ވިޔަފާރި / އެމްޕީއެލް

ބޮޑެތި ކާގޯ ލައިންތައް ރާއްޖެއާ ދުރަށް!

މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި ފޯކްލިފްޓަކުން ކޮންޓެއިނަރެއް އުފުލަނީ: ހަައްލުކުރަން ޖެހޭ މައްސަލަތައް ގިނަ

މާލޭގެ ވިޔަފާރި ބަނދަރު އޮތީ ތޮއްޖެހިފަ އެވެ. މަގަތު ފާލަމުގެ ކިޔޫ އެހާ ދިގެވެ. މުދާ ބޭލޭނެ އެކަށީގެންވާ ވަސީލަތްތައް ނެތިގެން ބޮޑެތި ބޯޓު ފަހަރުތައް ހުސްކުރެވޭކަށް ނެތެވެ. މިހިރީ އެތައް އަހަރެއް ވީއިރު ވެސް އެތަނުގައި ހައްލުނުވެ ހުރި މައްސަލަތަކެވެ.

ވިޔަފާރި ބަނދަރު ތަރައްގީކުރަން އެކަށީގެންވާ މަސައްކަތްތަކެއް ހިންގިފައި ނެތުމުން ރާއްޖޭގެ އެންމެ ބޮޑު ބަނދަރުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށްވަމުންނެވެ. އެތަނުގައި ހުރި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުލިބި ދިގުލައިގެންދާތީ ކާގޯ ބޯޓުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފަ އެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ކާގޯ ބޯޓު ގެންނަ އެޖެންޓަކު ބުނީ މިހާރު ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓެއް ހުސްކުރަން އެވްރެޖްކޮށް ދިހަ ވަރަކަށް ދުވަސް ނަގާ ކަމަށެވެ. އޭގެ ސަބަބުން ބޯޓު އޮޕަރޭޓްކުރާ ފަރާތްތަކަށާއި މުދާ ގެންނަ ފަރާތްތަކަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާ ކަމަށް ވެސް އެ އެޖެންޓް ބުންޏެވެ.

މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ކޮންޓެއިނަރުތަކެއް: ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރު ބަހައްޓާނެ ޖާގައެއް ނެތް. --ފޮޓޯ: އަލީ ނިޝާން /މިހާރު

"ބޯޓު ކިތަންމެ ދުވަހެއް ވަންދެން އޮތަސް އެމްޕީއެލްއަށް ވާ ގެއްލުމެއް ނެތް. އެތަނުގައި ހުރި މައްސަލަ ހައްލުކުރަން އެމްޕީއެލް އިން ފާއިތުވި ތަނުގައި އެކަށީގެންވާ މަސައްކަތެއް ނުކުރާތީ މިހާ ބޮޑަށް ހާލަތު ގޯސްވީ،" އެ އެޖެންޓް ބުންޏެވެ.

ރާއްޖެއަށް މުދާ ގެންނަ ބައެއް ފަރާތްތަކުން ބުނީ މުދާ ބާލަން ބޯޓެއް ކައިރިކޮށްފައިވާ އޮތަސް އެސްޓީއޯގެ ބޯޓެއް އަތުވެއްޖެ ނަމަ އެ ބޯޓަށް ޖާގަ ދޭ ކަމަށެވެ. އޭގެ ސަބަބުން ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

"ރޯދައަށް އަޅުގަނޑުމެން ގެނައި ޝިޕްމަންޓެއް ބާލަމުން ދަނިކޮށް އެއް ރޭ ދަންވަރު އެމްޕީއެލް އިން އެންގީ ބޯޓު ދުރަށް ޖައްސަން ޖެހޭ ކަމަށް އެސްޓީއޯ ބޯޓެއް ކައިރިކުރަން. އެ ބޯޓު ނެގުމަށް ފަހު އެސްޓީއޯގެ ބޯޓު ކައިރިކޮށް މުދާ ބޭލިއިރު އަޅުގަނޑުމެންގެ މުދާކޮޅު ނުބޭލި އެތައް ދުވަހެއް ވަންދެން މަޑުކުރަން ޖެހުނު،" އެ ވިޔަފާރިވެރިޔާ ބުންޏެވެ.

ރޯދައަށް އަޅުގަނޑުމެން ގެނައި ޝިޕްމަންޓެއް ބާލަމުންދަނިކޮށް އެއްރޭ ދަންވަރު އެމްޕީއެލް އިން އެންގީ ބޯޓު ދުރަށް ޖައްސަން ޖެހޭ ކަމަށް އެސްޓީއޯ ބޯޓެއް ކައިރިކުރަން. އެ ބޯޓު ނެގުމަށް ފަހު އެސްޓީއޯގެ ބޯޓު ކައިރިކޮށް މުދާ ބޭލިއިރު އަޅުގަނޑުމެންގެ މުދާކޮޅު ނުބޭލި އެތައް ދުވަހެއް ވަންދެން މަޑުކުރަން ޖެހުނު، ވިޔަފާރިވެރިއެއް.

ވިޔަފާރިވެރިން ބުނާ ގޮތުގައި ބަނދަރުގައި ހުރި މައްސަލަތަކާ މެދު އެމްޕީއެލްއަށް ޝަކުވާ ހުށަހެޅިޔަސް ހައްލެއް ނުލިބެ އެވެ.

އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި އަބަދުވެސް އެޖެންޓުންނާއި ވިޔަފާރިވެރިން ކުރަނީ ކޮންޓޭނަރު ހެންޑްލް ކުރުމަށް އެކަށީގެންވާ ވެހިކަލް ނެތުމެވެ. ބޯޓު ފަހަރުގެ މަސައްކަތާއި މުދާ ކުލިއާކުރުމުގެ މަސައްކަތަށް ބޭނުން ކުރަމުން ދަނީ އެއް ވެހިކަލްތަކެކެވެ. އެމްޕީއެލްގެ މަސައްކަތް 2013 ގައި 24 ގަޑި އިރަށް ބަދަލުކުރުމުން އެ ވެހިކަލްތަކަށް ކުރިމަތިވި މައްސަލަތައް ގިނަވި އެވެ. އެމްޕީއެލްގެ ވެހިކަލް ސާވިސްކޮށް މަރާމާތުކުރުމުގެ ކަންތައްތައް ދޯދިޔާ ކަމުން ބައެއް ވެހިކަލްތައް ވަނީ ބޭނުންނުކުރެވޭ ހާލަތުގަ އެވެ.

"އެމްޕީއެލް 24 ގަޑި އިރު މަސައްކަތް ކުރާ ތަނެއް ކަމަށް ވިޔަސް އޭގެ ފުރިހަމަ މަންފާއެއް ކަސްޓަމަރުންނަށްކަ ނުލިބޭ. ސައްވީސް ގަޑި އިރު މަސައްކަތް ކުރަން ނިންމީ ސަރުކާރުން ވަޒީފާގެ ފުރުސަތު އިތުރު ކުރުމުގެ ބޭނުމުގައި ކަމަށް ބެލެވެން އެބަ އޮތް،" ގިނަ އަދަދެއްގެ ކާގޯ ބޯޓު ރާއްޖެ ގެންނަ ކުންފުންޏެއްގެ އޮފިޝަލަކު ބުންޏެވެ.

މިހުރިހާ މައްސަލަތަކަށް ހައްލެއް ހޯދަން އެންމެ ފަހުން އެމްޕީއެލް ވަނީ ނުކުމެފަ އެވެ. އެގޮތުން ބަނދަރަށް ބޭނުންވާނެ ގިނަ އަދަދެއްގެ ސާމާނު ގެންނަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ދާދި ފަހުން ވިދާޅުވީ ބަނދަރަށް ގެންނަ އާ އުޅަނދުތައް ބޭނުން ކުރަން ފެށުމުން، މިހާރުގެ ގިނަ ޝަކުވާތައް ހުއްޓޭނެ ކަމަށެވެ. "މިހާރު"އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މުދާ ނެރުން ލަސްވުމުގެ ސަބަބުން ވިޔަފާރިވެރިންގެ ޝަކުވާ ވަރަށް ގިނަ ކަމަށެވެ. އެކަމަކު ޗައިނާގެ "ސަނީ" ކުންފުންޏާ ހަވާލުކޮށްގެން ގެންނަ 22 އުޅަނދުގެ ސަބަބުން އެތަނުގެ މަސައްކަތް ފަސޭހަވެ، ގިނަ މައްސަލަތަކެއް ހައްލުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ޖުނައިދު

އަލަށް ގެންނަނީ ހަ ރިޗް ސްޓިކާ އުޅަނދާއި 10 ޓްރެއިން ކެރޭނާއި ދެ ފޯކްލިފްޓް ޓްރަކާއި ހަތަރު އެމްޓީ ކޮންޓެއިނާ ހޭންޑްލާ އެވެ. ކުރި އަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެ ގެންނަން އެއްބަސްވެފައިވާ މި އުޅަނދުތަކަށް 140 މިލިއަން ރުފިޔާ ހަރަދުވެ އެވެ.

ޖުނައިދު ވިދާޅުވީ ބޯޓު ފަހަރުން ބާލާ ކޮންޓޭނަރު ޖަހާނެ ތަނެއް ނެތުމުން ވެސް ބައެއް ފަހަރަށް ބޯޓު ފަހަރަށް ޚިދުމަތް ދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން ފަށާފައިވާ ތަރައްގީގެ އެތައް މަޝްރޫއުއަކަށް ބޭނުންވާ މުދާ ކުއްލިއަކަށް ރާއްޖެ ގެންނަން ފެށުމުން އެ ޑިމާންޑަށް ކޭޓާކުރަން އެމްޕީއެލް ނުކުޅެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ދެ މަހެއް ހާ ދުވަހު ރާއްޖެ އައި ހުރިހާ ބޯޓު ފަހަރެއް ވަނީ އެވްރެޖްކޮށް ދިހަ ދުވަހަށް ވުރެ ގިނަ ދުވަހު މާލޭ ޕޯޓްގައި އޮންނަން ޖެހިފައި. މީގެ ސަބަބުން ބޯޓުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކުން ދަނީ އެތައް ގެއްލުމެއް ތަހައްމަލް ކުރަމުން،" ޖުނައިދު ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި އޮތް ދޯންޏަކަށް ފޯކްލިފްޓަކުން މުދާ އަރުވަނީ: ބަނދަރުގެ ފެންވަރު ރަނގަޅުކުރަން އާ ވެހިކަލްތަކަކަށް ވަނީ އޯޑަރުކޮށްފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ބަނދަރުގެ ހިދުމަތްތައް ދޯދިޔާވުމުން ގެއްލުންވާތީ ދުނިޔޭގެ އެއްވަނަ ޝިޕިން ލައިން ކަމަށްވާ މާސްކް ލައިން ރާއްޖެ އައުން ވަނީ ހުއްޓާލައިފަ އެވެ. އަދި ބޭރުގެ ބައެއް އެހެން ޝިޕިން ލައިންތަކުން ރާއްޖެ އަށް މުދާ އުފުލުން ހުއްޓާލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

"ރާއްޖޭގެ ބަނދަރުގެ ހާލަތު އޮތް ގޮތުން ކުރިމަގުގައި ވިސްނަން ޖެހިދާނެ ކަމަށް ބުނެ އަޅުގަނޑުމެންނަށް މިހާރު ވެސް ޝިޕިން ލައިންތަކުން ދަނީ އިންޒާރު ދެމުން. މިއީ ވަރަށް ސީރިއަސްކަމާ އެކު ވިސްނަން ޖެހޭ މައްސަލައެއް،" ކުރިން ވާހަކަދެއްވި ޝިޕިން އެޖެންޓް ބުންޏެވެ.

26 ކޮމެންޓް, 87 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 72%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރޭ

13 July 2016

އެމްޕީއެލްގެ ސީއީއޯ ޖުނެއިދު ދަނީ އެމްޕީއެލްގެ ހިދުމަތްތައް ރަނގަޅުކޮށް، ހަރުދަނާކުރުމަށް ގިނަ މަސައްކަތެއް ކުރަމުން. އެކަމަކު މި ކަންތައްތަކަކީ ހަފުތާއެއްގެ ތެރޭގައި ހައްލުކުރެވޭނެ ކަންތައްތަކެއް ނޫން. ބޮޑެތި ކަންތައްތައް ކުރުމަށް ވަގުތު ނަގާނެ. ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ވެސް ވަގުތު ބޭނުންވާނެ

The name is already taken The name is available. Register?

ސިޓް

12 July 2016

އެމްޕީއެލް ގެ ވިސްނުން ހުރީ ވީހާ ގިނަ ދުވަހަކަށް ޑެމަރޭޖް އަރުވާފައި ކަސްތަމަރުން އަތުން ބޮޑެތި ޑެމަރޭޖްތަކެއް ނަގައިގެން އެމްޕީއެލް ހިންގަން! އެމްޕީއެލް އަށް ލިބޭ އާމްދަނީގެ ވަރަށް ބޮޑު ބަޔެއް ހިއްސާ ކުރޭ ޑެމަރޭޖް އިން ލިބޭ ފައިސާ! އެހެންވީމާ، އެމްޕީއެލް އަކުން ހަގީގަތުގައި ބޭނުމެއް ނުވާނެ އެތަނުގެ ހާލަތު އިމްޕްރޭވް ކުރާކަށް! އެމްޕީއެލް އަށް ވަރިހަމަ މިކަމުގެ ސަބަބުން އިންފްލޭޝަން މައްޗަށް ދިޔައަސް!

The name is already taken The name is available. Register?

ފިނޭ

13 July 2016

މި ރޯދަ މަހު ވެސް އެމްޕީއެލް އިން ޕެރިޝަބަލް ކާގޯ ބޯޓު ފަހަރު ހަތަރު ވަރަކަށް ގަޑިއިރު ނުވަތަ ހަ ގަޑިއިރުގެ ތެރޭގައި ހުސްކުރި. އެއީ ވެސް ހަމަ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ފައިދާ އަށް. ތަންކޮޅެއް ކަންތައްތަކުގައި ވާ ގޮތް ބަލާފައި ކޮމެންޓްކޮށްލާ. ކަންތައް ދާނީ ރަނގަޅުވަމުން

The name is already taken The name is available. Register?

މޫސަ

12 July 2016

އެންމެން ދަންނަ ހަޤީޤަތެކެވެ. އެމް. ޕީ އެލް ސައުވީސް ގަޑިއިރަށް ބަދަލުކުރީ އެތަނަށް ބޭނުންނުވާ އަދަދަކަށް މީހުން ވަޒީއަށް ވެއްދުމަށްޓަކައެވެ. އެކަމުގެ ސަބަބުން ތަނަށް ލިބޭ އާމަދަނީގެ ބޮޑުބައެއް މުވައްޒަފުންނަށް ހޭދަކުރަންޖެހި އެކްއިޕްމެންޓްގަންނާނެ ފައިސާ ނެތުނީއެވެ. ދެވަނަކަމީ ކޮރަޕްޝަންގެ ގޮތުގައި އެތަން މިލިއަން ރުފިޔާއެއް އެމް.ޕީއެލްއިން ދައުލަތުގެ ވެރިންނަގަމުން ދިއުމެވެ. ތިންވަނަކަމަކީ އެމް،ޕީއެލްއާއި ގުޅުންނުވާ ކަންތައްތަކުގެ ތެރެއަށް އެމްޕީއެލް ބާނާ އެތަނުގެ އެކައުންޓް ގައި ހުރި ފައިސާތައް ޖީބުތަކަށް ލުމަށް ސަރުކާރުން ނިންމުމެވެ. މިގޮތުން ހުޅުމާލެ ފެރީގެ ތެރެއަށް އެމްޕީއެލް ލުމާއި އައްޑޫގެ ބަސް ޚިދުމަތަށް އެމް.ޕީއެލް ވަނުމާއި ހޮޓާ ފަދަ ތަންތަން އެޅުމަށް އެމް.ޕީއެލް ގެ ފައިސާތައް ދަވްލަތުން ބޭނުން ކުރުމެވެ. މިކަންތައްތަކާހުރެ އެމް.ޕީއެލް ހޯދި ތަރައްގީ އެވަނީ އަބުރާ ނުހޯދޭނެވަރަށް ފަހަަތަށް ގޮސްފައިތާއެވެ.

The name is already taken The name is available. Register?

އޯކޭ

12 July 2016

ދެން ޝިޕިންގ ލައިން ތަކުން ބޮޑު ކުރާނީ ޕްރައިޓް. އެމީހުންނަށް ގެއްލުން ވައްޏާ އެގެއްލުން ކަވަރަ ކުރާނީ ޕްރައިޓުން. އާހިރުގައި ގެއްލުންވާނީ ނިކަމެތި ރައްޔިތުންނަށް!

The name is already taken The name is available. Register?

ބޯގޯސް

12 July 2016

މުޅި ރާއްޖެއަށް ގެންނަ މުދާ އެއްތަނަކަށް ބާލަންޏާ ކިތަންމެ ބޮޑު ތަނެއް ވެސް ވާނީ ކުޑަ ތަނަކަށް. ރާއްޖޭގެ އެންމެ ދެކުނުގައި ވެސް އެބޮތް ބަނދަރެއް އަތަނަށް ކޮށްދެމުން އަންނަނީ ކޮން ކަމެއްތޯ؟ ނެތް އެންމެ ކަމެއް ވެސް. މަސައްކަތް ކުރާ މީހުން ފެން ފުނިލިބި ޝަކުރުވާކުރީމަ އެންގީ ފެން ހިފައިގެން އަންނަން. އެކަމަކު މިހާރު ފެން އެތަނުން ލިބެން ހުއްޓަސް. އެތަނުގެ ތެރޭގައި ކޮރޮޕްޝަން ގިނަކަން އެންމެންނަށް ވެސް އެނގޭ. އެކަމަކު ތިކަމާ އަޅާލާކަށް ސަރުކާރުން އަދި އެހެން ބައެއް ވެސް ބޭނުމެއް ނޫން. ވަކި އެމްޕީއެލްއެއް ނޫން. މިހާރު ރާއްޖޭައި ތިބި އެއްމެން ވަނީ ކޮރޮޕްޓްވެފަ. މަންމަޔާއި ދަރިން އަންހެންނުންނާއި ފިރިމިހާ. އެވްރީވަން.

The name is already taken The name is available. Register?

މުހައްމަދު

12 July 2016

މިފަހަރު އިރާދަކުރެއްވިއްޔާ ތި ކަންކަން ހައްލު ވެގެންދާތަން ފެންނާނެ.. ޖާގަވެސް އިތުރު ކުރެވޭނެ. ހުޅުމާލޭ ޕޯޓް އިތުރަށް ބޮޑުކޮށް މުދާ ބާލާ މުދާ ދޫކުރުންވެސް ކުރިއަށް ގެންދެވޭނެ. ޖުނައިދުގެ ވެރިކަމުގަ މިކަންކަން ނުވެ ނުހުންނާނެ ކަމަށް ގަބޫލު ކުރަން ޖެހޭ. ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ދަނީ ހައްލު ހޯދަން. ހުރިހާވެސް މައްސަލައަކީ މީގެ ކުރިން އެމްޕީއެލް ހިންގި މީހުން ކުރިއަށް ޕްލޭން ކޮށްގެން މަސައްކަތް ކުރެވިފަ ނެތުން. ނޫނީ ކުންފުނީގަ ފައިސާ ނެތުން.

The name is already taken The name is available. Register?

ޙުޔރ

12 July 2016

ޖުނައިދުއަކީ ކުރިންވެސް އެމްޕީއެލްގެ ޗެއަމަން. ކުރިން ނުވި ކަމެއް މިހާރުވެސް ނުވާނެ ދޯ

The name is already taken The name is available. Register?

ޑާހިމް

12 July 2016

ޖުނެއިދު ޝިޕިން ލައިން މީހުން ކައިރީ ބުނެބަލަ އެއީ 2008އިން2012 އަށް ރާއްޖޭގަ ވެރިކަންކުރި މީހުންގެ އިހުމާލުންވީ ކަމެކޭ، މިހާރު ރާއްޖޭގެ ވެރިއަކަށްހުރި މީހާ ތިޔަކަންތައް ވަރައް އަވަހައް ހައްލުކޮއްދޭނެއޭ

The name is already taken The name is available. Register?

ާެއެކުއްޖާ

12 July 2016

އަދި މި އުޅެވެވެނީ 2012ގެ ފެބްރުއަރީގަދޯ. 2013ގަ ރައީސް ޔާމީން ވެރިކަމާ ހަވާލުވެ، 2016ގެ ޖުލައިމަހާ ހަމަޔައް ތިހުރިހާ މައްސަލައެއް ހައްލުވާނެ.

The name is already taken The name is available. Register?

ޢޯ

12 July 2016

ބްރޯ ހީކުރީ ޝިޕިންގ ލައިން ތައް ހިންގަނީ ގަމާރުން ކަމަށްތަ؟

The name is already taken The name is available. Register?

ޝިޔާމް

12 July 2016

ތިންރުއް ޕާކު ހަދާ ލެޑްބޮކި ދިއްލީމަ އެހުރީ ރައްޔިތުން ބޮލުގައި އަނދުން އެޅުވިފައި. ތި ބަނދަރުގެ ހާލާއި ހުރެ މުދަލުގެ އަގުބޮޑުވީމާ ހުރިހައި ދައްޗަކާ ވޭނެއް އޮތީ ރައްޔިތުންނަށޭ. ޕާކުތަައް ހަދާ މާބުލްޖެހުމުގެ ބަދަލުގައި މިކަހަލަ މުހިއްމު ކަންތައްތައް ހައްލުކޮށްދީބަލަ ފުރަތަމަ

The name is already taken The name is available. Register?

ރަދުން

12 July 2016

ދޭތެރެއަކުން ބުނާނެ 5 ގަޑި އިރުން ބޯޓެއް ހުސް ކުރެވެޔޭ، ބަނދަރު ގަ ބޯޓު އޮންނަން ޖެހޭހާ ދުވަސްތަށް ގުނައިގެން ފްރައިޓް ހަދާނީ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް... މަސަކަތް ޑިލޭކޮށްގެން އޮޕޯޗުނިޓީ ހޯދަނީ ވެހިކަލް ޑީލް ހަދަން ގައުމުގެ ވެރިން.. ކޮންމެވެސް އޮޅުވާލުމަކުން ފައިދާގަނޑެއް ނެގުން ނޫން ގޮތެއް މިވެރިން ނުރާވާނެ

The name is already taken The name is available. Register?

މުންދު

12 July 2016

ތި އިކޮނޮމިސްޓަކު ހުރީމަ ވާގޮތް.. ބޯހަލާކު! ގައުމު ބިކަވަމުން ނިކަމެތިވަމުން ގޮސް ހުސްވެއްޖެ. ވިސްނާމީހަކު ނެތް.. ދައުލަތުގެ ފުރަތަމަ އެމް.އާރ.އައި މެޝިން ބެހެއްޓީމަވެސް.. ސަރުކަރުން ޓީ.ވީ ތަކަށް އަރާފަ ބުނީ ދުނިޔޭގެ ނިސްބަތުން ބޮލަކަށް އެންމެގިނަ މެޝިން ޖެހޭ ގައުމަކީ ރާއްޖެއޭ!! މިހެން ބުނި އިރު މި މެޝިން އައުޓްދެޓެޑްްވެ، އަޓެކްނޮލޮޖީ ވަނީ ތަޢަރަފްވެފަ! ބަޔަކު ހޭއަރަން ވެއްޖެނު! އަދިވެސް ގުނބޯލުން ތަކެއް އެބަ އުޅޭ ޖާހިލުކަންމަތީގަ! ހުރި ހިތަމައެއްގެ ބޮޑުކަމާއެވެ!1

The name is already taken The name is available. Register?

ބޯގޯސް

12 July 2016

މީހަކު ލިޔެފައިވާ އެއްޗެއް ދަސްކޮއްގެން އައިސް މައިކު ކައިރީގައި ކިޔާލީމަ އެކަން ވާނެ ނުވާނެ ނުބަލާ އިުބާރު ކުރެވުމުގެ ނަތީޖާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454