް މިހާރު އެއުޅެނީ އެންގޭޖް ވާން ޓްރީ ޓޮޕް ހޮސްޕިޓާ ވެސް އެއިރަށް ޔަގީނޭ ކޮމްޕެޓިޝަން އުފެދުމުގެ ސަބަބުން ޚިދްމަތުގެ އަގު ހެޔޮ ވެގެން ދާނެ ކަން މަމެން ޔަގީން ކުރަމޭ. ދިސް އިޒް ދަ ފީލިންގް.
އަޅުކަލޭގެ
07 January 2018
ހުރިހިތާމައެއްގެ ބޮޑުކަމާ ރާއްޖޭގެ ރައްޔިތުންނައް ހައްގުވާ މިންވަރަކީ މީބާ އަތޮޅު ދޫކޮއް ރައްދޫކޮއް އާއިލާ ދޫކޮއް 3000 ރުފިޔާ ދީފަ ލޯންޗާ ފުލައިޓް ޓިކެޓާ ނަގައިގެން މާލޭގަ ކުލީކޮޓަރިޔަކައް 500 ރުފިޔާ ދީފަ ޑޮކްޓަރައް ދައްކަން މީބާ ހަމައަސްލުވެސް ހައްގުވާ މިންވަރަކީ ދައުލަތައް ދައްކާ ޓެކްސްކޮބައިބާ ވިރެނީބާ އާތްވައްވެގެން މައްޗައް އަރަނީބާ އަޅެރައްޔިތަކު ހިޔާލެއް ދީބަލަ މީތޯ ރައްފުށުމީހުންގެ މިންވަރަކީ މާލޭގަ ނޫނީ ހޮސްޕިޓަލެއް ހުރެގެން އަޅައިގެންވެސް ނުވަނީތޯ ރާއްޖެތެރޭ ބިމުގަ ވަރުނެތީބާ ނޫނީ ހަންކަޅުވީމަބާ ވޯޓުލެވޭނީ ހަމަ އެއްވޯޓުދޯ 5 އަހަރުވެސް މިދަނީ ނިމިގެން ބިމައްތުންގަނޑު ހަރައިގެން ތިއްބާ
އަޅިބެ
07 January 2018
އަދިވެސް ފައިސާ ހޯދާނެ އިތުރު ގޮތްތަކެއް ނޫންތޯ ތިޔަ ހޯއްދެވީ އާއިމާރާތޭ ކިޔާފަ. ސްކޭން ހަދަން ބްލެޑަަރ ފުލް ކޮށްގެން ނަންބަރު އަރަން ވާއިރަށް ތައްޔާރަށް އިންނަ މީހާ އެބަ އިންނަންޖެހޭ ގަޔަށްލެވެންދެން އިތުރު 1 ގަޑި އިރު އިންތިޒާރުގަ! ނަންބަރު އަރުވާފަވެސް އަދި މަޑުކޮށްލާށޭ ކިއާލަ ކިއާލަ! ޖަރުމަނު ފެންވަރުގަ މި ހިސާބުގަ ހުންނަ އެންމެ ފެންވަރު ރަނގަަޅު ހޮސްޕިޓަލޭ ބުނާއިރު މީތޯ ފެންވަރު؟ ކޮބާތޯ އެޗް-ޑީ ސްކޭން ހެދޭނެ ނިޒާމް؟ މިކަހަލަ ކިތައްކަންތައްތޯ؟ 27 އަހަރު ވެގެން ދިޔަ އިރު މީތޯ ލިބުނު ކުރިއެރުމަކީ؟ މިވީ 5 އަހަރަށް ބެލިޔަސް ދައްކަންޖެހޭ ފައިސާ އިތުރުވުން އަދި ތިޔަތާ ލާފަ ހުރި ކުލަޔަށް ނޫނީ ބަދަލެއް ނާދެ!! ހަމައެކަނި އިމާރާތް އެޅިއަސް ނުވާންނުންތޯ؟ ދޭ ހިދުމަތް ރަނގަޅު ކުރަންވީނުންތޯ ފުރަތަމަ! މިއޮތީ ހަމަ ބޮއްސުންލާފަ
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
07 January 2018
އޭޑީކޭ ހޮސްޕިޓަލްގެ ހިދުމަތްތަކުގެ އަގުބޮޑުވާހަކަ ދިވެއްސަކުބުނެފިނަމަ އޭނާއާއިދިމާލަށް “އެހެންވީއްޔާ އަގުހެޔޮތަނަކަށް ދާންވީނޫންހޭ” ބުނާމީހާ ދުނިޔެއަށް ރޯނުފިލާތީނޭގެނީ “ދައުލަތުން ސަބްސިޑައިޒް ކޮށް ދައުލަތުންހިންގާ ސޯޝިއަލްސްކީމް ތަކުގެމަންފާލިބޭ ކުންފުނިތަކުގެ ހިދުމަތް ތަކާއި އަގުތަކާއި ބެހޭގޮތުން ރައްޔިތުންނަށް ވާހަކަ ދެއްކޭނެ” ކަން. އެއީ ދައުލަތުގެ ފައިސާ އާއި ވަސީލަތް އެފަދަ ކުންފުނިތަކުން ބޭނުންކުރާތީ. މިސާލަކަށް ތިޔަ ހުޅުވި ބިލްޑިންގް ފްލޯ ޗާޓް އޭޑީކޭ ގެ އެއްވެސް ތަނެއްގައި ފެންނާން އެބަހުރިތޯ؟ އަދި ތިއިމާރާތުގެ އެއްވެސް ފްލޯއެއް ކަމާއި ނުގުޅޭ ވިޔަފާރިއަކަށް އަދި އެފަދަ ވިޔަފާރި ކުންފުންޏެއްގެ އޮކޮމޮޑޭޝަން ނުވަތަ އެޑްމިނިސްޓްރޭޓިވް ބޭނުމަށް ދޫކޮށްފައިވާނަމަ އެވާހަކަ ވެސް ރައްޔިތުންނަށް ދެއްކޭނެ. ޢަދި އެފަދަ ކަމެއްކޮށްފައިވާނަމަ އެކަމަށް ފިޔަވަޅު އަޅާދިނުމަށް ނުވަތަ ކޯޓް މެދުވެރިކޮށްަ އެކަންހުއްޓުވުމަށް ވެސް މަސައްކަތް ކުރެވޭނެ. ކުރުމުއްދަތެއްގައި އޭޑީކޭ ހޯދި ކާމިޔާބަށް މަރުހަބާ.
ފޮނި
07 January 2018
އަދިވެސް ފައިސާ ހޯދާނެ އިތުރު ގޮތްތަކެއް ނޫންތޯ ތިޔަ ހޯއްދެވީ އާއިމާރާތޭ ކިޔާފަ. ސްކޭން ހަދަން ބްލެޑަަރ ފުލް ކޮށްގެން ނަންބަރު އަރަން ވާއިރަށް ތައްޔާރަށް އިންނަ މީހާ އެބަ އިންނަންޖެހޭ ގަޔަށްލެވެންދެން އިތުރު 1 ގަޑި އިރު އިންތިޒާރުގަ! ނަންބަރު އަރުވާފަވެސް އަދި މަޑުކޮށްލާށޭ ކިއާލަ ކިއާލަ! ޖަރުމަނު ފެންވަރުގަ މި ހިސާބުގަ ހުންނަ އެންމެ ފެންވަރު ރަނގަަޅު ހޮސްޕިޓަލޭ ބުނާއިރު މީތޯ ފެންވަރު؟ ކޮބާތޯ 7ޑީ ސްކޭން ހެދޭނެ ނިޒާމް؟ މިކަހަލަ ކިތައްކަންތައްތޯ؟ 27 އަހަރު ވެގެން ދިޔަ އިރު މީތޯ ލިބުނު ކުރިއެރުމަކީ؟ މިވީ 5 އަހަރަށް ބެލިޔަސް ދައްކަންޖެހޭ ފައިސާ އިތުރުވުން އަދި ތިޔަތާ ލާފަ ހުރި ކުލަޔަށް ނޫނީ ބަދަލެއް ނާދެ!! ހަމައެކަނި އިމާރާތް އެޅިއަސް ނުވާންނުންތޯ؟ ދޭ ހިދުމަތް ރަނގަޅު ކުރަންވީނުންތޯ ފުރަތަމަ! މިއޮތީ ހަމަ ބޮއްސުންލާފަ!
އަމިއްލައެދުން
07 January 2018
އޭޑީކޭ އެބަޖެހޭ އަތޮޅު ތަކައް ފުޅާކުރަން މިހާރު ހަމައެކަނި މާލެސަރަހައްދުން ކުލީއަޅުންގަނޑު އަތުން ބޮޑުފައިދާލިބޭތީ ތިހެންތިބުމަކުން ނުފުދޭ ރައްޔިތުންގެ ފައިސާއިން މުއްސަނދިވީމަ އޭގެފައިދާ ރާއްޖެތެރެޔައްވެސް ކުރަންޖެހޭ ބޮލައް އަގު ކަނޑައަޅާފަ މިހާރުވެސް އިންނަނީ ޑޮކްޓަރާ އަނގައިން ބުނެވެނީ 100 ރުފިޔައައް
ޝަރުއީ ފަހުދީ
07 January 2018
ގަބޫލް ކުރަން ޖެހޭ އޭޑީކޭ އަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ބެނެޗް މާކް. އައިޖީއެމް އެޗް ނީޑް ޓު އިމްޕްރޫވް. އައިޖީއެމްއެޗް އޭޑީކޭ ނާޝިދައަށް ހަވާލުކުރަން ފެނޭ!
ކުރަލީ ފިނާ
07 January 2018
އޭޑީކޭ އަކީ ދިވެހި ސިއްހީ ދާއިރާ އަށް އިންގިލާބް ގެނައި ބައެއް. އަގުބޮޑޭ ރައްޔިތުން ފެލަނީ އޭ ކިޔާ މިހުންނަށް ވަރަށް މުހިއްމު އެއްޗެއް ބުނެލަން އެބައޮތޗ. އެގިލައްވާތޯ އޭޑީކޭ އަކީ އާއްމު ފަރުދެއްގެ ތަނެއް. ޔައުނީ ޕްރައިވެޓް ތަނެއް. އަައިގީއެމްއެޗް އަކީ ސަރުކާރު ގެ ސަރުކާރުން އޯޕަން ބަޖެޓަކުން ހިންގާތަނެއް. ޔަައުނިީ ކަނޑަށް ފޫގޮސްފައި އޮތް ތަނެކޭ ދެ ތަނުގެ ހިދުމަތް ތަކަށް ދާދި އެއްވަރަަކަށް ޗާރޖުކުރަނީ،. ނަމަވެސް ތަފާތަކީ އައިޖީއެމް އެޗް ގައި ބޮޑުބައި ބިލެއް ކުރަނީ ސަރުކާރަށް. އެހެންވެ ރައްޔެތު މިހާ ދައްކަން ޖެހޭވަރު ކުޑަވަނީ. ދެން އޭޑީކޭގަ ބިލުގެ ވަކިވަރެއް އާސަންދަ އަށް ބިލްކުރެވެނީ. ދެން އެޖެހުނީ ކަންތަކާ. އޭޑީކޭ މިހުން ފެލަނީ ކިޔާ ތެޅިބާލަނީ. މީ ދިވެހިންގެ ހާލު. ބޭރުގައުމަކަށް ގޮސް ހެޔޮ ހާހުން ތަޅާލިޔަސް! . އޯކޭ. ދެން އަގު އެއްފަރާތުގަ ބާއްވާ. އައިޖީއެމްއެޗް ގެ ހިދުމަތާ އޭޑީކޭ ގެ ހިގުމަތާ އަޅާ ކިޔޭނެތޯ؟ އަމިއްލަ އަށް ވިސްނާލައްވ
ނިހާނު
07 January 2018
ކިތަންމެ ރުޅިއަޔަސް ރައްޔިތުން އެބުނަނީ ތެދުހަގީގަތް ޑޮކްޓަރާ ސަލާންގޮވާލެވެނީވެސް ބޮލަކައް އިންނަ 100 ރުފިޔާގެ ޖިޒީދައްކައިގެން
އަހުމަދު ސަމީމު
07 January 2018
ކުރިއެރުމަށް މަރުހަބާ ! ވަރަށް ރީތި ޕާންޑިއަނން ވިންގ!